25 ޖުލައި 2020 - 14:04
ކޮވިޑް-19ގެ ސަބަބުން ބޯޑަރުތައް ބަންދުވެ ގައުމަށް ނުދެވިފައި ތިބި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮތް އަދި ފުރުން މަނާކޮށްފައި ނެތް ކޮންމެ ބިދޭސީއަކަށް އެ މީހެއްގެ ގައުމަށް ދިއުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން ބުނީ، ކޮވިޑް-19ގެ ސަބަބުން ވައިގެ ދަތުރުތައް ހުއްޓި ބޯޑަރުތައް ބަންދުކޮށްފައިވާތީ ރާއްޖޭގައި ތާށިވެ ވިސާ އާއި އެމްޕްލޯއިމަންޓް އެޕްރޫވަލް ހަމަވެފައިވާ ގިނަ ބިދޭސީންތަކެއް އެބަތިބި ކަމަށެވެ. މި ގެނައި ބަދަލާ އެކު، އެފަދަ މީހުންނަށް ފަސޭހަކަމާ އެކުގައި ފުރައިގެން ދެވޭނެ ކަމަށް އެތަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮވެ، ރާއްޖޭން ފުރައިގެން ދިއުން އެއްވެސް ސަބަބަކާ ހުރެ މަނާކުރެވިފައި ނުވާ މީހުން ރާއްޖޭން ފުރުމުގެ އިންތިޒާމް މި މަހުގެ 24 އިން ފެށިގެން ޑިސެމްބަރު، 31 ގެ ނިޔަލަށް އޮންނާނެ އެވެ.
މި ޝަރުތު ހަމަވާ މީހުން އިމިގްރޭޝަނުން މިކަމަށް ކަނޑައަޅާފައިވާ ފޯމު ފުރައި ހުށަހެޅުމުން އިންތިޒާމުތައް ހަމަޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. މި ފޯމު އިމިގްރޭޝަންގެ ވެބްސައިޓުން ލިބޭނެ އެވެ.
ރާއްޖޭގައި ތާށިވެފައި ތިބެން ޖެހުމުން ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާ މީހުންނަށް ވެސް ފުރައިގެން ދެވޭނެ އިންތިޒާމުގެ ހަމަޖައްސައިދިނުމަށް އިމިގްރޭޝަނުން ވަނީ ނިންމައިފަ އެވެ. ޕާސްޕޯޓުގެ މުއްދަތު ހަމަވެފަވާ މީހުންނާއި ޓްރެވަލް ޑޮކިއުމަންޓް ހައްދައިގެން ރާއްޖެއިން ފުރާ މީހުންނަށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، އިމިގްރޭޝަންގެ މޮނިޓަރިން ސެކްޝަނުން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 11:30 އަށެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށި އިރު އެންމެ ގިނައިން އެ ބަލި ޖެހެމުން ދިޔައީ އެއްތަނެއްގައި ތޮއްޖެހިގެން އުޅުނު ބިދޭސީންނަށެވެ. އޭގެ ތެރޭގައި ވެސް ރާއްޖޭގައި ބިދޭސީންގެ ތެރެއިން އެންމެ ގިނަ ބަންގްލާދޭޝް މީހުންގެ އަދަދު ގިނަ އެވެ. ސަރުކާރުން ވަނީ ކޮވިޑް-19 ގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ގައުމަށް ފޮނުވައިދީފަ އެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، އަދި ގިނަ ގައުމުތަކެއްގެ ބޯޑަރުތައް ވެސް ބަންދުކޮށްފައިވާތީ ރާއްޖޭގައި ތިބި ބައެއް ޓޫރިސްޓުންނަށް ވެސް ނުދެވި ތިއްބެވެ. އެމީހުން ރިސޯޓުތަކުގައި ބައިތިއްބާފައި ތިބި އިރު، އެފަދަ ހާލަތުގައި ހަރަދުތައް ބެލެހެއްޓީ ސަރުކާރުން ކަމަށް ވެސް ޓޫރިޒަމް މިނސްޓްރީން ބުނެފައިވެ އެވެ.
ހަތަރު މަހުގެ ދިގު މުއްދަތަކަށް ފަހު ބޯޑަރު ހުޅުވާފައި ވަނީ މިމަހު 15 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
23 April 2023
މިކަމުގައި ސޯލިޙްގެސަރުކާރުން ކަންކުރިގޮތް ދިވެހިންނަށް ބޮޑު މައްސަލައަކަށް ވެފައިވަނީ. # މިމަައްސަލައިގައި މަޝްހޫރު ޤާނީނީ އިލްމުވެރިޔާ އަދި ކުރީގެ ބަންޑާރަ ނައިބް ޑރ މުޙައްމަދު މުނައްވަރު ވިދާޅުވަނީ ހިގަމުންދާ މައްސަލައަކަށް (ރާއްޖޭގެ ޤާނޫނުއަސާސީގައި ގޮތް ނިންމާ ކަޑައަޅާފައިވާ ކަމެއްގައި) ސޯލިޙްގެ ސަރުކާރުންދީފައިވާ "ސިއްރު ސިޓީ" އަކީ ރާއްޖެއާއިދެކޮޅަށް ދައުވާކުރާފަރާތަށް ބާރުލިބޭފަދަލިއުމަކަށްވާތީ އެކަންކުރިބަޔަކުކުރީ "ޤާނޫނީ ކުށެއް" ކަމަށް.
77777ގގ
26 July 2020
ފޮނުވާލާ އަވަހަށް ނުރައްކާ ނުވަނީސް އަދި ރާއްޖޭގެ ހަޒާނާ ރައްކާކުރޭ. ފިހަރަތަކާ މަސައްކަތު މީހުން ދިވެހި ކޮށް. ބޮޑެތި ކަންކަ މަށް ގެންނަ މީހުން މަސައްކަތް ނި މުމު މުން ފޮނުވާލެވޭ އުސޫލް ހަރުދަނާކުރޭ.
ވަހީދު
26 July 2020
ޓްރެވެލް ޑޮކިއުމެންޓެއް ދީގެން ނަމަވެސް ވަގަށް އުޅޭ ބިދޭސިން ފުނުވާލެވޭތޯ ބަލަން ޖެހޭ.
ބޯގަޅި
26 July 2020
ބިދޭސީން މަދު ކުރެވޭނެ ބައިވަރު ގޮތްތައް އެބަހުރި. މީގެ ކުރިން ދިވެހިން ހީކުރީ ކުނި އުކޭނީވެސް ބިދޭސީންނަށް އެކަނިކަމަށް އެހެންވެ އެދުވަސްވަރު މުޅި މާލޭގެ ހުރިހާ ގެއަކުން ކުނި އުކަން އެތަށްހާސް ބިދޭސީން ބައިސްކަލު ތަކުގައި ކުނި އުފުލާހެދި ނަމަވެސް ވެމްކޯ އުފެދި ބިދޭސީންގެ ބަދަލުގައި އެތަށް ދިވެހިންނަށް ވަޒީފާ ލިބުން. ވީމާ ވިސްނާ ފިކުރުކޮށް ބިދޭސީން މަދުވާނެ ކަންކަން ކުރަންވީ
އޮނަރަބްލް އަފީފު ދީދީ
25 July 2020
އިލީގަލް ބިދޭސިންގެސަބަބުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ގެއްލުމެއްނުލިބެނީސް އީޔޫގެ ޤައުމުތަކާއި، ސްވިޓްޒަލެންޑް، އެމަރިކާ، ކެނަޑާ، ޗައިނާ، ޖެޕާން، ސިންގަޕޯރ، ކޮރެއާ، ސައުދީ، ޤަޓަރ، ކުވެއިތު، ޔޫއޭއީ، ސައުތުއެފްރިކާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ރަޝިޔާ، އަދި އަވައްޓެރި އިންޑިޔާ އާއި ސްރީލަންކާގެ އޯލްޑިނެރީ ޕާސްޕޯޓް ހޮލްޑަރުންނަށް މެނުވީ އެޑްވާންސް ވީސާ ނެތި ރާއްޖެނާދެވޭގޮތަށް ހަދާ އެހެން ޤައުމުތަކުގެ ރައްޔަތުން ވީސާނަގާންޖެހޭގޮތަށް ޤަވާއިދު ބަދަލުކުރޭ.
ޙަބީބު
25 July 2020
ދިވެހިން ވަޒީފާގެ ބާޒާރައް ނެރު މައް ވަރައްގިނަ އިސްލާހު ގެންނަންޖެހޭ އެގޮތުން ފެނަކައިގެ ފަރާތުން ރައްރަށުގަ ކަރަންޓްކޭބަލް ވަޅުލު މައް ގެންގުޅޭބަންގާޅިންގެބަދަލުގަ ކޯރުކޮނު މައް ދިވެހިން ނެރު މައް ކޯރުކޮންނަ މީހާޔައް މަހު މުސާރައް 50.000 ހާސްރުފިޔާ މަޖިލީހުން ފާސްކުރަންޖެހޭ ކޮން މެ 3 މަހަކުން އެއް މަހު ޗުއްޓީދޭންޖެހޭ އެއީ ވަރައް ހައްޓައްބުރަ ކަ މެއް މަޖިލިސް މެންބަރުންނައް މިނި މަމ މްވޭޖާ އެއްވަރު 6000 ރުފިޔާ ރަނގަޅުވާނެ މިގޮތް ކިހިނެއްތޯ؟
ރަންނަ
25 July 2020
އެހެންވީމާ ކޯރުކޮންނަ މީހުންގެ އިންތިހާބެއްތާ ބާއްވަންވާނީ.
އޮނަރަބްލް އަފީފު ދީދީ
25 July 2020
ރާއްޖޭގައި ވަޒީފާއަދާކުރާ އެކްސްޕަޓްރިއޭޓުންނާއިމެދު އިމިޤްރޭޝަނުން ކަންކުރަމުންދަނީ ދުނިޔޭގެ ގިނަ ޤައުމުތަކުން ކަންކުރާގޮތާއި ދިމާ އިދިކޮޅަށް. # ނަތީޖާއެއްގެގޮތުން ރާއްޖޭގައި ވަޒީފާ އަދާ ކުރާފަރާތްތަކާއި ވަޒީފާދޭ ފަރާތަށްވެސް ނުހަނުބޮޑު ގެއްލުންލިބޭ. # އަދި ދިވެހިންނާއި ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ފުޅާދާއިރާއެއްގައި ފާޅުކަންބޮޑުގޮތަކަށް ހިންގަމުންދާ ހިއުމަންސް ޓްރެފިކިންގއަށް ހިތްވަރުލިބޭ ފަދަ އެތައްކަމެއް ކުރާކަންވެސް ފާހަނގަކުރެވޭ. މިއީ ވަރަށްބޮޑުގޯހެއް.
ކަޅަދީނާ
25 July 2020
ތަފްސީލް؟
ޔެސް
25 July 2020
ބަގުލަދޭޝް ބޭފުޅުން އެއާރޕޯޓުން ޕާސްޕޯޓު ގެއްލުވާލާ.
ދެލޯ
25 July 2020
ތީ ދެން މާ މޮޅު ގޮތެއް. މިއަދު އެމީހުން ދާނެ. މާދަމާ އަންނާނެ. ކޮންމެވެސް އެހެން ނަމެއްގައި. ތިހާ ކަންޔޫސީކޮށް ކަންތައްކުރާ އެއްވެސް ޤައުމެއ މި ދުނިޔޭގައި ނެތް. އެގޮތަށް ފޮނުވާލެވޭ މީހުންނަށް ދެވަނަ ފަހަރަށް ޤަވާޢިދާ ޚިލާފަށް މި ޤައުމުގައި އުޅެވިގެން ނުވާނެ. ދެގަނޑެތީގައި މިތަނަށް އައިމީހުން މިއަދު އެތިބީ މަހުޖަނުންނަށް ވެފައި. ސަރުކާރު އޮތީ ކޯމާގައި. ހޭވެރިކަންވީއިރު ކަމަކުދާކަށް ނެތް. މިއޮއްގެން ދެލޯއުފުރައިގެން ގެންދަނީ
ޚިލާފޭޚިލާފޭ
25 July 2020
ފުރުން މަނާކޮށްފައި ނެތް، ޕާސްޕޯޓް އޮތް ކޮންމެ ބިދޭސީއަކު ފޮނުވައިދެނީ ނަމަ ރިސޯރޓްސް ތަކުގައި ރަށަށް ގަސްތުގައި ނުދާން ވެގެން ތިބި ލަންކާ އިންޑިއާ މީހުން ފޮނުވާލަންވީ ލޮކް ޑައުން ތެރޭގައި ގިނަ ރިސޯރޓްސް ތަކުގައި ތިބި ލަންކާ އަދި އިންޑިއާ މީހުން އެއްގޮތަކަށް ވެސް ފޮނުވާނުލާ ރިސޯރޓް އޯނަރުން އެމެން ބޭތިއްބީ ރަނގަޅަށް ދެ ބަނޑަށް ކާންދީފައި ނިދަން ފުލް މުސާރަ ވެސް އެމެންނަށް ސީދާ ޑޮލަރުން ދަނީ ދެމުން ޑޮލަރުން މުސާރަ ދިނުން އެމްއެމްއޭގެ ގަވާއިދާއި