މީހެއްގެ ގަޔަށް ވެކްސިން ޖަހަނީ: ވެކްސިން ދިނުމާ ދެކޮޅަށް މައުލޫމާތު ދޭ ވައިބާ ގްރޫޕެއްގެ މައްސަލަ ފުލުހުން ދަނީ ބަލަމުން -- ފޮޓޯ/މިހާރު
14 ޖެނުއަރީ 2020 - 13:43
ވެކްސިން ދިނުމާ ދެކޮޅަށް މައުލޫމާތު ދޭ ވައިބާ ގްރޫޕެއް ހެދި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވަނީ މިދިޔަ އަހަރު ކަމަށެވެ. އެކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކާ އެކު ފުލުހުން މަޝްވަރާ ކޮށްފައިވާ ކަމަށާއި ފުލުހުން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަން ސަރުކާރުން އިއްޔެ ވަނީ އިއުލާންކޮށް، ވެކްސިން ނުޖަހާ ތިބި އެންމެން ވެކްސިން ޖަހަން އަންގައިފަ އެވެ. އަދި ބިދޭސީން ވެސް ވެކްސިން ޖަހަން ލާޒިމް ކުރުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
ހިމަބިހި ރާއްޖެއިން ނައްތާލާފައިވާ ކަން 2017 ގައި ރަސްމީކޮށް އިއުލާނުކޮށްފައި ވަނިކޮށް، ހިމަބިހި ޖެހިފައި ހުއްޓާ ފުރަތަމަ ދާދި ފަހުން ފެނުނީ ވެކްސިން ނުދީ ހުރި ތިން އަހަރުގެ ކުއްޖެއްގެ ގައިންނެވެ. އޭގެފަހުން ވެސް އިތުރު ބައެއްގެ ގައިން ހިމަބިހި ވަނީ ފެނިފަ އެވެ.
ކުޑަކުދިންނަށް ވެކްސިން ދިނުމާ ދެކޮޅު ހެދުމުގެ ބައެއް މައްސަލަތައް މީގެކުރިން ވެސް ފެންމަތިވެފައިވެ އެވެ. އޭރު ކަމާބެހޭ އިދާރާތަކުން ވަނީ ބައެއް ރަށްރަށަށް ގޮސް، އެފަދަ އާއިލާތަކަށް ނަސޭހަތްތެރިވެ، ކުދިންނަށް ވެކްސިން ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު އިބުރާހިމް
15 January 2020
މިސުވާލަށް ޑޮކްޓަރަކު ޖަވާބުދީބަލަ. ޥެކްސިންއަކީ ބާރުދަށް ކޮށްފައިވާ ނުވަތަ މަރާލައިފައިވާ ޖަރާސީމެއް އިންސާނެއްގެ ގަޔަށްޖަހައި އޭނާގެ ދިފާއީ ނިޒާމު ތައްޔާރު ކުރުން. ޢެހެންނު. ދިފާއީ ނިޒާމުގެ ހަދާނީ ސެލްތަކުގައި ރައްކާކުރުން. ޢެހެންނު. ޢަދި އަސްލު ދިރޭ ޖަރާސީމް ހަމަލާ ދިނީމާ ރައްދު ހަމަލާ އަވަހަށް ދިނުމަށް ހޭނުވުން. ޢާއެކޭ ބުނޭ. ޢެހެންވިއްޔާ ކީއްކުރަންދޭ ދެވަނަ ޑޯސްއެއް. ޢެއްކަލަ މެމެރީސެލް ދެބަންދިހާރިވެފައިވާތީ ހޭލައްވާލަންތަ ދެނީ.ނިދީތަ އެސެލ
އިސްމާލި
15 January 2020
މޮޅު ތަންކޮޅަކީ މި މީހުން ދެކޮޅުވަނީ ހަމައެކަނި ވެކްސިން އާ. ހީވަނީ ވެކްސިން ގަ އެކަނި ހެން ސައިޑް އިފެކްޓްސް ހުންނަނީ. އަދި ވެކްސިން ހަދާ މީހުން އެކަނިހެން އިންޑަސްޓްރީ ހަރަދުކުރާ ރިސަރޗް ހަދަނީ. މިމީހުންނަށް ނޭންގޭ ކަމަކީ ވެކްސިން ހަދާ ކުންފުނިތަކުން ޕެނަޑޯލް ވެސް ހަދާކަން. ޕެނަޑޯލް އޯކޭ. ވެކްސިން ނޯ ގުޑް. މާދަން ގޮވާނެ އަރތް އިސް ފްލެޓް އޭ.
ގުއި ކަލޯ
14 January 2020
ޥެކްސިނާ ދެކޮޅު މީހުނަށް ހޮސްޕިތަލްތަކަށް ފަރުވާ ހޯދާކަށް ދާނެކަމެއް ނެތް
ގިޔާސް
14 January 2020
ވެކްސިނާ ދެކޮޅު ޕޭޖު ހިންގި ގުރޫޕު އެއްކޮށް ތޯރާބޯރާ އަށް ފޮނުވާލާ، މިމީހުންގެ ސަބަބުން އެހެން މީހުނަށްވެސް ދުއްޕާން.
ރާކިސް
14 January 2020
އެބަ ރަގަޅުވޭ! އެ ގްރޫޕުގަ ތިބި އެންމެން ހައްޔަރުކުރޭ!
ކަނބިލި
14 January 2020
މައްސަލަ ބަލާ ވާ ހަކަ ބުނާނީ. ދެން ވާނުވާއެއް ނޭގޭނެ.
ޖުލައޮ
14 January 2020
ތިގުރޫޕްގަ ތިފުކުރު ގަބޫލުކޮށް ފަތުރަން ތިބި އެންމެނަކީ ގައުމީސަލާމަތަށް ހުރި ނުރައްކަލެއް. ވަގުތުން ހައްޔަރުކޮށް އެމީހުން މުޖުތަމައުން އެއްފަރާތްކުރަންޖެހޭ
ޙަކީމު
14 January 2020
ގަދަކަމުންވެސް ވެކްސިން ޖަހަންޖެހޭ. މައިބަފައިންގެ ޖާހިލު ވިޔަކަސް ދަރިންނަށް އަނިޔާވާން ފުރުޞަޠު ދޭނެ ކަމެއް ނެތް.
ސައްލޫ ބާއި
14 January 2020
މިހާރު ތިވާހަކަ ދައްކާނެ ކަމެއްނެތް! ފޭސްބުކުގަ މިއޮއް ހުރިހާ ދުވަހު "ވެކްސިން ނުރައްކާ" ކިޔާ ޕޭޖެއް ހިންގި އިރު ކޮބާ މިނިސްޓްރީ އޮފް ހެލްތު؟ ކޮބާ ޕޮލިސް؟ އެއެންމެ ޓެގުކޮށްފަ ޝެއަރ ކުރީމަވެސް ވީކަމެއް ހަރާން! އެ ޕޭޖުގައި މުޅިން ރޯ ނުބައި ވާހަކަތައް ގެނެސްދީ ފިތުނަ އުފެއްދި އިރު، އެކަމާ ދެކޮޅަށް ފާޅުގައި ނުކުތީ ޑޮކްޓަރ އަފީފު އެކަނި. ޑަކްޓަރަށްވެސް އެންމެފަހުން ކުޅަދާނަ ނުވެގެން އެކަން ހުއްޓާލީ!
އިހުމާލު
14 January 2020
ތެދު ވާހަކައެއް. މި ނުނައި މަޢުލޫމާތު ފަތުރާ ޖައްބާރު މީހާ އަދި އެ ޕޭޖް ރާއްޖޭގަެި ހިންގާކަން ހެލްތަށް އިނގޭއިރު ނެގިމަޑުވެފަތިބީ. މިހާރުދެން ކޮން ތުޔެއް ވާކަށް