މާލޭ ސިޓީ މޭޔަރު ޝިފާ މުހައްމަދު-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
09 ޖުލައި 2020 - 16:55
މާލޭގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް، އެ ކައުންސިލްގެ މެމްބަރަކު މިއަދު ހުށަހަޅުއްވައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މޭޔަރާ ދެކޮޅަށް ހުށަހެޅި މައްސަލަ އަންނަ ބުދަ ދުވަހު ބާއްވާ ކައުންސިލްގެ ޖަލްސާގައި އެޖެންޑާކުރާނެ އެވެ.
ވޯޓު ނެގުމުގެ ކުރިން ކަންތައްތަކެއް ރަނގަޅުކުރަން ޝިފާ އަށް 10 ދުވަހުގެ މުހުލަތެއް ދޭނެ އެވެ. އިތުބާރު އޮތްތޯ ބެލުމަށް ވޯޓަށް އަހާނީ އެ މުއްދަތުގައި ކަންތައްތައް ރަނގަޅު ނުކޮށްފި ނަމަ އެވެ.
އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލްގައި ޝިފާއާ ހިޔާލު ތަފާތުވާ މެމްބަރުންތަކެއް ތިއްބަވަ އެވެ. އެގޮތުން ދަތުރުވެރިންގެ މާރުކޭޓުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހާޒިރުކުރުމުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހޫނު ޒުވާބަކަށް ގޮސްފައި ވެ އެވެ.
އެ މައްސަލައާ ގުޅިގެން ދެ ގަޑިއިރުގެ ބަހުސެއް ދިޔައިރު، ކައުންސިލްގެ ގިނަ މެމްބަރުންގެ ހިޔާލު ޝިފާއާ ތަފާތުވި އެވެ.
އޭގެ ފަހުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް، މާލޭގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ބައެއް ކައުންސިލަރުން ދެބަސްވުމުގެ ސަބަބުން ބައްދަލުވުން ކުރިއަކަށް ނުގެންދެވުނެވެ.
އިސްކަންދަރު ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި، އާއްމުންގެ ހިޔާލަށް ހުޅުވައިލުމުން، ވާހަކަ ދެއްކި މީހަކު އެދުނީ ކުރާ ސުވާލުތަކަށް ޝިފާގެ އިތުރުން ކައުންސިލްގެ އެހެން މެމްބަރުންގެ ޖަވާބު ދެއްވުމަށެވެ. އެކަމަކު، ޝިފާ ވިދާޅުވީ ކައުންސިލަރުންގެ ފަރާތުން ވެސް ޖަވާބު ދެއްވާނީ ސީދާ އޭނާ ކަމަށެވެ. ޝިފާގެ އެ ނިންމެވުމާ އެކު، އެ ހިސާބުން މައްސަލަ ގޯސްވީ އެވެ.
ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ވެސް، ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވިގެން ހުއްޓާލަން ޖެހުނެވެ. ޝިފާއާ އޭރު ހިޔާލު ތަފާތު މެމްބަރުން ތުހުމަތު ކުރާ ގޮތުގައި ލޮނުޒިޔާރަތްކޮޅުގައި ތަރައްގީ ކުރާ ޕާކް ފަދަ މަޝްރޫތައް މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދަނީ ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށެވެ. ނަމަވެސް އެ ތުހުމަތުތައް ޝިފާ ދޮގުކުރައްވަ އެވެ.
މޭޔަރުކަމެގެ ދެ ވަނަ ދައުރަކަށް އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށް ވެސް ޝިފާ ކުރިމަތިލެއްވި އެވެ. ނަމަވެސް ޕްރައިމަރީ ކާމިޔާބުކުރެއްވީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯހަލާކު.
10 July 2020
ދެން ހައުސިންގ މިނިސްޓަރުކަންދީ ކަމެއްނުވިޔަސް. ނަޝީދުގެ މީހުންނެއްނު! ތިވެސްވާނީ ޖައްސާ ސްޓަންޓަށް.
ނިބިހޫރު
10 July 2020
އެއް މަޤާމެއްގައި މާ ގިނަ ދުވަހު ހުންނަވަން ޖެހި ވަޑައި ގަތީމަ ވީ ގޮތް ދެއްތޯ؟ ރަނގަޅު ވާނީ ވަކި ކުރުން. އެހެން ބޭފުޅުންގެ ޙިޔާޅުފާޅު ކުރެއްވުމަށް އިޙުތިރާމް ނުކުރައްވާ އަމިއްލަ އެދުން ފުޅު އިސްކުރެއްވުމުގެ ނަތީޖާ ތީ.
ވަހީދުއްދީން
10 July 2020
ކައުންސިލުގައި އުޅޭ އަންހެން މުއައްޒަފެއްގެ ބާރުގައި މާރުކޭޓުން ދެގޮޅި ނެގޭތޯ އަހަރުމެން އުޅުނީ. އެކަމަކު ފަނިވެދާނެތީ 1 ގޮޅި ނެގީ. މީ ތިޝިފާމެންގެ ފެންވަރު.
އަސާސީ
10 July 2020
އެއްވެސް އިތުބާރެއް ނެތް، އެއްވެސް އޮއްޓަރެއް ހުރި ކަމެއް ކުރާ ތަނެއް ނުފެނޭ.
ރަދުން
10 July 2020
ޑެޕިއުޓީ މޭޔަރު ބަޣާވާތެއް ރާވަނީތޯ. ތީ ވަރަށް އާންމުވެއްޖެ ކަމެއް.
މުހައްމަދު ބ
10 July 2020
މާލޭގެ ބުރިޖު ކާރީ ހެދި ޕާރކްގައި އިންދާފައިވާ ރުއްތައް ގެނައީ ކޮންތަކުން ކޯކުތޯ އައްސަވާލައްވާ، ކަރޮޕްޝަން ހުރި މިންވަރު އެނގޭ ކުޑަ މިސާލެއް.
ދީދި
10 July 2020
ބޮޑަސް ކުޑައަސް، އުރައްޕެއް ނެތިއްޔާ އެހިލަންވާނީ
އާރީ
10 July 2020
ވެސްޓް ފާކު ކައިރީ ކައިވަތެއް ވަރު ތަންކޮޅެއް ހަލުވަ ހަލުވަ ތިބޭތާ ކިތައްމަސް ވެއްޖެބާ? މާލޭ މަގު ތައް ރަގަޅު ފެންވަރަކަށް ހަދީޔޯ
ރާއްޖެ
10 July 2020
މަލޭ ހުރިޙާ މަގެއްގަ ތާރުވެސް އަޅައިފި
މޯޑް
10 July 2020
ސިފާ މެން ކުރިން ކީ ޔާމިނު ވެރިކަމުގަ ސިޓީކައުންސިލްގެ މަސައްކަތް ހުއްޓްވީއޭ އެހެންވެގެންނޭ ކަމެއް ނުވީ. މިހާރު ކަމެއް ނުވެގެން މިއުޅެނި އިބޫ ހުއްޓްވާތީތަ?
ވާނުވާ 1
09 July 2020
އައްޑޫ ކައުންސިލްގެ މޭޔަރުގެ ތިކަހަލަ ވާހަކައެއްވެސް ތުންތުން މަތިން ދެކެވޭ. ދެރަގޮތެއް ވެދާނެކަމަށް ބެލެވޭ.