15 އެޕްރީލް 2020 - 16:05
ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން ފެނުމާ ގުޅިގެން މުޅި މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާތީ މި މުއްދަތުގައި ވެމްކޯއިން މާލެ ސަރަހައްދުގައި ދެމުން އަންނަ ހިދުމަތްތައް މެދުކަނޑާލަން ނިންމައިފި އެވެ.
ވެމްކޯއިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މި ނިންމުމަކީ އެޗްޕީއޭ އާއި އެންއީއޯސީގެ ލަފާގެ މަތިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.
މި ވަގުތުގައި ގޭބީސީތަކާއި ވިޔަފާރިތަކުން އުފެދޭ ކުނި މަދު ކުރުމަށް ވެސް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކުނި އުފެދޭ ތަންތަނުން އެންމެ އެކަށީގެންވާ ގޮތުގައި ދެ ކޮތަޅަށްލައި ކުނި ބަންދުކުރުމަށް ވެސް އިލްތިމާސްކޮށްފައި ވެއެވެ.
މާލެ ސަރަހައްދުން ކޮވިޑް-19އަށް ޕޮޒިޓިވް މީހަކު ފެނިފައިވާއިރު އެ މީހާއަކީ ރާއްޖެއިން ބޭރަށް އެއްވެސް ދަތުރެއް ކޮށްފައި ނުވާ މީހެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އަދި މިކަމާ ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ކޮންޓެކްޓް ޓްރޭސް ކުރުމަށް މާލެ ސަރަައްދު މިހާރު ވަނީ ލޮކްޑައުން ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންދެރި
01 June 2020
ވީބީ އިން 3 ދުވަސް ތެރޭ ބީ ޓީމް އެއް ނެރުނެވެ. ވެމްކޯ އަށް އެކަން ކުރަން ފަސޭހަ ވޭނެ އެވެ.
މޫސަ ގޯތި އާދަނު
15 April 2020
ވައިރަސް އާއި އެއްވަރަށް ގޭތެރެ ކުނިކޮއްގެން ދެން ފެތުރޭނީ ގުއި ރޯގާ .
އިޒޫ
15 April 2020
ބަލަ ޕަބްލިކް ހެލްތު ސޭފްޓީ މުހިންމޭ ފެތުރޭކަމައް ބުނާ ވައިރަސް އާ އެއްވަރައް، މިކަން ހުއްޓުމުން ދެން ޖެހޭބަލިތައް މާގިނަވާނެ، ސަރުކާރުން މިކަން ނުހުއްޓުވާ ކުރިއައް ގެންދަން ޖެހޭ
ވައި ނޮޓް
15 April 2020
މިއީ ވަރަށް ގޯސް ނިންމުމެއް. މިކަމުގެ ސަބަބުން ގެތަކުގެ ތެރޭގައި އުޅެން އުނދަގޫ ވާވަރަށް ކުނިވަސް ހިފާނެ. މިހާރު އެބަ ދައުރުވޭ މެސެޖެއް ފުޑް ވޭސްޓް މިކްސަރުން ގިރާފަ ފްލަޝްކުރުމަށް. މިކަުމގެ ސަބަބުން ގޭގެ ހޮޅިތައް އިސާހިތަކު ބެދޭނެ. އަދި އެމްޑަބްލިއުއެސްސީގެ މައި ހޮޅިވެސް ބެދޭނެ. މިހާރުވެސް މިގޭ ކައިރީހުންނަގެއެއްގައިހުންނަ ހޮޓަލެއްގެ ސަބަބުން މަހަކު އެއްފަހަރު އެމްޑަބްލިއުއެސްސީގެ ވެހިކަލް އައިސް ހޮޅި އަންކްލޮގް ކުރަންޖެހޭ. ރީކޮންސިޑަރ
ޢަލީިި
15 April 2020
އެބުނީ ކުނި ކޮންމެ ކޮތަޅެއް 2 ކޮތަޅަށް ލާށޭ. ބުނާބަސް އަހާފަ ކެތްތެރިވާން ދަސްކުރަން އެބަޖެހޭ. ކުރިއަށް އޮތީ ދަތި އަދި ހިއްދަތި ދުވަސްވަރެއް ކަމަށްވުން އެކަށީގެންވެއެވެ.
ބާދަގަނޑަށް
15 April 2020
އުފެދެން ޖެހޭކުނި ،ކޮންމެދުވަހަކުވެސް އުފެދޭ ކުންޏަށް ހަދާންވީގޮތެއް ނުބުނެއެއްނޫންތަ ؟ ގޭގަ ކުނިކޮތަޅުތައް ފުނިޖަހާފަ ބެހެއްޓުމަކީ ވަކި ރައްކާތެރި ގޮތަކަށްވާނެތަ ؟ކުނި އަމިއްލައަށް އުކައެއްވެސް ނުލެވޭނެ . ދެން ހަދަވީގޮތެއް ބުނެބަލަ . ކުނިމަދުކުރަން ހަދާން ޖެހޭނެ ގޮތަކީ ނުކައި ނުބޮއި ބަޑަށް ތިބުން .
ހޮޓްކިންގ
15 April 2020
ކޮންތާކު މިޖެހުނީ؟ ކޮބާހެދިމޮޅު ޕްލޭންތައް؟ބޭކާރު. ދެންމިޖެހުނީ ގޭތެރެވެސް ކުނިކޮށްގެން އުޅެން. ކިހާތާހިރުދޯ. މިހިރަފެންނަނީ ސަރުކާރުން ކުރިޔާލާހަދާޕްލޭންތައްފެއިލްވާތަން.
ގައުމުގެ ދޫ
15 April 2020
ކުނި އުކޭނެ ކޮންމެވެސް އިންތިޒާމެއް ހަމަޖެހެން ޖެހޭނެ. މަހުކުލި ނަގާފަ ޚިދުމަތް ނުދީ ތިބުމަކީ ވަރަށް ނާތަހުޒީބު ކަމެއް. އަމުދުން މާލެކަހަލަ ތަނެއްގާ އުޅެންޖެހޭގޮތް ހަމަ ކޮންމެ މީހަކަށްވެސް ދަތިކަމެއްނެތި ވިސްނާލެވޭނެ، އެހެންވީމާ ކުނިގޮނޑާއެކު އުޅޭން މި ވަގުތު މަޖުބޫރު ނުކުރޭ. އާދޭސްކޮށްފާ ބުނަން.
ގަޓް ބްރޯ
15 April 2020
ތިޔަހެންވީމަ ދެން މިއޮއް ގޮނޑު މާލެ ސިޓީ އިތުރަށް ގޮނޑުވެ ފުޅަޔާ މެހި ގިނަވެ ރޯދަޔަށް ބޭރަށްހިންގުމާ ހޮޑު ލުމުގެ ބޮޑު ރޯގާއެއް ފެށުމުގެ ފުރުސަތު ވަރަށް ބޮޑު!! ބޮޑު މުސާރަ ނަގައިގެން ތިބޭ މާލެ ސިޓީގެ މޭޔަރާ ކައުންސިލަރުން ނެރެގެން ނަމަވެސް ކުނި އުކެންޖެހޭނެ.
ޝާޑު
15 April 2020
މަށަށް ރަނގަޅީ ސީދާ މޭޔަރު ގެއަށް ވައްޓާލިއްޔާ.
މޯޑޭ
15 April 2020
ވެމްކޯ ފެއިލުވެއްޖެ. މާލޭގަ ކުނިތައްގިނަވެ އިތުރު ބަލިމަޑްކަމެއް ނޫފެދިއްޖިއްޔާ ކިތައްމެހާވެސް ރަގަޅު.
ޢެހެންތަ ހީވަނީ
15 April 2020
ބޯހަލާކު އަމިއްލައަށް ކުނި އުކާލެވޭނަނަމަވެސް ކިހާރަގަޅު . މިބަޔަކު ކުނި ބަލާއަންނާނެކަމަށް ހުރިހާފުލޯރ ތަކެއްގަ އުޅޭމީހުން ކުނިތައް ބޭރަށް ނެރެ އެހެރީ ފުނިޖަހާފަ . ކުނިވާޒާތުކާތަކެތިން ނުބައިވަސް ދުވަން ފަށާނެ މާދަމާހެދުނު ވާއިރު އާދޭ އެކުނިތަށް ބޭރުކުުރަން . ރައްޔިތުން ލޮކްކޮއްފަ ކުނި ބޭރުނުކޮއް ލޮކްވެގެންތިބުން ކިހާބޮލަށް ތުރާވާނެ .