އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެމްބަރުން ބައްދަލުވުމެއްގައި: އިންތިޚާބު އަނެއްކާ ވެސް ވަނީ ފަސްކޮށްފައި
13 އެޕްރީލް 2020 - 18:10
ރާއްޖޭގައި ވެސް މިހާރުު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މި މަހު 18 ގައި ކުރިން ބޭއްވުމަށް ނިންމި ލޯކަލް ކައުންސިލް އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.
ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ ހިމެނޭ ގޮތަށް މި އިންތިޙާބު އެންމެ ފުރަތަމަ ބޭއްވުމަށް ނިންމީ މި މަހުގެ ހަތަރެއްގަ އެވެ. އެކަމަކު ކޮރޯނާ ވައިރަސްގެ ނުރައްކާބޮޑުވެ، ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން އިންތިހާބު ބާއްވާ ތާރީހު މި މަހު 18 އަށް ފަސްކުރީ އެވެ.
ކޮރޯނާވައިރަސް ދުނިޔޭގެ ގައުމުތަކުގައި ފެތުރެމުން ދާ މިންވަރަށް ބަލާއިރު ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ވެސް އެއްވުންތައް ބޭއްވޭ ހާލަތަކަށް ބަދަލުވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ނެރުނު ބަޔާނެއްގައި ބުނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މުއްދަތު މި މަހު 30އަށް އިތުރު ކުރުމަށް ނިންމުމާ ގުޅިގެން، ކުރިން އިންތިޚާބު ބޭއްވުމަށް ނިންމި ތާރީހުގައި އެކަން ނުކުރެވޭނެ ކަމަށެވެ.
އަދި ބިރުވެރިކަމެއް ނެތް މާހައުލެއްގައި ވޯޓުލުމުގެ ހައްގު ރައްޔިތުންނަށް ލިބެން ޖެހޭއިރު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން މިހާރު އެ ފަދަ މާހައުލެއް ނެތް ކަމަށް ގަބޫލު ކުރެވޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެތަނުން ބުނިގޮތުގައި އިންތިޙާބު ދެން ބާއްވާނެ ތާރީހެއް އިއުލާން ކުރާނީ، ކުއްލި ނުރައްކަލުގެ ހާލަތު ނިމި އެކަށީގެންވާ މާހައުލެއް ލިބުމާއެކު، އެކަމުގައި އަމަލު ކުރާނެ ގާނޫނީ ހައްލެއް ލިބުމުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރާށާއި މިހާރުގެ ކައުންސިލްތަކުގެ ދައުރު ދަންމާލަން ސަރުކާރުން ވަނީ ގާނޫނުއަސާސީ އަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެކަމަކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގާނޫނުއަސާސީގައި ބުނެފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އެއްގޮތްކުރައްވައި، މިއީ ގާނޫނުއަސާސީ އަށް ބަދަލެއް ގެނެވިދާނެ ހާލަތެއްތޯ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސުވާލު އުފައްދަވާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީސީ ވެންބޮޅަ
14 April 2020
އިންތިހާބު ބޭއްވުން މުއްދަތެެއް ނެތް ގޮތައް ދަމާލުމަކީ އަދު އެދެވޭ ހައްލެއް ނޫން ... ކައުންސިލްތަކުގެ ދައުރު ދަމާލާ ކަމުގައި ވާނަމަ ވެރިކަމާ މަޖިލިސް މެންބަރުންގެ ދައުރުވެސް ދަމާލަން އެބަ ޖެހޭ ... މި ކުރިމަތިލައިފައިވާ ކެންޑިޑޭޓުންނައް ދެވޭ ވަރައް ބޮޑު އަނިޔާއެއް
އިބިރިހިންބެއްޔާ
14 April 2020
ކީއްކުރާ އިންތިޚާބެއް. ހުރިހާ މީޑިޔާއެއްގެ ކުރިމަތީގައި ލައިވް ކޮއްފައި ކުރިމަތިލެއްވި އިއްޒަތްތެރި ކެންޑިޑޭޓުން ކޯޓްފަޓްލޫނުގައި ކޮންމެ ރަށެއްގެ "ގުރު މައިޒާނަށް" ހާޒިރުކޮއް ގުރުނަގައިގެން ހޮވޭބަޔަކު ވަގުތުން ހުވާކުރާގޮތަށް ހަދަންވީ. ގުރުލުން ބާއްވާނީ ގަލޮޅު ދަޑުގައި. ހާޒިރުވެވަޑައި ނުގެންނެވޭ (ދުރު ރައްރަށުގެ) ބޭފުޅުންގެ ބަދަލުގައި ޕްރި ސްކޫލް ކުދިން ގުރުނަގާނީ. ދަޑުގެ ކެންޓީނާއި އިޝްތިހާރު ވިއްކައިގެން ޝޯގެ ޚަރަދުވެސް ހޯދޭނެ.
ޓެލި ކިލާސް
14 April 2020
ޑިމޮކުރަސީ = އީސީ ޝަރީފް / އިބޫ ސޯލިހް * އަންނި
ބޮޑުމީހާ
14 April 2020
ރާއްޖޭގެ ކޮންމެ ރަށެއް ތަރައްގީއެއް ނުވާނެ، ކޮންމެ އަތޮޅަކުން ރަށެއް ތަރައްގީ ނުވާންވީ ކީއްވެބާ؟ އެއްފަސްނުކުރަނީ ކޮންސަބަބަކާ ހުރެތޯ ބަލަން އެބަޖެހޭ. މި މޮޑެލްގަ ދުވަހަކުވެސް ރާއްޖެ ތަރައްގީއެއް ނުވާނެ..އާބާދީ އެއްފަސްކޮށްގެން ގައުމު ކުރިއަރާނީ!
އަޑީ ދައުލަތް
13 April 2020
މަށަށް ވަރިހަމަ ދުވަހަކު ތިއިންތިހާބެއް ނުބޭއްވިއަސް ލާމަރުކަޒީއޭ، ޑިމޮކްރަސީގެ އުސޭލޭ ކިޔައި މޮޅެތި ރީތި ނަންތަކެއް ކިޔުންފިޔަވައި ކޮން މާނައެއްހުރި ކަމެއް؟ ނަޝީދަށް ހުވަފެނުން ފެނިވަޑައިގަންނަވާނެ ދެން ހަދަންވީގޮތް އެއްވެސް ބޭފުޅަކު އެކަމާ ނުވިސްނާށޭ ނަޝީދު މަނިއްޕުޅު ވިދާޅުވެސް ވިއެއްނު
ނަޖުމުއްދީން
14 April 2020
އެމަނިއްޕުޅަކީއްޔޯ ޑިމޮކުރަސީއަކީ.
ރެޓޭ
13 April 2020
އީސީ ޝަރީފުގެ ޖީބުން އަނެއްކާ 30 މިލިޔަން ތި ގެއްލުނީ!
ބަބުރުލް ސަލީމް
13 April 2020
ތިޔަ އިންތިޚާބު އެއްގޮތަކަށްވެސް ބާއްވާނެކަމެއްނެތް.
ކެޔޮޅުބޭ
13 April 2020
ކޮވިޑު ވައިރަސްގެ ސަބަބުން މުޅިދުނިޔޭގެ އިގްތިސާދު މިއޮތީ ފުނޑިފަ. ވަރލްޑް ބޭންކު ބުނާގޮތުން އެންމެ ބޮޑު ގެއްލުމާ ކުރިމަތިލާން ޖެހޭނެ ގައުމަކީ ދިވެހި ރާއްޖެ. އަލުން ރާއްޖޭގެ އިގްތިސާދު ރަނގަޅުވެ ކުރިން އޮތްވަރަށް އިއާދަ ވާނެ ދުވަހެއް ނޭގެ. ވީމާ ސަރުކާރު ހިންގުމުގެ ޚަރަދު އިންތިހާ އަށް ކުޑަ ކުރަން އެބަޖެހޭ. ވީމާ ކުރިޔަށް އޮތް ތިން އަހަރު ދޫކޮށްލާފަ ތިހަދަން އުޅޭ ލާމަރުކަޒީ ސެޓަޕް ހަދަން ލަސް ކޮއްލަން އަޅުގަނޑަށް ވަރަށް ބޮޑަށް ފެނޭ.
އޭކު ޚިޔާލް
13 April 2020
ތިޔަ ހޮސްޕިތަލަށް "ނޯރތްޕޯލް" ހޮސްޕިޓަލް ނޫނީ "އެންޓާޓިކާ" ހޮސްޕިޓަލް ކިޔަންވީ ނޫންހެއްޔެވެ؟ އެހެންާޏާ އީކުއޭޓަރަކާ ތިޔަ ހޮސްޕިތަލް ހުރިތަނަކާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ބޯހަލާކު
ބާބާ
14 April 2020
އީކުއޭޓަރ ދަމާލެވެނީ ފޯއްމުލައް ސަރަހައްދުން. އެހެންވީމާ ތިބުނާހާ ދުރެއް ނޫނެއްނުން.
ގުޑުގުޑާ
13 April 2020
ކުއްލިއަކައް ބާރުތައްލިބުނީ ކިތެއްމިލިއަނައްބާ؟