ޝައްފާން
22 ސެޕްޓެމްބަރ 2020 - 16:13
މޫދަށް ވަރަށް ފަރިތަ އެވެ. ރައްޓެހިންނާ އެކު މޫދަށް ދިއުމާއި ޑައިވްކުރުމަކީ ޝައްފާން ރަޝީދު އުފަލެވެ. ނަމަވެސް ވެސްޓް ޕާކު ސަރަހައްދުގައި އިއްޔެ ސްނޯކްލިންނަށް އެކަނި ނުކުމު އުޅެނިކޮށް 24 އަހަރުގެ ޒުވާނާ މަރުވުމަކީ، އެތައް ބަޔަކަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސީ އެންޑް ރެސްކިއު އޮޕަރޭޝަންގައި އުޅޭތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވީ ފަޔަފައިޓަރުގެ ރައްޓެހިން ސިފަކުރާ ގޮތުގައި، އެއީ "ވަރަށް ހިތްހެޔޮ، ވަރަށް ރަނގަޅު ރަހުމަތްތެރިއެކެ"ވެ. އެހެންވެ އޭނާގެ ކުއްލި ވަކިވުމަކީ ހަމައެކަނި އާއިލާއަށް ލިބުނު ބޮޑު ހިތާމައަކާއި އުނިކަމެއް ނޫނެވެ. ރައްޓެހިންނާއި އޭނާ ދަންނަ އެންމެންނަށް ވެސް އެއީ ފޮހެލެވެން ނެތް ހަނދާނެކެވެ.
ޝައްފާނާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި އޭނާގެ ރައްޓެހިން ލިޔާ ލިޔުންތަކުން އެކަމަށް ހެކިދެ އެވެ.
"މީހުންނާ ބައްދަލުވާއިރު ޝައްފާން ހުންނާނީ އަބަދުވެސް ވަރަށް ހިނިއައިސްފައި. ވަރަށް ހިތްހެޔޮކަމާ އެކު ވާހަކަދައްކާނީ. އަބަދުވެސް ބަލާނީ އެހެން މީހުން އުފާކޮށްދެވޭތޯ،" ޝައްފާނާ އެކު ބައެއް ދަތުރުތައް ގޮސްފައިވާ، އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށް ވާ ރިލްވާން ލަތީފު ބުންޏެވެ.
"ހާލު ބަލައި ދިމާވެލަން ވެސް ގުޅާނެ ވަރަށް ގިނައިން."
އަބަދުވެސް ހިނިތުންވުމުގައި ހުންނަ ޝައްފާން: އޭނާގެ ކުއްލި ވަކިވުމަކީ އެތައް ބަޔަކަށް ފުން ހިތާމައެއް
މޫދުގައި އުޅެނިކޮށް ޝައްފާން މަރުވިޔަސް އޭނާއަކީ މޫދަށް ކުޅަދާނަ ޒުވާނެކެވެ. ފްރީ ޑައިވިންގެ ތަމްރީނުތައް ވަނީ ހަދައިފަ އެވެ. އޭނާގެ އިންސްޓަގްރާމްގެ އެކައުންޓްގައި ލިއެފައިވާ ގޮތުން ނަމަ، ނޭވާލާން އެއްވެސް އެއްޗެއް ބޭނުންނުކޮށް އޭނާ ވަނީ 30 މީޓަރު (ގާތްގަނޑަކަށް 100 ފޫޓު) ފުނަށް ފީނައިފަ އެވެ. މިއީ ރާއްޖޭގައި ވަރަށް މަދު މީހަކަށް ނޫނީ ނުކުރެވޭ ވަރުގެ ކަމެކެވެ.
ފްރީ ޑައިވިންގެ ތަމްރީންތަކުގެ އިތުރުން ޝައްފާން ވަނީ މޫދުގައި ކަމެއް ދިމާވެއްޖެ ނަމަ ފަސްޓް ރެސްޕޮންސް ދޭނެ ގޮތުގެ ތަމްރީންތައް ވެސް ނިންމައިފަ އެވެ.
އޭނާގެ ރައްޓެހިން ބުނާ ގޮތުގައި މޫދަށް އެރޭއިރު، އެކަމާ ގުޅޭ ސާމާނު އަބަދުވެސް ގެންގުޅޭނެ އެވެ. ދެވޭ ފުންމިނާއި ހޭދަކުރެވޭ ވަގުތު ވެސް ބަލާނެ ކަމަށް ވެސް ރައްޓެހިން ބުނެ އެވެ. ޝައްފާންގެ ކިބާގައި ހުރި އެންމެ ރަނގަޅު އެއް ސިފައަކީ، ރައްޓެހިން ބުނާ ގޮތުން ނަމަ، "އަމިއްލަ ސިއްހަތަށް ވެސް ވަރަށް ބަލައިގެން އުޅުމެ"ވެ.
މޫދުގައި ޝައްފާންގެ ކުޅަދާނަކަން ގަބޫލުކުރަނީ ހަމައެކަނި އޭނާގެ ރައްޓެހިންނާއި ދަންނަ މީހުން އެކަންޏެއް ނޫނެވެ. ފްރީ ޑައިވިން އާއި ސްޕެއާފިޝިންއަށް ބޭނުންވާ އެއްޗެހި އުފައްދާ ގްރީސްގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އަލްކެމީ ސްޕެއާފިޝިންގެ ރާއްޖޭގައި ހުންނަ ބްރޭންޑް އެމްބެސެޑަރަކީ ޝައްފާނެވެ. އޭނާއަކީ، ގްރީސްގެ ރައްޔިތަކު ފިޔަވައި އަލްކެމީ ސްޕެއާފިޝިން ޓީމާ ގުޅުނު ފުރަތަމަ ބިދޭސީ ޒުވާނާ އެވެ.
ޝައްފާނާއި ރިލްވާން ފީނަނީ: ޝައްފާން 30 މީޓަރަށް ފީނާފައިވޭ
ފްރީ ޑައިވްކުރިޔަސް، އަދި ސްނޯކްލިންއަށް ދިޔަސް، ކަމެއް ދިމާވެއްޖެއްޔާ އެހީތެރިޔަކު ހުންނަން ޖެހެ އެވެ. ހާއްސަކޮށް ފުނަން ފީނާ ކަމަށް ވަންޏާ އެހެން މީހަކު ފެންނަ ހިސާބުގައި އޮތުން ވަރަށް މުހިންމެވެ. ޝައްފާންގެ ރައްޓެހިން ބުނާ ގޮތުގައި އޭނާ ވެސް މޫދަށް ގޮސް އުޅުނީ އިތުރު މީހަކާ ނުވަތަ ބަޔަކާ އެކު އެވެ. ނަމަވެސް އިއްޔެ އެ ދިޔައީ، ކޮވިޑްގެ ދުވަސްވަރުކަމުން، އެވަގުތު މޫދަށް ދާނެ އެހެން މީހަކު ނެތުމުން ކަމަށް އެކަށީގެންވާ ކަމަށް، ބައެއް ރައްޓެހިން ބުނެ އެވެ.
"[މަރުވިކަން] ގަބޫލުކުރަން ވެސް ދަތިވެފައި މި ހުރީ އަދިވެސް،" ރިލްވާން ބުންޏެވެ.
ޝައްފާނަކީ އާއިލާގައި ތިބި އެއްބަނޑު އެއްބަފާ ހަތަރުބެއިންގެ ތެރެއިން އެންމެ ހަގު ފިރިހެން ކުއްޖާ އެވެ. އޭނާގެ އަލަތު ކައިވެނިކުރިތާ އަދި ވީ އެންމެ ދެ ހަފުތާ އެވެ.
ސީއެޗުއެސްއީގައި އޭ ލެވެލް ހަދާފައިވާ ޝައްފާނާ އެކު ދަރުމަވަންތަ ސްކޫލުގައި ކިޔެވި ރައްޓެއްސަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަމުން، ބުނީ ޝައްފާންގެ ސަބަބުން އެހެން މީހުންގެ ދިރިއުޅުމަށް ވަރަށް ހެޔޮ އަސަރުކޮށްފައި ހުންނާނެ ކަމަށެވެ. އެއީ އެހެން މީހުންގެ ހާލު ދެނެގަންނަ އެހާވެސް ރަނގަޅު ރަހުމަތްތެރިއެއް ކަމަށް އޭނާ ބުންޏެވެ.
He was a supportive friend & a bright student. We used to have so much fun in the class instead of focusing on studies that 1 day a teacher advised us to utilize our time as in the future we would wish we could relive those days one more time. How I wish I could go back in time. https://t.co/dEQONf6kaO
— Muawiyath M. Didi 🇲🇻 ♿ (@Muavviyath) September 22, 2020
މި ފަހުން "އެހާ ގިނައިން ދިމާ ނުވިއަސް ވަރަށް ހިތްހެޔޮ، ގާތް ރައްޓެއްސެއް ޝައްފާނަކީ،" ރަހުމަތްތެރިޔާ ބުންޏެވެ.
ޝައްފާންގެ ހަށިގަނޑު ފެނުނީ، އޭނާ މޫދަށް ދިޔަ ފަހުން ހަބަރު ނުވެގެން ހޯދަމުން ދަނިކޮށް، 12 މީޓަރު އަޑިންނެވެ. މޫދަށް ދިޔަ ކަމަށް ވަނީ ހެނދުނު 11 ޖަހާކަންހާއިރު އެވެ. އޭނާގެ ހަބަރެއް ނުވެގެން އެމްއެންޑީއެފްއަށް އެންގީ ފަސް ގަޑިއިރު ފަހުން، 4:35ހާ އިރު އެވެ.
ފްރީ ޑައިވްކުރުމާއި މަސް ހިފުމަށް ޒުވާނުންގެ މެދުގައި ބޮޑު ލޯތްބެއް އޮތަސް، އެކަނި ގޮސް އުޅުމަކީ ނުރައްކާތެރިކަމެއްކަން ރާއްޖޭގައި ހިނގާ ހާދިސާތަކުން އެނގެ އެވެ. އަދި އެހެން މީހަކު ނުވަތަ ބަޔަކާ އެކު ގޮސް ވެސް، އެކަނި މާ ފުނަން ފީނަން އުޅުމުގައި ހިތާމަވެރި ހާދިސާތައް ހިނގާފައިވެ އެވެ.
މި އަހަރުގެ މާޗު މަހު ރާއްޖޭގެ އެތުލީޓަކު ވެސް ވަނީ މަރުވެފަ އެވެ. ސިފައިންގެ ތެރޭގައި އުޅެމުން އައި ރާއްޖޭގެ ޖެވެލިން ޗެމްޕިއަން އަދި ދުވުންތެރިޔާ ސާޖަންޓް ޔައުގޫބު އަހުމަދު، 34، މަރުވީ ކ. އެނބޫދޫ ފަޅަށް މަސް ހިފަން ގޮސް އުޅެނިކޮށެވެ. އޭނާއަކީ ވެސް ފުނަން ފީނުމުގެ އިތުރުން އާންމުކޮށް މަސް ހިފަން ގޮސް އުޅުނު ޒުވާނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
23 September 2020
އަޖައިބެއް ކަހަލަ ގައުމެއް! ނާޒިމު ހައްރުކޫރީ ދައްވަރު ކުދިންނާ އަންޙެނުންނާތިބި ގެކައް ދޮރުވައްޓާ ލައިގެންވަދެ ހަނގުރާމަ ހަތިޔާރު ގެންޅޭތިކަމައް ބުނެ! އެކަމަކު ނޫސްތަކުޔާ ފޭސްބުގަ ހަރާވެރި ހަތިޔާރާއެކު ފޮޓޯނަގާ ގައުމީބަތޮލެއް ކަމައް ދެއްކެން އުޅެމީހޫނާމެދު އެޅޭ ފިޔަވަޅެއްނެއް
ބަރާބަރު
23 September 2020
ފުރަތަމަ ފޮޓޯ ވަރައް ބަރާބަރު.. ތިޔައީ މަނާކަމެއްކަން އެގި ފޮޓޯހުރެ ތިޔަމީހުންނާ މެދު ފިޔަވަޅު ނޭޅެނީ ކީއްވެބާ؟؟؟
ބޭރުމީހާ123
22 September 2020
"30 މީޓަރު (ގާތްގަނޑަކަށް 100 ފޫޓު) ފުނަށް ފީނައިފަ އެވެ. މިއީ ރާއްޖޭގައި ވަރަށް މަދު މީހަކަށް ނޫނީ ނުކުރެވޭ ވަރުގެ ކަމެކެވެ" މީ ކޮންތާކުން ހެދި ދިރާސާއެއް... 30 މީޓަރަށް ފީނާ ދިވެހިން މިހާރު ވަރަށްގިނަވާނެ....
ރާއްޖެ މީހާ123
23 September 2020
ޖުމްލައިގެ ކުރީބައި ނުފެނުނީތަ؟ 30 މީޓަރަށް ފްރީ ޑައިވް ކުރި ވާހަކަ އޮތީ. ނޭވާލާން އިތުރު އެއްޗެއް ބޭނުން ނުކޮށް އެވަރު އަޑިޔަށް ދިއުމަކީ އެހާގިނަ މީހުންނަށް ކުރެވޭ ކަމެއް ނޫން.
ރާއްޖެތެރޭ ސޮރު1
22 September 2020
އަހަރެންގެނައި މަސްހިފާ ބަޑިވަނީ ކަސްޓަ މްސުން އަތުލާފައި މި އީ ވަކިބަޔަކަށްވީ މާ ކުރެވޭކަ މެއްތަ މަރުހޫ މާގެ ފާފަ ފުސަވާ ހެޔޮރަހު މަތް ލައްވާށި އާ މީން
ސޭފްޓީ ފަސްޓް
22 September 2020
ވަރަށްދެރަ އެހާ ހިތްހެޔޮ ޒުވާނަކު ދުނިޔެ ދޫކުރުމުން. މޫދަށް ދިއުމުގެ އެންމެ އަސާސީ ގަވާއިދެއް "ބަޑީ' އެއްހުރުމަކީ. ފަތަން، ފްރީޑައިވިން ނުވަތަ ސްކޫބާ ޑައިވިން ކަމަށްވިޔަސް ދެވަނަ މީހަކު ހުންނަން ޖެހޭނެ ހުރިހާ ވަގުތަކު. ޚާއްސަކޮށް ތަމްރީނު ހޯދާފައި އަދި ފަސްޓް ރެސްޕޮންސް ހަދާފައި ހުރިކުއްޖަކަށް ވަރަށް ރަނގަޅަށް މިނުކުތާ އެނގޭނެ. ޝައްފާންއަށް ފާފަ ފުއްސަވާށި. އިބުރަތް ހާސިލްކޮށް ސަލާމަތްތެރިކަމުގެ ފިޔަވަޅު އަޅާބަޔަކަށް އެންމެން ލައްވާށި. އާމީން
ތިރިބެ
22 September 2020
ބަޑިޖަހައިގެއް މަސް ހިފުމަކީ ހުއްދަކަމެއްތަ
ހަކީމް
22 September 2020
އެއްވެސް ސަރުކާރަކަށް އުވާލަން ނުކެރިފަ ހުންނަ މަނާ ކަންކަމުގެ ތެރެއިން ކަމެއް. އެންމެ ގިނައިން ބަޑި އަތުލާފަ ވިއްކަނި މިއުޅޭ މެރިން ފުލުހުން.
އާލަމް1
22 September 2020
މަސްމަރާ ބަޑިއަކީ ރާއްޖެ އެތެރެކުރުން މަނާ އެއްޗެއް އޭނާއަށް އޭތި ލިބުނުގޮތެއް ބަލަންޖެހޭ
ޙިނި
22 September 2020
ދެން ކަމެއްނުވާ އާ މުވައްސަސާ އެއް އަނެއްކާވެސް ހަދާ
ހަކީމް
22 September 2020
އެކަނި ފްރީޑައިވް ކުރުން އެއީ ރަނގަޅު ކަމެއް ނޫން. މީގެ ކުރިންވެސް މިކަހަލަ އެތަށްހާދިސާއެއް ހިނގާފައިވޭ. އަހާ ގިނައިރު އަޑިއަށްދާ ކޮންމެ ފަހަރަކީ ރިސްކެއް. ސިކުނޑިޔަށް ލިބޭއޮކްސިޖަން މަދެވެ ބެލްކް އައުޓު ވުމަކި ކޮންމެވަގުތެއްގައިވެސް ވެދާނެ ކަމެއްކަން ފްރީޑައިވް ކުރާމީހުންނަށް އެނގޭނެ. ކަމެއް ވާނީ ބުނެފައެއް ނޫނޭ ދިވެހިން ބުނޭ.