08 ނޮވެމްބަރ 2020 - 15:34
ބޭންކް އޮފް ސިލޯން (ބީއޯސީ) އަށް ޖަމާކުރަން ގެންދިޔަ ރޫޓް ފިހާރައިގެ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރާ އިތުރު ތިން މީހެއްގެ ވަނަވަރު ފުލުހުން މިއަދު އާއްމުކޮށްފި އެވެ.
މިދިޔަ މަހުގެ 25 ގައި ބޭންކަށް ޖަމާކުރަން ގެންދިޔަ 4.2 މިލިއަން ރުފިޔާ ފޭރެން އުޅުނީ ހެލްމެޓް އަޅައިގެން، ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހެކެވެ. ނަމަވެސް އެ ބޮޑު ފޭރުން ނާކާމިޔާބުވީ ބޭންކްގެ ސެކިއުރިޓީއަކަށް ހުރި އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަންގެ ސެކިއުރިޓީ ގާޑު އަހުމަދު ހަސަން މަނިކު އެކަމަށް ހުރަސްއެޅުމުންނެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާއިރު، މީގެ ކުރިން ފުލުހުން ވަނީ ފޭރުމާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހެއްގެ ވަނަވަރު އާއްމުކޮށްފަ އެވެ. މި ފަހަރު އާއްމުކޮށްފައިވަނީ މިދިޔަ އާދިއްތަ އަދި ހޯމަ ދުވަހު ހައްޔަރުކުރި ތިން މީހެއްގެ ފޮޓޯއާއި އެ މީހުންގެ މައުލޫމާތެވެ. އެއީ މުހައްމަދު މާހީން މަދީހު/ ކ. މާލެ، ގ. ރޮބިންސް، އަހުމަދު މާހިލް ސައީދު/ ސ. ފޭދޫ، ރަންކޮކާގެ އަދި މުހައްމަދު އަޒްމީން/ ރ. ރަސްމާދޫ، އޯކިޑްމާގެ އެވެ.
އެ ތިން މީހުންނަށް ފުލުހުން ކުރަނީ، ފައިސާތައް ފޭރެން ރާވައި އެކަން ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ އަދި ފޭރުނު މީހުންނަށް އެހީތެރިވެދިން ކަމުގެ ތުހުމަތެވެ. މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
މި ފޭރުން ހުއްޓުވި ސެކިއުރިޓީ ގާޑާއި ރޫޓުގެ މުވައްޒަފުންގެ އަގު ވަޒަންކޮށް ފައިސާގެ އެހީ ދީފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
BODYBUILDING
09 November 2020
މި އަހުމަދު މާހިލް ސައީދު މިއީ ބޮޑީ ބިލްޑު ކުރަން އުޅުނު ކުއްޖެތައް؟ ވަރަށް ދެރަ، ރާއްޖޭގެ ޒުވާނުން މިހާރު އިހުތިޔާރު މިކުރަނީ ކޮންމެވެސް ޖަރީމާއެއް ހިންގޭނެ މަގެއް.
ބޭބެ1
08 November 2020
ތިޔަމީހަކީ ރަސްމާދުއަށް އޮތް ހުތުރެއް
ބޮން
08 November 2020
ތި ކުދިން ކޮޅު ތިގޮތަށް މަހެއްހާ ދުވަހު ގެންގުޅެފަ އަނެއްކާވެސް ދޫވެގެންދާނެއެވެ. ދެރައީ ރިހިބިލިޓޭޓް ކުރުމެއްނެތި ދޫވެގެންދާތީއެވެ.
ޢިޙްސާސް
08 November 2020
ސެކިއުރިޓީ އޮފިސަރާއި ރޫޓުގެ ފޭރުން ހުއްޓުވަން އުޅުނު ރޫޓުގެ މުއައްޒަފުނަށް މިބައިގަނޑުގެ ބައިގަނޑުތައް ނުރައްކާ ކުރުން އެކަށީގެންވޭ. މާތްﷲ އެމީހުނަށް ރައްކާތެރިކަން ދެއްވާށީ.
ބަސް
08 November 2020
ސާބަސް. މުއްސަދިވާން އުޅުމަކީ ގޯހެއްނޫން. އެކަމަކު ހަލާލުގޮތުގައި. ހަރާމް ގޮތުގައި އަވަހަށް މުއްސަދިވާން އުޅުމަކީ ދެދުނިޔޭގެ ހަލާކު.
ބައިރޯ
08 November 2020
ދޫކޮށްލާތި އެނޫން މިހާރު އޮންނަ ގޮތަކީ
ައަބްދުﷲނާފިޒު
08 November 2020
ބައިރޯ ތިބުނީ ރަނގަޅު ވަހަކައެއް، އެހާރެއް މިހާރެއް ފައްޓަރެއް ކިޔާނެކަމެއް ނެތް، އަބަދުވެސް ތިކަންކަން ހިނގަނީ ތިގޮތަށް...
ސަލީމް
08 November 2020
މިކުދިން ފާޑުފާޑުގެ ސީރީސް ތަކާއެއްޗެހި ބަލާތީ ވާގޮތެއްބާ؟ ހީކުރީކަންނޭގެ މީހަކަށް މިލިއަނެއް ލިބޭނެކަމަށް ހިހިހި
ބަސް
08 November 2020
އީމާންތެރިކަން ނެތީމަ ވާގޮތް.