15 ޖުލައި 2020 - 11:16
ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީން ރާއްޖެ އައުމުގެ ކުރިން ޚާއްސަ ހުއްދައެއް ހޯދަންޖެހޭ ގޮތަށް ހަމަޖެއްސި އުސޫލު މިއަދުން ފެށިގެން ބާތިލްކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އެމްޕްލޮއިމެންޓް އެޕްރޫވަލްގެ ދަށުން ރާއްޖެ އެތެރެވުމަށް ހާއްސަ ހުއްދައެއް ހޯދަންޖެހޭ ގޮތަށް ހަމަޖެއްސީ ކޮވިޑް-19 ފެތުރޭތީ މީގެ ހަތަރު ވަރަކަށް މަސް ކުރިން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ އެކުގަ އެވެ. މި ނިންމުން ބަދަލުކޮށް ކުރިން އޮތް ގޮތަށް މި ބަދަލުކުރީ މިއަދު ބޯޑަރު ހުޅުވާލުމާ އެކުގަ އެވެ.
ބިދޭސީން ރާއްޖެ އެތެރެވުމުގެ ކުރިން ހުއްދަ ހޯދުމާ ގުޅޭ އިއުލާން pic.twitter.com/oHWIfmpKus
— Economy & Trade (@MoEDmv) July 15, 2020
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާން
ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކުގައި އިކޮނޮމިކް މިނިސްޓްރީން މާޗް މަހުގެ ފަހުކޮޅު ހަމަޖައްސާފައި އޮތީ އެމްޕްލޮއިމަންޓް އެޕްރޫވަލް ހޯދައިގެން އަންނަ ބިދޭސީންނާއި ޗުއްޓީ އަށް ދިއުމަށް ފަހު ވަޒީފާ އަށް އެނބުރި ރާއްޖެ އަންނަ ބިދޭސީންނަށް ވެސް ރާއްޖެ އެތެރެވެވޭނީ އެ މިނިސްޓްރީން ދޫކުރާ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށެވެ.
ހަތަރު މަހަށް ފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައިފި https://t.co/o0OWRYusgX
— Mihaaru (@Mihaarunews) July 15, 2020
މިއަދު ބޯޑަރު ހުޅުވާލުން
އެހެންވެ، އެފަދަ ބިދޭސީން ރާއްޖެ އައުމުގެ 48 ގަޑިއިރު ކުރިން އެ ހުއްދަ އަށް އެދި ހުށަހަޅަން ޖެހޭ ގޮތަށް އޮތީ ހަމަޖައްސައިފަ އެވެ. އެ ހުއްދަ ދެމުން އައީ އީމެއިލް މެދުވެރިކޮށެވެ.
ބޯޑަރު ހުޅުވާލުމާ އެކު ޓޫރިސްޓުންނާއި ރާއްޖޭގައި މަސައްކަތްކުރާ ބޭރު މީހުން ވަނީ އަންނަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނ
16 July 2020
[ ނ ؛؛0 / ރ
މުޑަހަންޖާ
15 July 2020
އަދިވެސް ބިދޭސީން ނުގެނެވިގެން ތެޅެނީ.
Rana
15 July 2020
ސިޔާސީ ވިޔަފާރިވެރިންކޮޅު ރުއްސަން ކުރާހާ ކަންތައް.
ަަަަަކައިލް
15 July 2020
އަދިވެސް މިތާ މަސައްކަތްކުރާ ބޭރު މީހުން މަދީތަ.
ސޮސެޖް
16 July 2020
މާ ބޮޑަށްވެސް މަދު، މަސައްކަތެއް ކޮއްލަންވެއްޖެއްޔަ ހޯދަންޖެހެނީ ބޭރުމީހެއް. ދިވެހިން މަސައްކަތަށް ނުކުމެފަ ތި ސުވާލްކޮއްލަ.
މަހޭ
15 July 2020
ރިސޯޓްތަކުގަ އުޅޭ ދިވެހި ކުދިންގެ ވަޒީފާ ގެއްލުނުއިރު ނޯޕޭއާ ޗުއްޓީއަށް ފޮނުވާލި އިންޑިއާ މީހުން ކޮންމެހެން ގެންނަން ޖެހޭނެއްނު. އެމީހުންގެ ވަޒީފާ ގެއްލި އާމްދަނީއަށް އަސަރެއްކޮށްގެން ނުވާނެތާ އެމީހުން ގެނައި ސަރުކާރެއް ވިއްޔާ މިތަނުގަ އޮތީ. ދިވެހިންނާ އެއްވަރަށް ނޫނީ އެއަށްވުރެ ގިނައިން އިންޑިއާ ސްޓާފުން ގެންގުޅޭ އޮޒެންއާ އެޓްމޮސްފިއާއާ ފޯސީޒަންސްގެ ދެރިސޯޓުން ސަންޖޭ ސުދީރު މެދުވެރިކޮށް އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރުން ގެރެންޓީ ހޯދާފަ އޮތީ.
ހާކިމާ
15 July 2020
ކޮމެންޓް ކުރަން ނޫޅިކޮންމެވެސް އެހެންކަމަކާގެން އުޅުބަލަ މީގާ ސަރުކާރުން ތޯ ރިސޯޓްތަކުގައުޅޭމީހުންނައް ވަޒީފާދެނީ؟ ބިދޭސީން ނުލާ ހިންގާނެ ގޮތެއްބުނެދީބަލަ.ގައުމުގެ އާބާދީ ރަނގަޅައް400000އަށް އަދި ނާރާ އޭގެތެރެއިން ސުކޫލް ކުދިން 55 އަރުމަތިީމީހުން ގައުމުން ބޭރުގަ ދިރިއުޅޭ މީހުން ބަލި މީހުން ސިވިލްސާވަންޓުން ކަނޑާފަ 1.5 މިލިއަނައްވުރެންގިނަ ވަޒީފާތަކައް ލާނެ ބަޔަކު ހޯދަބަލަ ޑިގްރީގަނޑެއް އޮންނަ މީހާވެސް ބޭނުންވަނީ މިނިސްޓަރުކަން ފޫކަހާފަތިބޭނީ.
ބޮޑު މުހައްމަދު
15 July 2020
އަސްލު މިތަނުގަ މަސައްކަތްކުރާ އިންޑިއާ މީހުން ޙާއްސަކޮށް ރިސޯޓްތަކުގަ މަސައްކަތްކުރާ އިންޑިއާ މީހުންނަށް ހެދި އެއްޗެއް ތިއީ. އެހެން ލިޔަން ނުކެރިގެން ޖެނެރަލްކޮށް އެއްމެންނޭ ކިޔާފަ ތި ނެރުނީ. އިންޑިއާ ހައިކޮމިޝަންގެ ފޭސްބުކް ޕޭޖް ބަލާބަލަ ރިސޯޓްތަކުގަ މަސައްކަތަކުރާ އެމީހުންގެ މީހުން ލިޔފަ ހުރި އެޗެހި ހައިކޮމިޝަން ޓެގްކޮށްފަ ތިމަންނަމެނަށް އާދެވޭނެ ގޮތެއް ނެތޭ ކިޔާފަ ހައިކޮމިނޝަން ނީޑް ތި ޑޫ ސަމްތިންއޭ ކިޔާފަ. #ޕަޕެޓްސަރުކާރު
ޜިސޯޓުމުވައްޒަފުން
15 July 2020
އަޔަސްއަދިނެތް ސަލާމަތެއް ކޮވިޑުކަންތައް މިދަނީ ބާރައް ބާރައް ކުރިޔައް ޖެހިފޮޑި އަނބުރާ ޖެހިތަނައް ރައްދުވާނީ ބަލަންތިބޭ
ނެކްސްޓް
15 July 2020
ފޫގޮއްސައޮތް ސަރުކާރެއް
ފިފުޓީ ސިކުސް
15 July 2020
މިގޮތަށް މިއަހަރު ހުޅުވާލުމަކީ ސިއްހީ ބޮޑަތި މައްސަލަތަކެއް ދިމާވެދާނެކަމެއް އަދި މިކަމުގެ ނާޖާއިޒު ފައިދާ ސަރުކާރުގެ ބޮޑުންނަށް އިތުރަށޤ ފުޅާވެގެންދާނެ
ހްމްޕ
15 July 2020
މުއްސަނދި ބޭރު މީހުން ކަރަންޓީން ވާކަށް ނުޖެހޭ. ފަޤީރު ދިވެހިންނަށް އީދު ބަންދުގައިވެސް ރަށަށް ގޮސް މަޖާކޮށް ލެވޭކަށް ނެތް.
ރޮސިދު
15 July 2020
ދޮން މަހުޖަނުން ރާއްޖެތެރޭ ރަށް ރަށަށްގޮސް ބަލި ނުފަތުރާނެ. ޑޮލަރުބޮޑި ހިފައިގެން ސީދާ ރިސޯޓަށް ދާނީ. ކަލޭމެން ބަލިޖެހި ކުނިވެފައި އޮތް މާލެއިން އަހަރުމެންގެ ރަށަށް އައިސްގެން ނުވާނެ.