ވެކްސިނާ ދެކޮޅަށް ވާހަކަދައްކަމުން ދިޔަ އެކައުންޓް ސަސްޕެންޑުކޮށްފައި
06 މެއި 2020 - 12:14
ވެކްސިން ޖެހުމާ ދެކޮޅަށް ޓްވިޓާގައި ވާހަކަތައް ފަތުރަމުން ދިޔަ ޓްވިޓާ އެކައުންޓެއް މިއަދު ސަސްޕެންޑުކޮށްފި އެވެ.
"ވެކްސިން އަނިޔާ" ގެ ނަމުގައި ރާއްޖޭގައި ހިންގަމުން ދިޔަ އެކައުންޓް ސަސްޕެންޑުކުރީ މީހަކު ކުރި ރިޕޯޓަކާ ގުޅިގެންނެވެ.
ޓްވިޓާ އިން ނުވަތަ ފޭސްބުކް އިން އާއްމު ގޮތެއްގައި އެކައުންޓެއް ސަސްޕެންޑު ކުރާނީ، އެ ދެ ތަނުގެ ގަވާއިދަކާ ހިލާފުވުމުންނެވެ. މީގެ ކުރިން ވެސް އެފަދަ އެކައުންޓުތައް ސަސްޕެންޑު ނުވަތަ ޑިލީޓުކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ދީނާ ހިލާފު ވާހަކަތައް ދައްކަމުން ދިޔަ އެކައުންޓުތައް ހިމެނެ އެވެ.
ވެކްސިން ޖެހުމަކީ ރައްކާތެރިކަމެއް ނޫން ކަމަށާއި އެކަމާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުންދިޔަ އެކައުންޓެއް ސަސްޕެންޑުކުރިއިރު، އެކަހަލަ ގޮތަކަށް ހިންގާ ވައިބަ ގްރޫޕެއްގެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.
މިިދިޔަ ޖެނުއަރީ މަހު ފުލުހުން ބުނީ ވެކްސިން ދިނުމާ ދެކޮޅަށް މައުލޫމާތު ދޭ ވައިބާ ގްރޫޕްގެ މައްސަލަ މިދިޔަ އަހަރު ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކާ އެކު ފުލުހުން މަޝްވަރާ ކޮށްފައިވާ ކަމަށާއި ފުލުހުން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށް ވެސް އޭރު ބުނެފައި ވެ އެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ވެކްސިން ދިނުމާ ދެކޮޅު ހެދުމުގެ ބައެއް މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ. އޭރު ކަމާބެހޭ އިދާރާތަކުން ވަނީ ބައެއް ރަށްރަށަށް ގޮސް، އެފަދަ އާއިލާތަކަށް ނަސޭހަތްތެރިވެ، ކުދިންނަށް ވެކްސިން ދީފަ އެވެ. އެކަމަށް އިންކާރު ކުރުމަކީ، މިދިޔަ ފެބްރުއަރީ މަހު އަމަލުކުރަން ފެށި ކުޑަކުދިން ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ގޮތުން ކުށެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަހުޔާ
06 May 2020
ފަހުޒަމާނުގާ ހައްގު ބަސް ބުނާމީީހާގެ ދުލުގާ ތަޅުއެޅި ބާތިލްްގެ އަހުލުވެރިންގެ އަޑުގަދަވެ ދޮގުވެރިއާ ތެދުވެރިއާއަށްވެ އަމާނާތްތެރިއާ ހިޔާނާތްތެރިއާއަށްވެ މުޝްރިކުން މުގޮށި މީދަލެއްގެ ހޮރަށްވަނަސް މުސްލިމުން އެތަނަށް ވަންނަން އުޅޭނޭކަމީ ސުންނަތުން ސާބބިތުވާކަމެއް. މިހެންވަނީ އިސްލާމްދީނުގެ އިލްމުތައް ގެއްލި ބަޔަކު ނިކުމެ މުސްލިމުންގެ އަގީދާ އޮޅުވާލުން.. ﷲ އާ ވަކީލް.
ޖޫލީ5
06 May 2020
ވެކްސިންގެ ރައްކާތެރިކަމާއި ބެހޭ ގޮތުން ސުވާލުކުރުމަކީ ކުށަކަށްވީ ކޮން އިރަކުތޯ؟ ކޮބާ ފްރީޑަމް އޮފް ސްޕީޗް
ސަރުދާރު
06 May 2020
ދުވަސްކޮޅަކުން ޑޮކްޓަރު ބޭހަށް ވުރެ ބަލިތަކަށް ޝިފާހޯދަން ގުރްއާން މާ މޮޅޭ ބުންޏަސް ކުށަކަށް ވާނެ..
ވެކްސިންމޭން
06 May 2020
ރާއްޖެއަށް ލިބޭ ފުރަތަމަ ވެކްސިން ޝިޕްމަންޓުން މިއުޅޭ އައިސިސް ބައިގަނޑަށް ވެކްސިން ދިނުމަށް ގޮވާލަން.
ރުމާލު10
06 May 2020
ދޭނެކަމެއްނެތް ބާއިތިއްބާ ވާއެއްޗެއްވާން
ޖަމަލު
06 May 2020
މިހާރު ދުނިޔެއަށް ޖެހިފަ އޮތް ހާލަކީ އެންމެ ވެކްސިނެއް ނތިގެން އައިސް ފައިވާ ބަލިމަޑުކަމެއް
ޖައިސާމް
06 May 2020
މިމީހުންގެ ވައިބާރ ގްރޫޕް އުޅެނީ މާމަތީގަ. މިގްރޫޕް ބަންދު ކުރަނީ ކޮން އިރަކުން؟
ލާދީނީ މީހުން
06 May 2020
އިސްލާމްދީނަށް ފުރައްސާރަކުރާ އެކައުންޓްތައް ކީއްވެ ސަސްޕެންޑް ނުކުރެވެނީ؟
ޖައިސާމް
06 May 2020
ބަލަގަ އެކަން ކުރަނީ ޓްވީޓާރ އިންނޭ. އެގައުމުތަކުގަ ގިނަ ދީންތައް ހުރޭ. އެއްދީން އަނެއް ދީނަށް ފުރައްސާރަ ކުރުމަކީ އެގައުމުތަކުގަ ހިނގާ ކަމެއް.
ވަގު ކަދުރު
06 May 2020
ބަލަ އެކުރީނުން! ތިމަތިމާމެން ހިތަށް އައިހާއެއްޗެއް ދީނުގެ ނަމުގައި ފެތުރުމަކީ ދީނަށް ފުރަސާރަކުރުންނޫން ދެން ކޮންކަމެއްތޯ؟ ހަދީސް ޢިލްމުވެރިން ފިޤުހުއިލްމުވެރިންފަދަ ދަންނަބޭކަލުން އެބޭފުޅުންގެ ނެތް އިލްމަކަށް ފަތާވާއެއް ނުދެންވަވާ! އެބޭފުޅުން ވިދާޅުވަނީ ފާރޮށި ފިހުމާބެހޭގޮތުން ފުށްގަނޑުމޮޑޭ މީހާޔާއި ސުވާލުކުރުމަށް ބައްޔާބެހޭގޮތުން ޑޮކްޓަރުންގެ އިރުސާދަށް ތަބާވާން. ގިނަގިނައިން ގުރުއާން ކިޔަވަމާ އަދި މާނަވެސް ބަލަމާ އޭރުން ދީން ފަހުމުވާނެ.
ފަހުދު
06 May 2020
ވެކްސިންދިނުމާ ދެކޮޅުހެދުމަކީ އިސްލާމްދީނައް ފުރައްސާރަކުރުން. އެ އެކައުންޓް އެއޮތީ ސަސްޕެންޑް ކޮއްފަ.
ޢުހުދު
06 May 2020
ދީނަށް ފުރައްސާރަ ކޮއްގެން މީހުންގެ ފުރާނައަށް ގެޢްލުމެއް ނުވާނެ.
ދިނާގަ
06 May 2020
ދީނަށް ފުރައްސާރަ ކުރުމުގެ މާނަތަފާތު މުސްލިމުންގެ މެދުގަވެސް، . ވެކްސިންދިނުމާދެކުޅަށް ކުރެވޭކަންކަން ސާފުކޮށްވަކިކުރަން އެނގޭ.
ސަލަފީ
06 May 2020
ހަމަ ވެކްސިނޭ، އައިސިސްއޭ..ހަރު ކައްޓޭ ބުނާއިރަށް ހިފާދަމަންއޮނަންއެތި!
މޯލްދިވިޔަން
06 May 2020
އަރަބިންނަށް ބަދު ބަސް ބުނާ އެކައުންޓް ތަށް ކީށްވެބާ ނުހުއްޓުވަނީ
ގދ
06 May 2020
ތިޔައީ އަފްޣާނިސްތާނު ކުޅި ފަތުރަން ކުޅޭ ކުޅިއެއް. ތިޔަ މީހުން އެބަ ޖެހޭ ދަސްކުރަން.
ޙާމް1
06 May 2020
މުޅިދުނިޔެ އެބަލަނީ ކޮރޯނާގެ ވެކްސިނެއްގެ އިންތިޒާރުގަ. މިމީހުންނަކީ އެއްވެސް ކަހަލަ އޮއްޓަރެއް ހުރިބައެއްނޫން.