ބީއެމްއެލްގެ އޭޓީއެމްތަކެއް: ގޮތް ނޭނގޭ ފައިސާގެ މުއާމަލާތް ހިނގާފައި ވަނީ އެ ކުންފުނީގެ މައްސަލައަކާ ހެދި އެއް ނޫން -- ފޮޓޯ: ބީއެމްއެލް
06 ސެޕްޓެމްބަރ 2020 - 13:42
ގޮތްނޭނގޭ އީމެއިލްތަކެއްގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމަރުންގެ އެކައުންޓްތަކުން ނުބައި މުއާމަލާތްތަކެއް ހިނގައިފި ކަަމަށް ބީއެމްއެލް އިން މިއަދު ބުނެފި އެވެ.
ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓްތަކުން ނުބައި މުއާމަލާތްތަކެއް ހިނގައިވާ ކަމަށް ސޯޝަލް މީޑިއާގައި ދައްކަމުން އަންނަ ވާހަކަތަކާ ގުޅިގެން ބީއެމްއެލް އިން ބުނީ އެއީ އެ ބޭންކުގެ ސިސްޓަމުން ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ، ބޭރުގެ ވެބްސައިޓްތައް މެދުވެރިކޮށް ބީއެމްއެލްގެ އެކައުންޓްތަކުން ނުބައި މުއާމަލާތުތަކެއް ކޮށްފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެ އެކައުންޓްތަކުން ފައިސާ ކެނޑިފައިވާ ކަމުގެ ޝަކުވާ ވެސް ހިމެނެ އެވެ. ނުބައި މުއާމަލާތްތަކެއް ކޮށްގެން، އެކައުންޓުން ފައިސާ ކެނޑިފައިވާ ނަމަ، "ޓްރާންސެކްޝަން ޑިސްޕިއުޓް" ފޯމު ހުށަހަޅަން ބީއެމްއެލް އިން ވަނީ އެދިފަ އެވެ.
މިފަދަ މައްސަލަތައް އާންމުކޮށް ދިމާވަނީ މީހުންގެ ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުގެ މައުލޫމާތު ވަގަށް ހޯދައިގެން، މީހުންގެ އެކައުންޓްތަކުން ފައިސާ ކަނޑާތީ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. އަދި ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުގެ މައުލޫމާތު ނުލިބުމުން، އެ ފަދަ މީހުން ޓާގެޓް ކުރަނީ އެ ކާޑުތަކާ ގުޅިފައިވާ ޕޭޕަލް ނުވަތަ އެމެޒޯން ފަދަ އޮންލައިން ޕްލެޓްފޯމްތަކާ ކަމަށާއި އެ މައުލޫމާތު ހޯދަން ސައްހަ ނޫން ވެބްސައިޓްތަކުން އީމެއިލް އާއި ލިންކު ފޮނުވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. އެ ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް އެ މީހުން ކުރުމުން، އެކައުންޓުން ފައިސާ ކަނޑާފައިވާ ކަމަށް ދައްކާނެ އެވެ.
"ގޮތް ނޭނގޭ އީމެއިލް އަދި ކާކުކަން ނޭނގޭ ފަރާތްތަކުުން ފޮނުވާ އީމެއިލް އަށް ޖަވާބު ނުދެއްވުމަށާއި މިފަދަ އީމެއިލްތަކުގައި ހުންނަ ލިންކުތައް ބޭނުން ނުކުރުމަށް ކަސްޓަމަރުންނަށް ތަކުރާރުކޮށް އިލްތިމާސްކުރަން،" ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން ބައެއް އެކައުންޓްތަކުން ހޯލްޑްވެފައި ހުރި ފައިސާ ކަސްޓަމަރުންނަށް އެސްއެމްއެސް އެއް ފޮނުވުމަށް ފަހު މީގެ ދެ ދުވަސްކުރިން އެކައުންޓުން ކަނޑާފައިވާނެ ކަމަށް ވެސް ބޭންކުން ބުނެ އެވެ.
"ބޭންކް އޮފް މޯލްޑިވްސްގެ ބައެއް ކަސްޓަމަރުންގެ އެކައުންޓުން ކޮށްފައިވާ ބައެއް މުއާމަލާތްތަކަށް ނުކެނޑި ހުރި ފައިސާ ކެނޑުމުގެ ކުރިން ސެޕްޓެމްބަރު 4ގައި އެސްއެމްއެސްއެއް ވާނީ ފޮނުވިފައި،" ސައީދު ވިދާޅުވި އެވެ.
"ބޭންކުން ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ކަނޑާފައިވާނީ މި މުއާމަލާތްތަކަކީ ކަސްޓަމަރުން ހަދާފައިވާ މުއާމަލާތްތައް ކަމާއި އެކައުންޓުން އެ ފައިސާ މީގެ ކުރިން ކެނޑިފައިވާ ނުވާކަން ކަށަވަރުކޮށްފައި. މި މުއާމަލާތްތައް އެކައުންޓުން ދެ ފަހަރު ކެނޑިފައެއް ނުވާނެ. ކަސްޓަމަރުންނަށް އެކައުންޓުން ކެނޑިފައިވާ މުޢާމަލާތުގެ ތަފްސީލް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބަލައިވެސް ލެވޭނެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
08 September 2020
ނެޝަނަލް އިންޓެލިގެންސް މައްސޫލިއްޔަތުގައި އުޅުއްވާ މަސްއޫލް ވެރިންނާއި އެވެރިންގެ އެންމެ އިސް ވެރިޔާއަށް ދަންނަވަމެވެ. ރާއްޖޭގެ ސަރުކާރުގެ އިންޓަރނެޓް އާއި ނުގުޅި ދައުރުވާ ރައްޔިތުންގެ މައުލޫމާތާއި،އިންޓަރނެޓް އާއި ގުޅިގެން ފޯރުކޮށްދެވޭ ހިދުމަތްތަކުން"ނުކިއްސަރު"ސައިބަރ ކްރައިމް،މަނީލޯންޑަރިން،މިޒާތު ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގައި ރައްޔިތުންގެ ހައްގުތަށް އޮޅުން ބޮޅުން ވާވަރު މައްސަލަ ދިމާވީމާ ތާޑްޕާޓީ މެދުވެރިކޮށް ސިސްޓަމް އޮޑިޓް ކޮރަންޖެހޭ
ބޯގަޅި
07 September 2020
ތިވަރު ބެންކެއްގަ ފައިސާބަހަެްޓާނީ ކިހޮނެއްތޯ؟. ފައިން އެރިއްޖޭ އެކަމަކު ކާކުގެ ފައެއްކަމެއް ނޭގެޔޭ.... ލަދު.
މޭރީ
07 September 2020
މަގޭ އެކައުންޓުން އެބައިން އެމެޒަން ޕްރައިމް އަށް 3 ފަހަރު ކަނޑާފަ. މައްސަލައެއް ދޯ. ބޭންކުން ކިހިނެއްތަ ހަދަނީ؟
ކަދުރޭ.
08 September 2020
އެމެޒަން ޕްރައިމް އަށް ސަބްސްކްރައިބް ކޮަށްފައިނީމަ ކޮންމެމަހަކަު ކަޑާނެ
އަހުމަދުއަލޯ
07 September 2020
ހެހެހެހެ. ބޭންކުން އެބަހުރޭ އަހަރު ދެއަހަރު ވަންދެން ލާރި ނުކަނޑާ ބަހައްޓާފަ ސެޓްލްމެންޓް ނަހަދަޔޭކިޔާފަ. ދެން ކުރިން ރޭ ދަންވަރު މެއިންޓެނަންސް މަސައްކަތެއް ކުރަން އުޅެނިކޮށް އަންޒަމާނުކަރައަށް ވައިޖެހުން ދުވަސްވަރު ހަދާފަ ހުރި ޓްރާންސެކްޝަންތައް ޕްރޮސެސްވެގެން އެއުޅެނީ. ބަލަގަ ދިވެހި ބެންކަށްވުރެ އޮންލައިން ސެކިއުރިޓީ މާވަރުގަދަ އަހަރެމެން އޮންލައިންކޮށް ވިޔަފާރިކުރާ ވެބްސައިޓުތައް. އެތަނަކުން ވިއްސަކަށް ފަހަރު ނުކަނޑާނެ.
ޝުޖާއު
07 September 2020
އަހަރެންނަކީ ބޭރުގެ އެއްވެސް މުއާމަލާތެއް ކުރާ މީހެއް ނޫން. އެކަމަކު ވޭލާއިން އަހަރެން ގަން އެއްޗިއްސަށް ދެ ފަހަރަށް ފައިސާ ކެނޑި. އެއީ ވިޔަފާރި ކުރިތާ 25 ދުވަސް ފަހުން. އަދި އެ އަދަދު އަލުން ޖަމާކޮށްފައި ވެސް ހުރީ.
ޒުވާންވާންވާނެ
07 September 2020
މީ ހަމަ ބޭންކުގަ އުޅޭ މުވައްޒަފުން ގުޅިގެން ހިންގާ ޖަރީމާ.....ބީ އެމް. އެލް ގަ އެކަނި މިހެން މިމައްސަލަ ދިމާވާންވީ ކީއްވެ؟
ބައިރޯ
07 September 2020
މަށައް މިއާޓިކަލް ކިޔައިގެން ހަނަ އެއްވެސް އެއްޗެއް އޮޅުން ނުފިލި،
މަރޭމިރުތާ
06 September 2020
އަދިވެސް ކަސްޓަމަރުން ބޮލަށް ކަނޑާލަނީ! ހަމަ ސީދާ އެތެރެއިން ހިންގާ ކަންތައްތައް! ކާޑުގެ މަޢުލޫމާތު ނުދޭ، އަދި ޕޭޕާލް ފަދަ ވަސީލަތްތައް ބޭނުން ނުކުރާ ކިތަންމެ ބައެއްގެ އެކައުންޓުން އެބަހުރި ކަނޑާފަ! ދެން އެތައް ދުވަހެއް ކޮށްފަ މި އަޕްޑޭޓް ކުރަނީ، އޭރުން ނުފެންނާނެތާ!
ދޮންކެޔޮ
06 September 2020
ވަރަށް ގިނަ ޓްރާންސެކްޝެންތަށް ވަރަށް ގިނަދުވަހު ޕެންޑިންގަ ހުރޭ. އެކައުންޓުން އެއަމައުންޓް އިންނަނީ ކެނޑިފައި. އެހެންއިދެފަ މާފަހުން ސްޓޭޓްމަންޓުން ފެންނަނީ.. އެހެންވީމަވެސް ބައެއްމީހުނަށް އޮޅޭ.
އާދަނު2
06 September 2020
ހުރިހާ ޓްރާންޝެކްސަނެއް ހިގަނީ އެމީހާ ގެ ފޯނަށް އޯޓީޕީ އައިސް އެޕްރޫވް ކުރީމަ.
އާދަނު3
07 September 2020
ނޫނޭ އާދަނާ! ބައެއް އޮންލައިން ޕްލެޓްފޯމްތަކުން، ޚާއްސަކޮށް ބޭރުގެ ވެބްސައިޓްތަކުން، ކާޑުގެ މަޢުލޫމާތު ޖަހައިގެން އޯ.ޓީ.ޕީ އަކާ ނުލައި ޓްރާންޝެކްނަން ކުރިއަށް ގެންދެވޭނެ. އެއީ ކޮންމެހެން ގޯހެއްވެސް ނޫން.