މިއަދުގެ އޮންލައިން މީޑިއާ ބްރީފިންގައި ހޯމް މިނިސްޓަރު އިމްރާން ވާހަކަ ދައްކަވަނީ.
11 މެއި 2020 - 19:07
ކޮވިޑް-19 ފެތުރޭތީ ލޮކްޑައުންކޮށްފައިވާ މާލެ ސަރަހައްދުން އަތޮޅުތަކަށް ފުރަން ސަރުކާރުން ކަނޑައެޅި އުސޫލު މިއަދު ހަރުކަށިކޮށްފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ބަލި ފެތުރުމުގެ ހާލަތު ކުރިއަށް އޮތް ދުވަސް ތަކުގައި އިތުރަށް ގޯސްވާނެ ކަމަށް ސިއްހީ މާހިރުން ލަފާ ކުރައްވާ ކަމަށާއި އަތޮޅުތަކަށް ދަތުރުމުގެ އުސޫލް ހަރުކަށިކުރަން ޖެހުނީ އެހެންވެ ކަމަށެވެ.
އެގޮތުން އާ އުސޫލުގެ ދަށުން، ރަށް ރަށަށް ފުރުމުގެ ހުއްދަ ދެން ދޭނީ އޭޕްރިލް 1 ގެ ފަހުން މާލެއަށް އައި މީހުންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއަށް ވުރެ ކުރިން އައި ފަރާތްތަކުގެ ތެރެއިން ވެސް ސިިއްހީ ފަރުވާއެއް ހޯދުން ފަދަ އަަސާސީ ކަންކަމުގައި އައި މީހުންނަށް ހުއްދަ ދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ދެވަނަ ކަމަކަށް އަޅުގަނޑުމެން މި ބަލަނީ އެ މުއްދަތުގައި [އޭޕްރިލް އެކެެއްގެ ފަހުން] ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ވެސް އެންމެ އިސްކަމެއް ދެވޭނީ މެޑިކަލް ކަންތަަކުގައި ޑޮކްޓަރުންނަށް ދައްކަވަން ވަަޑައިގެންނެވި ބޭފުޅުންނާ އެބޭފުޅުންގެ އެހީތެރިންގެ ގޮތުގައި ވަޑައިގެންނެވި ބޭފުޅުންނަށޭ،" އިމްރާން ވިދާޅުވި އެވެ.
ފުރަން ހުއްދަދޭ ތިން ވަނަ ކެޓަގަރީއެއް ކަމަށް އޭނާ ވިދާޅުވީ ކޮވިޑް-19 އާ ހެދި ރިސޯޓްތަކުގައި ބަންދުވެގެން ތިބުމަށް ފަހު ހުޅުވައިލުމުން ރަށަށް ދާން މާލެ އައި ފަރާތްތަކަށެވެ. އަދި ހަތަރު ވަނަ ކެޓަގަރީއަކީ މާލެ ލޮކްޑައުން ކުރުމުގެ ދެތިން ހަތަރު ދުވަސް ކުރިން މާލެ އައި ފަރާތްތަކެވެ. އިމްރާން ވިދާޅުވީ އެ ސަބަބުތަކާ ހެދި ނަންނޯޓްކޮށްފައިވާ މީހުންގެ ލިސްޓްތައްް ހޯމް މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ.
"ޖެންޑާ މިނިސްޓްރީން ފުރަތަމަ ހެދި ލިސްޓާއި އެލްޖީއޭ އާއި ކައުންސިލްތަކާ އެންއީއޯސީގެ ތެރެއިން ވެސް އެމްޑީއެމްއޭ އިން ނަންގަވާފައި ހުރި ލިސްޓާ މި ހުިރިހާ އެއްޗެއް އަޅުގަނޑުމެން އެއްކުރުމަށް ފަހުގައި މި ލިސްޓްތައް އަޅުގަނޑުމެން ވެރިފައިކޮށް ޝޯޓްލިސްޓްކުރުމަށް ފަހު އެބޭފުޅުންނާ ގުޅައިގެން ވަރަށް އިންސާފުވެރިކޮށް ތަރުތީބުގޮތަކަށް ގެންދެވޭތޯ އަޅުގަނޑުމެން މިގެންދަނީ މަަސައްކަތް ކުރަމުން،" އިމްރާން ވިދާޅުވި އެވެ.
މިނިސްޓަރު އަލީ ވަހީދު މިއަދުގެ މީޑިއާ ބްރީފިންގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.
މާލެއިން އެނބުރި އަތޮޅުތަކަށް ދާ މީހުން ކަރަންްޓީނު ކުރަން ހަމަޖައްސާފައިވާ ފެސިލިޓީތަކަށް މީހުން ފޮނުވުމުގައި ކައުްނސިލްތަކުގެ ބަހެއް ވެސް ހޯއްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ލިސްޓްތައް ވެރިފައިކުރުމަށް ފަހު ކައުންސިލްތަކާ ވެސް ހިއްސާކުރާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން އެންމެ ބޮޑަށް ހާލުގައި ޖެހިފައިވާ އަދި ފޮނުވަން އެންމެ މުހިއްމު ފަރާތްތައް ފޮނުވޭނެ ކަމަށް އުއްމީދުކުރައްވާ ކަަމަށް ވެސް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިހާލަތުގައި މާލެއިން ރަށްރަަށް މީހުން ދިއުމަކީ ރައްކާތެރިކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް ފޮނުވަން ޖެހޭ ބައެއް މީހުން ތިބުމުން، ވަކި އިންތިޒާމެއްގެ ދަށުން މީހުން ކަރަންޓީނުކޮށްގެން ބަލަހައްޓާ ތަންތަނަށް ފޮނުވާނެ ކަމަށެވެ. އެކަމަކު އެގޮތަށް ހުރި ފެސިލިޓީތަކުގައި ކޮންމެ ބަޔަކު 14 ދުވަސް ހޭދަކުރަން ޖެހޭނެތީ ނަންނޯޓްކޮށްފައިވާ މީހުން ފޮނުވޭނީ އެތަންތަނުން ޖާގަ ލިބޭ މިންވަރަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ ބައެއް ފަހަރު 5،000 ރައްޔިތުންް ވީމާ މި ފެސިލިޓީތަކުގައި އަޅުގަނޑުމެންނަށް 14 ދުވަހުގެ ކަރަންޓީނު ރޯލުވާ މިންވަރަކުން ކުރިއަށް ގެންދެވޭނީ،" އަލީ ވިދާޅުވި އެވެެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހުމަދު އީސަ
14 May 2020
ޥަރުގަކޮއްފަބަހައްޓާ މިއަދުވެސް މީހަކު ވިހަންދާނެ ތަނެއްނެތިގެން ބަޑައް ދަރިފުޅުމަރުވީ ސާބަސް އިމްރާން
އަލިސް
12 May 2020
ވަރުގަދަ ކުރިވަރުންދޯ މިއަދު އިރުއޮއްސުނު އިރު މިނިސްޓަރ ނަހުލާ އާއި ސައުތު ތައުފީގުގެ ފެމެލީ މިސަންއަިލެންޑަށް މިއައީ މާލެއިން. އޭނާ މިނިސްޓަރަކަށް ވީމާ ބޭނުންތަނަކަށް ހިތު ހުރިބަޔަކު ގޮވައިގެން ދެވޭ!!. މީ ކޮންވައްތަރު އިންސާފް؟ ނިކަމެތިންނަށް ނިކަމެތިކަން!!!
އެން7
12 May 2020
ރާއްޖޭން ބޭރުގައި ތިބި މީހުން ރާއްޖެ ގެނެސްގެން ވައިރަސް ފެތުރުނީއޭ ކިޔާ ގޮތަށް މާލޭގަ ތިބި މީހުން ރަށްރަށަށް ފޮނުވައިގެން ކަރަންޓީނު މުއްދަތު ހަމަކުރިއަސް ރަށަކުން ވައިރަސް ފެނިއްޖެނަމަ އަޅުވާނީ ހަމަ އެއްކަލަ ބަދުނާމު. ތީގަ ނޯންނާނެ ސަލާމަތް އެއްގޮތްވެސް.
މަސްވެރިން
12 May 2020
މީހުން މާލެ ގޮސް އެރި ފައިބާ އެތިބީ ރަށްތައް ދޫކޮށްފަ މާލެ މާރަނގަޅުވެގެން. ނަތީޖާއެއްގެ ގޮތުން ކައުންސިލް ތަކަށް ބަޖެޓް މިން ކުރުމުންވެސް ވީ ރަށަށް ގެއްލުން ބަލި ގެ ބައްޔެއްގެ ތިބެފައި ޝައްކާ ވަހުމާއެކު ވަޒަނަށް މިކަން ބަލައި ނުގެނެވޭނެ.
ކުލީ އަޅު
12 May 2020
5000 މީހުން ރަށަށް ދިޔައިމަ 500 އެޕާރޓްމަންޓް ހުސްވާނެ. ދިޔަދީގެން ނުވާނެ
މާލެ ލުއިކުރަން ގޮވާ މީހާ
12 May 2020
މި ދަނޑިވަޅު މާލެ ލުއިކޮށް މި ބޮޑާ މީހުންނާ ދުރަށް ދަމާ!މި މާލެ އަކީ ދިރި އުޅެން އެއްވެސް ގޮތަކުން ރައްކާތެރި ތަނެއް ނޫން!
ވ.ދެރަ
11 May 2020
އަހަރެމެން މާލޭގަ ތިބެނީ މިނިސްޓަރާ މެންބަރުން ކުލި ދައްކަން ލާރިިި ދިނީމަ ކުލި ދައްކައިގެނެެއް ނޫން. އަމިއްލަ އަށް ލޯބޯ ފިއްސައިގެން ލާރި ހޯދައިގެން ކުލި ދައްކައިގެން، މިހާލަަަތުގަ މަސައްކަތް ކޮށްގެން ލާރި ހޯދޭކަށް ނެތް. ކުލި ދެއްކޭކަށް ނެތް. 1 އެޕްރީލުގެ ކުރިން މާލޭގަ ތިބި މީހުންގެވެސް ހައްޤު ތަކެއްވޭ، ބޭނުމެއްނުވޭ ދަރަނިވެރިގެން ތިބޭކަށް. ތި ގޮތަށް ނިކަމެތި ރައްޔިތުން ހާލުގަ ޖައްސަަނީ މާލޭ ބޭފުޅުން ބަނޑަށް ޖެހި ދާނެތީތަ؟
ތަމަޅަ ކާޓޫނު
11 May 2020
މާދަމާ ކޮވިޑް މާލެއިން ފެންނާނެކަން ކުރިން އެނގުނުނަމަ މިއަދު ރަށަށް ނުގޮސްތިބޭނެތަ... ކަނޑުކޮހާ ލޮލަށް ފެންނަ އެއްޗެއްގެ ވާހަކަ ދައްކަބަލަ..
ޕޯޕެޓްރޯލް
11 May 2020
ހެޔޮ ނުވާނެ ތިހުރިހާ މީޙުންނަށް ދެވޭނެ ގޮތް ހަދާ... ހުރިހާ އެއްޗެއް މި ގޮވަނީ މާލެ މީހުންނަށް. އަހަރުން ވަކި އަރާމުގަތަ މިއުޅެނީ. ދުނިޔޭގެ ލިބޭ ހުރިހާ ދެރެއެއް މާލެ މީހުންނާ މަތިކޮށް ބަދު ބަސް ބުނުމުގާ. އަހަރެން ހަމަ ގައިމުވެސް ދިވެހި އެއްވެސް ރައްޔިޔަތަކަށް ދެރެއެއް ނޭދެން
ވާސިފް
12 May 2020
އެކަމަކު މާލެ އަނދުން ހުސޭނު ބުނީ ރައްޖެތެރޭ މީހުންނަކީ އިޒްރޭލު މީހުންނޭ.
އެސްކޮބާރ
11 May 2020
ރާއްޖޭގެ ގިނަ ރިސޯޓުތައް އެހެރީ ހުސްކޮށް. އެތަންތަނުގައި 21 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ރަށަށް ދިއުމުގެ ފުރުސަތު ލިބެންޖެހޭނެ. ކޮވިޑް-19 އާއިއެކު ދެން އަންނަ އިގުތިސާދީ ހަމައަކީ މާލޭގައި އިންތިހާއަށް ބޮޑު ކުލީގެ އަޅުވެތިކަމުގައި މީހުން އުޅެންޖެހުން ކަމަށްވެގެން ނުވާނެ. ސާވިސް ޗާޖު ނުލިބި ރިސޯޓުތަކުގައި އަޅުމަސައްކަތް ކުރުން ކަމަށް ވެގެންނުވާނެ. މަސައްކަތްތެރިން ރަށްރަށަށް ބަދަލުވެ އަމިއްލައަށް ދިރިއުޅުން އާރާސްތުކުރަން ފަށަން އެބަޖެހޭ
އުދޭހޭ
11 May 2020
ކަރަންޓީނުގައި 21 ދުވަހު ހުރެފަ ރަށަށް ދެވެންޖެހޭނެ ހުރިހާ އެންމެންނަށްވެސް. ރާއްޖެތެރެއަށް ގިނަބަޔަކު ދިރިއުޅުން ބަދަލުކުރާތީ މާލޭ ގެދޮރުވެރިންނަށް ލިބޭ އާމްދަނީ ދަށްވީމާ ކޮންމެހެން މީހުން މާލޭގަ ތާށިކުރާނެކަމެއް ނެތް
ހާލުގަ
11 May 2020
މަަގޭ ވަޒީފާގެއްލުނީ 1 އެޕްރީލްގެފަހުން، އޭޕްރީލް މަހުގެ ކުލިދައްކާފަ އޮށްވަ، ވަޒީފާ ގެއްލުމާއެކު ނިންމީ ރޯދައަށް ރަށަށް ބަދަލުވާން. ލައްކައިން ސޭޭވް ކުރާ ވަރަކަށް ލާރިއެއް ނުލިބޭ. ރަށަށް ދާން ހުރި ލާރިކޮޅު އަނެއްކާ ކުއްޔަށް ދޭންޖެހުނީ މަސް ނިމުނު އިރުވެސް ނުދެވުނީމަ، ދެން މިހުރީ މޭޭ މަސް ނިމޭއިރަށް ރަށަށް ދެވޭާނެކަމުގެ އުއްމީދުގަ، ދެން މިނިސްޓަރ ކުލި ދައްކާފަ ބަހައްޓައިފިއްޔާ ހުރެވިދާނެ. ނޫނީ ދަރިންކޮޅު ގޮވައިގެން މަގުމަތީގަ ހުންނަން ޖެހޭނީ.