ސާމްޕަލް ނެގުމަށް ދިއުމަށްޓަކައި އާރްއާރްޓީމުގެ ބައެއް މީހުންގެ ދަރުބާރުގެ އިން އެމްބިއުލާންސަށް އަރަނީ.
04 އޮކްޓޯބަރ 2020 - 22:31
ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރި 1،583 މީހުންގެ ތެރެއިން 65 މީހުން ޕޮޒިޓިވް މިހާތަނަށް ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު 10،530 އަށް އަރައިފި އެވެ.
އަލަށް ޕޮޒިޓިވްވީ 51 ދިވެހިންނާއި، 14 ބިދޭސީންނެވެ. އޭގެ ތެރެއިން 54 ކޭސް ފެނިފައި ވަނީ މާލެ ސަރަހައްދުންނެވެ. ބާކީ 11 ކޭހަކީ އަތޮޅު ތެރެއިން ފެނިފައިވާ ކޭސްތަކެވެ.
ގިނަ ބަޔަކު ބަލިން ރަނގަޅުވެފައި ވާއިރު މިހާރު ފަރުވާދެމުން އަންނަނީ 1،125 މީހުންނަށެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 9364 މީހުން ރަނގަޅުވެފައިވާއިރު 34 މީހުން ވަނީ މަރުވެފަ އެވެ.
މިވަގުތު އައިސޮލޭޝަން ފެސިލިތީތަކުގައި ފަރުވާދެމުން އަންނަނީ 492 މީހުންނަށެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެް ފަރުވާ ދޭ މީހުންގެ އަދަދު 200 އާ ގާތްކުރާ ހިސާބަށް ދިއުމަށް ފަހު ދަށްވަމުން އައިސް މިއަދު އެ އަދަދު ހުރީ 67 ގަ އެވެ.
އަތޮޅުތެރެއިން 21 ރަށެއްގައި ކޮވިޑް ބަލީގެ މީހުން ތިބި އިރު 20 ރިސޯޓަކުން 10 ޓޫރިސްޓުންނާއި 16 ސްޓާފުން ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
05 October 2020
އަހަރެންގެ ދުއާ އަކީ އިތުރަށް އެކަކަށްވެސް ބަލިނުޖެހި މިހާރު ބަލިޖެހިފަ ތިބި އެންމެން ބަލިން ރަނގަޅުވުމެވެ. ހުރިހާ އެންމެން މިފަދަ އަޒްމެއްގައި މަސައްކަތް ކޮށްފިނަމަ ﷲ ހެޔޮގޮތް މެދުވެރިކުރައްވަވާނެކަން ކަށަވަރެވެ. اللهم اشفنا جميعا من هذه الجائحة آمين