ލޮނުޒިޔާރަތްކޮޅުގައި ހަދާފައިވާ ޕާކު: އެތަން ނުހުޅުވި ލަސްވަނީ ކޮވިޑް-19އާ ހެދި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނޭ.
14 ސެޕްޓެމްބަރ 2020 - 12:43
ލޮނުޒިޔާރަތްކޮޅުގެ ހިތްގައިމު ބަގީޗާ ނިމިފައި ވިޔަސް އެތަން ނުހުޅުވާ ލަސްކުރަނީ ކޮވިޑް-19 ގެ މި ހާލަތުގައި ގިނަ ބަޔަކު އެއްތަންވާ ގޮތަށް ހުޅުވާފައި ބެހެއްޓުން ރަނގަޅު ކަމަކަށް ނުވާނެތީ ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
މާލެ އާއި ހުޅުލެ ގުޅުވާލި ސިނަމާލެ ބްރިޖުގެ ހިތްގައިމުކަމުގެ ތެރެއަށް ފެހިކަން ގެނެސްދިން ބަގީޗާ ހުޅުވަން ސިޓީ ކައުންސިލުން ވަނީ ތާރީޚްތަކެއް ދީފަ އެވެ. އެކަމަކު އެންމެ ފަހުން ދިން ތާރީޚުގައި ވެސް ޕާކެއް ނުހުޅުވަ އެވެ.
ޝިފާ ވިދާޅުވީ ބިޔަކޮށް ހެދޭ ގަސްތަކާއި އެކި ވައްތަރުގެ މާ އަޅާ ގަސްތައް އިންދާފައިވާ ބަގީޗާގެ އެންމެ ބުރަ މަސައްކަތަކަށް އޮންނާނީ ބެލެހެއްޓުން ކަމަށެވެ. ޕާކު ހުޅުވާއިރު އެކަމަށް ތައްޔާރުވެފައި ތިބެން ޖެހުނަސް، އެކި މަސައްކަތްތަކުގައި އުޅޭ ސިޓީ ކައުންސިލް މުވައްޒަފުންނަށް ވެސް އޮތީ ކޮވިޑް-19 ގެ ބިރު ކަމަށް ވިދާޅުވި އެވެ.
ސިޓީ ކައުންސިލްގެ ފަސް މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ މިހާރު ވެސް ތިބީ ފެސިލިޓީތަކުގަ އެވެ.
"މި ހާލަތަކީ ގިނަ ބަޔަކު އެއްތަންވާނެ އެއްވެސް ކަމެއް ކުރަން ރަނގަޅު ވަގުތެއް ނޫން. އެހެންވެ، ޕާކު ހުޅުވުން އަޅުގަނޑުމެން ލަސްކުރީ،" ޝިފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހާލަތު ރަނގަޅުވުމާ އެކު ބަގީޗާގެ ހިތްފަސޭހަކަން އާއްމުންނަށް ދޫކޮށްލާނެ އެވެ.
ސިނަމާލެ ބްރިޖްގެ މަސައްކަތް ނިމުނު އިރު ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައި އޮތް މި ހުސްބިން ޕާކަކަށް ތަރައްގީކުރަން ފެށި މިދިޔަ އަހަރު މެދުތެރޭގަ އެވެ. ހިޔާ ދޭ ބޮޑެތި ގަހާއި ރުކާއި މާމެލާމެލި ހައްދައި ފެންގަނޑެއް ވެސް ހިމެނޭ ގޮތަށް ތަރައްގީކޮށްފައިވާ ޕާކާ އެކު ބްރިޖު ސަރަހައްދަށް ވަނީ އިތުރު ފުރިހަމަކަމެއް ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑް
14 September 2020
މިހާލަތުގަ މުޅި މާލޭ ގަ ދެފައި ދޭތެރެ ވަރު ތަން ތަން ކޮޅުގަ ބަގުލާދޭސް މީހުންނަށް ވިޔަފާރި ކުރެވެއެއްނު.
ރުޒައިނާ
14 September 2020
ތި ދެން ޕާރކެއްތަ؟ ރަސްރަނި ބަގީޗާ ހަދަންވެސް ތިޔަހާ ދުވަހެއް ނުނަގާ. ޝިފާމެން ދެ ރުއް އިންދާފަ ވިނަ ކޮޅެއް ހައްދާލަންވެސް 2 އަހަރު.
ރަބަރު
14 September 2020
އެއްވެސް ބަޔަކަށް ހުރިހާ މީހުން ނުރުއްސޭނެ.
ސަމީރޫމ
14 September 2020
ތިތާ އިންނާނެ 2 މިލިއަން ރުފިޔާ އަށް ހަދާފަ އިން 4 ފޫޓުގެ ޕަބްލިކް ޓޮއިލެޓް އެއް. ޒީރޯ ޑިގްރީ ޓަޮލަރެންސް ކޮށް. ހެހެ
ދޮންތި
14 September 2020
ކައުންސިލް އިންތިހާބަށް ދޮންކުރަނީ އުތަ ކިތައްމެ ދޮންކުރިއަސް ވެރީ ސޮރީ
ސޮބުރީ
14 September 2020
ތިޔަތަން ބަންދުކޮށްފާ ބެހެއްޓުމުން ބަލަހައްޓަން ފަސޭހަވާނެ.. ރަނގަޅު ނިންމުމެއް
ހަސަނު
14 September 2020
މަށަށް އެނގެ..
އެމީހ
14 September 2020
ތިތަން ހުޅުވާގެން ނޫންތަ މީސްމީހުންގެ އުފަންދުވަސް ފާހަގަކުރީ. ނުހުޅުވަމޭ އަނެކެއްޗެކޭ ކިޔާނަކަމެއް ނެތް. އެވެސް ކޮރަޕްޝަން
ޖާބިރުގެ ދަރިކަނބަލުން
14 September 2020
މިހާލަތުގައި ރައްޔިތުން އަތް ދޮންނަން ބައިތިއްބަވާފަ ކޮރަޕްޝަން ހިންގޭ އެކަމަކު ޕާކެއް ނުހުޅެވޭ އަޖައިބެއްނުން ތިދެން!!
ކޮރަލް
14 September 2020
ބަހާ އަމަލާ ދިމައެއް ނުވެ އެވެ. އަދި ވެސް މިލިއަނުން ހަރަދު ކުރަނީ އެވެ. ހުއްޓަ އެއް ނުލައެވެ. މިހާރު ހޮޅިތައް ޖަހާ ވެލްޑިންގް ކުރަނީ އެވެ. ތިޔައީ ޖަލެއް ނޫނެވެ.