އެޕޯލޯ ހޯލްޑިންގްސްގެ ތިޖޫރިތައް ފަޅާލައި ފައިސާތައް ވަގަށް ގެންގޮސްފައި-- ފޮޓޯ: އެޕޯލޯ
17 މެއި 2020 - 16:24
އެޕޯލޯ ހޯލްޑިންސްގެ 1.7 މިލިއަން ރުފިޔާގެ ބޮޑު ވައްކަމަށް މަހެއް ވެގެން ދިޔައިރު ވެސް މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވިދާޅުވިއަސް އެކަމުގެ ތަފްސީލް ހާމަނުކޮށް ދިގުލައިގެން ހިނގައްޖެ އެވެ.
ކޮންސްޓްރަކްޝަން ސާމާނާއި ހާޑްވެއާ ސާމާނު އެތެރެކުރާ އެޕޯލޯ ކުންފުނީގެ ހެޑް އޮފީހަށް ވަދެ ފަސް ތިޖޫރި ހަލާކުކޮށްލައި އޭގައި ހުރި 1.7 މިލިއަން ރުފިޔާ އާއި 2،200 ޑޮލަރު (33،924ރ.) ވަގަށް ނަގާފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރެ އެވެ. އެކަމަށް މަހެއް ވެގެންދިޔައިރު ވެސް ބޮޑު ވައްކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
އެ މައްސަލައިގެ މައުލޫމާތު ހޯދުމަށް ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މާފަންނު ކޫލް ރައިޑް ފިހާރަ ކުރިމަތިން މެރިންވިލާގެ ދެވަނަ ބުރީގައި ހުންނަ އެޕޯލޯ އޮފީހުން ވައްކަން ކުރީ ރޭގަނޑު 11:45 އާއި ފަތިހު 4:30 ދެމެދެވެ. ވައްކަން ކުރީ، ސީސީޓީވީތަކުގައި ޓޭޕް އެޅުމަށް ފަހު ކަމަށް އެ ކުންފުނިން ކުރިން ބުންޏެވެ. އެޕޯލޯގެ ވައްކަމުގެ ކުރިން، ކޭއެސްޖޭ އޯވަސީސް ޕްރައިވެޓް ލިމިޓެޑްގެ 1.9 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއް ވެސް ފުލުހުންނަށް މިދިޔަ މަހު ހުށަހެޅި އެވެ. އެ މައްސަލައާ ގުޅިގެން ލަންކާ ފިރިހެނަކު ހައްޔަރުކުރި އެވެ. އެ ފައިސާތަކަކީ ރިސޯޓެއްގައި މަސައްކަތް ކުރާ އަމިއްލަ ކުންފުންޏެއްގެ މުވައްޒަފުންތަކަކަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ ފައިސާ އެވެ. އެ މީހާއާ ފައިސާތައް ހަވާލުކުރީ ރިސޯޓަށް ގެންދިއުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހބގ
17 May 2020
ރިހާކުރުފުޅި ނެގުން ހައްލުވީ ކޮންއިރަކުތޯ?
ކޮރަލް
17 May 2020
އުޅެނީ ތަކުރާރު ކޮށް ބޮޑެތި ވައްކަންކުރާ މީހުން ނެވެ. ދެން އުޅެނީ ތަކުރާރު ކޮށް ދޫކޮށްލާ މީހުންނެވެ. މިަކަމަށް ނިމުމެއް އޮތީ ތަކުރާރު ކޮށް ދޫކުރުން ހުއްޓާލައިގެންނެވެ. ދޫކުރަންޔާ ޓެގް އަޅުވާފަ ދޫކުރަން ވީ އެވެ. މުނާސަބަތާ ދިމާ ކޮށް ރައީސް ވެސް ބޮޑެތި ކުއްކުރާ ގިނަ ބަޔަކު ދޫކުރެ އެވެ.
ޝީޒާ
17 May 2020
އެތޭރޭގެ ކަމަކާއި ބޮޑަށް ވައްތަރީ
ރަދީފު ބުން ކުމާރު
17 May 2020
މިދުވަސްކޮޅު ހުސް ވައްކަން. އެމީހަކަށް ދެވުނުގޮތަކަށް ދަވަނީ. ކޮވިޑާޖެހި ހުރިހާ މުއައްސަސާއެއް ބޮޑުތަނުން ފޭލިވެއްޖެ. ދެން މިކަން ނިމުމުން އަނެއްކާ ފަށާންޖެހޭނީ 0 ން.
ޙަބީބު
17 May 2020
މިސަރުކާރު ގެނައިމަގުސަދު ހާސިލެއްނުވި އެހެންކަ މުން މިސަރުކާރައްވެސް ނޫނެކޭބުނެފިން އު މަރު ނަސީރު ގެނެސް މިތާ އިސްލާ މީ ޝަރީއަތް ގާއި މުކުރާނެ ވެރިކަ މެއް ގާއި މުކުރަން ފެންނަނީ
ޢަލިބ
17 May 2020
މ މަށައްވެސް ފެންނަނީ ތިގޮތް މީދާއި މީ ގޯއްޗެއްނޫން ބައެއްދެކެ ބިރުން އިސްލާ މީ ޝަރީއަތް ގާއި މު ނުވާންވީ ސަބަބެއް ނުވިސްނޭ.
އަލީ އަހުމަދު
18 May 2020
އަމަރު ނަސީރު އެއީ ދީނީ ފިކުރުގެ މީހެއްތަ؟ ނުވަތަ ދީން އައްޑަނައަކަށް ހަދައި ސިޔާސީ ބޭނުން ހާސިލް ކުރަން އުޅޭ މުނާފިގެއްތަ؟
ސިއްދީގް
17 May 2020
ތީގެކަމަކާ ފުލުހުންނަށް އުޅެވޭނީ މާލޭގެ މަގުތަކުގައި މަޖުބޫރީ ހާލަތުގައި ވިއަސް މީހަކު އުޅޭތޯ ބަލައި ޖޫރިމަނާ ފޮތެއްގައި ލިޔެ އަވަހަށް މީރާ މެދުވެރިކޮށް އެފައިސާ ސަރުކާރަށް ހޯދައިދިނުމަށްފަހު ވަގުތެއް ވެގެން ނޫންތަ؟
ބޮޑުމީހާ
17 May 2020
ރިހާކުރު ފުޅި ނެގުން ފިޔަވާ ދެން ކޮން މައްސަލައެއް ހައްލުވީ
ބޮޑުމީހާ
17 May 2020
ރިހާކުރު ފުޅި ނެގުން ފިޔަވާ ދެން ކޮން މައްސަލައެއް ހައްލުވީ