ބޮޑުފިނޮޅުގައި ބިދޭސީން ހިންގި ހަމަނުޖެހުންތަކުގައި، އެ ރަށުގެ ބައެއް ތަކެއްޗަށް ދީފައިވާ ގެއްލުންތައް ފުލުހުންގެ ފޮރެންސިކް ޓީމުގެ އޮފިޝަލަކު ބަލަނީ.---ފޮޓޯ: ޕޮލިސް
03 ޖުލައި 2020 - 21:45
އެތައް މަސްތަކެއް ވަންދެން މުސާރަ ނުދީ ބިދޭސީންތަކެއް ލައްވައި ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި މައްސަލައިގައި ދިވެހިންތަކެއް ރަހީނުކޮށް، ފުލުހުންނާ ކުރިމަތިލައި ރޭ ހިނގި ހަމަނުޖެހުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ބަލަން ނިންމައިފި އެވެ.
ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގައި ބަޔަކު ރަހީނުކުރީ އެ ރަށުގެ ބައެއް މަސައްކަތްތައް ކުރަން ހަވާލުވެފައިވާ ރިޒް ޕްރައިވެޓް ލިމިޓެޑްގެ 200 ވަރަކަށް ބިދޭސީ މުވައްޒަފުންނެވެ. އެ މީހުން ހަމަނުޖެހުމަކަށް ދިޔައީ މުސާރަ ނުދީ، އެ ރަށުން ފޭބިޔަވެސްް ނުދީ ތިބޭތާ އެތައް މަހެއް ވީ ފަހުންނެވެ.
ރިޒް ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ކުންފުންޏެކެވެ.
މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީގުޅުންތަކުގެ ކޮމިޓީގެ ދެން އެންމެ އަވަހަށް ބޭއްވޭ ބައްދަލުވުމަށް މިމައްސަލަވަނީ އެޖެންޑާކޮށްފައި.ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަކީ މިކޮމިޓީން ވަރަށް ބޮޑު އިސްކަމެއްދީގެން ބަލަމުން އަންނަ މައްސަލައެއް. އަދި ކޮޅެއް މެދެއް ފެންނަވަރެއް ނުވޭ. https://t.co/4PA7K5eRrM
— Ahmed Usham (@a_usham) July 3, 2020
ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޮޑު ފިނޮޅުގައި ހިނގައިދިޔަ ކަންކަން، ދެން އެންމެ އަވަހަށް ބާއްވާ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމަށް އެޖެންޑާކޮށްފައިވާ ކަމަށެވެ. ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަކީ އެ ކޮމިޓީން ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލަމުން އަންނަ މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އަދި ކޮޅެއް މެދެއް ފެންނަވަރެއް ނުވޭ،" އުޝާމް ވިދާޅުވި އެވެ.
ރާއްޖޭގައި އެކި މަސައްކަތަށް ބިދޭސީން ގެނެސް އެ މީހުންނަށް މުސާރަ ނުދީ، ބިކަކޮށް، މަގުމައްޗަށް ދޫކޮށްލުމަކީ ބޮޑުވެފައި އޮތް މައްސަލައެކެވެ. ހައްލު ނުޙޯދި ދިގުލައިގެން ގޮސްފައިވާ މި މައްސަލައިގައި، ބިދޭސީންނާ މެދު އަނިޔާވެރި ލާއިންސާނީ އަމަލުތައް ހިންގާ މީހުންނާ މެދު ފިޔަވަޅެއް ނޭޅެ އެވެ. އޮޅުވާލައިގެން އެ މީހުން ރާއްޖެ ގެނެސް އެކި މީހުންނާ ހަވާލުކޮށް މަސައްކަތް ކުރުވަމުން ދިއުމަކީ ފުޅާކޮށްފައި އޮތް ވިޔަފާރިއެއް ކަމަށް ތުހުމަތު ކުރެ އެވެ.
ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަށް މުސާރަ ނުދިން މައްސަލަ ވެސް ކަނޑާލަނީ އެއް ބަޔަކު އަނެއް ބައެއްގެ ބޮލަށެވެ. ރިޒް ކުންފުނިން އެކަމުގެ ޒިންމާ އެޅުވީ ޑިވެލޮޕަރު، ސީލް މޯލްޑިވްސްގެ ބޮލުގަ އެވެ. އެ މީހުންނަށް މުސާރަ ނުދެވުނީ ސީލް އިން ޕޭމަންޓްތައް ނުދީގެން ކަމަށް ބުންޏަސް ޑިވެލޮޕަރު، ސީލް މޯލްޑިވްސްގެ ވަކީލުން މިއަދު ބުނީ އެއީ ދޮގެއް ކަަމަށާއި ރިޒް މޯލްޑިވްސް އަށް ދޭން ޖެހޭ ވަރަށް ވުރެ އިތުރަށް ވެސް ފައިސާ ދީފައިވާ ކަމަށެވެ.
ބޮޑުފިނޮޅުގައި ދިވެހިން ރަހީނުކޮށް، ތަކެއްޗަށް ގެއްލުންދީ ފުލުހުންނާ ކުރިމަތިލި މައްސަލައިގައި 19 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނބުޅި ސުޖާ
05 July 2020
މަޖިލީހުގެ ކޮމިޓިގެ ގިނަ މެންބަރުންނަކީ ތަހްގީގު ކުރަން ދަންނަ ބަޔެއް ނޫން
ދެއްވަދޫ
05 July 2020
މި ރާއްޖޭގައި ދެމަފިރިންގެ ދެމެދުގައި ހިނގާ ޒުވާބަށްވެސް މަޖިލީސް ވަންނާނެ ! ބިދޭސީން ގެންގުޅުމާއި ބެހޭ ހަރުދަނާ ގަވާއިދެއް ހަދާބަލަ ! ކަމެއް ކުރަންޏާ !
ވަލީދާ2
05 July 2020
އަހަރުމެންގޭ ދިޔަދޮތްވައް ޖެހިގެން ހުރިގެއިން ފަތް އެޅީގެން ދިޔަދޮވި ބެދޭތީ މިއުޅެނީ.. މިމައްސަލަވެސް މަޖިލީހުން ބަލައިދޭން ވީނޫންތޯ؟ މިހެން މިބުނީ މި ރާއްޖޭގައި ލެއްވި ހުރިހާކަމެއް މަޖިލީހުން ވަކި ސަރުކާރެއް ހަދައިގެން ބަލަން އުޅޭތީ.
ނީރާ
04 July 2020
ތިޔަ މައްސަލައަކީ ތިޔަ ކޮމިޓީން ބަލަން މަޖުބޫރު މައްސަލައެއް. ސަބަބަކީ ރިސޯޓެއް ތަރައްޤީ ކުރާނީއޭ ކިޔައިގެން އެެރަށުގައި ހިންގަނީ ތުޅާދޫެގެ މެޖޯރިޓީ ހޯދުމަށް ހިޑްން އެޖެންޑާއެއްގެ ދަށުޫން ހންގާ ބޮޑު ސިޔާސީ ޕްރޮޖެކްޓެއް. މީކަމުގެ ޙަޤީޤަތް އެރަށުން ފެނުނު ޕާޓީގެ ދިދަތަކުން ވަރަށްސާފު.
މޯޑް ވަން
04 July 2020
މަޖިލީހުގެ މެނބަރެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއް އިންސާފުވެރިކޮށް ނިމޭނެ އެއްވެސް ގޮތެއް ނޯންނާނެ... ތިތާ ތިބީ މެންބަރު ރިޒާގެ ޕާޓީ މެންބަރުން ގާތް ރައްޓެހިން.... އިންސާފުވެރިއެއް ނުވެވޭނެ... މަސްލަހަތުވެސް ފުށުއަރާ... ތިއީ މީހުންނަށް ގޮތް ދައްކަން ކުރާކަމެއް
ޙައްހައްހާ
04 July 2020
މުއައްސަސާތައް މިނިވަންވާނީ މިވަރަކުން.. އެޖެންޑާ 19 ހަމަ ތަފާތިއްޔޭ!
ނޫސަންގު
04 July 2020
އެހެންތޯ. ބަލަ ހޯމް މިނިސްޓަރަކާ ފުލުހުން ތިބެނީ ކީއްކުރަން. މީ ކިހާ ބޮޑު ކަމެއް. ކުރިން ޖެހުނީ ގަވައިދާ ގާނޫނު ތަކާ ޚިލާފަށް ގާނޫނުތަށް ފާސްކުރަން އުޅުނު މަޖިލީހަކާ. މިހާރު މިޖެހެނީ ސަރުކާރު ހިންގަން އުޅޭ މަޖިލީހަކާ. އެޖެންޑާ 19 ހަމަ ސުމެއް.
ލުތުފީ
04 July 2020
މަޖިލީހުގެ ކޮމެޓީއަކުން ކަމެއް ބެލުމާއި، ތަހުގީގު ކުރުމާ އެއީ މުޅިން ތަފާތު ދެކަމެއް.
ތާހިރުބެ
04 July 2020
އެބުނާ ތާހިރު ދިރިއުޅުމަކީ މުސާރަނުދީ އަޅު މަސައްކަތްކުރުވުން. ތާހިރު ދިރިއުޅުން އުޅެންވީގޮތް އިއްޒަތްތެރިޔާ ތިޔަ ދައްކައިލީ.
އައްޑޫބެއްޔާ
04 July 2020
ސަރުކާރު ވެރިކަމަށް އަންނާން ރައްޔިތުންނަށް ވިއްކި މެނިފެސްޓޯ ތަންފީޒު ކުރެވޭތޯ ބަލައި، އެމަސައްކަތް ރަނުން ރަނަށް ނުފުއްދެނީ ކީއްވެތޯ ބަލައި، ވައުދުވި ގޮތަށް އެމަސައްކަތް ނުފެށޭ ސަބަބު ހޯދާ ސަރުކާރު ޒިންމާދާރުކުރުވާން މަޖިލީސް ކޮމިޓީއަށް ހާޒިރު ކުރުން ކިހިނެއް ވާނެބާ؟ ވަރިކައިވެނީގެ މައްސަލަ، އެގްރިމެންޓް މައްސަލަ، ލައިޖެއްސުމުގެ މައްސަލަ ކޮމިޓީ އިން ބެލުމަށްވުރެ ރަގަޅުވާނެކަންނޭގެ ދޯ
ދުންމާރި
04 July 2020
ހަމަ ތިތާ ކުރާނެ ކަމެއްނެތީތަ؟ އެހެންނޫނީ ކޮންމެކަމަކީ މަޖިލީހުން ބަލަންޖެހޭ ކަމެއްކަމައް މީހުންގެ ބޮލައް ވައްދަން މަސައްކަތް ކުރަނީ؟ ދުއްޕާނެއް! ވެދާނެ ރައީސާ ނަޝީދު ރާވާފައޮތްގޮތަކީ މީކަމައް.