ޚަބަރު / ޓްރީޓޮޕް ހޮސްޕިޓަލް

ކޮވިޑް-19: މާބަނޑު މީހުން ސަމާލުވާންވީ ކަންކަން

ކޮރޯނާ ވައިރަހުގެ ސަބަބުން އެންމެންގެ ހާސްކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި އެންމެ ބޮޑަށް ހާސްކަން އިތުރުވެފައިވަނީ މާބަނޑު މީހުންގެ އެވެ. ވައިރަސް ޖެހިއްޖެ ނަމަ ވާނޭ ގޮތާއި، ވައިރަހާ ގުޅިގެން އާއިލާ އަދި ރައްޓެހިންނާ ވަކިވާން ޖެހިދާނެ ކަމުގެ ބިރާއި، ޑޮކްޓަރުގެ އެޕޮއިންޓްމަންޓްތައް ކުއްލިއަކަށް އޮންލައިން ކޮންސަލްޓޭޝަނަށް ބަދަލުވުމާއި، ވިހާނެ ހޮސްޕިޓަލެއް ކަނޑައަޅާނެ ގޮތަކާއި އަދި ވައިރަސް ޖެހިއްޖެ ހާލަތުގައި ދަރިފުޅަށް ވެދާނެ ގޮތަކާ މެދު ވެސް ކަންބޮޑުވެ އެވެ.

މި ހާލަތުގައި މާބަނޑު މީހުން ސަމާލުވާން ޖެހޭ ކަންކަމާ ގުޅޭ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލްގެ އަންހެނުންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު ވަރްޝާ ރެންގަރާޖް ވަނީ މި ހާލަތުގައި މާބަނޑު އަންހެނުން ސަމާލު ވާން ޖެހޭ ކަންކަން ފާހަގަކުރައްވައިފަ އެވެ.

ކޮރޯނާ ވައިރަސް ޖެހިއްޖެ ހާލަތެއްގައި އެހެން މީހުންނަށް ވުރެ މާބަނޑުމީހުން ސީރިއަސްވެދާނެ ކަމުގެ ހެއްކެއް އަދި ލިބިފައިނުވި ނަމަވެސް ރައްކާތެރި ވުމުގެ ފިޔަވަޅެއް ގޮތުގައި މާބަނޑު މީހުންނަކީ މޮޑަރޭޓް ރިސްކުގެ ވަލްނަރަބަލް ގްރޫޕެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފަ އެވެ. އެއީ މާބަނޑު ދުވަސްވަރު ދިފާއީ ނިޒާމް ބަދަލުވެ ރޯގާ ފަދަ ވައިރަސްތައް ޖެހުމުގެ ފުރުސަތު ބޮޑުވެދާނެތީ އެވެ.

ޓްރީ ޓޮޕްގެ އަންހެނުންގެ ހާއްސަ ޑޮކްޓަރު ވަރްޝާ ރެންގަރާޖް-- ފޮޓޯ: ޓްރޯ ޓޮޕް

ކޮރޯނާ ވައިރަސްއިން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންކަން

އެންމެ މުހިންމުކަމަކީ އެޗްޕީއޭ އާއި ސިއްހީ ވުޒާރާތަކާއި ސަރުކާރުން ދޭ އިރުޝާދުތަކަށް ތަބާވުމެވެ. މާބަނޑު މީހުންނާއި ގޭގައި ދިރިއުޅޭ އެހެން މީހުން އަމަލުތައް ބެހެއްޓުމުގައި ގިނަ ކަންތައްތަކަކަށް ވިސްނަން ޖެހެ އެވެ.

ގިނަގިނައިން އަތް ދޮވުމާއި އަތުގެ ސާފްތާހިރުކަމަށް ސަމާލުކަން ދިނުމާއި ޒަރޫރީ ބޭނުންތަކަށް މެނުވީ ގެއިން ނުނިކުތުމާއި ސޯޝަލް ޑިސްޓަންސިން ޕްރެކްޓިސްކޮށް އެހެން މީހުންނާ ދުރުގައި ތިބުން ވެސް މުހިއްމެވެ. މީގެ އިތުރުން ގޭގައި ކޮރޯނާ ވައިރަސްގެ އަލާމާތެއް ފާހަގަކުރެވޭ މީހުން ތިބި ނަމަ އެ މީހުންނާ ދުރުހެލިވާން ޖެހެ އެވެ.

ކޮރޯނާ ވައިރަސްގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ކެއްސުން، ނޭވާކުރުވުން ފަދަ ކަންކަން ހިމެނެ އެވެ.

މީގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓާއި ބަހާއި މާރުކޭޓް ފަދަ މީހުން އެއްވާ ކަހަލަ ތަންތަނަށް ނުދިއުމާއި ގެއިން މަސައްކަތް ކުރެވޭ ނަމަ އެކަން އެގޮތަށް ކުރުމާއި އާއިލީ އަދި ރައްޓެހިންގެ އެއްވުންތަކަށް ނުދިއުން ވެސް ހިމެނެ އެވެ. މި ރައްކާތެރިވުމުގެ ފިޔަވަޅުތަކުގެ އިތުރުން ރޫޓީން ޑޮކްޓަރުގެ އެޕޮއިންޓްމަންޓްތައް އޮންލައިންކޮށް ކުރިއަށްގެންދިއުން ވަރަށް މުހިއްމެވެ. މިގޮތަށް ޑޮކްޓަރަށް ދެއްކި ނަމަވެސް އާންމުކޮށް ހަދަން ޖެހޭ ސްކޭން ހެދުމަކީ މުހިއްމު ކަމެކެވެ.

އެގޮތުން ފުރަތަމަ ޓްރައިމެސްޓާ ސަމާލުވާންޖެހޭ ކަންކަމުގެ ތެރޭގައި ބަނޑު ނުވަތަ ފުރަގަސް ފަރާތުގައި ރިއްސުން، ލޭއައުން ފަދަ ކަންކަމަކީ އެކްޓޯޕިކް ޕްރެގްނަންސީއަކާއި ގުޅުންހުރި ނުވަތަ މިސްކެރިޖްވުން ކަހަލަ ކަމެއްކަމުގެ ނިޝާނަކަށް ވެދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ވަގުތުން ޑޮކްޓަރަކަށް ދެއްކުމަކީ މުހިންމު ކަމެކެވެ.

ހުންއައިސް ކެއްސާ ކަހަލަ އަލާމާތެއް ފާހަގަކުރެވޭ ނަމަ ވަގުތުން ޑޮކްޓަރަށް ދެއްކުން މުހިއްމެވެ. ބައެއް ފަހަރު ހުންއައުމަކީ ވެޖިނަލް ނުވަތަ ޔޫރިން އިންފެކްޝަންއެއްގެ އަލާމާތެކެވެ. ހީސްލާއިރު ތަދުވެ، ކުރިމަތިފަރާތް ހިރުވާ ނުވަތަ ޑިސްޗާޖެއް އަންނަ ނަމަ އަވަހަށް ޑޮކްޓަރަށް ދައްކާށެވެ.

ސްކޭން ހައްދަން ޑޮކްޓަރަށް ދައްކަން އަންނަ އިރު އެންމެ އެހީތެރިއެއް ގޮވައިގެން ގެނައުމާއި ބަނޑަށް 28 ހަފްތާ ނުވަތަ އެއަށްވުރެ ގިނަދުވަސް ވެފައިވާނަމަ ރެގިއުލާ ކޮށް އެޕޮއިންޓްމަންޓްތައް ކުރިއަށް ގެންދިއުން ވެސް މުހިއްމެވެ. ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް އަންނާނީ ހަމައެކަނި ޑޮކްޓަރު އައުމަށް ލަފާ ދޭނަމަ އެވެ. އެހެން ނޫންނަމަ އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމެވެ.

ޓްރީޓޮޕް ހޮސްޕިޓަލް.އިމަޖެންސީކޮށް އީއާރު ކްލިނިކުން ކުޑަކުދިންގެ ހާއްސަ އަދި އަންހެނުންގެ ހާއްސަ ޑޮކްޓަރުންނަށް ދެއްކޭނެ--

ބަނޑުގައި ދަރިފުޅު ހަރަކާތްކުރުމައި ބަދަލެއް ފާހަގަކުރެވޭ ނަމަ ނުވަތަ މާބޮޑަށް ބޮލުގައި ރިއްސާ، އާދަޔާ ހިލާފަށް މަދުން ހީސްލެވި، ލޭއައިސް، ބަނޑުގައި ރިއްސައި، ނޭވާލާން އުނދަގޫވެ، އިމަޖެންސީ މެޑިކަލް މައްސަލައެއް ދިމާވެއްޖެ ހިނދެއްގައި ވަގުތުން ސިއްހީ އެހީ ހޯދާށެވެ. ހިތުގެ ބަލި، ކިޑްނީ ބަލި، ފުއްޕާމޭގެ ބައްޔެއް ހުންނަ ނަމަ މިކަންކަން ކަމަށް އިތުރަށް ސަމާލުވާން ޖެހެ އެވެ. ވީހާވެސް ބޮޑަށް ގޭގައި މަޑުކޮށް ބޭނުންނެތްގޮތެއްގައި އެހެން މީހުންނާއި ގާތްނުވާށެވެ.

ވަގުތުން ޑޮކްޓަރަށް ދައްކަން ޖެހޭ ކަންކަން

- އާދަޔާ ހިލާފަށް ދަރިފުޅުގެ މޫވްމަންޓް މަދުކަން ފާހަގަކުރެވޭ ނަމަ

- ދަރިފުޅުގެ މޫވްމަންޓް އެއްވެސް ގޮތަކަށް ފާހަގަނުކުރެވޭ ނަމަ

- ދަރިފުޅުގެ މޫވްމަންޓްގައި އެއްވެސް ބަދަލެއް ފާހަގަކުރެވޭ ނަމަ

- ފުރަގަސް ފަރާތުން ލޭއަންނަ ނަމަ

- ހާސްވެ ފިކުރުބޮޑުވުމުގެ ސަބަބުން ނިދިއައުމާއި އާންމު ދިރިއުޅުމަށް އަސަރުކުރާ ނަމަ

- ބޮލުގައި ރިއްސާ ރިހުން ނުފިލާ ހުންނަ ނަމަ

ވިހެއުމުގައި ސަމާލުވާންޖެހޭ ކަންކަން

މާބަނޑު ހާލަތުގައި ވިހެއުމުގައި ވެސް މުހިއްމު ކަންތައްތަކަށް ސަމާލުވާން ޖެހެ އެވެ. ހާލަތު ދިމާކުރާގޮތަކުން ފިރިމީހާއަށް ވިހާ ވަގުތު ނުހުރެވިދާނެ އެވެ. ވިހަން ވަންނައިރު މާސްކް އަޅައި ރައްކާތެރިވާށެވެ. އަދި ޑޮކްޓަރާއި ފޫޅުމައިންގެ އަޑު އަހާށެވެ.

ވިހެއުމަށް ފަހުގައި ވެސް ވޯޑްގައި ފިރިމީހާއަށް ނުހުރެވުން އެކަށީގެންވެއެވެ. އެއީ ތިމާ އާއި ބޭބީ އިންފެކްޝަންއެއް ޖެހުމުން ސަލާމަތްކުރުމަށް ޓަކަ އެވެ.

މީގެ އިތުރުން ވިހެއުމަށްފަހު ގެއަށް ދާ މެހެމާނުން މަދުކުރާށެވެ. ދަރިފުޅުގެ ގައިގައި އަތްލުމުގެ ކުރިން އަތް ދޮވެ އަތް ސާފުކުރާށެވެ. ބޭރަށް ނުކުންނަ ނަމަ މާސްކް ބޭނުން ކުރާށެވެ. ގާތުން ކިރުދީ ޑޮކްޓަރުގެ ލަފާއާ އެއްގޮތަށް ކަންތައްތައްކުރުން މުހިއްމެވެ. އަދި ދަރިފުޅުގެ ވެކްސިން ތާވަލާ އެއްގޮތަށް ވެކްސިން ޖަހަން ސަމާލުކަންދޭށެވެ. ހޮސްޕިޓަލަށް ހިނގައްޖެ ނަމަ ބޭރަށް ދިޔަ އިރު ލައިގެން ހުރި ހެދުން ދޮންނާށެވެ. އެއްވެސް މީހަކު ބޭބީ ގައިގައި އަތްލުމުގެ ކުރިން އަތް ސެނިޓައިޒް ކުރާށެވެ.

މުޅި ދުނިޔެ މި ވައިރަހާ ހަނގުރާމަކުރަމުންދާ ދަނޑިވަޅުގައި ރައްކާތެރިވުމުގެ ގޮތުން މިފަދަ ފިޔަވަޅުތައް އަޅައިފި ނަމަ އާއިލާގެ ރައްކާތެރިކަމަށް އެހީއަކަށް ވާނެ އެވެ. ގޭގައި މަޑުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ރައްކާތެރިކަންމަތީ ހުރިހާ އެންމެން ވެސް ތިބުން ވަރަށް ވަރަށް ވެސް މުހިއްމެވެ.

އަންހެނުންގެ ޑޮކްޓަރަކަށް ނުވަތަ ކުޑަކުދިންގެ ޑޮކްޓަރަކަށް ދައްކަން ބޭނުންވާ ނަމަ ޓްރީ ޓޮޕް ހޮސްޕިޓަލުން ޓެލެމެޑިސިންގެ ހިދުމަތްތައް މިހާރު ދަނީ ފޯރުކޮށްދެމުންނެވެ. އަދި އިމަޖެންސީކޮށް އީއާރު ކްލިނިކުން ކުޑަކުދިންގެ ހާއްސަ އަދި އަންހެނުންގެ ހާއްސަ ޑޮކްޓަރުންނަށް ދެއްކޭނެ އެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ 3351610 އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް އެ ހޮސްޕިޓަލުން އެދެ އެވެ.

0 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 98%
icon sad icon sad 2%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454