ކޮވިޑް-19ގެ އަލާމާތްތަކަކާ ގުޅިގެން ސާމްޕަލް ނަގާފައި: މިހާތަނަށް ރާއްޖެ އިން 1700 އަށް ވުރެން ގިނަ މީހުން ވަނީ ބައްޔަށް ޓެސްޓްކޮށްފައި. --ފޮޓޯ/މިހާރު
07 އެޕްރީލް 2020 - 20:48
ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަނަށް 1800 އަށް ވުރެން ގިނަ މީހުން ޓެސްޓްކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ޚިތޯބުގައި ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ މައިގަނޑު އަމާޒަކީ އާއްމުންގެ ތެރެއަށް ބަލި ފެތުރުނަ ނުދިނުން ކަމަށެވެ. މިހާތަނަށް 1800 އަށް ވުރެން ގިނަ މީހުން ޓެސްޓްކުރިއިރު އައިސޮލޭޓްކުރި މީހުންނާއި ކަރަންޓީނު ކުރި މީހުންގެ އަދަދު 1700 އަށް އަރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މި ހާލަތުގެ މައްޗަށް ފިޔަވަޅު އަޅަން 30 އަށް ވުރެން ގިނަ އަމުރު، ޕަބްލިކް ހެލްތުގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު ނެރުއްވާފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ވައިރަހަށް ޕޮޒިޓިވްވީ މީހުންނާއި އަލާމާތްތައް ފެނުނު މީހުން ހޭދަކުރި އިމާރާތްތަކާއި އެތައް އުޅަނދެއް ވެސް ކަރަންޓީންކޮށްފައިވާ ކަމަށެވެ. އަދި މި ބަލިމަޑުކަމުން އާއްމުން ސަލާމަތްކުރަން އެތައް ސަތޭކަ މެސެޖެއް ފޯރުކޮށްދީފައިވާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
"މި މަސައްކަތުގެ ނަތީޖާއާ ހަމައަށް ދިއުމަށް އަދި ދުވަސްތައް ވަގުތުތައް ހޭދަވާނެ. ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން މި ކަމުގައި ބޭނުންވާ ވާހަކަ ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮވިޑް19 ގެ ސަބަބުން މުޅި ދުނިޔޭގެ ހިންގުމާއި ގައުމު ބަދަލުތަކެއް އައިސް އިގްތިސާދުތައް ފުނޑުފުނޑުވަމުންދާ އިރު މިކަމުގައި ރާއްޖެ އަށް ވެސް އިސްތިސްނާއެއް ނެތެވެ.
"އެހެންކަމުން ސިއްހީ މި ބޮޑު މުސީބާތުން ސަލާމަތްވުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާ ހާސިލްކުރެވޭއިރު އިގްތިސާދީގޮތުން އަޅިގަނޑުމެން ނާޒުކު ހާލަތަކަށް ދާނެ. އެ ހާލަތަށް ވިސްނައިގެން އަޅުގަނޑުމެން ކުރިއަށް އޮތް އުނދަގޫ ދުވަސްތަކަށް ތައްޔާރުވުމަކީ މުހިއްމު ކަމެއް،" އަމީން ވިދާޅުވި އެވެ.
ރާއްޖެއިން މިހާތަނަށް 19 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައިވާއިރު އެ ބަލީގައި މިހާރު ފަރުވާ ދެމުން އަންނަނީ އިނގިރޭސިވިލާތުން އައި ފަހުން ކޮވިޑަށް ޕޮޒިޓިވްވި ހަތަރު ދިވެހިންނަށެވެ. ބާކީ ތިބި ދެ މީހުން އެ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ. އެއީ އިޓަލީގެ ދެ ޓޫރިސްޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕައްލަންބޭބެ
08 April 2020
އާބާދީގެ 5% ވެސް ޓެސްޓުނުކުރެވޭ ބިރުން މަރުވެދާނެ
ގައިދު
08 April 2020
މާމަދު .. ދުރާލާ ތައްޔާރުވެފައޭ ބުނާވަރެއް ނުވޭ....
އާލިޔާ
08 April 2020
ސާބަހޭ ހެލްތު މިނިސްޓާ އެންޑް ޓީމް. އިއްޔެ ހިމާލް ސައުތުއޭޝިއަން ނޫހުގައި އޮތް ހަބަރެއްގައި ބުނެފައި އޮތް ގޮތުން މި ސަރަހައްދުގެ ހުރިހާ ގައުމުތަކަށް ވުރެ ކުރީގައި ރާއްޖޭގެ ޓެސްޓިން ކެޕޭސިޓީވެސް ހުރީ. އެހެންވީމަ ތިބޭފުޅުން މިކަމުގައި ތި ހޯއްދަވާ ކާމިޔާބީތަކުގެ ވާހަކަ މާދަމާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގުގުމައިގެން ނުދާނެ ގޮތަކީ ހަަމަ ނުވާނެ ކަމެއް.
ނިރު
07 April 2020
ތިކުރާ ޓެސްޓް ތަކާ މެދު ޝައްކު އުފެދެން ފަށާފި .... ރާއްޖެއިން ފުރާގެން ދާފަހުން ބައެއް މީހުން އެބަ ޕޮޒިޓިވްވޭ އެހެންވީމަ އެބަ ޔަގީން ކުރަންޖެހޭ ލިބިފަވާ ޓެސްޓް ކިޓްތަކަކީ ރަގަޅު ކިޓްތަކެއްތޯވެސް
އޭނަ
08 April 2020
ބަލަ އެންމެ ފަހުން ޕޮސިޓިވްވި މީހާވެސް ރާއްޖެއިން ފުރިތާ 6 ދުވަސް ފަހުން ޕޮސިޓިވްވީ. ފަހަރެއްގައި ރާއްޖެއިން ބޭރުންވެސް އޭނަގެ ގަޔަށް ވައިރަސް އަރާފާނެ.
ސުފުރާ
08 April 2020
އޭނަ ފުރައިގެން ދިޔަތާ މިވީ ހަފްތާއެއް. ހަފްތާއެއް ފަހުން ޕޮޒިޓިވްވީމަ އެ ގައުމުންވެސް އޭނައަށް ލިބުނު އެއްޗަކަށް ވެދާނެ. ހޯދާ ނިމެންދެން ކެތްތެރިވޭ
ސުފުރާ
08 April 2020
މިދިޔަ މަހުގެ 12 ވަނަ ދުވަހު ޗައިނާ އަށް ދިޔަ ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީ ވެސް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައި ވޭ. އެކަމަކު ކަން ނިމުނުއިރު އޭނާ ގަޔަށް ވައިރަސް އަރާފައިވަނީ ޗައިނާ އިން.
ރަބަރު
07 April 2020
ސަރުކާރުން މަސައްކަތް ކުރިއަސް ބައެއް މީހުނަށް އެއްވެސް ކަމެއް ވާހެން ހީނުވޭ. މިއީ ވަރަށްދެރަކަމެއް.