10 ސެޕްޓެމްބަރ 2020 - 20:27
ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގާ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުގެ ލަވަ މިއަދު ލޯންޗް ކޮށްފި އެވެ.
މި ލަވައިގައި ރާއްޖޭގެ ކޮވިޑްގެ ހާލަތާއި އާއިލާތައް ތަހައްމަލް ކުރަމުންދާ ވޭނާއި ކެކުޅުން ގެނެސްދީފައި ވެ އެވެ. އަދި ރާއްޖޭގެ އިގުތިސާދަށް ދިމާވެފައިވާ ހީނަރުކަމާއި، ކޮވިޑްގެ މި ހާލަތުގައި ސިއްހީ އެހީތެރިން ވަމުންދާ ގުރުބާނީ އާއި އެކި އިދާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާއި "ގައުމުގެ އިހުސާސް" ވަރަށް ފުރިހަމައަށް ގެނެސްދީފައި ވެއެވެ.
މި ލަވަ ލޯންޗް ކޮށް ދެއްވީ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދެވެ.
މުހައްމަދު އާމިރު އަހުމަދު (ފަރެސް އާމިރު) ހައްދަވާފައިވާ މި ލަވަ، ކިޔާފައި ވަނީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ. ލަވައިގެ މިއުޒިކު ހެދީ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
11 September 2020
ކޮވިޑްގެ ތޮފި އަޅައިގެންވެސް އެތައް ބަޔަކު އެތައް ފައިދާއެއް ނަގައިފި!
ޖަރީ
11 September 2020
ލަވަ ކަމަކު ނުދޭ. ފުރަތަމަ ލަވައިގެ ފެށުންވެސް ގޯސް ، ހާއްސަ ކޮށް "ލެޔާކަރުނަޔާ" މިބަސް ކަމަކުނުދޭ "ލޭ" އަންނާކަށް ނުޖެހޭ. މިއުޅެނީ ތަފާތު ހާދިސާއެއް ، ބަޑި ޖަހާ ނުވަތަ އެފަދަ ކޮންމެސް ގޮތަކަށް ބަޔަކު މަރާގެނެއްނޫން މިއުޅެނީ. ރާގު ވެސް ކިޔުން ވެސް ހަޑި. ވަރަށް ބޭކާރު. އަޑުއަހާލާ ހިތެއްނުވޭ.
ފާރަގެމަ
11 September 2020
ފުރަތަ މަ ހުއްޓުވަންވީ މިކަހަލަ ބޭކާރު ހަރަދު
ކޮތަރު
11 September 2020
ހާދަ ލަވައެއް ހުރޭ ތިރާގަށް ކިޔާފަ... ތިދެން ލަވައެއްތަ..!!؟؟ އާ ރާގަކަށް ލަވައެއްކީނަމަ ކަމުދާނެ.
ރަޔާން
11 September 2020
ކޮވިޑު އެއީ މީހެއްތަ ނުރުހުމުގެ ލަވައެއް ކިޔާލީމަ ރަކިވެގެން ގަންނާކުރެއްވި ލަދުން ފިލަިގެން އުޅެން؟ ބޭކާރު ޙަރަދުތަކާއި ކަންތައް މިހާލަތުގަވެސް ކުރެވޭތޯބަލަނީ. ކިތައް ލަވަ މިވީތަނަށް ހަދައިފި؟ ކޮންކަމެއްވީ؟
ރަބަރު
11 September 2020
ލަވަޔަކީ ބައްޔެއް ހުއްޓުވޭ އެއްޗެއްނޫން. އެކަމަކު ލަވައަކީ އިންސާނާގެ ނަފްސަށް ވަރަށް ބޮޑުއަސަރެއް ފޯރުވާއެއްޗެއް. އެހެންކަމުން ލަވަ އިވުމުން އަދި މިފަދަ ހިތާމަވެރި ރާގަކަށް ލަވަކިޔާފަވުމުން ކިތަންމެ ބަޔަކަށް އަސަރުކޮށް ބަލި ފެތުރުން ކުޑަކުރަން ކުރެވެން އޮތްކަމެއް ކުރާނެކަމަށް ބެލެވޭ. ލަވައިގެ މަގްސަދަކީވެސް މިއީކަމަށްވެދާނެ. ބައެކަހަލަ ބުރަ މަސައްކަތް ކުރާއިރުވެސް ޖޯޝާ ފޯރި އުފައްދަން ލަވަކިޔާ.
ތިރަށުއައްމަޑޭ1257
11 September 2020
ކިޔާފަ އިނީ ކާކުތޯ މި ބަލާލީ..ޓެސްޓަކަށްވެސް އަޑުއަހާ ކަހަލައެއް ނޫން.
އަލްފާ
11 September 2020
ބަލާތި އަބަދުވެސް ނަހީ ކުރައްވާފަވާކަމެއް ކޮއްލެވޭތޯ.
އަހުމަދުއަލޯ
11 September 2020
ލަވަޔަކުން ހުއްޓުވޭނަމަ ހުއްޓިފަ މިހާރު އޮންނާނީ.
މަހޭ
10 September 2020
ތިލަވަ ކީމަ ދެން ކޮވިޓް ނުޖެހޭނެ.