ޚަބަރު / ޑަބްލިއުއެޗްއޯ

ޑަބްލިޔުއެޗްއޯގެ އެޕްރޫވްޑް ޓެސްޓެއް ނެތް، އެކަމަކު ޔަގީންކަން ބޮޑު

އައިޖީއެމްއެޗުގެ ލެބޯޓްރީގައި ސާމްޕަލްތަކެއް ޓެސްޓްކުރަނީ.

އަލަށް އުފަންވި ކޮވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔެ އަށް ފެތުރި ބިރުވެރިކަމެއްގެ ތެރަށް ދިޔައިރު ހޯދިފައި ނުވަނީ ބަލީގެ ފަރުވާއެއް އެކަންޏެއް ނޫނެވެ. ބައްޔަށް ޓެސްޓްކުރެވޭނެ ކަށަވަރު ގޮތެއް ވެސް ނެތީސް މި ބަލިމަޑުކަން ދުނިޔެ ނާމާންކޮށްލީ އެވެ. އެއާ އެކު، މެޑިކަލް ކުންފުނިތަކުން އެންމެ ބޮޑު އިސްކަމެއް ދިނީ ބައްޔަށް ޓެސްޓްކުރާނެ އެންމެ ޔަގީން ގޮތްތައް ހޯދުމަށެވެ. އެތައް ސަތޭކަ ކުންފުންޏަކުން ޓެސްޓް ކިޓްތައް ހަދަމުން އަންނައިރު މިހާތަނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ރަސްމީކޮށް އެއްވެސް ޓެސްޓެއް އެޕްރޫވްކޮށްފައެއް ނުވެ އެވެ.

އެކަމަކު އެންއީއޯސީގެ ރޭގެ ޕްރެސް ކޮންފަރެންސްގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްްރާހީމް އަފްޒަލް ވަނީ ރާއްޖޭގައި ބޭނުންކުރަނީ ޑަބްލިޔުއެޗްއޯ އިން އެޕްރޫވްކޮށްފައިވާ ޓެސްޓެއް ކަމަށް ވިދާޅުވެފަ އެވެ. އޭނާ އެހެން ވިދާޅުވީ ކޮން މާނައެއްގައި ކަމެއް ނޭނގެ އެވެ. ފަހަރެއްގައި، ޑަބްލިޔުއެޗްއޯ މެދުވެރިވެގެން ހޯދާ ޓެސްޓްތަކަކަށް ވުމުން އެހެން ވިދާޅުވީ ކަމަށް ވުން ވެސް އެކަށީގެންވެ އެވެ. ނުވަތަ އޮޅުކަމުން އެ ބަސް ބޭނުންކުރެއްވުނީ ކަމަށް ވެސް ވެދާނެ އެވެ.

www.who.int

ޑަބްލިޔުއެޗްއޯގެ އިމަޖެންސީ ޔޫސް ލިސްޓިން

ކޮވިޑް-19 އަކީ ދުނިޔެ އާންމު ބަލިމަޑުކަމެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯ އިން މާޗް 11 ގައި ކަނޑައެޅުމަށް ފަހު އެ ޖަމިއްޔާ އިން މިހާތަނަށް ވަނީ އިމަޖެންސީ ޔޫސް ލިސްޓިންގައި (އީޔޫއެލް) ގައި ކޮވިޑް-19 ގެ ހަތަރު ޓެސްޓެއް ހިމަނައިފަ އެވެ. އެކަމަކު އެއީ އެ ހަތަރު ޓެސްޓް ރަސްމީކޮށް އެޕްރޫވްކުރުމެއް ނޫނެވެ.

ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަނީ

އީޔޫއެލް އުފެއްދީ ޕަބްލިކް ހެލްތު އިމަޖެންސީގެ ހާލަތުގައި ބޭހާއި ވެކްސިނާއި ޓެސްޓްތައް ވަކި އިންތިޒާމެއްގެ ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް، 2014 ވަނަ އަހަރު އެފްރިކާގެ ގައުމުތަކުގައި އިބޯލާ ފެތުރެން ފެށި ދުވަސްވަރު އެވެ. އެއީ އިބޯލާ ފެތުރުނު ގައުމުތަކުގައި ވެސް އުސޫލުތައް ހުންނަ ގޮތުން، އެއްވެސް ހަމައެއް ނެތި އެކި ފާޑުގެ ބޭސްތަކާއި ޓެސްޓްތައް މާކެޓްކޮށް ބޭނުންކުރަން ފުރުސަތު އޮންނާތީ ރައްކާތެރިކަމުގެ ގޮތުންނެވެ.

އީޔޫއެލް މަސައްކަތްކުރަނީ ކިހިނެއް؟

އީޔޫއެލްގެ ދަށުން ހުއްދަ ދޭ ކުންފުނިތަކުން ހަދާ ބޭހެއް، ވެކްސިނެއް އަދި ޓެސްޓެއްގެ ވެސް ކޮލިޓީ ޑަބްލިޔުއެޗްއޯ އިން ކަށަވަރުކުރާނެ އެވެ. އެކަމަކު އޭގެ މާނަ އަކީ އީޔޫއެލްގައި ހިމަނާ ހިސާބުން އެއީ ޑަބްލިޔުއެޗްއޯ އިން އެޕްރޫވްކުރުމެއް ނޫނެވެ. ހުއްދަ ދޭ ކުންފުނިތަކުން ކުރަން ޖެހޭ ކަމަކީ އެ އުފެއްދުމެއްގެ ކޮލިޓީ ޑަބްލިޔުއެޗްއޯ ގަބޫލުކުރާ މިންވަރެއްގައި، ވީ އެންމެ އަވަހަކަށް އުފެއްދުމެވެ. އެ ފެންވަރަށް އުފެއްދިއްޖެ ނަމަ، އެ ބައްޔެއްގެ ނުރައްކާ އޮތް މެންބަރު ގައުމުތަކުގެ ހެލްތު މިނިސްޓްރީތައް މެދުވެރިކޮށް، އިސްކަންދޭ ތަރުތީބަކުން އަވަހަށް އެ ލިބޭނެ ގޮތް ހަމަޖައްސާނެ އެވެ.

މިކަމުގައި ޑަބްލިޔުއެޗްއޯގެ މަގްސަދަކީ އެ އުފައްދާ އެއްޗެއްގެ ފުރިހަމަ މައުލޫމާތާއި އެ ބޭނުންކުރާނެ ގޮތް މެންބަރު ގައުމުތަކަށް ލިބޭނެ ކަމުގެ ކަށަވަރު ނިޒާމެއް ގާއިމުކުރުމާއި އެ އުފެއްދުމެއް އަވަހަށް ފުރިހަމަކޮށް މެންބަރު ގައުމުތަކަށް ފަސޭހައިން ލިބޭނެކަން ކަށަވަރުކުރުމެވެ.

އިތުރު ޔަގީންކަމެއް

އީޔޫއެލްގައި ހިމަނާފައިވާ އެއްޗެއް ބޭނުންކުރުމަކީ ލިބޭ ޔަގީންކަމެކެވެ. މި ހާލަތުގައި ބޭނުންކުރަނީ ރަސްމީކޮށް ހުއްދަ ދީފައިވާ އެއްޗަކަށް ނުވިޔަސް ޑަބްލިޔުއެޗްއޯގެ ބެލުމުގެ ދަށުން އުފެއްދުމުގެ މަސައްކަތްކުރަމުން އަންނަ އެއްޗަކަށް ވުމުން އިތުރު ޔަގީންކަމެއް އޮވެ އެވެ. އެންމެ ފުރަތަމަ އިމަޖެންސީ ލިސްޓިންގައި ޑަބްލިޔުއެޗްއޯ އިން ހިމަނާފައިވާ އިން ވިޓްރޯ ޑައިގްނޮސްޓިކް (އައިވީޑީ) އާ ބެހޭ ގޮތުން މިދިޔަ މަހު ހަތެއްގައި ނެރުނު ބަޔާނުގައި ވެސް ފާހަގަކޮށްފައިވަނީ މިކަމެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މި ޓެސްޓްތައް ލިސްޓުގައި ހިމެނުމަކީ ބައްޔަށް ކުރާ ޓެސްޓުތަކުގެ ޔަގީންކަން ބޮޑުވެ ޓެސްޓުކުރުން ގިނަކުރުމުގެ ގާބިލްކަން އިތުރުކޮށްދޭނެ ކަމަކަށް ވާނެ ކަމަށެވެ.

"އިމަޖެންސީ ޔޫސް ލިސްޓިންގައި މި އުފެއްދުންތައް ހިމެނުމުން ޓެސްޓްކުރުން އިތުރުކޮށް ޔަގީންކަން ބޮޑުކުރުމަށް ގައުމުތަކަށް އެހީއަކަށް ވާނެ،" ޑަބްލިޔުއެޗްއޯގެ އެސިސްޓެންޓް ޑިރެކްޓަ ޖެނެރަލް ފޯ މެޑިސިން އެންޑް ހެލްތު ޕްރޮޑަކްޓްސް ޑރ. މަރިއެންގެލާ ސިމާއޯ، އެ ޖަމިއްޔާގެ ނިއުސް ލެޓާއަކަށް ވިދާޅުވެފައިވެ އެވެ.

ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ނަގާފައިވާ ސާމްޕަލެއް

އޭގައި ބުނެފައިވަނީ އީޔޫއެލް ގާއިމުކޮށްފައިވަނީ އިމަޖެންސީ ހާލަތްތަކުގައި، ސިއްހީ ވަސީލަތްތައް ލިބުން އަވަސްކުރަން ކަމަށާއި ކޮވިޑް-19ގެ ދެ ޓެސްޓެއް އީޔޫއެލްގައި ހިމެނުމުން އދ. މެދުވެރިކޮށް އަދި ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރާ އެހެން އެޖެންސީތައް މެދުވެރިކޮށް އެ ތަކެތި މެންބަރު ގައުމުތަކަށް ސަޕްލައިކުރުން ވެސް ފަސޭހަވެގެންދާނެ ކަމަށެވެ.

ޑަބްލިޔުއެޗްއޯ އިން އަދި އެއްވެސް ޓެސްޓެއް އެޕްރޫވްކޮށްފައި ނުވިޔަސް އެކި ގައުމުތަކުގައި އެ ގައުމުތަކުގެ ސިއްހީ އިދާރާތަކުން ހުއްދަ ދީގެން ބައެއް ޓެސްޓްތައް އަންނަނީ ބޭނުންކުރަމުންނެވެ. އެކަމަކު ޓެސްޓްތަކުގެ ޔަގީންކަމާ މެދު ސުވާލު އުފެދޭ ކިތަންމެ ހާލަތެއް މެދުވެރިވެފައިވެ އެވެ. އެހެންވެ ރާއްޖެ ފަދަ ވަސީލަތްތައް މަދު ގައުމަކަށް އެންމެ ރައްކާތެރި އަދި ޔަގީންކަން ބޮޑު ގޮތަކަށް ވާނީ ވެސް ޑަބްލިޔުއެޗްއޯ މެދުވެރިގެން ފޯރުކޮށްދޭ އެއްޗެހި ބޭނުންކުރުމެވެ.

8 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 20%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުދިމު ކަތީބު

13 May 2020

ސަރުކާރުން މުޅި ދުނިޔެ ނޭވާ ހޮޅިޔޭ ގޮވަ ގޮވާ އޮއްވާ ދުނިޔޭ ގެ ގިނަ ގައުމު ތަކެއްގެ ގިނަ ސިޓީތަކާ ސަހަރު ތަކެއް ދަނީ އާންމު ހާލަތަށް ހުޅުވާލަމުން

The name is already taken The name is available. Register?

ކަންނާޑި

13 May 2020

ރާއްޖޭގައި ބޭނުން ކުރަމުން ދަނީ ޑަބުލިއެޗްއޯ އެޕްރޫވްކުރާ ޓެސްޓް ކިޓް ކަމަށް ބުނެ ބޭނުން ކުރަމުންދަނީ އެކި ފަރާތްތަކުން ހިލޭ ލިބޭ ޓެސްޓްކިޓް. މީގެ ތެރޭގައި ހިމެނޭ ޗައިނާއިން ލިބުނު ޓެސްޓް ކިޓްތަކުގެ އިތުބާރާ މެދު ގިނަ ގައުމުތަކުން ދަނީ ސުވާލު އުފައްދާފަ

The name is already taken The name is available. Register?

އާދަނު

13 May 2020

ކަލޯ، ޑަބްލިއު އެޗްއޯ އެއީ އެޕްރޫވް ކުރާ ބައެއް ނޫން. އެފްޑީ އޭ އެޕްރޫވް ކުރަނީ.

The name is already taken The name is available. Register?

ގަޓް ބްރޯ

13 May 2020

"ކޮވިޑް19" ގެ ނުރައްކަލުން ގައުމު އަވަހަށް ސަލާމަތްކުރަން ބޭނުމިއްޔާ ސަރުކާރަށް ފިސާރިކެރިގެން ބިދޭސީންގެ ކިބައިން ގައުމު ސަލާމަތްކުރަންވެއްޖެ ރައްޔިތުންނަށް ދަތިކުރަން ލޮކްޑައުން ދަންމައިގެން ލިބޭނެ މޮޅެއް އޮތްހެނެއް ހިއެއްނުވޭ. ކޮންމެ ފިހާރައެއްގަ ނަގާކިޔަން ތިބީވެސް ބަންގާޅީން މިނެކިރިޔަސް ޑެލިވަރީކުރިޔަސް އަދި ގިނަ ތަންތާ ވަތްގަނޑާ ހަވާލުވެތިބީވެެސް އެމީހުން އެއީ ބަލި އުފުލުމަށް އޮތް ބޮޑު ފުރުސަތެއް

The name is already taken The name is available. Register?

އަހުމަދު މީ މު

13 May 2020

ޙޯހޯ ތިވާހަކަ ނުދައްކާ ފިނޭސް މިނިސްޓަރ ރުޅި ދުރުވާނެ

The name is already taken The name is available. Register?

ޙަނަނޭ

13 May 2020

ސަރުކާރު ބޮލަށް ތިކަން ނުކަނޑަބަލަ. ރައްޔިތުމީހާ މުރާލިވެފަ ބިދޭސީމީހާ ރާއްޖެ ނުގެނާމަ އެކަން ނިމުނީއޭ. ބިދޭސީމީހާ ރާއްޖެ އަންނަނީ އަމިއްލައަކަށް ނޫން އަދި ސަރުކާރުން ބުނެގެނެއްވެސް ނޫން. މިހާރުވެސް ކިރިޔާ ފުދިގެން އުޅޭ މީހެއްނަމަ ދަރިބަލަން/ ކައްކަން/ ފޮޅާ ސާފުކުރަން/ މުސްކުޅި މައިންބަފައިން ބަލަން ބިދޭސީންގެ އެހީހޯދާ. ފަރުދީ ޒިންމާ އަދާކޮށް މިކަންކަން ދިވެހިން ކުރަން ދަސްކުރަންވީ. ބިސޭސީން ކުރާނެ ކަމެއް މިތާންގަ ނެތިއްޔާ އެމީހުން ނާންނާނެ

The name is already taken The name is available. Register?

ފީނާ

13 May 2020

ބިދޭސީންނާއި ނުލައެއް ޤައު މު ތަރައްޤީއެއް ނުކުރެވޭނެ. ދެން ފެންކޭހެއް ނާންނާނެ އިސްކުރަކުން. ބަންގާޅީއެއްގެ ކޮނޑު މަތީގަ ސިޓިންގ ރޫ މާ ހަ މަޔަށް އަންނަނީ. ޤަވާއިދާ ހިލާފަށް އުޅޭ މީހުންނަށް ފިޔަވަޅު އަޅަންޖެހޭ. އެކަ މަކު މީ ސަރުކާރު ބޮލަށް ކަނޑާލައިގެން އަހަރެ މެން ނިދަންތިބެގެން ވާނެކަމެއްނޫން

The name is already taken The name is available. Register?

ލަދު ކޮބާ

13 May 2020

މުޅި ދުނިޔެެވެސް މިވަގުތު މި އޮތީ ނޭވާ ހޮޅިއަށް އެޅިފައި. ގޮތް ނޭނގޭ އާ ވަައިރަހަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުން ސައިންސްވެރިންނަށްވެސް އެއްވެސް ކަމެއް ޔަގީންކޮށް ބުނަން ނޭނގޭ. އިއްޔެ ހެދި އެސްއޯޕީތައް މިއަދު ބަދަލު ކުރަންޖެހޭ. އެކަމަކު މި ދަނޑިވަޅެއްގައިވެސް ސިޔާސީ މަންފާ ހާސިލުކުރަން ނަޝީދުއާއި އަދުރޭ ޖަަހަނީ ސިޔާސީ ސަކަރާތް. ދުނިޔޭގެ ކޮން ގައުމެއްގައިތޯ މިވަގުތު ކޮވިޑް އޮޕަރޭޝަން ފޭލު ކޮށްލަން މި ސަކަރާތްޖަހަނީ؟ ލަދުގަންނަންޖެހޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454