ޚަބަރު / ކުށްކުރުން

ރޭގެ މާރާމާރީ އަކީ އާއިލީ މައްސަލައެއް

ރޭ މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމާރީ އަކީ އެއް އާއިލާއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްކަން 'މިހާރު' އަށް އެނގިއްޖެ އެވެ.

ރޭގެ މާރާމާރީގައި ޒަހަމްވެފައި ވަނީ މ. އަސަލް އަހުމަދު ޝަމާލް އެވެ.

އެނގިފައިވާ ގޮތުގައި އެ މާރާމާރީ އަކީ އާއިލާގެ ތެރޭގައި ވިޔަފާރީގެ މައްސަލަ ޖެހި ދިން ހަމަލާ އެކެވެ. ހަމަލާދީފައި ވަނީ ޝަމާލްއާ ދެބެންގެ ދެދަރި ކުއްޖެއް ކަމަށާއި އެކަން ހިނގާފައި ވަނީ އެ ގޭ ދޮރުމަތީގައި ކަމަށް ވެސް އެނގިފައި ވެއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ރިޕޯޓު ލިބިފައި ވަނީ ރޭ 8:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައިގައި އުމުރުން 19 އަހަރުގެ މީހެއް ރޭ ވަނީ ހައްޔަރުކޮށްފަ އެވެ.

ޒަހަމްވި މީހާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލިގައި ފަރުވާދެމުންނެވެ. އެނގިފައިވާ ގޮތުގައި އޭނާގެ އެއް ސާޖަރީ ހަދާފައި ވެއެވެ.

11 ކޮމެންޓް, 198 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 80%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަރަބޯ

28 September 2020

ހިތާމަޔަކީ މުޖުތަމާތެރޭގަ މިފަދަ މައްސަލަ މަތްސަލަޖެހި ލޭއޮހޮރުވާތީ!

The name is already taken The name is available. Register?

އަކީނޯ

25 September 2020

މިކަން އާއިލީ ކަ މަކަށް ވަންޏާ ގެވެށިއަނިޔާގެ ގާނޫނަކީ ޖޯކެއްތަ؟ މާރާމާރީ ހިންގާ ލޭ އޮހޮރުވުމަކީ އާއިލީ ކަމަކަށް ވަންޏާ ދެން ސަލާމަތެއް ނެތް.

The name is already taken The name is available. Register?

ާާމުންނި

25 September 2020

ހިތާމާތުގެ ކޮޅެއްނެތް ދޯ؟ މުދަލައި ފައިސާއަށް ޓަކައި އަމިއްލަ ލޭޭ

The name is already taken The name is available. Register?

އިކޮނޮމީ

24 September 2020

ރާއްޖެމިހާރު މިއޮތީ އިކޮނޮމިކް ކްރައިސިސްއެއްގައި، މިފަދަ ޢާއިލީ އަދި އިޖްތިމާޢީ ހަނގުރާމައާއި ސްޓްރެސްއާއި ގުޅިފައިވާ ބިޔަރާޅުތަކަކީ ވަރަށްވެސް ގާތުގައިވާ ކަންކަން. މިއީ މިއީ މިހާރު ޕަބްލިކް އޯޑަރއެއް ކުރީބައިގާ ނެރެންޖެހޭ ފަދަ ޙާލަތެއް

The name is already taken The name is available. Register?

ލޮލް

24 September 2020

"އެނގިފައިވާ ގޮތުގައި އެ މާރާމާރީ އަކީ އާއިލާގެ ތެރޭގައި ވިޔަފާރީގެ މައްސަލަ ޖެހި ދިން ހަމަލާ އެކެވެ." މިވަރަށް ލިޔުނީމަ އަދި ސާފެއް ނުވޭ، ވިޔަފާރީގައި ޖެހުނީ ކޮން މައްސަލަ އެއް ކަން ބުނެދޭން ޖެހޭނެ، އާއިޅ ވިޔަފާރި އަކުން އެކަކު ބާކީ ކުރީތޯ؟ ނޫނީ ހިއްސާ މަދު ކުރީތޯ؟ ނޫނީ ވިޔަފާރިކޮށްފައި ފައިސާ ނުދިނީތޯ؟

The name is already taken The name is available. Register?

ގެދާނޯމޮސް

24 September 2020

މީހާރަކަށް އައިސްފަ ގިނައާއިލާ ތަކުގައި ތިބޭފިރިންގެ އަނބިންވެސް އާއިލާގެތެރެއަށް ނުފޫޒު ފޯޜުވާ އާއިލާގެ އެއްބައިވަންތަ ކަންދަނީ ނަގާލަމުންނެވެ.

The name is already taken The name is available. Register?

ޅޮލް ކޮޅު

24 September 2020

ހަނޑޫ ހަކުރު ވިޔަފާރި

The name is already taken The name is available. Register?

މުދި

25 September 2020

އެއީ ކަލޭބަލަން ޖެހޭކަމެއް ނޫން.

The name is already taken The name is available. Register?

މުދި

25 September 2020

ހާލަތު އެންގުނީމަ ނިމުނީ. ތަފްސީލް އެއީ ކަލޭއައް އިނގެން ޖެހޭއެއްޗެއް ނޫން.

The name is already taken The name is available. Register?

12345

24 September 2020

ކުދިންނޭ ރުޅިމަޑުކުރޭ. ޙުރިހާ ނުބަޔަކީ ހަސަދަ އާއި ރުޅި

The name is already taken The name is available. Register?

ބަބުރުލް ސަލީމް

24 September 2020

ވިޔަފާީގާ ތަޅާފޮޅުމެއްނެތް. ވިޔަފާރީގައި އޮތީ އެކުވެރިވުން. އެކުވެރިކަމަކީ ގަދަފަދަ ބާރެއް.

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454