އެމްއެންޔޫއިން މިދިޔަ އަހަރު ދަސްވެނިވި ބައެއް ދަރިވަރުން: އެ ޔުނިވާސިޓީގެ އިންޖިނިއަރިން ފެކަލްޓީ އިން ކިޔަވާ ހުރިހާ ދަރިވަރުންނަށް ސިސްކޯގެ ސެޓްފިކެޓެއް ވެސް މީިގެ ފަހުން ލިބޭނެ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
21 ސެޕްޓެމްބަރ 2020 - 22:00
ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ އިންޖިނިއަރިން އާއި ސައެންސް ފެކަލްޓީ އަށް "ސިސްކޯ ޓްރެއިނިން ސެންޓަރު"ގެ ދަރަޖަ މިއަދު ލިބިއްޖެ އެވެ.
މިއީ ބޭރު ގައުމުތަކުގެ ދަރިިވަރުންނަށް އެމްއެންޔޫ ހުޅުވާލަން ލިބުނު އިތުރު ފުރުސަތެކެވެ. ސިސްކޯ އެކަޑަމީ އިންސްޓްރަކްޓަރު ޓްރެއިނިން ސެންޓަރަކީ، ސިސްކޯގެ ކޯސްތައް ކިޔަވައިދޭން އިންސްޓްރަކްޓަރުން ތަމްރީން ކުރާ ސެންޓަރެކެވެ. މިއީ ސިސްކޯ ނެޓްވޯކިން އެކަޑަމީގެ ދަށުން، ކޮމްޕިއުޓަރު ވިއުގަތަކަށް ބޭނުންވާ މަސައްކަތްތެރިން ތަމްރީން ކުރާ މަރުކަޒުތަކެކެވެ.
އެމްއެންޔޫ އަށް މި ދަރަޖަ ލިބުމުން، ސިސްކޯގެ ކޯސްތައް މި ސަރަހައްދުގައި ކިޔަވައިދޭން ފެށޭނެ އެވެ.
ސިސްކޯގެ ކޯސްތަކަކީ ކޮމްޕިއުޓަ ވިއުގަ ތެރެއިން މަސައްކަތްކުރާ ކޮންމެ ބަޔަކަށް މުހިއްމު ކޯސްތަކެކެވެ. އެމްއެންޔޫގެ އިންޖިނިއަރިން ފެކަލްޓީ އިން ދަސްވެނިވާ ހުރިހާ ދަރިވަރުންނަށް، އެ ޔުނިވާސިޓީ އިން ދޭ ސެޓްފިކެޓްގެ އިތުރުން ސިސްކޯގެ ސެޓްފިކެޓެއް ވެސް މީގެ ފަހުން ލިބޭނެ އެވެ.
އެމްއެންޔޫގައި އެޑްވާންސްޑް ސެޓްފިކެޓް އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔަވައިދެ އެވެ. އެ ކޯސްތަކުގެ ތެރޭގައި އެޑިއުކޭޝަނާއި އިންޖީނިއަރިންނާއި ހެލްތު ސައިންސަސް އާއި ޓޫރިޒަމް ސްޓަޑީޒް އަދި ލޯ ކޯސްތައް ހިމެނެ އެވެ. މިދިޔަ މަހު ފެށި މި އަހަރުގެ ދެ ވަނަ އިންޓޭކުގައި 104 ކޯހެއް ކިޔަވައިދޭން ފެށި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސއނާ
22 September 2020
ހަމަ ގައިމުވެސް އެމް އެން ޔޫ ގެ މެޑިކަލް ފެކަލްޓީގެ ފެންވަރާ ކިޔަވައިދިނުން ވަރަށް ފެންވަރުދަށް.
ޕޮކިމޮން
22 September 2020
ކްލައުޑްގެ ޒަމާންމީ އެހެންވީމަ ކީއްކުރަން އިންފްރާސްޓްރަކްޗަރ ކިޔަވަންވީ އެވަރަށް. ޔޫޓިއުބް އިން ބޭސިކް ދަސްކޮށްލީމަ ނިމުނީ. ކޮންމެ ގޮތެއްހަދައިގެން ވެސް އެންމެން ކްލައުޑްގައި މަސައްކަތް ކުރަން މަޖްބޫރުވާނެ އަހަރުތައް ކުރިއަށް އޮތީ. އަދި ސަރވާރޫމް ތަކުގެ ބޭނުން ކެނޑި ލޯކަލް ނެޓްވޯކްތަކުގެ ބޭނުން ކެނޑި ގޮސް ހަމަ އިންޓަރނެޓްގެ ބޭނުން އިންނާނީ. އެވްރިތިންގް އޭޒްއަ ސަރވިސް. ސަރުކާރުގެ ސިއްރު މަޢުލޫމާތު ގެންގުޅޭ މީހުން އޯކޭ ސަރވަރ ރޫމްއެއް ހަދާލަން.
ފިސާރިތެދު
21 September 2020
ތިއީ އެހެންބައެއްގެ މަސައްކަތުން ލިބުނު ކާމިޔާބެއް، މިއަދު އެމީހުން ތިތާކުނެތް. ވަރައްސަލާމް
Dhaadhey
22 September 2020
އިންޑިއާ ބައެއްގެ ވާހަކަތަ ތިބުނީ.
ހަކުރުބައްޕަ
22 September 2020
ކުންފުނި ތަކުގައާ ޔުނިވާސިޓީ ތަކުގަ މަސައްކަތް ކުރާނީ އަބަދު އެއްބައެއްނޫން. މައިކުރޮސޮފްޓްގަ މިހާރު ތިބި ގިނަ މީހުންނަކީ މީގެ ދިހަ އަހަރު ކުރިން އެތާ އުޅުނު މީހުނެއްނޫން. އެމްއައިޓީގަ ކުރިން ކިޔަވައިދިން އެތައް ޕުރޮފެސަރުން މިހާރު އެތާނގަ ނެތް.