އެޕޯލޯ ހޯލްޑިންގްސްގެ ތިޖޫރިތައް ފަޅާލައި ފައިސާތައް ވަގަށް ގެންގޮސްފައި-- ފޮޓޯ: އެޕޯލޯ
15 އެޕްރީލް 2020 - 13:17
އެޕޯލޯ ހޯލްޑިންސްގެ ހެޑް އޮފީހުން 1.7 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި އަދި މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކުރި ބޮޑު ވައްކަމާ ގުޅިގެން އަދި މީހަކު ހައްޔަރުނުކުރާ ކަމަށެވެ. ނަމަވެސް މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މާފަންނު ކޫލް ރައިޑް ފިހާރަ ކުރިމަތިން މެރިންވިލާގެ ދެވަނަ ބުރީގައި ހުންނަ އެޕޯލޯ އޮފީހުން ވައްކަން ކުރީ ރޭގަނޑު 11:45 އާއި ފަތިހު 4:30 ދެމެދެވެ. ވައްކަން ކުރީ، ސީސީޓީވީތަކުގައި ޓޭޕް އެޅުމަށް ފަހު ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޮންސްޓްރަކްޝަން ސާމާނާއި ހާޑްވެއާ ސާމާނު އެތެރެކުރާ އެޕޯލޯ ކުންފުނިން ކުރިން ބުނީ އެ ތަނުގެ ހެޑް އޮފީހަށް ވަގުން ވަދެ ފަސް ތިޖޫރި ހަލާކުކޮށް އޭގައި ހުރި ފައިސާ ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 1.7 މިލިއަން ރުފިޔާ އާއި 2،200 ޑޮލަރު (33،924ރ.) އެވެ.
ކޭއެސްޖޭ އޯވަސީސް ޕްރައިވެޓް ލިމިޓެޑްގެ 1.9 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ވެސް ލަންކާގެ ފިރިހެނެއް މިިދިޔަ އާދިއްތަ ދުވަހު ހައްޔަރުކޮށްފައި ވެ އެވެ. ފުލުހުން ބުނީ، އެއީ ރިސޯޓެއްގައި މަސައްކަތް ކުރާ އަމިއްލަ ކުންފުންޏެއްގެ މުވައްޒަފުންތަކަކަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ ފައިސާ ކަމަށެވެ. އެ މީހާއާ ފައިސާތައް ހަވާލުކުރީ ރިސޯޓަށް ގެންދިއުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރްޒީ ކަލޭގެ
15 April 2020
މިދުވަސްވަރު ވަގުންނަށްވާނީ ރަނުގެ ފުރުސަތަކަށް. އެއްބަޔަކު ޖަލުގަ ތިބި ވަގުން ނެރެން މަރުދޭ ސަބަބަކީ އެއީ ކަމަށްވެސް ވެދާނެ.
ބޭނުމެއް ކޮބާ؟
15 April 2020
އެއީ ނިބުރަވެރި އަމަލެއް ނޫން. އެއީ ހައްދުފަހަނައަޅައިދިއުމުގެ އަމަލެއް ނޫން. ހަތްވަނަ ގިޔަރުގައި ބަލައި ޝައްކުވާ އެންމެން ހައްޔަރުކުރުމުގެ ބޭނުމެއް ނެތް. މީހާއަކީ ކާކުކަން އެނގިގެން ހައްޔަރުކުރިޔަސް ޗެއިން އޮފް ކަސްޓަޑީ ނުވަތަ އެހެން ކޮންމެވެސް އެއްޗެއް ނުބައިވެގެން ދޫވެފައި އޮންނާނީ. އެތަނަކަށް އެ ލާރިއެއްވެސް ނުލިބޭނެ. ނުވިތާކަށް ހައްޔަރުކުރި ވަގުކަލޭގެ ހައްގު ބޮޑުކަމުން ކަލިޔާބިރިންޖި ނޫނީ ކާންދޭން ކަމަކު ނުދާނެ.