26 އެޕްރީލް 2020 - 21:45
ކޮވިޑް-19އާ ގުޅިގެން ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ހާލަތު ދެނެގަތުމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މައުލޫމާތު އެއްކުރަން މިއަދު ފަށައިފި އެވެ.
އެ ކޮމިޝަނުން މިއަދު ވަނީ މައުލޫމާތު އެއްކުރުމަށް އޮންލައިން ފޯމެއް ތައާރަފު ކޮށްފަ އެވެ. އެ މީހަކު ހުރި ތަނަކާއި ވަޒީފާ އަދާކުރާ ދާއިރާގެ އިތުރުން މުސާރައިގެ މައުލޫމާތު އެ ފޯމު ފުރައިގެން އެއްކުރާ މައުލޫމާތުތަކުގެ ތެރޭގައި ހިމެނެ އެވެ. އޭގެ އިތުރުން ވެސް ރޯދަ މަހުގެ އިނާޔަތާއި މަހު މުސާރަ ލިބުނުތޯ ބަލަ އެވެ. އަދި ކޮވިޑް-19އާ ގުޅިގެން މުސާރަ އަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ ބަލަ އެވެ.
ކޮވިޑް-19އާ ގުޅިގެން ރައްޔިތުންގެ އަސާސީ ޙައްޤުތަކުގެ ހާލަތު ދެނެގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ދަނީ މަޢުލޫމާތު އެއްކުރަމުން.
— HRC of the Maldives (@hrcmv) April 26, 2020
މި ފޯމު މެދުވެރިކޮށް ވީހާވެސްގިނަ ފަރާތްތަކުން މަޢުލޫމާތު ހިއްސާކުރައްވަމުން ގެންދަވާhttps://t.co/RKtxM3bYJU
އެޗްއާރްސީއެމްއިން މައުލޫމާތު އެއްކުރާ ފޯމް
ވަޒީފާއާ ގުޅޭ މައުލޫމާތުގެ އިތުރުން އެކަށީގެންވާ މިންވަރަށް ކާބޯތަކެއްޗާއި ފެން ލިބޭތޯ ވެސް އެޗްއާރްސީއެމުން އޮޅުން ފިލުވަ އެވެ. އަދި ސިއްހީ ހިދުމަތްތައް ލިބޭތޯ އާއި އެކުގައި ކިތައް ކުޑަކުދިންނާއި ދުވަސްވީ މީހުންގެ އިތުރުން ބަލި މީހުން ދިރިއުޅޭތޯ ވެސް ސުވާލުކޮށްފައިވެ އެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފަށާފައިވާތީ މާލޭ ސަރަހައްދުގެ އިތުރުން ބައެއް ރަށްތައް ވެސް ވަނީ ލޮކްޑައުން ކޮށްފަ އެވެ. އެހެންވެ އަސާސީ ބޭނުންތަކަށް ތަކެތި ހޯދުން ފަދަ ކަންކަމުގައި ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ. އެކަންކަން ހައްލު ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ.
ކޮވިޑް-19 ގެ ސަބަބުން ވިޔަފާރި ކުންފުނިތަކަށް ގެއްލުމާ ކުރިމަތިވުމުން ބައެއް ކުންފުނިތަކުން ވަނީ މުވައްޒަފުން ވަކިކޮށްފަ އެވެ. އަނެއް ބައި ކުންފުނިތަކުން ވަނީ މުވައްޒަފުންގެ މުސާރަ ކުޑަކޮށްފަ އެވެ. އޭގެ ސަބަބުން ކުލި ދެއްކުމާއި އަސާސީ ހިދުމަތްތައް ހޯދަން ދަތިތަކާ އެތައް ބަޔަކަށް ވަނީ ކުރިމަތިވެފަ އެވެ.
ރާއްޖޭން މިހާތަނަށް ކޮވިޑް-19، 191 މީހަކަށް ޖެހިފައިވާއިރު ރަނގަޅު ވެފައިވަނީ އޭގެ ތެރެއިން 16 މީހުންނެވެ. ކޮންމެ ދުވަހަކުހެން ގިނަ ބަޔަކު ދަނީ އެ ބައްޔަށް ޕޮޒިޓިވް ވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނާ
27 April 2020
ޚޮންމެވެސް ބަނގުލަދޭސް ކުދިންކޮޅުގެ ހާލުބަލާދޭތި އެއީ ވަރަށް ނިކަމެތިކޮށް މިގައުމުގަ އުޅޭ ކުދިންކޮޅެއް ދިވެހިން ކަންނެތްކަމުން އެންމެ ފުރަތަމަ ހޯދާދޭން ޖެހޭނީ އެކުދިންކޮޅުވެ ހައްގު ނިކަމެތިންނަށް އިސްކަދޭންޖެހޭ ދިވެހިން ކަންނެތްކަމުން އިނގޭ
މަފްޒާން
26 April 2020
މައުލޫމާތު އެއްކުރަނީ އަބަދުވެސް..ދެން ވާގޮތެއް ނޭންގޭ..
އަލިބެ 2
27 April 2020
ތީ އުވާލަންވެފަ އޮތް ކޮމިޝަންއެއް