ކާގޯ ބޯޓު އިންޑިއާގައި: އެ ބޯޓު މިއަދު ވަނީ ކުޅުދުއްފުއްޓަށް އައިސްފައި
26 ސެޕްޓެމްބަރ 2020 - 10:11
ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ފެށި ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި 500 ޓަނަށް ވުރެ ގިނަ މުދަލާ އެކު މިއަދު ކުޅުދުއްފުށީގައި ބޯޓު ބަނދަރުކޮށްފި އެވެ.
އިންޑިއާގެ ޝިޕިން ކޯޕަރޭޝަން (އެސްސީއައި) އިން އޮޕަރޭޓްކުރާ ކާގޯ ބޯޓު، ކޮޗިން އިން ފުރީ މިދިޔަ ހޯމަ ދުވަހު އެވެ. ފަސް ދުވަހުގެ ދަތުރަށް ފަހު ކުޅުދުއްފުށީ ބަނދަރަށް ވަދެވުނީ މިއަދު ހެނދުނު 6:30 ހާއިރު އެވެ.
ބޯޓަށް މަރުހަބާ ކިޔަން ހަރަކާތްތަކެއް ކުރިން ރޭވި ނަމަވެސް، އެ ރަށުން ކޮވިޑް-19ގެ ޕޮޒިޓިވް ކޭހެއް ފެނުމާ ގުޅިގެން އެކަން ވަނީ ކެންސަލްކޮށްފަ އެވެ.
ކާގޯ ބޯޓުގެ ފުރަތަމަ ދަތުރުގައި ގިނައިން ގެނައީ ސިމެންތި އެވެ. އެކަމަކު ކާބޯ ތަކެއްޗާ އެކު 500 ޓަނަށް ވުރެ ގިނަ މުދާ އެ ބޯޓުން އުފުލި އެވެ. އެތަކެތި ކުޅުދުއްފުއްޓަށް ބާލާނީ، އެމްޕީއެލްގެ ކުޅުދުއްފުށީ ޕޯޓުގެ އުޅަނދެއް ބޯޓު ކައިރިއަށް ގޮސްގެންނެވެ.
ކުޅުދުއްފުށީ ޕޯޓަށް ކައިރިކުރެވެނީ އެންމެ ބޮޑުވެގެން ވެސް 1000 ޓަނުގެ ބޯޓަށެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު އަލަށް ފެށި ކާގޯ ހިދުމަތުގައި މިވަގުތު ބޭނުންކުރަނީ 3000 ޓަނުގެ ބޯޓެކެވެ. އެހެންކަމުން އެ ބޯޓުން މުދާ ބާލަން ޖެހޭނީ ދުރުގައި ބާއްވައިގެން، ދޯނިފަހަރު ފޮނުވައިގެންނެވެ. މިއީ މޫސުން ގޯސް ދުވަސްވަރު ވަރަށް އުނދަގޫ ކަމެއް ކަމަށް، ކުޅުދުއްފުށީ ޕޯޓުން މިދިއަ ހަފުތާގައި ބުންޏެވެ.
ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓުގެ އިތުރުން މާލޭގެ ވިޔަފާރި ބަނދަރަށެވެ.
ރާއްޖެ އާއި ކޮޗިންއާ ދެމެދު ކާގޯ ދަތުރުތައް ފެށުމުގެ އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެ އަށް ކުރެއްވި ދަތުރުގަ އެވެ. އެކަމަށް އިންޑިއާގެ ކެބިނެޓުން ވެސް ވަނީ ރުހުން ދީފަ އެވެ. ދަތުރުތައް ފަށަން ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ ރާއްޖޭގެ އިގުތިސޯދީ ހަރަކާތްތައް ލާމަރުކަޒު ކުރުމަށް އަލަށް ފެށި ކާގޯ ދަތުރު މުހިއްމު ކަމަށެވެ. އަދި ކޮޗިން ދަތުރަށް އިތުރު ކާމިޔާބީއެއް ލިބި ރާއްޖޭގެ އުތުރުގެ ހިސާބުތަކުގައި އިގުތިސޯދީ ހަރަކާތްތައް އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭނަ
27 September 2020
މިއީވެސް ހަންފެތުރުމަށް އިންޑިއާއަށް އިތުރުކޮއްލުވުނު އާބޮޅެއް. އަދި މިއީ ރާއްޖޭގެ މިނިވަންކަމަށް އިންޑިއާގެ ފަރާތުން ލިބުނު އިތުރު ކިލަނބު ކަމެއް. ލިބޭ ވަގުތީ ފައިދާއަކައްވުރެ ފަހުންލިބޭ ދާއިމީގެއްލުން މާބޮޑުވާނެ.
1234
27 September 2020
ތިޔައީ މާ ޕުރޮޖެކްޓް.ދެން ފައިބާ.ވައުދުވެސް ނުފުއްދޭ.ރައްޔިތުން ކުރިމަތީގައި ފޭލިވެއްޖެ.ވެރިކަން ކުރަން ނޭގޭ ޕާޓީ.ބޯހިޔާ ވެހިކަންވެސް ދޭނެބަޔަކައްދެނީ.ހާލަތު ބަލަން އައިސް ހެހެރަ ކޮއްލާ ސުވާލެއްދޯ.ފެން ފައިބާހޯ.ފާރުގަ ރެނދުލާފަހުރޭހޯ.މީތޯ ކުއްޔަށް ހިފައިގެން އުޅޭ މީހާގެ ހާލަތަކީ.ރައީސް އޮފީހަށް އެކަން ކަން ނޭގެނީތޯ.ނޫނީ އެއީ ތޯ ރައީސް އޮފީހުން ކޮމިޓީއައް ކުރަން އެންގި ސުވާލަކީ.ގަމާރުކަން.ދޭނެބަޔަކައް ދޭން ހެދިގޮތެއް އިންސާފެއް ނެއްތަނެއްވީމަ ވާގޮތް.ބިރެއް ނެތި ވައްކަމާއި މަކަރު.މިނޫން ދުވަހެއް އޮތްކަން ހިތައްވެސް ނާރަނީ ކަންނޭގެ.ހެޔޮވިސްނުން ދެއްވާށި.
އަދުރޭ
27 September 2020
އެންމެ 500 ޓަނު. 3000 ޓަނު ބޯޓެއްގަ. ދެން ލަލަލާ އޭ ބުނަން އޮތީ. މިނިސްޓަރު ފިލާ ހުުރެ މޮޅުވާހަކަ ދެއްކިޔަސް ކަމަކު ނުދާނެ.ތިޔަ ބޯޓުގަ އެންޓަނާ ހިއްލާލަފާނެ.
އިބް
26 September 2020
ކީއްވެތޯ އެންމެ 500ޓަނުގެ މުދާ ގެންނަން 3000ޓަނުގެ ބޯޓެއް ހަމަޖެއްސީ؟ ޚަރަދު ކުޑަކުރަން ކަމުގައިވާނަމަ ދެން ކިޔާނެ އެއްޗެއް ނެތެވެ. އިންޑިޔާގެ ސަރުކާރު މިހާ ރަނގަޅުއިރު އިންޑިޔާގައި ކިޔަވަން ތިބޭކުދިންގެ ބެލެނިވެރިންނަށް ވިސާދިނުން ވަނީ ހުއްޓާލާފައެވެ. އިންޑިޔާ އައުޓްގޮވާތީޔޯލަ. ނަމަވެސް ރާއްޖޭގެ ރައްޔިތުންދެކެ ރުޅިއައިސްގެންވެސް މިތަނަށް ސިފައިފޮނުވުން ހުއްޓާލާކަށެއް ނުފެނުނެވެ.
ފުވައްމުލަކި ކަލޯ
26 September 2020
މާލެ ސަރަހައްދުން ބޭރުގައި އިގްތިސާދީ ހަރަކާތް ހިންގުން ގިނަ ކުރަން ޖެހޭ. ލާމަރުކަޒީ ޖަޒީރާރާއްޖެ ހޯދޭނީ މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި ވިޔަފާރި އާއި އާމްދަނީ ލިބޭނެ ފުރުސަތު ފުޅާ ކުރެވިގެން.
އަލަކި
26 September 2020
މާލެ ސަރަހައްދުން ބޭރުގައި ގިނަ ކުރަންޖެހޭ. އެކަމު އެއްބައަކު އެކަމުގެ ފައިދާ ނަގާ ގޮތަށް ކަންކުރުން އެއީ ވަރަށް ބޮޑު މައްސަލައެއް.
ރަދީފްއޮފިޝިއަލް
26 September 2020
މަމެންގެ ވެރިކަމެއްގަ މިކަން ހުއްޓުވާނަން.ތަމެން ބަލަން ތިބޭތި.
ޥެރިކަން ޔާމީނަށް ދުވަހަކުވެސް
26 September 2020
ނުކެރޭނެ.. ޕްރޮވިންސް ދަތުރުތައްވެސް ހުއްޓުވަން ތަމެން އުޅުނު. އެކަން ވިތަ.. ނުވާނެ
ރަދީފްއޮފިޝިއަލް
27 September 2020
ކަލޭ ބަލަން ހުންނާތި.މަގޭ ވެރިކަމެއްގަ ތިހުރިހާ އެއްބަސްވުންތައް އެފުށްމިފުށަށް ޖަހާނަން. އިންޝާﷲ
ރޮކް1
26 September 2020
ހަމަ މިފަދަ ބޯޓުތައް ރާއްޖެ ޕާކިސްތާނާ ދެމެދު ފަށަން މިސަރުކާރަށް ބިރު ގަންނަނީ ކީއްވެބާ؟
އޮންލީ
26 September 2020
އިންޑިއާގެ ހުއްދަ އެކަމަށް ނުލިބޭނެ.
އިބް
26 September 2020
ޕާކިސްޓާނުން ތަކެތި މާބޮޑަށް އަގުހެޔޮކޮށްދީފާނެތީއާއި އިންޑިޔާދެގެ ކަންނަ ބިރު ބޮޑުކަމުން
އުދުހޭ
26 September 2020
ފެރީއެކޯ ކިޔާފަ އިންޑިޔާ މުދާ ވިއްކަން ކާގޯބޯޓެއްދޯ؟؟؟ ކޮބާތަ ފެރީން އައި ޓޫރިސްޓުން؟
1234
26 September 2020
މި 5 އަހަރު ނިމުމުގެ ކުރިން މިނިންމޭލެވުނު މާސިންގާ ބިޔަ ޕްރޮޖެކްޓްއަށް ޝުކުރިއްޔާ..
ގައުމީދޫ001
26 September 2020
ތިއީ އިންޑިއާ ސަރުކާރުގެ ކުންފުންޏެއްގެ ބޯޓެއް. ތިބީ އެގައުމުގެ ފަޅުވެރިން ، ގެނައީ އެގައުމުގެ މުދާ ، ވިއްކާނީ އެގައުމުގެ ވިޔފާރިވެރިން . ދިވެހިންނަކީ ހަމައެކަނި ގަންނަ ފަރާތް! ވީ އިރު ދިވެހި ވިޔަފާރިވެރިއަކު ދިވެހިން ލައިގެން ދިވެހިންގެ މުދާ އުފުލައިދޭ ބަހާދަރު ބޯޓުގެ ދަތުރުތައް ޕްރޮމޯޓްކުރިއްުޔާ މާ ތާހިރެއްނު!
އިބް
26 September 2020
ހުރިހައި މުދާ އަންނާނީވެސް އިންޑިޔާ ރާއްޖެއަށް ހުޅުވާފައިވާ ކްރެޑިޓް ލައިންގެ ތެރެއިން. އަދި އިންޑިޔާ ސިފައިން ރާއްޖެއަށް އަންނަން ހުޅުވުނު އަގުހެޔޮ ދޮރަކަށް މިކަންވެގެންދާނެކަމަށް ބެލެވޭ. އަދި އެހުރިހައި ޚަރަދެއްވެސް ދާނީ ރާއްޖެއަށް ދޫކުރަން ހަމަޖައްސާފައިވާ ކްރެޑިޓް ލައިންގެ ތެރެއިން. މިއީ މިސަރުކާރު މިގައުމަށް ޣައްދާރުވީކަމަށް ބެލެވޭނެކަމެއް.