16 ޖުލައި 2020 - 18:14
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބު ރައީސަކަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ މިއަދު އިންތިހާބުކޮށްފި އެވެ.
އެލްޖީއޭ އިން ބުނީ އެ އޮތޯރިޓީގެ ނައިބަކަށް މާހިރު، އިންތިހާބު ކުރީ މިއަދު ބޭއްވި، 10 ވަނަ ބޯޑު ބައްދަލުވުމުގައި ކަމަށެވެ. އެ އިންތިޚާބުގެ އިތުރު ތަފްސީލެއް ނުދެ އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލެވުނު މި އޮތޯރިޓީގެ ބޯޑުގެ ނާއިބު ރައީސްކަމަށް އަލްފާޟިލް މުޙައްމަދު މާހިރު ޢީސާ، 10 ވަނަ ބޯޑު ބައްދަލުވުމުގައި އިންތިޚާބު ކުރައްވައިފި . pic.twitter.com/MeYizNcEVf
— Local Government Authority (@lgaMaldives) July 16, 2020
އެލްޖީއޭގެ އާ ބޯޑު ފަހުން އެކުލަވާލާފައި ވާއިރު އެ އޮތޯރިޓީގެ އާ ބޯޑުގެ ރައީސަކަށް އައްޔަން ކުރެއްވީ، މަގާމުގެ ހައިސިއްޔަތުން މިހާތަނަށް ވެސް އެ ބޯޑުގެ ރައީސަކަށް ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. ސީއީއޯއަކަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އައްޔަން ކުރެއްވީ އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި އަފްޝަން ލަތީފެވެ.
LGA ge aa CEO akah MDP ge deputy SG Afshan
The most trusted news source in the Maldives
Mihaaru
އެލްޖީއޭގެ ސީއީއޯ އަކަށް އަފްޝަން ހަމަޖެއްސުން
އެލްޖީއޭ އަށް އާ ބޯޑެއް މިދިޔަ މަހު ރައީސް އުފެއްދެވީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހުށަހަޅުއްވައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ވަގުތީ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، ކުރީގެ ބޯޑު އުވޭނެ ކަމަށް އެ ގާނޫނުގައި ބުނެފައިވާތީ އެވެ. އާ ބޯޑު ދެމިއޮންނާނީ އާ ކައުންސިލަރުން މަގާމުގެ ހުވާކުރައްވަންދެނެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނެއް ފާސްކުރީ، ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު އެއް އަހަރަށް ފަސް ކުރުމާއެކު ދިމާވި އެހެން މައްސަލަތަކަށް ހައްލެއް ހޯދުމަށެވެ.
އާ ކައުންސިލަރުން އައްޔަން ކުރެވެންދެން އަމަލުކުރާ ވަގުތީ ގާނޫނުން ވަނީ މިހާރު ތިބި ކައުންސިލަރުންގެ ބާރުތައް ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ. އެގޮތުން ވަރަށް ގިނަ ކަންކަން ކައުންސިލަރުންނަށް ދެން ކުރެވޭނީ އެލްޖީއޭގެ ބޯޑުގެ ހުއްދަ ލިބިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
17 July 2020
ޢާއިލީ ވެރިކަމާ ދެކޮޅަށް ވަކާލާތު ކުރި މީ ހުންނަށްވެސް މި އޮތީ ހަމަ އެއް ދަތުރެއް ޖެ ހިފައި ދޯ. ޕާޓީ އެކްޓިވިސްޓަކަށް ނޫނީ ރަށު މީ ހަކަށް ތިމާގެ މީ ހަކަށް ނޫނީ މަގާމެއް ވެސް ނުދެވޭ.
ޅިހުލިން
17 July 2020
ތެދެއް. މާހިރަކީވެސް ހާޑްކޯ އެމްޑީޕީ އެކްޓިވިސްޓެއް