20 އެޕްރީލް 2020 - 13:06
ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާތީ އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ފިހާރަތައް ބަންދުކޮށް ޑެލިވަރީގެ ހިދުމަތް ދޭން ފަށައިފި އެވެ.
މާލެއިން ކޮވިޑް-19 އެންމެ ފުރަތަމަ ފެނުމާއެކު މުޅި މާލެ ވަނީ ލޮކްޑައުންކޮށްފަ އެވެ. އަދި އަތޮޅު ތެރޭގައި ވެސް ކޮންމެހެން ޒަރޫރީ ބޭނުންތަކަށް ނޫނީ ރަށުން ބޭރަށް ދިއުން ވަނީ މަނާކޮށްފަ އެވެ. އަދި މާލޭން ބޭރުން މީހުން އުޅޭ ރަށަކަކުން ފެނުނު ފުރަތަމަ ކޭސް ހއ. އުލިގަމުން ފެނުމާ އެކު ރަށްރަށުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
ބައެއް ރަށްރަށުގައި މިހާރު ވަނީ ކެފޭ ރެސްޓޯރަންޓުތައް ވެސް ބަންދުކޮށްފަ އެވެ.
ށ. ފުނަދޫ ކައުންސިލްގެ ރައީސް "މިހާރު" އަށް ވިދާޅުވީ، ފިހާރަތައް ބަންދުކުރުމަށް ފަހު ޑެލިވަރީ ކުރާއިރު މުޅި ރަށް މިހާރު ހަތަރު ބަޔަކަށް ބަހާލައި ހަތަރު ސަރަހައްދުގެ މީހުންނަށް ބޭރަށް ނިކުމެވޭނެ ވަކި ގަޑިތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެވަގުތުތަކުގައި ވެސް ނިކުމެވޭނީ ގެއަކުން އެންމެ މީހަކަށް ކަމަށާއި، ކޮންމެ ގެއަކަށް ވެސް ކާޑެއް ދީފައިވާނެ ކަމަށް ވިދާޅުވި އެވެ.
މިގޮތަށް ނިންމާފައިވާ ބައެއް ރަށްރަށުގެ ތެރޭގައި ބ. އޭދަފުށި، އއ.ރަސްދޫ، ތ. ހިރިލލަންދޫ، ތ. ތިމަރަފުށި، ލާމު އަތޮޅުގެ ރަށްތައް އަދި ފުވައްމުލަށް ހިމެނެ އެވެ.
ބޯކޮށާ ތަންތަނާއި ސެލޫންތައް ވެސް ބައެއް ރަށްރަށުން ވަނީ ބަންދުކޮށްފަ އެވެ.
ވަކި ގަޑިއަކަށް ފަހު ބޭރަށް ނިކުމެ އުޅުން ވެސް ބައެއް ރަށްރަށުގައި މަނާކޮށްފައި ވާއިރު، އާންމުގޮތެއްގައި ހުރިހާ ރަށަކުން ވެސް އަންނަނީ މިކަމަށް ސަމާލުކަން ދެމުންނެވެ. އެގޮތުން ކޮންމެހެން ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނިކުމެ ނުނިކުންނަން ކައުންސިލްތަކުން އަންނަނީ ބާރު އަޅަމުންނެވެ.
މިކަމާ ގުޅިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޑިރެކްޓަ ޖެނެރަލް އާދަމް ޝަރީފް "މިހާރު" އަށް ވިދާޅުވީ ކައުންސިލްތަކުން ރަށްރަށުގެ ރައްކާތެރިކަމަށް އަޅަމުން މިއަންނަ ފިޔަވަޅުތަކަކީ އެޗްޕީއޭގެ ވެސް ހުއްދައާ އެކު އަޅަމުން އަންނަ ފިޔަވަޅުތަކެއް ކަމަށެވެ. ވަކިވަކި ރަށްރަށުގައި ވަކި ގޮތްތަކެއް ކަނޑައަޅާފައި ނުވިޔަސް އެ ރަށެއްގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ހުއްދަ ކައުންސިލްތަކަށް ދިނުމަކީ އެޗްޕީއޭގެ ވިސްނުން ކަމަށާއި އެކަމާ ގުޅިގެން މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ރާއްޖެ އިން މިހާރު ކޮވިޑް-19 ގެ 52 ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން 32 ކޭސް އަކީ މާލެއިން ފެނުނު ކޭސްތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮވިޑް
21 April 2020
ރަޝުމީހުން އަމިލަސަލާމަތް ހޯދާ...ބަޔަކު އަންނާނެ ކަމަކަށް ބަލާނެ ކަމެއް ނެއް...މާލެ އެއް ނެތް! ވައްސަލާން
ކެލާ އިބުރާހިމް
20 April 2020
ހޯރަފުށީ ކައުންސިލުން މިހާލަތުގައި އަޅަށްމުންދަނީ ވަރަށް ޒިންމާދާުރު ފިޔަވަޅު ތަކެއް ކަމުގައި ފާހަގަ ކޮށްލެވޭ. ރަށުގެ ހުރިހާ ރަށްއިތުންވެސް ކައުންސިލަށް އެއްބާރުލުންދީ ނަމޫނާ ދަށްކަށްވީ ވަގުތުމީ. އިބުރާހިމް ސާކިރު މެން ރެޔާދުވާލު ނުނިދާ ބިސްކޯދު ފެކެޓެއް ކައިލާގެން ރަށްއިތުންގެ ހައްގުގާ އެކުރާ މަސައްކަތައް އައްސަރިބަހާ ސާބަސް ދަށްނަވަން.
މިހާފީ
20 April 2020
ދިވެހި ހުރިހާ ރައްޔިތުންނަށް އެނގެން އެބަޖެހޭ އައިސޮލޭޝަނަކީ ކޮބައިކަން / މޮނީޓަރގެ ހާލަތު / ކަރަންޓީނަކީ ކޮބައިކަން / އަދި އެމީހުންނާމެދު އުޅުން ބަހައްޓަންވީގޮތް. އެކަން ކިޔައިދިނުން އެދެން. ކިޔައިދިނުމުގައި އިހުމާލުވާނަމަ ކައުންސިލަރުން އަމިއްލައަށް އިސްވެ އެބަޖެހޭ ރައްޔިތުންނަށް އިރުޝާދު ދޭން. ޕޮސިޓިވް+ނެގެޓިވް+ބަންގްލަދޭސީ+ޔޫރަޕީ+ ކިޔަންވީ ވަގުތެއް ނޫންމީ. ރައްޔިތުންގެ ހިތުގައި ބިރުވެރިކަން ނުއުފެދޭގޮތަށް، ސާފުކޮށް ކިޔައިދެއްވާނީ. ހެޔޮނުވާނެ!
Shiya
20 April 2020
ކައުންސިލަރުން ހޭލުންތެރި ވަންޖެހޭ. އެކްޓިވިސްޓުންގެ ބަދަލުގައި ޤާބިލް މީހުން ހޮވަން ޖެހޭ.. ރަށްރަށުގައި އެއްވެސް އުދަޅަކަށް ނުވަދެވޭ ގޮތް ހަދަންޖެހޭ.. ކާޑު އަދި ބެހާއި އެފަދަ ކަންކަމަށް ހަމަ އެކަނި ކޯސްޓު ގާޑަށް އެކަނި ހުއްދަ ލިބިގެން ފަޅަށް ވަދެވޭގޮތަށް ހައްދަވާ. މާތްﷲ އަޅަމެން ބިކަމުން ސަލާމަތް ކުރައްވާށި.. #ގޭގައިތިއްބަވާ