02 ޖޫން

June 02, 2020
ވަގުތީ ކައުންސިލްގެ ބާރު ހަނިކުރާ ބިލް ތަސްދީގުކޮށްފި

ލޯކަލް ކައުންސިލްތަކަށް އާ މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުން ވަގުތީ ގޮތުން މަގާމުގައި ދެމިތިބޭ މުއްދަތުގައި ކައުންސިލްތަކުގެ ބައެއް ބާރުތައް ހަނިކުރުމާ ބެހޭ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު މިއަދު ކުރައްވައިފި އެވެ.

June 02, 2020 10
ކައުންސިލަރުންގެ ބާރުތަކެއް ހަނިކޮށް، ގާނޫނީ ހައްލެއް

ލާމަރުކަޒީ ނިޒާމްގެ ހިންގުން ނުހުއްޓި ސަލާމަތްވީ ހަނި ގޮތަކަށެވެ. ކައުންސިލްތަކުގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު މާދަމާ ހަމަވާނެ އެވެ. ސަރުކާރުން ގާނޫނުއަސާސީ އަށް...

June 02, 2020 28
ކައުންސިލްތަކުގެ ދައުރު ދަންމާލާ އިސްލާހު ފާސްކޮށްފި

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވެންދެން މިިހާރު ތިބިި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިރޭ...

01 ޖޫން

June 01, 2020 12
ގާނޫނުއަސާސީ އިސްލާހުކުރުން މިރޭ ދަންވަރު 1:30 ގައި

ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް ގާނޫނުއަސާސީ އަށް ގެންނަންޖެހޭ ބަދަލުގެ މަސައްކަތް ނިންމަން މިރޭ ދަންވަރު 1:30 ގައި ޖަލްސާއެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތާވަލް ކުރައްވައިފި އެވެ.

30 މެއި

May 30, 2020 14
އިދިކޮޅުގެ "އާނބަސް" ނުލިބުމުން ވޯޓު ހޯމަދުވަހުގެ ރޭ

ކައުންސިލްތަކުގެ ދައުރު ދަންމާލަން ގާނޫނުއަސާސީއަށް ގެންނަ އިސްލާހަށް މިއަދު ފާސްކުރަން ކުރި މަސައްކަތަށް އިދިކޮޅު މެމްބަރުންގެ އާނބަސް ނުލިބުމުން، އަންނަ ހޯމަދުވަހުގެ ރޭ ދަންވަރު ވޯޓަށް އަހަން، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނިންމަވައިފި އެވެ.

May 30, 2020 7
މަޖިލިސް: މައިނޯރިޓީ ލީޑަރުގެ ޖަވާބެއްގެ އިންތިޒާރުގައި

ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައާ އެއްގޮތަށް ގާނޫނުއަސާސީގެ 231 ވަނަ މާއްދާ އިސްލާހުކުރަން މުޅި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ރޭ ފާސްކުރި ރިޕޯޓް މަޖިލީހުގެ ތަޅުމުން ފާސް ކުރުން...

May 30, 2020 10
ސުޕްރީމްކޯޓުގެ ލަފައާ އެއްގޮތަށް އިސްލާހު ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައާ އެއްގޮތަށް ގާނޫނުއަސާސީގެ 231 ވަނަ މާއްދާ އިސްލާހުކުރަން މުޅި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މިރޭ ފާސްކޮށްފި އެވެ. އެކަމަކު، އެ ނިންމުން ފައިނަލް...

29 މެއި

May 29, 2020 8
ސުޕްރީމް ކޯޓުގެ ލަފައާ ގުޅިގެން މިރޭ މަޖިލިސް ބާއްވަނީ

ކައުންސިލަރުންގެ އުމުރު ދަންމައިލުމަށް ގާނުނުއަސާސީއަށް ބަދަލު ގެންނަން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން ލަފާ ދިނުމުން އެ ލަފަޔާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް...

May 29, 2020 57
ސުޕްރީމް ކޯޓުން ލަފާ ދިނީ ގާނޫނުއަސާސީ އިސްލާހުކުރަން

ސުޕްރީމް ކޯޓުގެ ލަފާގައި ވަނީ ގާނޫނުއަސާސީގެ އެއްވެސް އަކުރެއް ނުވަތަ ފިއްޔެއް ވެސް ގާނޫނުއަސާސީގެ 12 ވަނަ ބާބުގައި ބަޔާން ކޮޮށްފައިވާ އުސޫލާ ޚިލާފަށް ބަދަލުކުރުމުގެ ބާރު...

28 މެއި

May 28, 2020 11
ވަގުތީ ކައުންސިލްގެ ބާރު ބޭނުންކުރަން ޚާއްސަ އުސޫލެއް

އާ ކައުންސިލް މެމްބަރުން އިންތިޚާބު ކުރެވެންދެން، މިހާރު ތިބި ކައުންސިލް މެމްބަރުން ވަގުތީ ގޮތުން މަގާމުގައި ދެމި ތިބޭ މުއްދަތުގައި ކައުންސިލްގެ ބައެއް ބާރުތައް ބޭނުން ކުރުމުގައި...

May 28, 2020 54
އެމްޑީޕީގެ ހަތަރު މެމްބަރަކު ވިޕްލައިނާ ޚިލާފުވެއްޖެ

ކައުންސިލަރުންގެ ދައުރު ދަންމައިލަން ގާނޫނުއަސާސީ ބަދަލުކުރަން ސަރުކާރުން ހުށަހެޅި ބިލް ބަލައިގަތުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް، އެ...

27 މެއި

May 27, 2020 33
ދައުރާމެދު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން ފާސްކޮށްފި

އާ ކައުންސިލް މެމްބަރުން އިންތިޚާބު ކުރެވެންދެން މިިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލް ރައްޔިތުންގެ...

May 27, 2020 17
މަޖިލީހުގެ ޖަލްސާއެއް މިރޭ ވެސް ބާއްވަނީ

ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް ސަރުކާރުން ހުށަހަޅާފައިވާ މައްސަލަ އަށް ބަހުސް ކުރުމަށް މިރޭ ވެސް ޖަލްސާއެއް ބާއްވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

26 މެއި

May 26, 2020 8
މައްސަލަ ހައްލުކުރަންވީ ތިން ބާރުގެ ތެރެއިން: އާދަމް

މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅައިފައިވާ މައްސަލަ ހައްލު ކުރަން ޖެހޭނީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު، އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

25 މެއި

May 25, 2020 259
މަޖިލިހުގެ ރައީސް ނަޝީދު ލޮކްޑައުންއަށް ގޮންޖައްސަވައިފި

މާލޭ ސަރަހައްދުގެ ލޮކްޑައުން ހަތަރުވަނަ ފަހަރަށް ދަންމާލި މުއްދަތު ހަމަވާން އެންމެ ދެ ދުވަހަށް ވެފައި އޮތަސް މާލަމުގައި މަޖިލިހުގެ ޖަލްސާލަތައް ނުބާއްވަވާ ހުންނެވެން ނެތް ކަމަށް، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް އަންގަވައިފި އެވެ.

20 މެއި

May 20, 2020 26
ގާނޫނު އަސާސީ ބަދަލުކުރަން އީދު ބަންދުގައި ޖަލްސާތަކެއް

ކޮވިޑް-19 ފެތުރޭތީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެން ނެތިގެން، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ، ނިންމަން...

May 20, 2020 8
ދައުރު ދެންމުމުގެ އިސްލާހު އަންނަ ހަފުތާގައި ނިންމަނީ

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމަން ގާނޫނު އަސާސީއަށް ބަަދަލު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ މައްސަލަ އަންނަ ހަފުތާގައި ނިންމަން އެޖެންޑާ ކުރައްވާނެ ކަމަށް...

16 މެއި

May 16, 2020 10
ދައުރު ދަންމަން ސަރުކާރުން ހުށަހެޅި ބިލް އެޖެންޑާކޮށްފި

މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް އެޖެންޑާކޮށްފި އެވެ.

14 މެއި

May 14, 2020 23
އާންމު ގާނޫނަކުން ދައުރު އިތުރެއް ނުކުރެވޭނެ: ފިލްޒާ

ގާނޫނު އަސާސީ އިސްލާހު ނުކޮށް، މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނަކުން ފާސްނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވައިފި އެވެ.

12 މެއި

May 12, 2020 5
ދައުރު އިތުރުކުރާ ބިލްގެ އާންމުންގެ ޚިޔާލަށް

ލޯކަލް ކައުންސިލްތަކަށް އާ މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް އާންމުންގެ ޚިޔާލަށް ހުޅުވާލައިފި އެވެ.

11 މެއި

May 11, 2020 12
"ދައުރު އިތުރުނުކޮށްފިނަމަ ދިމާވާނެ ގޮންޖެހުން ބޮޑު"

މިހާރު ތިބި ކައުންސިިލް މެމްބަރުންގެ ދައުރު ހަމަވުމުގެ ކުރިން ގާނޫނުއަސާސީ އިސްލާހު ނުކޮށްފި ނަމަ، ދިމާވާނެ ދަތިތަކުން އަރައިގަތުމަށް އުނދަގޫވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ...

May 11, 2020 1
ސަސްޕެންޝަން އުވުނު މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭނެ

ލޯކަލް ކައުންސިލްތަކުގެ އިންތިިޚާބަށް ކުރިމަތިލުމުގެ ސަބަބުން ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސް މުވައްޒަފުންނަށް އިއްޔެ އިން ފެށިގެން ރޯދަ މަހުގެ އިނާޔަތް ދޭނެ ކަމަށް ސިވިލް...

10 މެއި

May 10, 2020 30
ދައުރު ދެންމޭނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން: އޭޖީ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކައުންސިލަރުން ހޮވައި ނިމެންދެން، މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވޭ ގޮތަށް ހަދަން ލާމަރުކަޒީ ގާނޫނަށް ގެންނަން...

May 10, 2020 13
އިންތިޚާބު ފަސްކުރާ ބިލް ތަސްދީގު، ސަސްޕެންޝަން ނިމުނީ

ލޯކަލް ކައުންސިިލް އިންތިޚާބު އަންނަ އަހަރަށް ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް ތަސްދީގު ކުރެއްވުމާ އެކު، އިންތިޚާބަށް ކުރިމަތިލުމުގެ ސަބަބުން...

06 މެއި

May 06, 2020 2
އިންތިޚާބު މައްސަލަ:ބާ ކައުންސިލް ދެކޭގޮތް ހާމަނުކުރާނެ

ލޯކަލް ކައުންސިލް އިންތިޚާބުގެ މައްސަލާގައި ބާ ކައުންސިލުން ދެކޭ ގޮތެއް ހާމަކުރަން ނިންމި ނިންމުން އެ ކައުންސިލުން ބަދަލުކޮށްފި އެވެ.

05 މެއި

May 05, 2020 24
ދައުރު އިތުރުކުރާ ބިލްގެ މައްސަލަ ސުޕްރީމް ކޯޓަށް

ގާނޫނު އަސާސީ އިސްލާހު ކުރުމެއް ނެތި، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެމިގެންދާ ގޮތް ޚާއްސަ ގާނޫނެއް ފާސްކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނު އަސާސީއާ ޚިލާފް ބިލެއް ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

04 މެއި

May 04, 2020 7
ހަސަން ލަތީފްގެ ބިލް މަޖިލީހަށް ބަލައިގެންފި

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްސަ ބިލު"ގެ ނަމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް...

May 04, 2020 26
ހަސަން ލަތީފްގެ ބިލް ގާނޫނުއަސާސީއާ ޚިލާފް: ރޮޒައިނާ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކައުންސިލަރުން ހޮވައި ނިމެންދެން، މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު...

29 އެޕްރީލް

April 29, 2020 6
ކައުންސިލް އިންތިހާބު ފަސްކުރާ ބިލު ފާސްކޮށްފި

މި މަހުގެ ތެރޭގައި ބާއްވަން ކުރިން ނިންމި ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރަން ސަރުކާރުން ހުށަހަޅާފައިވާ ސަންސެޓް ބިލު، ބައެއް އިސްލާހު ތަކާ އެކު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

26 އެޕްރީލް

April 26, 2020 6
ލޯކަލް އިންތިހާބު ފަސްކުރުމުގެ ބިލް ބަލައިގެންފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ހެދި، މި މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ނުބޭއްވި ލަސްވާތީ ކުރިމަތިވާ މައްސަލަތައް ހައްލުކުރަން ސަރުކާރުން ފޮނުވާފައިވާ "ސަންސެޓް ބިލް" ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.

23 އެޕްރީލް

April 23, 2020 13
ސިވިލް ސާވަންޓުންގެ މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް

މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ސަބަބުން ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސް މުވައްޒަފުންނާ މެދު ގޮތެއް ނިންމައިދޭން އެދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.