ގިނަ ޖަނަރޭޓަރުތަކަކާއެކު ކޮޅުވެއްޓި ފަރަށް އަރާފައި: މުދާތައް ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން
19 ސެޕްޓެމްބަރ 2020 - 10:25
އުތުރުގެ ބައެއް ރަށްތަކަށް ފެނަކައިން ފޮނުވި ޖަނަރޭޓަރާއި މުދަލާއެކު ދަތުރު ކުރި ކޮޅުވެއްޓިއެއް ފަރަށް އަރާފައި އޮންނަތާ ހަ ދުވަސް ވެއްޖެ އެވެ.
ހއ. އިހަވަންދު އާއި އެ އަތޮޅު ފިއްލަދޫގެ އިތުރުން ދިއްދުއަށް ފޮނުވި ޖަނަރޭޓަރާއި އެހެން ބައެއް ރަށްތަކަށް ފޮނުވި ކޭބަލާއި ރޭޑިއޭޓަރާއެކު ކޮޅުވެއްޓީގައި ހުރި މުދާތަކުގެ އަގު 13 މިލިޔަން ރުފިޔާ އަށް އަރަ އެވެ. ކޮންޓްރެކްޓަށް ބަޔަކާ ހަވާލުކޮށްގެން، މި މަހުގެ ނުވަ ވަނަ ދުވަހު ފުރި އެ އުޅަނދު، ހއ. ފިއްލަދޫ ކައިރީގައި އޮތް ފަރަކަށް އެރީ މިދިޔަ ހޯމަ ދުވަހު އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ސައީދު ވިދާޅުވީ ކޮންޓްރެކްޓަށް މަސައްކަތަށް ހަވާލުވި މީހުންގެ ޒިންމާއަކީ މުދާތައް ރަށަށް ފޯރުކޮށްދިނުން ކަމަށާއި އެހެންވެ، އުޅަނދު ފަރަށް އެރުމުން އެ ފުންކުރުމުގެ މަސައްކަތް އެ މީހުން ކުރި ކަމަށެވެ. އެކަމަކު ހަ ދުވަސްވީ އިރު ވެސް އެ މަސައްކަތް ކާމިޔާބު ނުވި ކަމަށް އޭނާ ވިދާޅުވި އެވެ.
ފަރަށް އެރި ކޮޅުވެއްޓީގައި ހުރި މުދާތައް، އެމްޓީސީސީގެ އެހީގައި ފެނަކައިން ސަލާމަތް ކުރަނީ
"އެ މީހުން އުޅަނދު ފުން ކުރަން އުޅެ، އެކަން ނުވީމަ އަޅުގަނޑުމެންނަށް އެންގީ. އެހާ ހިސާބުން އަޅުގަނޑުމެން އެމްޓީސީސީގެ އުޅަނދެއްގެ އެހީގައި މުދާތައް ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ވާނީ ފަށާފައި،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އުޅަނދު ފަރަށް އަރާފައި އޮންނަތާ ގިނަ ދުވަސްތަކެއްވި ނަމަވެސް މިހާތަނަށް އެއްވެސް މުދަލަކަށް ގެއްލުމެއް ނުވެ އެވެ. އަދި އުޅަނދުގައި ހުރި މުދާތައް އެމްޓީސީސީން ނަގަމުން އަންނައިރު، މިއަދު އެ މަސައްކަތް ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ޖަނަރޭޓަރަކަށް ނުވަތަ އެހެން މުދަލަކަށް ވެސް ގެއްލުން ނުވާތީ އަޅުގަނޑުމެން މި ގަބޫލު ކުރަނީ އެ ރަށްތަކުގައި ޖަނަރޭޓަރުތައް ބެހެއްޓުމުގެ މަސައްކަތް ދެން ލަހެއް ނުވާނެ ކަމަށް،" ސައީދު ވިދާޅުވި އެވެ.
ރަށްރަށުގެ ކަރަންޓު ފެންވަރު ރަނގަޅު ކުރުމަށް ފެނަކައިން އަންނަނީ މި ފަހުން، ގިނަ ރަށްތަކަކަށް ޖަނަރޭޓަރުތައް ފޯރުކޮށްދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރުހީން
20 September 2020
އެކަމަކު ތި ކޮޅުވެއްޓިއަށް ރާޅު އަރަމުންދާ މަންޒަރު ފެންނަ ވީޑިއޯ އެއް އެބަދައުރުވޭ..ވޯޓާ ޕްރޫފް ޖަނެރޭޓަރތޯ އޭގަހުރީ.އަދި އޭގަ ހުރި ރޭޑިއޭޓަރތަކާ ކޭބަލްތައްވެސް ހުރީ ފެންނަ ނުވަންނަހެން ވޯޓާ ޕްރޫފް ކޮށްފަތޯ؟
ނަޝީދު.
19 September 2020
ގޯސްވާނީ ސަރުކާރު
އިބް
19 September 2020
އަންނި ސަރުކާރުގައިވެސް މިސަކަރާތްޖެހި. ރޯމާ ދުވާލުގައި ދައުލަތް ދަވާ ހުސްކުރަނީ.
ސަވާރީ
19 September 2020
ކިތައް ކޮޅުވެއްޓި ފަރަށް އަރައިފި މި އަހަރުވެސް. ތި ކޮޅުވެއްޓިތައް ދުއްވަން ތިބެނީ އެއްވެސް ތަޖުރިބާ އެއް ނެތް ބައެއްތަ؟ މިރާއްޖޭގައި އެހެން އުޅަނދުފަހަރު ވެސް ދުއްވާ މަދު ފަހަރަކު ފަރަށް އަރަނީ. ގިނައިން ފަރަށް އަރާކަން ފާހަގަ ވަނީ އަބަދުވެސް މާލެއިން ބަލްކުކޮށް މުދާ ހިފައިގެންދާ ކޮޅުވެއްޓިއެއް ނޫނީ ކޮންޓެއިނަރ އުފުލާ ދޯންޏެއް. މިކަން ޓްރާންސްޕޯޓް އޮތޯރިޓީއިން ބަލަންވެއްޖެ.
އަހުމަދު3333
19 September 2020
އެފަރައްވި ގެެއްލުން އެކުންފުނިން ދައުލަތައް ނަގަންޖެހޭނެ.. އަދި އެފައިސާ މާލެއަށް ޖަމާނުކޮށް ކައިރި ރައްތަކުގެ ތަރައްގީއަށް ހޭދަކުރޭ..
ދޮށީކޮއި ޢަލީގެ މުޙައްމަދު
19 September 2020
ތިފައިސާވެސް ދޭނީ އެކޮންޓްރެކްޓަރަށް މަސައްކަތް ކުރާނީ އެމްޓީސީސީން
ޒުވާނާ.
19 September 2020
ތިގޮތަކައް ނޫން މުދާ ގެންދާނީ މުދާ ގެނެސް ކުޅުދުއްފުށި ސަރަހައްދީ ބަނދަރައް ރައްކާތެރިކަ މާއެކު ބޭލު މައްފަހު އެރަށަކައް ގެންދަން ޖެހޭ އެއްޗެއް އެރަށަކައް ވަކިން ގެންދާނީ އޭރުން ހުރިހާ މުދަލެއް އެއްފަހަރާ ހަލާކުނުވެ ރައްކާތެރި ކަ މާއެކު މުދާ ރައްޔިތުންނައް ފޯރުކޮއްދެވޭނެ
ވަގު ކަދުރު
19 September 2020
ޒުވާނާގެ ސިކުނޑިއަށް އިތުރުކޮއްލާ! ޢެއެއްޗެއް އުފެންދި ކުއްފުނިން އެރަށަކަށް ބޭނުންވާއެއްޗެއް ފޮނުވައިދިނުމާއި އިންސްޓޯލްކުރުން ޒިއްމާކުެުވައި އެގްރިމެންޓު ހެދިނަމަ.....؟
ޕޮގުބަ
19 September 2020
ރައީސްޔާމީންގެ ވެރިކަމުގަ ފައިސާދައްކާ ނިންމާފަހުރި ޖަނަރޭޓަރ ތަކަށްވީ ގެއްލުމުގެ ޒިންމާ މިސަރުން ނަގަން ޖެހޭނެ
ރަބަރު
19 September 2020
އެއްވެސް މުދަލަކަށް މީހަކަށް ގެއްލުން ނުވިކަމީ ނަސީބެއް.
އިބްރާހިމް އަހުމަދު
19 September 2020
އަނެއްކާ ކޮންޓްރެކްޓަށް މަސައްކަތަށް ހަވާލުވި މީހުންގެ ރޭވުމެއްގެދަށުން، ސަރުކާރަށް ގެއްލުމެއްދޭން، ރައްޔިތުން ރުޅިއަރުވަލަން ކޮއްލިކަމެއްބާ؟ ވަރަށްހީވޭ!
ރާއްޖެ
19 September 2020
މި ސަރުކާރު ވެސް އޮތީ އެހޮތަށް ފަރަށް އަޜާފަ.
ސަލީމު އިދުރީސް
19 September 2020
ބޭރުގެ ބޯޓެއް ފަރައް އެރީމަ އެތައް މިލިޔަން ޑޮލަރަކުން ޖޫރިމަނާ ކުރާއިރު ހީވަނީ ފަރުތަކަކީ ރަނާ ޖަވާހިރު ހެދޭތަންތަނޭ! ފަރަކީ އަގުރިތަނެއްކަން ރައްޔިތުންނައް ދަސްކޮއްދޭން ބޭނުންނަމަ ދިވެކުންފުނި ތައްވެސް އެއަދަތަކުން ޖޫރިމަނާކުރޭ
ވަހީދު
19 September 2020
ގަސްދުގައި ކުރާ ކަމެއް ނަމަ ރަނގަޅު ތިހެން ހަދަން. އަލަށް ފަށައިގަނެގެން އުޅޭ ކުންފުނިތައް ރާއްޖޭގައި ގިނައީ.