29 އޮކްޓޯބަރ 2020 - 13:31
އިންޓަނެޓްގެ ހިދުމަތް ނުލިބޭ އެކަހެރި ހިސާބުތަކަށް އިންޓަނެޓް ފޯރުކޮށްދޭން، ޖައްވަށް ބެލޫންތަކެއް ފޮނުވައިގެން ގޫގުލް އިން ހިންގާ "ޕްރޮޖެކްޓް ލޫން" ގެ ބެލޫންއެއް ރާއްޖޭ ސަރަހައްދަށް ވެއްޓުމުން ސިފައިންގެ ކޯސްޓް ގާޑުން އެ ހޯދައި ހަވާލުކޮށްފި އެވެ. އެމްއެންޑީއެފުން ބުނީ މި ބެލޫން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓުނުކަން ސިވިލް އޭވިއޭޝަން އޮތޯރިޓީން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނަށް ދިނީ މިއަދު ހެނދުނު 10:08 ގައި ކަމަށެވެ.
މި ބެލޫން ވެއްޓުނީ ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށެވެ.
އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން އެ ސަރަހައްދަށް ގޮސް، ބެލޫން ހޯދުމަށް ފަހު ރާއްޖޭގައި ހުންނަ ގޫގްލް ޕްރޮޖެކްޓް ޓީމާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
ގޫގުލްގެ ބެލޫނެއް ވައިގެތެރެއަށް ދޫކޮށްލަނީ
ބެލޫން ވެއްޓުމުން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއާއި ހުޅުލޭ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) އަދި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ ގުޅިގެން އޮޕަރޭޝަނެއް ކޯޑިނޭޓްކޮށް ކުރިއަށް ގެންދިޔަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ބެލޫން ދަތުރުކުރި ގޮތާއި ވެއްޓުނު ހިސާބު
ބެލޫން ވެއްޓުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނެތް ކަމަށާއި އެކަމުގެ ސަބަބުން އެއްވެސް ނުރައްކަލެއް ވެސް ކުރިމަތިނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ޕްރޮޖެކްޓް ލޫންގެ ބެލޫންތައް އެކި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުން ދަތުރުކުރެ އެވެ. މި ބެލޫންތައް ދަތުރުކުރާ ގޮތް ފްލައިޓްރާޑާ އިން ފެންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަބޫލެއްނުކުރެވޭ
30 October 2020
ޜާޢްޖޭގެ ވަޢިގެ ސަރަހަ އްދަށް ވަނުމުން ވަ އްޓާލީތަ ނުވަތަ ވެ އްޓުނީތަ
ސްޕޭސް އެކްސް
30 October 2020
އީލޮން މަސްކް ސްޓާލިންކް ސެޓެލައިޓުން 150 - 50 އެމްބީޕީއެސް ގެ ސްޕީޑުގަ 99 ޑޮލަރަށް ޕެކޭޖް ވިއްކަން ރެޑީ ވަނީ.
މަލއ2
29 October 2020
މިހެންވެތާ މަލީހު އެބުނަނީ އަގުހެޔޮވާނެޔޭ. އެވަރުންވެސް އަގުހެޔޮވާގޮތް ނުވީ މި. ވަރަށް ދެރަ.
ހުސެން
29 October 2020
ތީ ވަރަށްބޮޑު މައްސަލައެއް، މިފަހަރު ގެއްލުމެއްނުލިބުނީ ނުރައްކަލެއްނުވީ ނަމަވެސް ތިޔަހެން ތިޔަ އެއްޗެހިތައް ވެއްޓެންވެއްޖެނަމަ ތީ ވަރަށް ނުރައްކާ ކަމެއް، އަނެއްކޮޅުން ރާއްޖޭގެ ވައިގެސަރަހައްދައް ތިޔައެއްޗެއް ވަނުންވެސް އެއީ މައްސަލައެއްނުން؟ ކީއްކުރާއެއްޗެއްކަމެއްވެސް އެނގެނީކީނޫން ބުނާއަޑުއިވެނީ ރާއްޖެއަށް އިންޓަރނެޓްދެނީތަ؟؟ މައްސލަ ތަހުގީގުކުރަންޖެހޭ
އުދުހޭ
29 October 2020
ބޮޑު ފުއްޕާހަމެއް އެރުވީމަ އޭތި އިންނާނެކަމަށްތާ ގޫގުލް މީހުން އެބެލީ. ކޮޅިގަނޑުގަ ގަދަ ވައި އަންނައިރު އެއަށް ވާނެގޮތް ވިސްނާލާ.
ރޯނުބެ
29 October 2020
ކޮޅިގަޑު އުފެދޭ ހިސާބަށް ވުރެ އުހުގަ އުޅެނީ. މައްސަލަޖެހިގެން ތިރިވީ ކަމަށް ވާނީ.
ކާޖާ
29 October 2020
ތިޔަ ބެލޫން ވަގަށްތަ ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނީ؟ ހުއްދަ އޮވެގެން އުޅުނު އެއްޗެއްނަމަ ތިޔައިގެ ޚިދްމަތް ލިބެނީ ކޮންކޮން ބަޔަކަށްތަ؟ ރަގަޅު އިންޓަނެޓް ނުލިބިގެން ކިހާ ވާހަކައެއް މިގަައުމު މީހުން ދައްކާ..
ސަލީމު އިދުރީސް
29 October 2020
ލަގުޒަރީ ރިސޯކައް ވެއްޓި މަހުޖަނެއްގެ ބޯފެޅުނުމަ ނުވަތަ ދޮންމީހުންތިބި ޖެޓެއް ނުވަތަ އެއާޓެކުސީޔެއްގަ އޮޅިބަކު މަރުވިނަ ތިމައްސަލަ ބޮޑުވީސް
ބުރެދި
29 October 2020
ސަމާލު ވުމަށް ތި ބެލޫނާ ބެހޭ މައުލޫމާތު އާއްމުންނަށް ދީބަލާށެވެ.
ޑެބީ
29 October 2020
މީ އެލްފަބެޓްގެ ސަބްސިޑަރީ ލޫން އިން ދޫކޮށްގެން އުޅޭ ބެލޫންތަކެއް. ހެޔޮ އަގުގައި ރަށްފުށު ހިސާބުތަކަށް އިންޓަނެޓު ދޭން ހިންގާ ޕްރޮޖެކްޓެއް. ހީލިއަމް އަޅައިގެން އެއްކޮށް ފުފިފަ ހުންނައިރު ދިގުމިނުގަ 39 ފޫޓު އަދި ފުޅާ މިނުގައި 49 ފޫޓުހުރޭ. ބަރުދަނުގަ 10 ކިލޯވަރު ހުންނާނެ. އުދުހޭނީ 50،000 ފޫޓު މަތިން އާއްމު ގޮތެއްގައި. ކޮމާޝަލް މިތިންދާ ބޯޓުތައް އެހާ މަތިން ނޫދުހޭނެ. 2016 އާއި 2017 އަހަރު މީގެ ބައެއް ބެލޫންތައް ދުނިޔޭގެ އެކި ހިސާބު ތަކަށް ވެއްޓުނު.
ސުންދަރު
29 October 2020
މިއީ ގޫގުލްގެ އާ ބެހޭ އެއްޗެއް ނޫން. މިއީ އަލްފަބަޓް ގެ ޕްރޮޖެކްޓެއް.
ޝާޑު
29 October 2020
ސުންދަރު ތިބުނީވެސް ވަކި ދޮގެއްނޫން.
ދުމޭ
29 October 2020
ގޫގްލް އަކީ އަލްފަބެޓްގެ އެއްޗެއް. ދެން އަލްފަބެޓަކީ ބަޔަކަށް އެނގޭ އެއްޗެއްނޫން. ގޫގްލް އަކީ އެންމެން ދަންނަ އެއްޗަކީ. އެހެންވީމަ އެންމެންވެސް އަލްފަބެޓް ސިފަކުރަނީ ނޫނީ އަލްފަބެޓައް މުޚާތަބުކުރަނީ ގޫގްލްގެ ނަމުން. ދެން ގޫގްލް އާ ބެހޭ އެއްޗަކަށް ނުވީ ކީއްވެ؟
އުދުހޭ
29 October 2020
އެއީ އިނގިރޭސީ އަލިފުބާ ގެ އެއްޗެއް.
އަހުމަދު މު ހައްމަދު
29 October 2020
ތިކަމަށް އަހަރެމެންގެ ޓެކްސް ފަ އިސާ އިން ޚަރަދުވި ވަރު ލިބެންޖެހޭނެ.