ކުރީގެ ރައީސް ޔާމީން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްއާ އެއާޕޯޓުގައި ސަލާމް ކުރައްވަނީ: ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ އެއްބަސްވުންތައް ޕީޕީއެމްގެ ވެރިކަމެއްގައި އުވާލާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި.---ފޮޓޯ: ރައީސް އޮފީސް
28 ސެޕްޓެމްބަރ 2020 - 10:33
ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން 2023 ގައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން، މިނިވަންކަމަށް ނުރައްކާވާ ހުރިހާ އެއްބަސްވުންތަކެއް އުވާލައްވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2023ގެ ރިޔާސީ ކެންޑިޑޭޓުންގެ ލިސްޓުގައި ޔާމީންގެ ނަންފުޅު އޮންނާނެ ކަމަށެވެ. އެ އިންތިޚާބު އެމަނިކުފާނު ކާމިޔާބު ކުރައްވައި ރައްޔިތުންނަށް ޚިދުމަތް ކުރައްވާނެ ކަމަށެވެ. ގައުމުގެ ސިޔާދަތު އަލުން ހޯއްދަވައި ދެއްވާނީ އެމަނިކުފާނު ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.
"ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާނެ ހުރިހާ އެއްބަސްވުންތަކެއް ރައީސް ޔާމީންގެ ވެރިކަމަށް ވަޑައިގަތުމަށް ފަހު އުވާލާނަން،" އޭނާ ވިދާޅުވި އެވެ.
Raajjeyge minivankamaai siyaadhathah nurakkaavaane hurihaa ebbasvunthah, RY verikamah vadaigathumah fahu uvaalaanan. 2023 ge riyaasee candidate list gai RY ge nanfulhu onnaane, IA.Emanikufaanu qaumuge siyaadhathu alun hoadhdhavai dhevvaane, Rayyithunnah khidhumaiy kuravvaane.IA.
— Adam Shareef Umar (@Adamshareefz) September 27, 2020
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ މަނީ ލޯންޑްރިން މައްސަލައެއްގައި ދައުވާ އުފުލައި ފަސް އަަހަރުގެ ޖަލު ހުކުމެއް މި ސަރުކާރުގައި ޔާމީނަށް އިއްވީ ނުހައްގުން ކަމުގެ ތުހުމަތާ އެކު އެމަނިކުފާނު މިނިވަންކުރުމުގެ މަސައްކަތް އިދިކޮޅުން އަންނަނީ ކުރަމުންނެވެ. އެކަން ކުރަނިކޮށް، އިތުރު ދައުވާއެއް ވެސް އެމަނިކުފާނުގެ މައްޗަށް ވަނީ އުފުލައިފަ އެވެ.
ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ އެއްބަސްވުންތައް އުވާލާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއިރު މި ވެރިކަމުގައި އަވަށްޓެރި އިންޑިއާއާ ގާތް ގުޅުމެއް ބާއްވާތީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ދަނީ ފާޑުކިޔަމުންނެވެ. އެކަމާ ދެކޮޅަށް އެއްވުންތައް ވެސް ދަނީ ބާއްވަމުންނެވެ.
ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި އިންޑިއާގެ ބައިވެރިވުން ފުޅާކުރަމުންދަނީ، މިނިވަންކަން ގެއްލޭ ދަރަޖައަށް ކަމުގެ ތުހުމަތު ވެސް އިދިކޮޅުން ކުރެ އެވެ. އިންޑިއާގެ ކޮޗިނާއި ހދ. ކުޅުދުއްފުއްޓާ މެދު ކާގޯ ދަތުރުތައް ފެށުމަކީ ވެސް އިދިކޮޅުގެ ހިތްހަމަނުޖެހުން އޮތް ކަމެކެވެ. އެއާއެކު، ޕޯޓް އެޅުމުގެ މަޝްރޫއު ވެސް އިންޑިއާގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދިއުމާއިި ތަރައްގީގެ އެކި މަޝްރޫއުތަކަށް އިންޑިއާ އިން ލޯނު ނަގާތީ ވެސް އިދިކޮޅުން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
އެކަމަކު ސަރުކާރުން ދޭ ޔަގީންކަމަކީ، އިންޑިއާގެ އެހީގައި މަޝްރޫއުތައް ހިންގިއަސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާ ފަދަ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމެވެ.
މި ސަރުކާރުގައި އިންޑިއާ ގާތް ގުޅުމެއް ބާއްވާއިރު ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތަކުގައި އެންމެ ބޮޑު އެހީއެއްވީ ޗައިނާ އިންނެވެ. ދަރަނި ބޮޑުކޮށް ޗައިނާ އިން ލޯނު ނަގާ ކަމުގެ ތުހުމަތާ އެކު އޭރު މި ސަރުކާރުން އެކަމާ މެދު ހިތްހަމަނުޖެހިގެން ފާޑުކިއުން އަމާޒުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝައިޚް.
29 September 2020
ތިއަވަރު ގަމާރު ބައަކަށް ދިވެހިން ވެރިކަން ދެން ނުދޭނެ، ތިތިބީ އަމިއްލަ އަނގައިން ފެއިލް ވެފަ، ގޮވަނީ ހުސް ގައުމަށް ގެއްލުންހުރިކަން ކަންކަން ކުރާވާހަކަ، ދެން ތިހާ ގަމާރުނުވެބަލަ،
ޓިނު
29 September 2020
އަތުއޮތް ވެރިކަން ގެއްލުނުއިރު ހިފަހައްޓާއި ނުލެވުނު ބަޔަކަށް ދެންކިހެނެއް އަލުން ޔާމީނު ވެރިކަމަށް ގެންނާނީ ؟
އަލީ ވަހީދު
29 September 2020
އަހަރެމެން ފައިޖަހަޖަހާފަ ސެލިއުޓްކޮއްމިހެދުނީ ބޮޑުވެގެންވާ ގަމާރަކަށްދޯ
ގިޓާ
28 September 2020
އެއީ ބޮޑު ތެދެއް
ދޮޅިދާން
28 September 2020
މިގައުމުގައި ނެތް ހަރުދަނާ އިދިކޮޅު ޕާޓީއެއް ! މީ ހައްތާވެސް ދެފުށްކެހެރިން , ޔާނު ގެ ވެރިކަމުގައި ލިބުނު ލައޒަތާއި ފައިސާގޯނި ތައް ނުލިބިގެން ވެރިކަން ވައްޓަން އުޅެނީ , ޔާމީނަކީވެސް އިންސާނެއް އޭނައަށްވެސް ހުރިހާދުވަހަކު ވެރިކަމުގައި ނުހުރެވޭނެ ! މިގައުމުގެ ސްޕްރިމްކޯޓްގެ ފަނޑިޔާރުން ބިރުވެރިގޮތަކަށް ރަހީނު ކުރި މައްސަލަ ބަލަން ގޮވާލަން
ބިސް
28 September 2020
އަހަރެމެން ކަންބޮޑުވަނީ ޔާމީނު ވެރިކަމަށް އަތުވެއްޖެ ނަމަ އަނެއްކާވެސް މާލިއްޔާއަށް ވަންނަ އަދަދަށްވުރެ އިތުރަށް ޔާމީނުގެ އެކައުންޓަށް ވަންނަ އަދަދު މާ ބޮޑުތަނުން އިތުރުވާނެތީއެވެ.
ހަބޭސް222
28 September 2020
އަދިވެސް މި އުޅެނީ ޔާމީނުގެ ވެރިކަމުން ލިބުނު އަނިޔާއިން ސަލާމަތް ނުވެވިގެން، އަނެއްކާވެސް ބަޔަކު މީހުން އޭނަ ވެރިކަމަށް ގެންނަން ހާދަ މަސައްކަތެއް އެބަކުރެޔޭދޯ.....!
ވަސަންތީ
28 September 2020
ޔާމިނު އާ ނަޝީދު ދެންމިގައުމުގެ ވެރިކަމަށް އައުމަކީ ވަރަށް ނާދިރުކަމެއް އެކަމަކުވެސް ހުރިހާކަމެއް އެންމެމޮޅަށް ދެނެއޮޑިގެން ވަނީ މާތްﷲ.
މުލޭ
28 September 2020
ޔާމީނާއި ނަޝީދަކީ ހެޔޮ ވެރިކަމެއް ކުރަން ލިބުނު ފުރުސަތު ނަގާލި ދެ ރައީސުން. އިތުބާރެއް ނެތް.
މާހުޖަބީނ
28 September 2020
ޔާމީނަށް ވޯޓުދޭނެ ބަޔަކު ނޫޅޭ 7% ވޯޓާއި އެކު ޔާމީނު ވާނީ ފެއިލި ކާމިޔާބު ކިރަން ބޭނުމީ ވިއްޔާ ޔާމީނު ނޫން މީހަކު ނެރޭ