ރައީސްގެ ނިއުސް ބްރީފިންއެއް ހަވީރު 4:30 ގައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖައްސަވައިފި އެވެ.


އެ މަނިކުފާނުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، މީޑިއާ ބްރީފިން އޮންނާނީ މިއަދު ހަވީރު 4:30 ގައި ރައީސް އޮފީހުގައި ކަމަށެވެ.

މިއީ، ކޮވިޑް-19 ރާއްޖެ އިން ފެނުނު ފަހުން ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާ ދެވަނަ ފަހަރެވެ. ކޮވިޑްގެ މި ހާލަތުގައި އެ މަނިކުފާނު އެންމެ ފަހުން މީޑިއާ ބްރީފިންއެއް ބޭއްވެވީ މާޗް 25 ގަ އެވެ. އޭގެ ފަހުން ކޮވިޑް-19 އާއި ރާއްޖޭގެ އިގްތިސާދާ ބެހޭ ގޮތުން ބައެއް ކަންކަން ރައީސް ހާމަކުރެއްވީ ގައުމާ މުޚާތަބު ކުރައްވަ އެވެ.

މިއަދުގެ މީޑިއާ ބްރީފިންގައި ކޮވިޑް-19 ގެ އިތުރުން ތަރައްގީ އާއި އަދި ގައުމުގެ ބައެއް އެހެން މައްސަލަތަކާ މެދު ވެސް ރައީސް ވާހަކަފުޅު ދައްކަވާނެ ކަމަށް ބެލެވެ އެވެ. ޚާއްސަކޮށް، އެ ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި މިދިޔަ މާޗު މަހު މެދުކަނޑާލާފައިވާ ރާއްޖޭގެ ޓޫރިޒަމް އަލުން ފަށާނެ ތާރީޚެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވާނެ އެވެ.