ހޯރަފުށި ފަޅު ހިއްކައިގެން ތަރައްގީކުރަމުން އަންނަ އެއާޕޯޓާއި ހޯރަފުށީ މަތިން ނަގާފައިވާ ސެޓްލައިޓް ފޮޓޯއެއް.
03 އޮކްޓޯބަރ 2020 - 21:55
ހއ. ހޯރަފުށީގެ ފަޅުން ހިއްކި ސަރަހައްދުގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓަށް ވަކިން ލަފައި ފުރޭނެ ގޮތް ހަމަޖެއްސުމާ ގުޅޭ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް އެދި އެ އަތޮޅުގެ ގިިނަ ކައުންސިލްތަކުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފި އެވެ.
މީހުން ދިރިއުޅޭ 14 ރަށް އޮންނައިރު 12 ރަށަކުން ވަނީ އެކަމާ ގުޅޭ ކަންބޮޑުވުންތަށް ރައީސަށް ހިއްސާކުރައްވައިފަ އެވެ. ސިޓީ ނުފޮނުވަނީ، އެނގިފައިވާ ގޮތުގައި، ހޯރަފުއްޓާއި އެ ދާއިރާގައި ހިމެނޭ ތުރާކުނުން އެކަންޏެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ އެއާޕޯޓުގެ ބޮޑުބައެއް ނިމިފައިވާއިރު މިހާރު ކުރަމުން އަންނަނީ ޓާމިނަލްއާ ގުޅޭ ކަންކަމެވެ. އެ އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި 842،200 އަކަ މީޓަރުގެ ބިން އެ ކުންފުނިން ވަނީ ހިއްކައިފަ އެވެ.
އެ ރަށާ ކައިރީގައި އޮންނަ އިހަވަންދޫ ކައުންސިލްގެ މެމްބަރު އަބްދުﷲ ހަލީލް "މިހާރު" އަށް ވިދާޅުވީ އެއާޕޯޓަށް ވަކިން ލަފައިފުރޭނެ ގޮތެއް ނެތް ނަމަ އުފުލަންޖެހޭ ތަކުލީފު ބޮޑުވެގެންދާނެ ކަމަށެވެ. އެހެންވެ އެ ރަށާއި އެ އަތޮޅުގެ ގިނަ ރައްޔިތުން ދެކެނީ، ހަނިމާދޫ އެއާޕޯޓުގައި ވެސް އޮންނަ ގޮތަށް އެއާޕޯޓަށް ވަކިން ލަފައިފުރޭނެ ގޮތެއް އޮންނަން ޖެހޭނެ އެވެ.
އަތޮޅު ކައުންސިލްގެ މެމްބަރު އަބްދުﷲ ސިރާޖު ވިދާޅުވި ގޮތުގައި، ހޯރަފުއްޓަށް ގޮސް އެ ރަށުން ވެހިކަލެއްގައި އެއާޕޯޓަށް ދިއުމަށްވުރެ، ސީދާ އެއާޕޯޓަށް ވަކިން ދެވޭނެ ގޮތެއް ހަމަޖެހިގެން ދިއުމަކީ އަތޮޅު ގިނަ ބަޔަކަށް ފަސޭހަވަގެންދާނެ ކަމެކެވެ. ހަރަދާއި ވަގުތުގެ ގޮތުން ވެސް އެއީ ގިނަ ބަޔަކަށް ފަސޭހަވާނެ ގޮތް ކަމަށް ވިދާޅުވި އެވެ.
"އެންމެންނަކީ ޗުއްޓީއަށް ދާ މީހުންނެއް ނޫން. ބޭސްފަރުވާ ދާ މީހުން ވެސް އުޅޭނެ. އެ މީހުން ބޭނުންވާނެ ވީހާ ވެސް ބޮޑަށް ރުފިޔާ ސޭވްކުރަން. ހޯރަފުއްޓަށް ގޮސް، އެ ރަށުން ވެހިކަލަކަށް އަރައިގެން އެއާޕޯޓަށް ދަންޏާ ހަމަ އިތުރު ހަރަދު މި ދަނީ،" ސިރާޖު ވިދާޅުވި އެވެ.
ހޯރަފުށީގައި އެއާޕޯޓް އެޅުމަށް ފަޅުތެރެއިން ބޮޑު ސަރަހައްދެއް ހިއްކާފައި-- ފޮޓޯ: އަހުމަދު ސަލީމް
އޭނާ ވިދާޅުވީ އެއާޕޯޓަށް ވަކިން ލަފައިފުރޭނެ ގޮތެއް ހެދުން ވެގެންދާނީ ގިނަ ބަޔަކަށް ފަސޭހަވާނެ ގޮތަކަށް ކަމަށެވެ.
"ހުރިހާ ގޮތަކުން ފަސޭހަވާނީ އެކަންކޮށްގެން. ހަނިމާދޫގައި ވެސް އެގޮތަށް އޮންނަނީ،" ސިރާޖު ވިދާޅުވި އެވެ. ނަމަވެސް ހޯރަފުށީ ކައުންސިލްގެ މެމްބަރު އަލީ ނަސީރު އާދަމް ވިދާޅުވި ގޮތުގައި އެއާޕޯޓުގައި ޖެޓީއެއް ހެދުމުގެ ވާހަކަ ދައްކަނީ ހަމައެކަނި އިހަވަންދޫއަށް ނިސްބަތްވާ މީހުންނެވެ. އެ ރަށު ކައުންސިލްގެ އިހުތިސާސް ހިމެނޭ ސަރަހައްދެއްގައި ކަމެއް ކުރާކަމުގައިވާ ނަމަ ސަރުކާރުން ހުއްދަ ނަގަންޖެހޭނެކަން އޭނާ ފާހަގަކުރެއްވި އެވެ. "މީހަކު އެދޭހާ ފަހަރެއްގައި، އެދޭހާ ގޮތަކަށް އެއާޕޯޓެއް ހެދީމަ، އަޅުގަނޑު މި ނަންގަތީ ފާލަމާ އެއްޗެހި އަޅަންވެއްޖިއްޔާ، ޖެޓީ އަޅަންވިއްޔާ އެދޭހާ ގޮތަކަށް ކަންތައްތަކެއް ނުވާނެ. އެކަމަކު އެއާޕޯޓު ކޮމްޕެނީން ފެންނަންޏާ، މީހުން އަރައި ފާބަން ދަތިވާ ކަމުގައިވަންޏާ އެމީހުން ފާލަން ވެސް އަޅާނެ. ދެން ބަޔަކު އުޅެގެންނެއް ފާލަމެއް ހިއެއް ނުވޭ އަޅާނެހެނެއް. އެކަން އޮންނާނީ އެހެން،" ނަސީރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަހަރޯ...
04 October 2020
ހޯރަފުށްޓެއްނުން. ތިޔަކަން ވާނެ. މީ ހޯރަފުށީގެ ރަންޒަމާން. ހޯރަފުށްޓަށް އެއްވެސް ހާސްކަމެއްނެތް. ހޯރަފުށްޓަށް އުފަންވެފައިވާ ކުޅަދާނަ ޤާބިލު ކަމަނާ ހުރިހާ ދުވަހަކު ހާސްކަމެއްނެތް.
އިބްރާހިމް ނިޔާޒް
04 October 2020
މި މައްސަލައިގަ ހޯރަފުށީ ކައުންސިލާއި އެރަށުގެ ސިޔާސީ މީހުން އަތޮޅުގެ އެހެން ރަށްރަށުގެ މީހުނަށް ބިރުދައްކާ، އިންޒާރުދީ ހަދަމުންދާ ދިއުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. ހޯރަފުށީ މީހުން ފަދައިން އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ލިބިގެންވާ ހައްގެން ޕެޓިޝަން ހެދުމާ ހިޔާލު ފާޅު ކުރުމާ ބޭނުންވާ ގޮތް ހާމަކުރުމަކީ. އެންމެހާ ރައްޔިތުންގެ ފައިސާއިން ކުރާ ހޭދައެއްގައި އޮންނާނީ ހޯރަފުށީގެ ހައްގު އެކަންޏެއް ނޫން. ޚުދުމުހުތާރު ވުމަކީ ބޯދާކަން.
ޖޫސް ފާޓާ
05 October 2020
ހަސަދަވެރިވުމަކީ އެންމެ ނުބައި އެއްސިފަ، އިހަވަންދޫގަ އެއަރޕޯޓެއް ނާޅާނެ
ހަސަނު1
04 October 2020
ކޮންއިރަކުުތޯ ސަރަހައްދީ އެއަރޕޯޓް ހޯރަފުށީގެ އިހްތިސޯސްގެ ތެރެއަށްވަނީ؟ އެއަރޕޯޓް އަޅަން އެއްބަސްވި ހިސާބުން އެއޮތީ އެއަރޕޯޓް އިހްތިސާސުން ބޭރުވެފަ. އަތޮޅު މީހުން އެދައްކަނީ ރަނގަޅު ވާހަކައެއް. ރަށުން އަރާފޭބޭގޮތަށްއޮތް އެއަރޕޯޓްތަކުން މީހުންވަރަށް ތަކުލީފް އުފުލާ. ދަރަވަންދޫ އެއީ އޭގެ މިސާލެއް. ވިއްސާރަވެހިއްޖިއްޔާ ތެމިފައި. ޓެކްސީ އަގުބޮޑު. އާދޭސްކޮށްގެން ބަނދަރަށް ދެވެނީ.. ހަނިމާދޫ އެއީ އެންމެ ރަނގަޅު މޮޑެލް.
އަތޮޅު މީހާ
05 October 2020
އަތޮޅޭ ނުކިޔާ އިހަވަންދޫއޭކިޔާ، އަތޮޅު މީހުންގެ ނަމުގަ ތިކުރާ ކަންކަން އެބަހާމަވޭ
ކެޔޮނިރު
04 October 2020
ހޯރަފުއްޓާ ގުޅުވައިގެން އެއަރޕޯޓު ހެދީމަ އެރަށު މީހުންނަށް އެއަރޕޯޓް ޖެޓީ މުހިންމު ނުވިޔަސް އަތޮޅުގެ ދެންތިބި 13 ރަށުގެ ރައްޔިތުންނަށް އެއަރޕޯޓް ޖެޓީ މުހިންމުވާނެ. ހޯރަފުށީ މީހުން ރަށުތެރެއިން އެއްގަމު އުޅަނދެއްގައި އެއަރޕޯޓަށް ދެވުނަސް ރަށުން ބޭރުން އަންނަ ދަތުރުވެރިން އެއަރޕޯޓަށް ފަސޭހައިން ލަފާ ފުރޭ ގޮތަށް އޮތުމަކީ އެއަރޕޯޓް ބޭނުންކުރާ ރަށުން ބޭރު މީހުންނަށް ލިބިގެންދާ ވަރަށްބޮޑު ފަސޭހައެއް.
ފަލަކީ
05 October 2020
ފަޅެއް އޮއްވަ ކޮން ޖެޓީއެއްހޭ..؟؟ ބަލަ ކުރިން ރަށްރަށުގަ ޖެޓީ އަޅައިގެން އުޅެފަ ދައުލަތުން އެތައް މިލިއަން ރުފިޔާ ޙަރަދުކޮށްގެން ރަށްރަށުގަ ބަނދަރު ހަދަނީ އެއަށްވުރެ ލުއިފަސޭހަވީމާ ނޫންތަ؟ ކީއްވެތަ އިހަވަންދޫގަ ބަނދަރުގހެ ބަދަލުގަ ޖެޓީއަޅަން ނޫޅެނީ ؟؟؟
ގޮބޮޅިން
04 October 2020
ޖެޓީއެޅިޔަސް ހޯރަފުށީގެ އެޔޮށް ތިލަފަޅުގަ ކިހިނެއް އެއްޗެހި ދުއްވާފަ އެޖެޓީއާ ކައިރި ޖުރާނީ އެކަމަށް ޖެހޭނީ ވަރަށް ދިގު ނެރެއް ކަނޑާ ފުންކުރަން
ޖެޓީޖެޓީ
04 October 2020
ހއ. ހޯރަފުށި ފިޔަވައި އެހެން ރަށްރަށުގެ ސިޔާސީ މީހުން އެއަރޕޯޓް ޖެޓީއަޅަން ވަކާލާތުނުކޮށް ތިބޭނަމަ އެއީ ވަކި ބައެއްގެ ދަށުވެފައިތިބި، ރަށްޔިތުންގެ ހައްގުގައި ބަސްބުނަން ޖެހޭ ތާނގަ ބަސްބުނަން ނުކެރޭ އިހްލާސްތެރިކަމެއް ނެތް ބައެއްކަން ރައްޔިތުން ދަންނަންވާނެ.
ނައު111
04 October 2020
އިހަވަންދޫ މީހުން އަދިވެސް ހަސަދައާ ޖެލެސް ކަންމަތީގަ މި އެއާރޕޯޓާ ޙެދި. ކީއްކުރާނީ އެއަރ ޕޯރޓް އެއޮތީ އަޅާފަ. ޙަަސަދަ ލައިގެން ތިބޭ. ހޮސްޕިޓަލުވެސް އަޅާނެ. ވެރިކަން ކުރާ ރަށްވެސް ބަދަލު ވާނެ.
އަބޫ ޖެހި
04 October 2020
އެއާޕޯޓް އޮވެގެން ވެރިކަން ލަބޭނަމަ ހަނިމާދޫއައް ހ.ދ އަތޮޅުގެ ވެރިކަން ލިބުނީސް.
ހުސްނުހީނާ
04 October 2020
ހޯޜަފުށީ އެއްރޕޯރޓަށް އަންނަން އޯކޭ ހޯރަފުށީގަ އޮންނަ ޓެކުސީއަށް އަރައިގެންދާކަށް ނޭދެވޭ މިއީ ހޯރަފުށީ ރައްޔިތަކަށް އެއްޗެއް ލިބިދާނެތީ ވެގެން އުޅޭ ގޮތެއް ހޯރަފުއްޓަށް އެމްޑީޕީ ސަރުކާރުން ގެންނަން ފެށި ތަރައްގީ ފެނި ފިތްކަނޑައިގެން ގޮސް ސިހިސިހިފަ އުޅެވޭތީ ވާހާ ގޮތް ގޮތް
އިހްތިސާސް ޖެޓީ
04 October 2020
ހުސްނުހީނާ ކީއްވެތަ ހަނިމާދޫ އެއަރޕޯޓް ބޭނުންކުރާއިރު އެރަށު ބަނދަރު ބޭނުން ނުކުރަނީ. ހަނިމާދޫ ރައްޔިތަކަށް އެއްޗެއް ލިބެން ނޭދެނީތަ؟ އަމިއްލަ އެދުން ބޮޑީތަ؟ ހަސަދެވެރިވަނީތަ؟ ނޫން ދޯ؟ އެއަރޕޯޓް ޖެޓީ އޮތީމަ ފަސޭހައީ ދޯ؟ ހއ. އެހެން ރަށްރަށުގެ މީހުންވެސް މީ މިދައްކާ ވާހަކައަކީ؟ ހަނިމާދޫގަވެސް ޓެކްސީ ދުއްވާ. ހޯރަފުށިހެން އިގްތިސާދުވެގެން، އިހްތިސާސްވެގެން ނޫޅެ. އެމީހުނަށް މުހިއްމީ އެހެން މީހުނަށް ވާ ފަސޭހަ.
ޢަހުމަދު އީސަރަ
04 October 2020
އިހަވަދޫމީހުމީގޭދޮރުމަތީގަ ޖެޓީހަދާ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަދޭންފެނޭ އޭރުން ގޭންނުކުންނަގޮތައްބޯޓަށް އެރޭނެ އެއްވެސް ހަރަދެއްނުދާނެ ކަލޭމެންނައްހެޔޮދޯ ރައްޔަތުންގެލާރިކިޔާފަ ސަރުކާރުން ބޮޑުބަރަދެއްކުރަންޖެހުމަސް ހަދާދޭންވި ކޮންމީހަކައްޖެޓީއެއް
10 ގިލަން ތެލުން 4 ދަތުރު
04 October 2020
އިހަވަންދޫގަ މިހާރު ބަނދަރު އޮތް ތަނުގަ ބަނދަރު ހެދުމަކީ ބޭކާރު ކަމެއް އެ ބަނދަރު ރަށުގެ ހުޅަނގު އުތުރު ފަރާތުގަ އޮތް މައި ތޮށީގެ އެތެރޭގަ ހަދަން ހުށަހަޅަން އޭރުން އެއަރޕޯރޓާވެސް ލައްކަތަން ކައިރިވާނެ
ރަންދެލި
04 October 2020
ހޯރަފުށީ އެއާޕޯޓު ބޭނުން ކުރާ ފަސިންޖަރުންނާއި އެމީހުންގެ ފޮށިތަންމަތި، ގާޑިޔާ / ވީލްބަރޯ / ރަށުޕިކަޕު / ޕިކަޕު / ޓެކްސީ ފަދަ އުޅަދު ބޭނުންކޮށްގެން އުފުލައިގެން ބަޔަކު ދިރިއުޅެން ވިސްނާނަމަ، ތިއީ ވަރަށް ދެރަ ވަރު ކަމެކެވެ. ހޯރަފުށްޓަށް 'އެތެރެނުވެ' އެއާޕޯޓަށް އަރާ ފޭބޭނެ ފާލަމަކާއި އެހެން ވަސީލަތްތައް ގާއިމު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ. އެއާޕޯޓަކީ ވަކި ރަށެއްގެ ބައެއްގެ މިލްކެއް ނޫނެވެ. މިއީ ގައލަންދޫ އެތެރެވަރީގެ އެންމެންގެ ތަނެއް
ާާއިހްލާސް
04 October 2020
މި ހުރިހާ ދުވަހު އެއަރޕޯޓް އެޅިޔަ ނުދޭން ކަށިން ހިތްވަރު ނެރެގެން ގައިން ހުޅުނބު ދަންދެން ބޭކާރު މަސައްކަތްތަކެއް ކޮށްފަ އެކަން ކާމިޔާބު ނުވީމަ އެއަރޕޯޓްގަ ގަހެއް އިންދަން ފޮނުވި ސިޓީ ޑަސްބިނަށްލައިފަ މިއަދު އެއަރޕޯޓް ފެނިގެން ދެފަޔަށް ހިނިއަރައިގެން ޖެޓީއަޅަން ދުވާއިރު ލަދެއް ނުގަނޭބާވެއޭ ހިތަށްއަރާ' ގައްލަންދޫއޭ އަތޮޅޭ ކިޔާއިރު