ރަސްފަންނު މޫދު ސަރަހައްދުގައި މަރުވެފައި އޮއްވާ ފެނުނު ސިދުރަތުﷲ
08 ނޮވެމްބަރ 2020 - 22:50
އައިޖީއެމްއެޗާ ދިމާ ބޭރުން މޫދުގައި މަރުވެފައި އޮއްވައި ފެނުނު މުހައްމަދު ސިދުރަތުﷲ މަރުވެފައިވަނީ ގެނބިގެން ކަމަށް ޕޯސްޓްމޯޓަމްގެ ޕްރިލިމިނަރީ ރިޕޯޓުން ދައްކައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިދިޔަ މަހުގެ 23 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު ގދ. ވާދޫ، ސިދުރަތުﷲގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސް ހެދި ޕޯސްޓްމޯޓަމްގެ ޕްރިލިމިނަރީ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އޭގައި ސިދުރަތުﷲ މަރުވި ސަބަބެއް ކަމަށް ފާހަގަކޮށްފައި ވަނީ ގެނބިގެން ކަމަށާއި އޭނާގެ ހަށިގަނޑުގައި ހުރި ޒަހަމްތަކަކީ މޫދުގައި ހަށިގަނޑު އޮތް އިރު އެއްޗެއް ކެއުމުގެ ސަބަބުން ލިބިފައި ހުރި ޒަހަމްތަކެއް ކަމަށް ބެލެވޭކަމަށް ޕޯސްޓްމޯޓަމް ހެދި ފަރާތުން މައުލޫމާތު ދީފައިވާ ކަމަށް ވިދާޅުވި އެވެ.
ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖުން ޕޯސްޓްމޯޓަމް ނިންމައި ސިދުރަތުﷲ، 31، ގެ ހަށިގަނޑު މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ގެނެސް ވަނީ އާއިލާއާ ހަވާލުކޮށްފަ އެވެ. އެ ރޭގެ އިޝާ ނަމާދަށްފަހު އޭނާގެ ހަށިގަނޑު ވަނީ ވަޅުލައިފަ އެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް ކުރި ބައެއް ތަހުލީލުތަކުން ސިދުރަތުﷲ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"އަދި މި ހިނދު ވެސް ޕޯސްޓްމޯޓަމްއާ ގުޅިގެން ހަދާ އިތުރު ބައެއް ތަހުލީލުތައް ރާއްޖެ އިން ބޭރުން ކުރިއަށްދާކަން ފާހަގަކޮށްލަން. އަދި މައްސަލައާ ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން އަދިވެސް ދަނީ ބަލައި ތަހުގީގުކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.
ސިދުރަތުﷲގެ ޕޯސްޓްމޯޓަމް ހަދައި މަރު ތަހުގީގު ކުރުމަށް އޭނާގެ އާއިލާ ދެކޮޅެވެ. އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް އެދި ފުލުހުންނަށް މީގެ ކުރިން ސިޓީއެއް ވެސް ފޮނުވި އެވެ. އެކަމަކު ފުލުހުން ބުނީ އާއިލާ އިން އެހެން އެދުނަސް ފުލުހުންގެ ނިންމުމަށް ބަދަލެއް ނާންނަ ކަމަށާއި ޕޯސްޓްމޯޓަމަށް ހަށިގަނޑު ބާއްވާފައި އޮތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ދަށުން ކަމަށެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު ފުލުހުން އާއްމުކުރި ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ސިދުރަތުﷲ އެންމެ ފަހުން ފެނިފައިވަނީ، މިދިޔަ މަހުގެ 22، ވަނަ ދުވަހުގެ ހެނދުނު 9:00-12:00 އާ ދެމެދު ރަސްފަންނާ ދިމާލުން މޫދަށް ދަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
09 November 2020
މީހާ ހަރާމް ކުރެއްވި ހުރިހާ ކަމެއް ކުރަމުންދާއިރު އާއިލާއަށް އެނގޭއިރު އަޅާނުލާތިބެފައި، މަރުވީމަ ދެން ކޯއްޗެކޭ ކިޔާކަށް. ދުނިޔޭގެ ޙަޔާތުގެ އިމްތިހާނުގެ ވަގުތު ނިމުނީމަ ނިމުނީ. ދެން އާއިލާއަކުން އެމީހާގެ މަސްގަނޑަށް އުޅުމަށް އަޚުލާގަށް ބަލާކަށް ނުޖެހޭނެ. ދެން އޮންނާނީ ހެޔޮއެދެންޏާ ދުޢާ ކުރުން.
ނަންނު
09 November 2020
އޭނަ އެގޭ ރައްޓެއްސަކު ބުނި އޭނަ އައްފަންޑިތަ ހަދާފަކަމައް ވަރައްގިނައިން ފަންޑިތަހަދާމީހުންކައިރިޔައް އޭނަދާކަމައް ފަންޑިތަހަދާމީހަކުބުނިކަމައްވޭ ވެނަކައް ކާންދީފަކަމައް ހަގީގަތެއްނޭންގެ މޮޅައްދެނެވޮޑިގެންވަނީ މާތްﷲ އައް
ބޮޑުއޮޅުވާލުން
09 November 2020
މިއީ ގެނބިގެން ވީ މަރެއްކަމަށް އާންމު ރައްތިތުންނަށް ޔަގީން ކޮށްދޭންވެގެން އާންމުކުރި ވީޑިއޯއެއްމީ. ބޭނުމަކީ ހަގީގަތް ދޮރުވުން. ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވީޑިއޯ އެއް އެއީ.ބުރާފަތި ދުވަހުގެ ރޭ 12:30 ހާއިރު ރަސްފަންނުގެ 2 ރައްޓިހިންނާ އެއްކޮށް ހުރި މަންޒަރު ފެނުނު މީހުން އެބަތިބި. މީގެ އިތުރުން ފުލުހުން ބުނީ "މަރުވެފަ ވަނީ 6 ގަޑިއިރާ 12 ދޭތެރޭ ވަގުތެއްގަ" ކަމަށް އެއީ ހުކުރު ދުވަހުގެ މެންދުރު ފަސް. ވަރަށް ވާހަކަ މީ. މި މަރުގެ ހަގީގަތް އެނޭ ބަޔަކު މި ކޮމެންޓު ތައް ކިޔާފަ ވަރަށް ނުތަނަވަސް ވާކަން އެބަ އެނގޭ. ހަގީގަތް ހާމަ ވާނެ. އިންސާފު ބޭނުން.
ވީޑި އޯ ފެނުނީމަ......
09 November 2020
ވީޑި އޯ ފެނުނު ހިސާބުން، އޭނަ މަރުވީ ގެނބިގެން ކަަމަށް ބެލެވުނެވެ. އޭނަގެ ވަށަ އިގެން ހަތަރު ފަރާތަށް ބެލި ކަމުގަ އި ވިޔަސް، އޭނަގެ ފަސްފަހަތުން ބަޔަކު ދިޔަތަނެ އް ނުފެނެ އެވެ. އެހެންކަމުން، ޒަޚަމް ތަކަކީ މޫދު އަޑީގަ އި އޮތް އިރު، މަސްތަކުގެ ހަމަލާކަން ހާމަވެ އެވެ. މިހާރު ވެސް، އަހަރުމެން މޫދަށް އެރި އުޅޭ އިރު، މަސްތަށް އައ އިސް ގަ އިގަ އި ކޮށަ އެވެ.
ޑެބީ
09 November 2020
ނޭގޭތީ ހަމަ އަހާލާނަން. މާލެ ތެރޭން ފެންނާނެ އަމިއްލައަށް ވާހަކަ ދައްކަމުން ބައެް ފަހަރު އެހެންދާ މީހުނާ ދިމާލަށް ހަޅޭލަވަމުން އުޅޭ ޒުވާނެއް. މީ އެޒުވާނާތޯ؟
އެންމެ ފަހު ވަގުތު
09 November 2020
މަރުވުމުގެ ކުރިން އެންމެ ފަހުން ގެއިން ފެނުނު އިރު އެނދަށް އޮށޯވެލަން އަރަމުން "ސަލާމަތުން ހުންނަން ބޭނުންވޭ" މިހެން މަންމަ ކައިރީގައި ބުނެފައި އެބައޮތް.ދެން ފެނުނީ މޫދުން މަރާލާފަ އެއްލާލާފަ އޮއްވަ. ފުލުހުން ބުނަނީ ގެނބިގެން މަރުވީއޭ. ހަށިގްނޑު ބަލާފަ މަންމަ ބުނީ "ނޭފަތްވެސް އޮތީ އެއްޗަކުން ޖަހާ އެތެރެއަށް މަޅާލާފަ" ކަމަށް. އާއިލާ އަށް ހަށިގަނޑު ނުދައްކަން 5 ގަޑިއިރު ދެންމި."ލޯ ހުރީ ތޫނު އެއްޗަކުން ކޮނެލައިގެން ނަގާފަ ހުރިހެން. އޭރުވެސް ލޮލުތެރެއިން ރާސްލާފަ ސާފު ރީތި ލޭ އައިސް އައިސް ހުރި" ހަށިގަނޑު ބެލި އަންހެން ކޮއްކޮ ބުނި ބަސް.ފުލުސް: "މަރުވީ ގެނބިގެން. އެހަމަ މަސް ކާލާފަ" ހުސް ދޮގު. ވަރަށް ނުބައި ރޭވުމެއް މީ. އިންސާފު ބޭނުން.
އާއިލާ
09 November 2020
ޕޯސްމޯޓަމް ހަދާފަ މިކަހަލަ ރޯ ބުހުތާނު ދޮގު ޕަބްލިޝް ކުރާތީ މި މަރުގެ ހަގީގަތް ފުލުހުން ގަސްތުގަ ސިއްރުކުރަން މަސައްކަތް ކުރާވަރު އެބަ ހާމަވޭ. އޭނަ އޮތީ މަރާލާފަ އެއްލާލާފަ. މޫދުން ފެނުނުއިރު ހަށިގަނޑުން ފެނުނު ހެކިތަކުން އެނގެނީ އެއްލާލިތާ މާގިނައިރު ނުވަނިސް ވަނީ ފެނިފަކަން. މަސްތަކެއް އައިސް ނުދެވޭ ކަހަލަ އަނިޔާ ހުރި. މިއީ އެ ހަށިގަޑު އެގްޒާމިން ކުރި ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމެއް.މި މަރުގެ ހްގީގަތް ފޮރުވަން އެހާ މަސައްކަތް އެކުރަނީ ވަރަށް ނުބައި ރޭވުމެއް މީގެ ފަހަތުގަ ވާތީ.މިއީ އިންސާފެއް ނޫން. މި ގައުމުގަ އިންސާފެއް ލިބޭނެ ކަމަށް އެއްވެސް މީހަކު އުންމީދު ކުރާނެ ކަމެއް ނެތް. ނިކަމެތި މީހާ އަށް ނިކްމެތި ގޮތް. ކުއްވެރިންނަށް މީހުން މަރާ މީހުންނަށް މޮޅުގޮތް.
ނެގުނުކަތީބު
09 November 2020
ބޭކާރު ކަމެއް ދޯ އެ ކުރީ؟
ހަގީގަތްތްތްތްތްތްތް
09 November 2020
އެއެއްވެސް އެނގޭނީ "ޕޯސްޓްމޯޓަމް" ހަދައިންނޭ. ޕޯސްޓްމޯޓަމް ހެދުމުން ލިބެނީ ކޮންމައުލޫމާތު ތަކެއްކަންވެސް އެނގެނީކީނޫން. ގަންބާލީތޯއޭ ތިއަހާ ސަބަބެއްވެސް ނޭނގުނު. ތި ބުނަނީތާ ޕޯސްޓްމޯޓަމް ނުހެދިޔަސް ބޭފުޅާޔަށް އެބައެނގޭތާ ގެނބިގެންކަން މަރުވީ. ތިވަރު މީހަކަށް އެނގެން ވާނުން ދެންވީގޮތްވެސް! (އައްބޭބެ އަށް)
އަލްފާ
09 November 2020
ތިއިން އެއްވެސް ރިޕޯޓަކީ %100 ދިމާވާ އެއްޗެއްނޫން. ގެނބިގެންކަމަށް ބެލެވޭ ، ކަައިފަކަމަށް ބެލެވޭ ، މަސްތުވާތަކެތި ކަމަށް ބެލެވޭ، ވައްކަންކުރިކަމަށް ބެލެވޭ ......