އޮޅުވާލުމުގެ މައްސަލައެއްގައި ފުލުހުންނަށް ހާޒިރުކުރަން ބޭނުންވާ ހުސެއިން ނަސީރު (ކ) އާއި އާމިނަތު ލަތީފާ -- ފޮޓޯ: ފުުލުހުން
13 އޮކްޓޯބަރ 2020 - 15:54
މާލެ އަދި ވިލިމާލޭގައި ތިން ގޯއްޗެއް އިމާރާތްކޮށްދޭނެ ކަމަށް ބުނެ އެ ބިންތައް މޯގޭޖްކުރުމަށް ފަހު ބޭންކަކުން އަމިއްލަ ބޭނުމެއްގައި ލޯނެއް ނެގި ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުން ބުނީ، އޭ ބޮސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އެ ތިން ގޯތި މޯގޭޖްކުރުމަށް ފަހު މޮރިޝަސް ކޮމާޝަލް ބޭންކުން، ކުންފުނީގެ އަމިއްލަ ބޭނުމަކަށް ލޯނެއް ނެގި ކަމަށް އެ ދެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކަމަށެވެ.
ފުލުހުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ މި މައްސަލައިގެ ތަހުގީގަށް ހޯދަނީ އުމުރުން 50 އަހަރުގެ ހުސެއިން ނަސީރާއި އުމުރުން 48 އަހަރުގެ އާމިނަތު ލަތީފާ ކަމަށެވެ. މި ދެ މީހުންގެ ވެސް ދާއިމީ އެޑްރެސް އޮންނަނީ މާލޭ ދަފްތަރުގަ އެވެ.
ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބަލާ މި މައްސަލައިގައި އެ ދެ މީހުން އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް ފުލުސް އޮފީހަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ.
އެ ދެ މީހުން ހޯދަން އިއުލާނުކުރީ އެ މީހުން އުޅޭ ތަނެއް ނޭނގުމުން އެ މީހުންނާ ޗިޓް ހަވާލުނުކުރެވުމުން ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
15 October 2020
ސިޓީ ކައުންސިލްގަ އޮންނާނެ ދަފްތަރު. ޢެއީ ދާއިމީ އެޑްރެސް. ވީމާ ދެ ފުލުހަކު ސިޓީ ކައުންސިލް ތެރޭ އެ ފޮތް ބަލަހައްޓަން ބައިތިއްބާ. އެމީހުން އަންނާނެ އެ ފޮތްތެރެޔަށް ނިދަން ވަންނަން. ބޯ ހަލާކު ތި ރެފިއުޖީ ދަފްތަރަކާ ހެދި.
ދެބައިމީހުންވެސް
14 October 2020
ތަނެއް ދޮރެއް ނުބަލާ ގޭގެ ރަޖިސްޓްރީ ހަވާލު ކުރުން ވެސް އެއީ ކުރި ވަރަށް މޮޔަކަމެއް
ތަންދޮރު ބަލާ މީހާ
14 October 2020
ތަނެއް ދޮރެއް ނުބަލާ ކޮމެންޓް ކުރުމަކީވެސް މޮޔަކަމެއް
ހިބަރު
14 October 2020
އަވަހަށް ތަޢުބާވޭ.
އެމް،އާރު،ޑީ
14 October 2020
އައްޑޫ ހިތަދޫގެ ދެމީހުންނާ ވަރަށް ވައްތަރު، ހިތަދޫގައި ތިކަހަލަ މީހުން އެންމެ ގިނައިން އުޅޭކަމަށް އަޑުއިވެނީ އުތުރު އަވަށުގަ.
މަބަލްދީބް
14 October 2020
ކަލޭ އަނގައޭ ކިޔާބަ!
ބައްޑާސް
14 October 2020
އައްޑޫގަ ވަރަށް ގިނަ ވާނެ މިކަހަލަ ގޮތް ގޮތުން މީހުންގެ ގެދޮރު އަތުލާ އޮޅުވާލާ މީހުން
ނަޝީދު.
14 October 2020
ދަފްތަރު. ހީހީ ހަލާކު!
ބަލާބަލަ ކަންތައް
13 October 2020
ކިހިނެއް މިވީ. ބަލަންވާ ވަރަށް ނުބަލައި ދިންމީހުން ހޯދަން ނުޖެހޭތޯ.
ހަސަން ދިހަވަނަ
14 October 2020
ދިން މީހުން ދިނީ ރަނގަޅަށް... ގޯތީގެ ވެރިފަރާތުން ބަލަން ވާވަރަށް ނުބަލައި ދެއްކި ދަޅައަށް ހެއްލުނީ... ކުޑަ މިނުން އެގްރިމަްޓް ގަނޑެއް ހަދާލި ނަމަވެސް ރަނގަޅު.
ދޮން ބިލަތް
13 October 2020
ކުރި ކުށަށް މާފަށް އެދިފަ “ގައުމީ މަސައްކަތް” ކުރަން ފެނޭ.
ރާއްޖެ
13 October 2020
މާލޭގެ ދަފްތަރަކީ މާލޭ މަތިން ޖައްވުގަ އެ މީހެއްގެ ގޯތި ހުންނާނެ ހިސާބު ބަޔާންކޮށް ލިޔެފަ އޮންނަ ނަންބަރެއް. އަދި އެ ހިސާބުގަ ގޯތި އެޅޭހާ ތަރައްގީ ނުވަނީ. ފަހުން ރަގަޅުވާނެ.
އެދުރު ރަހީމު
13 October 2020
މަކަރުވެރިކަމުގެ ލާމަސީލު މިސާލެއް. ދެމަފިރިންދޯ. ހެޔޮވާނީ ކިހިނެއް. ތިދެމީހުން ހޯދާ ހައްގު އަދަބު ދޭން ގޮވާލަން.
ިަަބޮޑު ތަކުރުފާނު
13 October 2020
އަނހާ.....ދަފްތަރު ދޯ މިފަހަރު ދޯކާ މި ދިނީ. މިހެންވެ އަހަރަމެން ބުނަނީ ދަފްތަރު އުވާލަން އެބަޖެހެއޭ...!