07 އެޕްރީލް 2020 - 18:15
ޒަމާނުއްސުރެއް ތަރުތީބެއް ނެތި ނީލަން މުދާ ބަހައްޓައިގެން ވިއްކަމުންދާ ފަޅުމަތީ މަގު (ނީލަން ފިހާރަ މަގު)، ކޮވިޑް-19އާ ގުޅިގެން ސާފު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ.
މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީގެ މެއިން ކެމްޕަސްއާ ޖެހިގެން އޮންނަ ފަޅުމަތީ މަގުގެ، މޯލްޑިވްސް ޕޮލިޓެކްނިކް ބިއްދޮށަށްވާ ހިސާބަކީ ސަމާނުއްސުރެއް އެއްވެސް ތަރުތީބެއް ނެތި އެކި ކަހަލަ މުދާ ބަހައްޓައިގެން ވިއްކަމުން އަންނަ ހިސާބެކެވެ.
އެގޮތުން އެ ސަރަހައްދުގައި ފިލާ ލަކުޑި، ގޮނޑި މޭޒު، އަދި މި ނޫން ވެސް ހުރިހާ ބާވަތެއްގެ ތަކެތި ވިއްކަން ހުރެ އެވެ. އެ ސަރަހައްދުގައި ތަރުތީބެއް ސާފުތަހިރުކަމެއް ނެތި މިކަން މިހެން ކުރުމަކިީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ވަރަށް ބޮޑު ޝަކުވާ އެކެވެ.
މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަޅުމަތީ މަގުގެ ވަކި ސަރަހައްދެއްގައި ތަރުތީބެއް ނެތި މުދާ ބަހައްޓައި ވިއްކަމުންދާތި އެ ސަރަހައްދުގައި ދުއްވާ މީހުންނާއި، ހިނގާ މީހުންނަށް ވެސް ދަތިވަމުންދާ ކަމަށެވެ. އަދި ދައުލަތުގެ އެއްވެސް ބިމެއްގައި ނުވަތަ ސަރަހައްދެއްގައި މުދާ ބަހައްޓައި ބޭނުންކުރަން ވާނީ ހަމަޖެހިފައިވާ ވަކި އުސޫލެއްގެ ދަށުން ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
ކޮވިޑް-19އާ ގުޅިގެން ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން އެ މަގު ސާފުކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވާއިރު، އެ މަގުގެ ވަކި ސަރަހައްދެއްގައި ދުއްވާގޮތަށް ވެސް ބަދަލުތަކެއް ގެންނަން ކައުންސިލުން ވަނީ ނިންމާފަ އެވެ.
ސިޓީ ކައުންސިލުން ބުނީ އެ މަގުގެ ރެހެންދި ހިނގުމުން ފެށިގެން ތަރާނާ ގޯޅިއާ ހަމައަށް އެއްކޮޅަސް ދުއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ދުއްވޭނީ ހުޅަނގުން އިރަށް ކަމަށާއި އެ މަގުގެ ދެން ހުރި ސަރަހައްދުތަކުގައި ހަމަ ކުރިއެކޭ ވެސް އެއްފަދައިން ދެކޮޅަށް ދުއްވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެނާލްޑޯ
08 April 2020
މީބަންގުލަދޭސްގެ މާރުކޭޓެއް މުޅިތާންގަ އޮންނަނީ ބޮންދުން
ދޮންވެލި
08 April 2020
ނީލަން ފިހާރަ ސަރަހައްދު ސާފުކޮށް އޮންނަން ޖެހެ އެވެ. ނީލަން ފިހާރަ ތަކުން އާއްމުންނަށް ފައިދާ ވެއެވެ. އަގު ހެޔޮކޮށް ތަކެތި ލިބެ އެވެ.
ރަދީފްއޮފިޝިއަލް
08 April 2020
އެއްވެސް ހަމައެއް ލަމައެއް ނެތި އޮންނަ މާކެޓެއް.
ހޮޓްކިންގ
08 April 2020
ދައުލަތުގެ ބިމެއްގާ މުދާބަހައްޓައިގެން ވިއްކާވާހަކަ ބުނާއިރު އެތަނުން ދައުލަތަށް ބަެިރުފިޔާއެއްވެސް ނުނަގާކަމަށްވޭ. މީ ކަރަޕްޝަން.
ޒިންމާކޮބާހޭ
08 April 2020
ސުވާލަކީ މާލޭ ސިޓީ ކައުންސިލާ ފުލުހުންނާ ދެންވެސް ތިބިހާ ބަޔަކަށް އިއްޔެ ހެނދުނު ހޭލުވުނުއިރު ކުއްލިއަކަށް އިލްހާމެއްވީތޯއޭ ދައުލަތުގެ ބިމެއްގައި މުދާ ބަހައްޓައިގެން އެހެން ނުވިއްކޭނެކަން. ޒިންމާ އަދާކުރެވޭވަރު ދޯ. ލަދުހަޔާތެއް ނެތީމަތާ ދޯ ބޮޑެތި މުސާރަ ދީފަ މަގާމުތަކުގަ ތިބޭ މީހުން މިކަހަލަ ފާޑަށް މި އަމަލުކުރަނީ.
މޯންޑޭ
08 April 2020
މާލޭ މިހާރު އޮތް ސިޓީކައުންސިލަކީ ވަރަށް ކަންދަށްކަން ކަންތައް ކުރާބައެއްކަން ފާހަގަ ކުރެވޭ. ސަބަބަކީ އެމީހުން ކުރާ އެއްވެސް ކަމެއް ނުނިންމަ އެނެއްކަމެއް ފަށާނި. ދެން ރަށްއިތުންނަށް ހީވާނި ވަރަށް ހަރަކާތްތެރި ބައެކޭ. މާލޭ މަގުމަތީ ހުރި ފެލެޓްތައް ގަވާއިދުން ނެގުނިތޯ? ދުވާރުތަކުގަ ފަސޭހަކޮށް ގޭގެއަށް ވަދެވޭނެ ހެން ކިތައް ގާފޮޅު ހެދުނިތޯ? މާލޭ ފަޅުތެރެ ސާފްކުރެވިއްޖެތޯ? މާލޭ ފާކިން ހައްލު ކުރެވިއްޖެ ތޯ. ދެންބަލަށްޗޭ ތި ނީލަންފިހާރަ ދޮށް މާދަށް އޮންނަ ގޮތް..
މިވަރެއްނެތް
07 April 2020
ހަމަތިގޮތަށް މާލޭގެ ހުރިހާމަގެއްވެސް ހަމައަކަށް އެޅުވިދާނެނޫންތޯ؟ 3 ފޫޓުގެ ފުޅާ ޕޭވްމަންޓެއް ނެގުމަށް ފަހު ބާކީ ޖާގަނެތް މަގެއްގައި ސައިކަލަށް ދުއްވިގެންނުވާނެ. ޕޭވްމަންޓާއި ސައިކަލު ޕާކިންގ އަށް ޖާގަ ނެގުމަށް ފަހުމެނުވީ 4 ފުރޮޅުލީ އެއްޗެއްސަށް ވަދެވިގެންނުވާނެ. އެއިރުން ހިނގާއުޅުމަށް އެންމެ ބޮަޑަށް އިސްކަންދެވުނީ. ދެވަނަޢަށް ސައިކަލަށް. އެއަށްފަހު 4 ފުރޮޅުލީ އެއްޗެހި. މިއީ އަރަތެއް ނޫންދޯ ހައްލެއްނުފެނިގެން އިސްބޭފުޅުން ތެޅިބާލަނީ!
ގުޑުގުޑާ
07 April 2020
ތިތަނެއް ސާފެއްވެސް ނުކުރެވޭނެ ތިކަމެއްނުވެސް ހުއްޓުވޭނެ ތީއެއްޑީޕީއެކުޓިވިސްޓުއްގެ އައްޑާއެއް ތިކަމެއްނުވާނެ ތިތާތިތެބެބައްގާޅީންނަކީވެސް އެމީހުއްގެއައުވާނުއް
ބަކުރުބެ
08 April 2020
ކަލޯ މާލޭގަތަ ތިއުޅެނީ, ކަލޭހީކުރީ މިވީ ދޮޅުއަހަރެއްހާ ދުވަހުތެރޭ އެތާ ބަނޑަހަ ޖަހައިގެން ތިބި ބައެއްކަމަށް އުތަ, ތިހިރަ ވިސްނުމަކަށް ސަލާމް.
1241
07 April 2020
މިހާރުވެސް ދެކޮޅަށްދުއްވާ މަގެެއް ބަދަލުކުރަނީ މައްޗަށް ދުއްވާ ގޮތައްތޯ
ޒާހިރު
08 April 2020
ލިއެފަ އޮތްއެއްޗެއް ކިޔާނެ ކަމެއްނެތް, ހެޑިން ބަލާލާފަ ކޮމެން ކުރެވޭތޯބަލާ
ހައިވް
07 April 2020
ތިވެސް ބަންގާޅީން ގެ ސަރަހައްދެއް ތީ ސަރުކާރައް ބަލަދުއަރާފަވާބައެއް! ހަމައެއް ލަމައެއް ބެލުމެއް ނޯނާނެ،
ގިޔާސް
08 April 2020
ހައިވް ތިބުނީ ހެޔޮކޮށް, ދިގުމާޒީއެއްގަ ތިކަން އޮތީ ތިހެން.
އަސްތާ
07 April 2020
އަސްތަޣްފިރުﷲ! ކޮވިޑް 19 އާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން މެގަ ޕްރޮޖެކްޓެއް ހިންގައި ނިންމައިލީ އުތަ؟ ތިޔަ މަގަކީ އެއްވެސް އިރެއްގައި ގޮނޑެއްހެން އޮންނަ މަގެއް ނޫން. ޖެހިގެން އެ ހުރީ ފުލުހުންގެ މަރުކަޒެއް. ނީލަން ސަރަހައްދުވީމާ ދުވާލު މުދާ މަގުމައްޗަށް ނެރެފައި ހުރުމަކީ ތަން ގޮނޑުވުމެއް ނޫން. ރޭގަނޑު އެމަގުން ދާ މީހަކަށް މަގުމަތީގައި އެއްވެސް އެއްޗެއް ހުއްޓައެއް ނުފެންނާނެ.
ފީވައް1
08 April 2020
ކަލޯ ހަމަތަ؟
ނާސިރު
08 April 2020
ތި ސަރަހައްދަކީ ޖީއެސްޓީ ފްރީ ވިޔަފާރި ކުރާ ސަރަހައްދެއް