އެންއީއޯސީން އޮންލައިންކޮށް ކުރިއަށް ގެންދިޔަ މީޑިއާ ބްރީފިންއެއްގައި ނޫސްވެރިން ބައިވެރިވަނީ
23 އޯގަސްޓް 2020 - 17:54
ކޮވިޑް-19އިން ރައްކާތެރިވުމަށް، މާލެ ސަރަހައްދުގައި ރޭގަނޑުގެ ވަކި ވަގުތެއްގައި ވެހިކަލް ދުއްވުން މަނާ ކުރި ނަމަވެސް، ނޫސްވެރިން އެ މީހުންގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރުމަށް، އެ ވަގުތުގައި އަމިއްލަ ވެހިކަލްގައި އުޅުމަށް ހުރަހެއް ނެތް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން މިއަދު ބުނެފި އެވެ.
މާލޭގައި ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް، މިރެއިން ފެށިގެން ރޭގަނޑު 8-5އަށް ވެހިކަލް ދުއްވުން މަނާވާނެ އެވެ. އެކަމަކު ބޭރުގައި އުޅުން މަނާވާނީ ރޭގަނޑު 10 އިން ފަތިހު 5 އަށެވެ.
އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނީ ނޫސްވެރިން އެ މީހުންގެ ޒިންމާ އަދާކުރުމަށް، އަމިއްލަ ވެހިކަލްގައި އުޅުމުގެ ހުއްދަ، ފުލުހުންނާއި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެ ކައުންސިލަށް ދީފައިވާ ކަމަށެވެ. އެކަމަކު މަސައްކަތުގެ ޒިންމާގެ ވަގުތު ފިޔަވައި، އެހެން ގަޑިތަކުގައި، އަމިއްލަ ޒާތީ ކަންކަމުގައި ގެއިން ބޭރަށް ނިކުތުމުގައި އަމަލު ކުރަން ޖެހޭނީ އެހެން މީހުންނެކޭ އެއްގޮތަށް ކަމަށް އެމްއެމްސީން ބުންޏެވެ.
ކޮވިޑް-19ގެ ހަބަރުތައް އާއްމުންނަށް ގެނެސްދިނުމަށް ނޫސްވެރިން ކުރާ ބުރަ މަސައްކަތަށް އެމްއެމްސީން ވަނީ ޝުކުރުއަދާކޮށްފަ އެވެ.
ކޮވިޑް-19އިން ރައްކާތެރިވުމަށް، ހާއްސަ ފިޔަވަޅުތައް އިއުލާންކޮށްފައިވާ ގަޑީގައި ނޫސްވެރިން ޒިންމާ އަދާކުރުމުގައި ދަތިތަކެއް އުޅޭނަމަ އެ ކޮމިޝަނަށް ގުޅުމަށް އެތަނުން އެދެ އެވެ.
ރޭގަނޑު އަށަކުން ފެށިގެން ވެހިކަލް ދުއްވުން މަނާ ކުރުމާއެކު، އާއްމުން ދަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރާ މީހުން ބުނާގޮތުގައި އެއްގަމު އުޅަނދުތައް ދުއްވުން މަނާކުރުމުން ކުދި ވިޔަފާރިތައް އިތުރަށް އިނދަޖެހި އާއްމުންގެ އެތައް ބަޔަކަށް ތަކުލީފަކަށް ވެގެންދާނެ އެވެ. އެކަމަކު އެޗްޕީއޭން ބުނީ ވެހިކަލް ދުއްވުން މަނާކުރީ، އެ ބަލި އެންމެ ބޮޑަށް ފެތުރޭކަމަށް ރިކޯޑުކުރެވިފައިވާ ޒުވާނުންގެ އިޖުތިމާއީގެ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާ ވެސް ބޮޑަކަށް ހުއްޓުވަން ކަމަށެވެ. ރާއްޖެއިން މިހާތަނަށް 6،660 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން 26 މީހުން ވަނީ މަރުވެފަ އެވެ. ބަލިން 4،148 މީހުން ރަނގަޅުވެފައި ވެ އެވެ. އެހެންވެ މިވަގުތު ފަރުވާ ދެމުން އަންނަނީ 2،486 މީހުންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަމް ބާއީ
23 August 2020
މަބުރޫކުބޭ މިހާރު ނުފެންނާތީ ވަރަށް ދެރަވޭ.
ސްޓާފުން
23 August 2020
ޜޭގަނޑު 8 ކުން ވެ ހިކަލް ދުވުން މަނާކުރީމަ 11 30 ހައް ދަންވަރު ޑިއުޓީ އައްދަނީ ކި ހުނެތްތޯ؟ ޙެންވޭރު ނުވަތަ ހުޅުމާލެ އިން( އައި ޖީ އެމް އެޗް) ދާމީ ހުން ކި ހިނެތް ހަދާނީ ހަމަ ޔަގީނުން ވެސް ވެ ހިކަލް ހަމަ ނުޖައްސަ ދޭނެ
ކިނބޫ
23 August 2020
ހެޔޮފުޅުކަމާއެވެ. އަރައިރުން ވެގެން ނޫނީ މިވަރުވެސް ކުރާކަށް ނޭނގުނު.
ވައިސޫރި
23 August 2020
ނޫސްވެރިންނައް ހުއްދަދީފާ ވަޒީފާ އަދާކުރާ މީހާއައް ހުއްދަނުދެނީ ހަމަހަމަކަން ގެއްލުވާލުމައް ކަމައްފެނޭ މިހެންވީމާ ނިކުންނަ މައްސަލަތައް ބޮޑުވާނެ ނޫސްވެރިކަންކުރުމާ ވަޒީފާއަދާކުރުމަކީވެސް ދިރިއުޅުމައްކުރާ މަސައްކަތް ވީމާ ތަފާތުނުކުރައްވާ އެންމެންނަކީވެސް ހަމަހަމަ ބައެއްކަމައް ގާނޫނުގާ ލިއެފާ އޮންނަކަމައް ބުނާއަޑުވެސް އިވިވަޑާގަންނަވާނެ ނޫންތޯ
މުލޭ
23 August 2020
ލޮކްޑައުމަށް ފަހު ދެވުނު ލުޔާއެކު އެޅި ފިޔަވަޅުތަކުން ނަތީޖާ ނުފެނުމުން ފިޔަވަޅުތައް ހަރުކަށި ކުރަން މަޖުބޫރުވޭ. ފުލް ލޮކްޑައުނަކަށް ނުގޮސް ހިފަހައްޓާލެވޭނީ ހަރުކަށި ފިޔަވަޅުތަކުން. ލޮކްޑައުނަކަށް ގޮސްފިނަމަ މާބޮޑަށް އުނދަގޫ ވާނެ. ކެތްތެރިވޭ. ވެކްސިނެއް އަތުޖެހެންދެން ހިފަހައްޓަންޖެހޭ.
މިހާފީ
23 August 2020
ރަނގަޅު! ދެން ދެކޮޅަށް ލިޔަން ޖެހިލުންވާނެ ކަމަށްތަ ތިޔަ ދެކެނީ؟ ބަލަ ނޫސްވެރިން ބައެއްގެ ދަށު ނުވާނެ!
ބޮޓު އަމީން
23 August 2020
އަނެއްކާވެސް އަނެއް ސަކަރާތް ޖަހަނީ މަގުމަތި ހުސްވެފައ އޮންނަ ތަނުގެ ފޮޓޯނެގުން މިއީ މާ މުހިއްމު ކަމަކީތޯ. ފުރަބަންދު ކޮށްފަވެސް ފާސްދޫނުކުރާ މީހަކު ނެތް އެންމެނަށް ފާސްދީފަ. ނޫސްވެރިންވެސް ދުވާލު މަސައްކަތް ކުރީމަ ނިމުނީ މިނެޓުން މިނެޓަށް ކަންކަން ނުގެނެއަކަސް ވެދާނެ