މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުންގެ މުއްދަތު އަންނަ ޑިސެމްބަރުމަހު ހަމަވާތީ އެ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.


ހޯމް މިނިސްޓްރީގެ އިއުލާނެއްގައި ބުނީ އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލީ އެ ކައުންސިލްގެ 13 މެމްބަރެއްގެ މަގާމުގެ މުއްދަތު ޑިސެމްބަރު 11 ގައި ހަމަވާތީ ކަމަށެވެ.

އެމްއެމްސީގެ މެމްބަރުންނަކީ މީޑީއާތަކުން އިންތިހާބުކުރާ ބައެކެވެ. އެމަގާމުތަކަށް ކުރިމަތިލާން ހޯމް މިނިސްޓްރީން މިއަދު ހުޅުވައިލި ނަަމަވެސް އިންތިހާބު ބާއްވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

އެމްއެމްއެމްސީ އަކީ މީޑިއާތައް ރެގިއުލޭޓްކުރަން އުފައްދާފައި އޮންނަ ކައުންސިލެކެވެ. އެކައުންސިލް އޮވެފައި އޭގެ އިތުރުން މޯލްޑިވްސްް ބްރޯޑްކާސްޓިން ކޮމިޝަންވެސްް އޮތުމަކީ މުހިއްމު ކަމެއް ނޫން ކަމަށް ބުނެ އެ ދެ މުއައްސަސާ އެއްކޮށްލާ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް މިހާރު އޮތީ ހުށަހަޅައިފަ އެވެ.

އެ އިސްލާހަށް ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މީޑިއާ ތަކުގެ ވެރިންނާ މިދިޔަ އަހަރު މަޝްވަރާކުރި އެވެ. ދެ މުއައްސަސާ އެއްކޮށްލަން މީޑިއާތަކުން އޭރު ތާއީދު ކުރި އެވެ.