19 މެއި 2020 - 16:37
ކޮވިޑް-19 ގެ ކަންކަމާއި އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް މި ހާތަލަށް ދިޔައީ ތަޖުރިބާކާރުންގެ އަޑު ސަރުކާރުން ނޭހުމުން ކަމަށް ވިދާޅުވެ، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް، އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ކޮވިޑް-19އާ ގުޅިގެން ގައުމީ ސަލާމަތަށް އިތުރު ނުރައްކަލެއް އޮތްތޯ ބެލުމަށާއި ޓޫރިޒަމް ސިނާއަތަށް ކޮށްފާނެ އަސަރު ދެނެގަތުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވައިލި ރިޕޯޓަށް ބަހުސް ކުރައްވަމުން ސައީދު ވިދާޅުވީ ހަތް ޕަސެންޓާއި 17 ޕަސެންޓާ ދެމެދުގެ ވެއްޓުމެއް މިއަހަރު ޖީޑީޕީއަށް އަންނާނެ ކަމަށް މަރުކަޒީ ބެންކް، އެމްއެމްއޭއިން ބުނާއިރު އެއީ އަށް އަހަރުގެ ފަހަތަށް ދިއުން ކަމަށެވެ.
މި ހާލަތަށް ކަންކަން މިދިޔައީ ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅުމާއި ދާއިރާތަކުގެ ތަޖުރިބާކާރުންގެ އަޑު ނޭހުމުން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"ހަ އަހަރާއި އަށް އަހަރުގެ ސޮއްސާލުމަކަށް ދިވެހިރާއްޖޭގެ އިގްތިސާދު ދިޔައީ ހަތަރު ލައްކައެއްހާ ދިވެހި ރައްޔިތުން ޓެސްޓް ކޮށްލެވޭނެ ވަސީލަތްތައް މިތާ ކައިރިންނާއި ދުރުން ލިބެން ހުއްޓާ. ވިޔަފާރިވެރިންނާއި މަޓީ އާއި އިއްޒަތްތެރި ރައީސް ތި ފާހަގަ ކުރެއްވި ފަދައިން ރާއްޖޭގެ ހަރު މީހުންގެ އަޑު މި ސަރުކާރުން ނޭހުން މީގެ ހުރިހާ ޒިންމާއަކީ،" ސަރުކާރު ކުށްވެރި ކުރައްވަމުން ސައީދު ވިދާޅުވި އެވެ.
"މީގެ ނަތީޖާ މިގޮތަށް އައީ ފުރަތަމަ އިއްޒަތްތެރި ރައީސް ތި ވިދާޅުވިގޮތަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ރާއްޖޭގެ ކެބިނެޓް އެއްކޮށް އަދި ދައުލަތުގެ އިސްވެރިން އެއްކޮށްގެން ނިންމަންޖެހޭ އޯޑަރު ލިސްޓެއް ނުހެދުނީމަ އިއްޒަތްތެރި ރައީސް. މަޓީގެ އަޑެއް ނޭހި. ކޮންސްޓްރަކްޝަން ސެންޓަރެއްގެ އަޑެއް ނޭހި. ބޮޑެތި ވިޔަފާރިވެރިންގެ އަޑެއް ނޭހި. ޓްރެވަލް އެޖެންޓުންގެ އަޑެއް ނޭހި."
ސައީދު ވަނީ އެމްއެމްއޭގެ މައްޗަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އެގޮތުން އެމްއެމްއޭއަށް ޖެހިފައިވަނީ ފިނޭންސް މިނިސްޓްރީން ނިންމާ ކޮންމެ ގޮތަކަށް ރުހެން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
މިހާލަތު އަރައިގަތުމަށް މަޖިލީހުން އެކި ކަންކަން ހުށަހަޅައި ރިޕޯޓްތައް ފާސްކުރި ނަމަވެސް އެކަންކަން ތަންފީޒު ކުރުމުގެ ގާބިލްކަން ދިވެހި ސަރުކާރުގައި ނެތް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ބަހުސް ކުރައްވަމުން ނައިފަރު ދާއިރާގެ މެމްބަރު، އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވެސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ޝިޔާމް ވިދާޅުވީ ކޮވިޑް-19ގެ ކަންކަމުގައި ސަރުކާރުން އަމަލުކުރާ ގޮތް ބެލުމަށް މަޖިލީހުން އެކުލަވާލި ކޮންމެ ރިޕޯޓަކުން ވެސް ފެންނަނީ ކަންބޮޑުވުންތަކާއި އިހުމާލު ކަމަށެވެ. އަދި ރިޕޯޓްތަކުން އެނގޭގޮތުގައި މިކަމުގެ ތެރޭގައި ވަރަށް ބޮޑަށް ކޮރަޕްޝަން އެކުލެވޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެބަ އިނގޭ އިންތިހާއަށް ބޮޑެތި ހަރަދުތައް އެބަ ހިނގާ. އަޅުގަނޑުމެން ވެސް ގަބޫލު ކުރަން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހަރަދު ކުރަންވީކަން. އެކަމަކު އެ ހަރަދު ވާން ޖެހޭނީ މިދަންނަވާހެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކާއި މިބަލިން އަރައިގަތުމަށް ރަނގަޅު ގޮތުގައި ކުރެވޭ ހޭދަތަކަކަށް،" ޝިޔާމް ވިދާޅުވި އެވެ.
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު މާލިއްޔަތު ކޮމެޓީ ވަނީ "ނިދާފައި" ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
ގައުމު މި ހާލަތަށް ވެއްޓިގެން ދިޔައިރު ކަމާބެހޭ އިދާރާތަކުން އެކުލަވާލަން ޖެހޭ އެއްވެސް ތަސައްވަރެއް އެކުލަވާލާފައިވާތަން ނުފެންނަ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
ސަރުކާރުން އަމަލު ކުރަމުންދާ ގޮތުގައި ބޮޑެތި ތަފާތު ކުރުންތަކެއް ވެސް ގެންގުޅޭ ކަމަށް ޝިޔާމް ތުހުމަތު ކުރެއްވި އެވެ. އެގޮތުން ރާއްޖޭން ބޭރުގައި ތިބި މީހުން ރާއްޖެ ގެނެސް ރިސޯޓްތަކުގައި ކަރަންޓީންގައި ބޭތިއްބިއިރު މާލެއިން ރަށްރަށަށް ނުދެވި މީހުން ތިބީ ވަރަށް ހާލުގައި ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޝީދު.
20 May 2020
ސަރުކާރު ޒިންމާދާރު ކުރުވަން މަޖިލިސްގެ ކޮމިޓީއިން ކުރާ މަސައްކަތައް ތިބޭފުޅާ ހުރަސް އަޅާތަން ރައްޔިތުންނަށް ފެނޭ. ނަތީޖާ ހިތިވާނެ ތިބޭފުޅާއަށް. ތިފާޑަށް ކުރީ ދައުރުގަ އުޅުނު އެއްވެސް މެންބަރެއް މިދައުރުގަ މަޖިލިސްގަ އެބައިންބާ؟ ވިސްނާ ފިކުރުކުރާ މީހަކަށް ހުރި އިބުރަތެއް!
ފޮނިޓައްޕު ހަސަނު
20 May 2020
ސައީދު ކަލޭމެން ކޮވިޑް19 ގެ ކަންތައް ހައްލު ކުރަން އަޅަން އެދުނު ހަމަ އެކަނި ފިޔަވަޅަކީ ބޮޑު ޚިޔާނާތެއްގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހަކު ގޭބަންދަށް ބަދަލު ކުރަން ހުށަހެޅުން.
ވިލާ އިބްރާހީމް
20 May 2020
މީ ވަރަށް އިޝްތިހާރުވާން ބޭނުންވާ މީހެއް ކޮންމެވެސް އެއްޗެކޭ ކިޔާފަނޫހަށް އަރާލަން ދޭތެރެއަކުން އެބަބޭނުންވޭ.
އަސްލު ހަގީގަތް
20 May 2020
މިއީ އަދި މާ ކަނޑުކޮސް ވާހަކަ ދައްކާ މީހެއް. ސަރުކާރުން ކަންތައްކުރީ ކުރެވެން އޮތް އެންމެ ރަނގަޅަކަށް. މުވައްޒަފުންނަށް ހިތުހުރިހާ ގޮތެއް ހަދާފަ ތިޔަބުނަނީ މަޓީގެ އަޑު އަހާށޭ. މަޓީ ބޭނުންހާގޮތެއް ނުހެދޭނެ. މިކަމުން ކޮން ޤައުމެއްގެ އިޤްތިޞާދެއްތަ އަޑި ނޭޅީ. ސައީދުއަށް ކަނޑައެޅިގެން އިނގޭނެ މިފަދަ ކާރިސާތަކުން އިޤްތިޞާދު އަނދަވަޅަކަށް ވެއްޓޭނެކަން. އެމެރިކާގައިވެސް 30 މިލިޔަނަށްވުރެ ގިނަމީހުންގެ ވަޒީފާ ގެއްލި ބެނެފިޓަށް އެދެފައިވަނީ.
އައިސް
19 May 2020
5 އަހަރުގެ ދައުރު ނިމުނީމަ އަޅާ ކިޔާލެވޭނީ، ރައްޔަތުން ނިންމާނެ ވެރިކަމަށް ގެންނަންވާ ބަޔަކު. ތިޖޫރިއާ އެކު ދިރުވާލައިގެނަ ގޮސްތިބެ އަދި އަނގަ ތަޅާތީ މިބުނީ
ޑޮން0
19 May 2020
ސިއްހީ ކަންކުގައި އަޑުއަހަންޖެހެނީ ސިއްހީ ދާއިރާގެ މީހުންގެ އަޑު. ކާންދިންމީހާވެސް ނޭންގުނު މީހެއްގެ އަޑެއްނޫން.
މުރާސިލް
19 May 2020
ނާޤާބިލް މީހުން ވެރިކަން ކުރަބްފެށީމަ ވާނެ ހައެތި މިއޮތީ ޤައުމަށް ވެފައެވެ. މުޅި ދައުލަތް ކައި ހުސްކޮށް ރައްޔިތުން ބިކަ ކޮށްފިއެވެ.
ޜާގޮޑިރާޖާ
20 May 2020
ގާބިލްމީހާ ބިލިއަން ރުފިޔާދިރުވާލައިގެން އެއޮތީނު ފިލާޖަލުގަ.
ސަފީރު
20 May 2020
ޔާމީނު ކުރިކަންކަން އެއީ ނުކުރާ ކަންކަމަށް ނެހެދޭނެ. ދައުލަތުން އެއްޗެއް ކެއިކަމުގެ އެއްވެސް ހެއްކެއް އެބައޮތްތަ؟ އެއްވެސް ރިޕޯޓެއް އެބައޮތްތަ؟ މުއްސަނދި ވި މީހަކު އެބަހުރިތަ؟ މި ނޫސް ކިޔާ މީހުން ތިކަން ގަބޫލެއް ނުކުރާނެ.
މރ. ނާގާބިލު
19 May 2020
މިސަރުކާރުވަނީ ކަންކަން ކުރުމަށް ނާގާބިލުވެފައި މިސަރުކާރުގައި ހިންގުންތެރިކަމެއްނެތް ރޭވުންތެރިކަމެއްނެތް ހަމައެއް އުސޫލެއްނެތް ހަގީގަަތަކީ މިއީ މިކަމާއި ބަޔަކު ހިތްހަމަޖެހުނަސް ނުޖެހުނަސް ހަގީގަތަކީ މިއީ
އަހުމަދުއަލޯ
19 May 2020
ގާބިލުމީހުން ވެރިކަމުގަ ތިބިނަމަ ބޭސްދޭނީ ވޯޓުލާނެކަމަށް ހުވާކުރުވާފަ، ސަދަގާތް ފައުންޑޭޝަނުން. ލޮލް.
ސަފީރު
20 May 2020
ތިކަން ގަބޫކުރަނީ ކިތައް މީހުންތޯ ފަހުން ބަލާލުން ރަނގަޅު.
Ibrahim Shifau
19 May 2020
މިހިސާބައް ދިޔައީ ސައީދު މެން ވެރިކަ މުގަ ތިޖޫރި ހުސްކޮއްލީ މަ.
އެދުރު ރަހީމު
19 May 2020
ކޮއްމެވެސް ކޮހެއް ގޮވޭތޯ ބަލާލީދޯ؟ ކޮސްނުގޮވިއަސް އަހަރުމެންނަށް އެބައެގޭ ކަލޭމެން އެބަތިބިކަން. ބޯހަލާކު. ކަލޭމެންގެ ބަސް އަޑުއެހީމަ ދައުލަތުގެ ޚަޒާނާ ހުރތަނުގައި ހުންނާނީ ހުސް ވަޅުގަނޑެއް. ނަސީބެއްނު އަޑުނޭހިކަން.