ޕީޕީއެމް އިން މިއަދު ތައާރަފްކުރި ލޯޔަލްޓީ ކާޑުތައް -- ފޮޓޯ: ޕީޕީއެމް
16 އޮކްޓޯބަރ 2020 - 21:08
ޕީޕީއެމުން މިއަދު ތައާރަފްކުރި ލޯޔަލްޓީ ކާޑަކީ ޕާޓީ އާއި މެމްބަރުންނާ ދެމެދު އެޅުނު ފާލަމެއް ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިއްކާ ލޯޔަލްޓީ ކާޑު ތައާރަފުކުރަން ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީގެ ހިންގުމަށް އެންމެ މުހިއްމީ ޕާޓީގެ އާންމު މެމްބަރުން ކަމަށެވެ. އަދި ކާޑު ނެތަސް ޕާޓީގެ ހަރަކާތްތަކުން ބާކީ ނުވާނެ ކަމަށް ވިދާޅުވި އެވެ.
"މި ފާލަން ގާއިމްވެގެން ދާ އިރު އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން އަޅުގަނޑުމެން މި ޕާޓިގެ އެންމެ މުހިއްމު ރައުސްމާލަކީ އަޅުގަނޑުމެންގެ އާންމު މެމްބަރުން،" އޭނާ ވިދާޅުވި އެވެ.
ލޯޔަލްޓީ ކާޑުތައް އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި، އެންމެ ފުރަތަމަ ކާޑު، އެ ޕާޓީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ރަމްޒީކޮށް ހަވާލުކޮށްދިނެވެ. ނަމަވެސް އެ ޕްލެޓިނަމް ކާޑާ ހަވާލުވެވަޑައިގަތީ ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން އެވެ. އޭނާއާ އެ ކާޑު ހަވާލުކޮށްދިނީ އަބްދުއްރަހީމެވެ.
- މެޖެންޓާ ކާޑު
- ސިލްވާ ކާޑު
- ގޯލްޑް ކާޑު
- ޕްލެޓިނަމް ކާޑު
މި ކާޑުތަކުން ލިބޭ ފައިސާ ހޭދަ ކުރާނީ ޕާޓީގެ ހަރަކާތްތައް ހަރުދަނާކޮށް ހިންގަން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭގެ ތެރެއިން 25 ޕަސެންޓު ހޭދަކުރާނީ އިދާރީ ހަރަކާތްތަކަށް ކަމަށާއި 25 ޕަސެންޓް ފައިސާ އެ ޕާޓީން ކުރިއަށް ގެންދަން ރާވާފައި ސްޓިއަރިން ކޮމިޓީގެ އިންތިހާބަށް ހޭދަކުރާނެ ކަމަށް ވިދާޅުވި އެވެ. ޕާޓީގެ ސިޔާސީ ހަރަކާތްތަކަށް 50 ޕަސެންޓް ކަނޑައަޅާފައި ވެ އެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، އާންމު މެމްބަރުންނަށް ހާއްސަކޮށްގެން ތައާރަފްކުރީ މެޖެންޓާ ކާޑު ކަމަށެވެ. ޕާޓީގެ ކުލައިން ނަން ދީފައިވާ މި ކާޑު ނަގާ ފަރާތްތަކުން ކޮންމެ މަހަކު 100 ރުފިޔާ ޕީޕީއެމް އަށް ހަދިޔާ ކުރާނެ އެވެ.
Today, the Progressive Party of Maldives launched its loyalty cards, the first of its kind in the Maldives. The first card was issued to our leader President Yameen, which was received by his son Zane Abdulla Yameen. #FreePresidentYameenNow pic.twitter.com/xfqmSRx3v6
— Progressive Party of Maldives (@ProgressPartyMV) October 16, 2020
ޕީޕީއެމް އިން މިއަދު ކުރި ޓްވީޓެއް
ކާޑަށް ފައިސާ ދައްކަން އެކަމަށް ހާއްސަ އެޕްލިކޭޝަނެއް ތައާރަފްކުރަން މަސައްކަތްކުރައްވާ ކަަމަށް ސައީދު ވިދާޅުވި އެވެ.
ސިލްވާ، ގޯލްޑް އަދި ޕްލެޓިނަމް ކާޑަކީ ކޯޕަރޭޓް ސެކްޓާ އަށް ހާއްސަކޮށްގެން ތައާރަފްކޮށްފައިވާ ކާޑުތަކެކެވެ. އޭރުން ކުދި އަދި މެދުފަންތީގެ ވިިޔަފާރިތަކުން ވެސް ޕާޓީއަށް ފައިސާ ހަދިޔާކުރަން ބޭނުން ނަމަ، ފަސޭހަ ނިޒާމަކުން އެކަން ހަމަޖެހިގެންދާނެ ކަމަށް ސައީދު ވިދާޅުވި އެވެ. ނަމަވެސް އެ ކާޑުތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދެއް ވިދާޅެއް ނުވެ އެވެ.
މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ޕީޕީއެމްގެ ލޯގޯ އަދި އެ ޕާޓީއާ ގުޅޭ އެހެން މާޗަންޑައިސް ތައާރަފްކުރަން ވިސްނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނު ހުންނަ މީހާ
18 October 2020
ވައްކަމުގެ ތުހުމަތަކީވެސް އެޅުނު ފާލެއް. އަދިވެސް ތިހުރީ އެފާލުމަތީގައި
ޔާނު
18 October 2020
ތީ ބޮޑު ސްކޭމެއް!
ހުވާ
18 October 2020
ބަލަ މިވާހަކަ ދެއްކި މީހާއަކީ ކޮންޕާޓީއެއްގެ މީހެއްތަ؟ ޝަހުސު އޮޅުވާލީމަ ކުށަކަށްވަނީ ވަކި ބަޔަކު ކުރީމަތަ؟ އީސީއިން މިކަން ބަލަން ނުވޭތަ؟
މީމަގޭ ހިޔާލު
17 October 2020
ނިކަމެތި ރައްޔަތުންގެ ޓެކްސް ފައިސާކޮޅުން ކާލެވުނުވަރު މަދުވީތަ؟
ހަސަނު1
17 October 2020
ކެވުނު ވަރު މަދީތަ... އިކޮނޮމިސްޓު އެކައުންޓުގައި ހުންނާނެ 100 މިލިއަނަށް ވުރެ ގިނަރުފިޔާ..
ޕީޕީއެމް
17 October 2020
އަހަރެމެންގެ ލީޑަރ ޕާޓީ ހިންގާށޭ ކިޔާފައި އެކައުންޓަށް ލީ ލާރި ނެގީމަ ޕާޓީ ހިންގުނީނުން. އަދިވެސް އަހަރެމެން އަނގަޔާއި އަތާއި ދިމާނުވާއިރު އަހަރެމެން އަތުން ޗަންދާ ނަގަން ތިއުޅެނީ. ބޭނުމެއްނޫން ބައި ސެންޓް ވެސް ދޭކަށް.
މުހުތާޒު
17 October 2020
ލީޑަރުގެ އެކައުންޓުގަ އެހެރީ މިލިޔަނުން. ދެން ކީއްކުރަން ތިއުޅެނީ
ޢަބްދުﷲ އިބުރާހީ މް ބިން
17 October 2020
ވ ރަނގަޅުކަ މެއް. މަވެސް ގަންނާނަން. ހުޅު މާލެ ދެވަފިޔަވަހިގައި ދުއްވާލާ ބުރިޖުން މާލެ އައިސް ދަރު މަވަންތަ ހޮސްޕިޓަލް ބަލާލަން ދާންވާނެ،
ހަސަން ދެވަނަ
17 October 2020
ހުޅުމާލެ އޭ ކިޔަން ލަދެއް ނުގަނޭ..ރައީސް މައުމޫނު ތަރައްޤީ ކުރި ތަނެއް ތިއީ
ައަބްދުﷲނާފިޒު
18 October 2020
ތިޔަ ކާޑެއް ނުގަނެ ތިބުނި އެއްވެސް ކަމެއް ނުކުރެވޭނެ އުތަ !؟
ޔާނު
18 October 2020
ކަލޭ ހީވާ ކަހަލަ ދުވަހަކުވެސް ތަނެއް ނުފެންނަ އިބުރާހީމެއްހެން!
ކައްދާނިކެ
17 October 2020
ތިއަށްވުރެ ރަގަޅުނަމެއް ދޭންވެސް ނޭގުނު ދޯ! ލޮޔަލްޓީ ކާޑް. މިގައުމު ރައްޔިތުންނަށް އަދިވެސް އޮޅުވާލަން ކުރާ މަސައްކަތް. ކޮބާ ވެރިކަމުގައި ތިބެ ކޭ ފައިސާ.
ޑެބީ
17 October 2020
މީ އަދުރޭގެ ވޮލެޓާ ޕީޕީއެމް ކުދިންގެ ވޮލެޓާ ދެމެދު އެޅުނު ފާލަމެއް އުތަ؟