ވިލިވަރުގައި އަލިފާން ރޯވެފައި.
08 އެޕްރީލް 2020 - 20:13
ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި ކ. ވިލިވަރުގައި އަލިފާނުގެ ހާދިސާއެއް މިރޭ ހިނގައިފި އެވެ.
ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އިބްރާހިމް އާޒިމް ވިދާޅުވީ، އަލިފާނުގެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމެއް ވިލިވަރަށް ގޮސް، އަލިިފާން ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ. އަލިފާން ރޯވެގެން އުޅޭ ކަން އެމްއެންޑީއެފް އަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 7:40 ކަން ހާ އިރު ކަމަށެވެ.
އަލިފާން ރޯވެފައި ވަނީ އެ ރިސޯޓުގައި ހުރި ކޮންޓެއިނަރެއްގަ އެވެ.
ވިލިވަރަކީ، ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހުން ކަރަންޓީން ކުރަން އެންމެ ފުރަތަމަ ބޭނުން ކުރަން ފެށި ރަށެކެވެ. އެތަނުގައި ތިބި މީހުން ހުޅުލޭ އައިލެންޑް ހޮޓެލަށް ބަދަލުކުރުމަށް ފަހު، ވިލިވަރުގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ިއިބްރާހީމް ރަޝީދު.
09 April 2020
ވިލިވަރު ގަ އަލިފާން ރޮލެއްނުވޭ. ވިލިވަރުގަ އަލިފާނުގެ ޙާދިސާއެއް ހިނގީ. ޚަބަރު ފެތުރުމުގަ ފަރުވާތެރިވެލައްވާ.
ޒުވާނާ.
09 April 2020
ގާސިމު ރިސޯޓު މުވައްޒަފުން ވަރައް ކެތްތެރި ބައެއް އެއީ އެމީހުންނައް ހެޔޮޖަޒާދެއްވާށި
އަޑު
08 April 2020
ވަށައިގެން ކަނޑު އޮންނައިރުވެސް އަލިފާން ނިއްވާލެވޭނެ ގޮތެއް ނެތި ޓީމެއްގޮސް ނިންވާލަންދެން ތިބެން ޖެހެނީ
ލޮލްޮލް
09 April 2020
އެޔަށް ކިޔަނީ ޕްރޮޓޮކޯލް ގަމާރާ! ރޯވީމަ ފެންތަޅާ ނިއްވާލީމަ ނިމުނީ އަކީ ނޫން. ކްރޫޝަލް އެވިޑެންސް ނުގެއްލޭ ގޮތަށް ކުރަން އޮންނަ ކަމެއް އެއީ. ނޭގޭ ހާ ތާކަށް އަނގަ ނުވާއްދާބަލަ.
ބޮޑުމީހާ
08 April 2020
ތި ގެއްލުމުގެ ބަދަލުގައި ދައުލަތުން ރިސޯޓެއް ނުދީފިއްޔާ ރަގަޅު
އާދަމް ބާއީ
08 April 2020
ތިތަންތަނުގާ އަލިފާންގެންގުޅުން މަނާކުރާންވީ.
ބަރާބަރު
09 April 2020
ހެހެހެ ކާކުތަ އަލިފާން ކޮތަޅަކަށް ލައިގެން އުޅެނީ. ޖަންހަލި ތަކުގަ ރޯވަނީ މީހަކު ރޯކޮއްގެން؟
ޙަބީބު
08 April 2020
ރިސޯޓުތައް ހުންނަނީ ލަ ކުޑިޔާ ފަނުން ހަދާފަ ފާޑުފާޑު މީހުން ވަދެސިނގިރޭޓުބޮއެ ހަމައެއް ލަމައެއް ނޯވޭ
Abs Hus
08 April 2020
ޔެސް ގެސްޓް އިން ނަށް ވެސްމަނާ ރޫމް ތެރޭ ސިގިރޭޓް ބުއިން .. ބޮޑު އަދަދުން ޗާޖް ކުރާ ކަމެއް .. ދިވެހިން އެ އަގު ބޮޑެތި ރޫމް ތަކައް ވައްދައިގެން މުޅި ތަން ހަލާކު ކުރޭ