ބަންގްލަދޭޝްގެ އިތުރު 200 މީހަކު އަނބުރާ ފޮނުވާލައިފި

ބަންގްލަދޭޝްގެ އިތުރު 200 މީހަކު މިއަދު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.


ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލުނު ބަންގްލަދޭޝް މީހުންނާއި ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބަންގްލަދޭޝް މީހުން އަނބުރާ އެ ގައުމަށް ގެންގޮސް ދިނުމުގައި ހަރަކާތްތެރިވަނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުންނެވެ. މި

މިއަދު ފުރި ފްލައިޓު ދަތުރުކުރާނީ އެ ގައުމުގެ ވެރިރަށް ޑާކާ އަށް ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

މޯލްޑިވިއަން އިން މިއަދު ކުރި ޓްވީޓު

އެންމެ ފަހުން ރާއްޖެ އިން ބަންގްލަދޭޝް އަށް ބިދޭސީން ފޮނުވާލާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހެވެ. މިހާތަނަށް ވަނީ 8،000 އަށް ވުރެ ގިނަ ބިދޭސީން އަނބުރާ ފޮނުވާލައިފަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސީއަކު މި އަހަރު ނިމުމުގެ ކުރިން އަނބުރާ ފޮނުވާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިދިޔަ ޖުލައި މަހު ވަނީ ވިދާޅުވެފަ އެވެ.