މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ގެންދިއުމަށް ސިފައިން އެހީތެރިވަނީ.-- ފޮޓޯ: އެމްވީ ކްރައިސިސް
24 ނޮވެމްބަރ 2020 - 13:20
މާލޭގެ ގެއެއްގައި މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގަލޮޅުގެ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިގެން 11:57 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ. އެ މީހާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" އޮފިޝަލް ވިދާޅުވި އެވެ.
އެއީ ގުދުރަތީ މަރެއް ކަމެއް ނުވަތަ މަރުވެފައިވާ މީހާގެ ހަށިގަނޑުގައި އެއްވެސް ޒަހަމެއް ފެންނަން ހުރި ކަމެއް އަދި ސާފެއް ނުވެ އެވެ. އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލަށް 19 އަހަރުގެ ދިވެއްސެއްގެ ހަށިގަނޑު ގެންގޮސްފައިވާ ކަމަށެވެ.
މަރުވެފައި އޮތް ފިރިހެނަކު މާލޭގެ ދެކުނު ފަރާތު ފަޅުތެރެއިން ވެސް މިއަދު ފެނިފައި ވެ އެވެ. މަރުވެފައި އޮއްވާ ފެނުނީ އިނގިރޭސިވިލާތުގެ 58 އަހަރުގެ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިމަނިކުފާނު
25 November 2020
މާތްﷲ އެ ޒުވާނާގެ ފާފަފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އާމީން. މަރު ކޮންމެ އިންސާނަކާ ކުރިމަތިވާނެކަމީ އެކަމުގައި އެއްވެސް އޮޅުމެއް ދެބަސްވުމެއް ފުށުއެރުމެއް އޮތް ކަމެއްނޫން. ބައެއް މަރުތަކަކީ މަރުވުމަށް މެދުވެރިވި ސަބަބު ހޯދައި ތަޙުޤީޤު ކުރަންޖެހޭ މަރުތަކެއް. މާތްﷲ، އަޅަމެންގެ ދަރިންނާއި ރައްޔިތުންނާ މިޤައުމު، އެންމެހައި ނުބައިވެގެންވާ ވަބާތަކުން ރައްކާތެރި ކުރައްވާށި. އާމީން
ހހހހހހހހހހހހހޙާމިދު ޝާހ ހިދު
25 November 2020
އެޒުވާނާގެ ފުރާނައަށް މާތް ﷲ ހެޔޮ ރަހ ހުމަތް ލައްވާށިއެވެ. މިފަދަ މަރުތަކުގައި ދުނިޔެ ދޫކުރާ މީހ ހުން މަރުވި ސަބަބު ނު ހޯދޭކަން ވަރަށް ފެރަ. މި ހާރު ވަޅުލާވެސް ނިމިއްޖެ. ފުލުހުންނަކަށް މި ގޮތްނޭންގޭ މަރާ ބެ ހޭ އިތުރު މަޢުލޫމާތެއް ނުދެވުނު. ގުދުރަތީ މަރެއްތޯ ނޫނީ އެ ހެން ގޮތަކަށް މަރުވީ ކަމެއް ނޭންގުނު.
ޖުހާން
25 November 2020
ޚަބަރުލިޔާ ކުދިންކައިރީ ބުނެލަން ބޭނުންވަނީ ޚަބަރެއް ލިޔާނަމަ ޑ. އެޗް ސުވާލުތަކުގެ ޖަވާބުތައް ފުރިހަމަކުރާށޭ، އެހެންނޫނިއްޔާ ގެއްލެނީ ކިޔާ މީހުންގެ ވަގުތޭ.
މޫސަ123
25 November 2020
ކޮންމެ ދުވަހަކު މިފެންނަނީ ގޮތްނޭގޭ އެތައްމަރުތަކެއް ބަޔަކު ވަރަށް ބުރަމަސައްކަތުން ދެއަހަރުން ގާއިމިކޮށްދެއްވި އަމާންވެށި މިފެންނަނީ ބިރުވެރި ޖަންގައްުޔަކަށް ވެފައި ވާތަން ވައްކަން ކުރުމާ ރޭޕުކުރުން އިންތިހާއަށް ..
ރިއްޓަޅޭ ރިމައްޓަޅޭ
24 November 2020
ވާނުވާ މަރުތައް ވަނީ ގިނަތަ؟ މަދުތަ؟ ކޮބާ ރުގިއްޔާކުރުން؟ ކޮބާ އަނިޔާކުރުން؟ މަދުތަ ގިނަތަ؟ 2008 ގައި އަންނި ރައީސަކަށް އަރައި، ފަންޑިތަ ރިބްރޭންޑްކޮށް ރުގިއްޔާ އަށް ބަދަލުކޮށް މިސްކިތްތަކުގައި ހުރަހެއްނެތި ވައުޒު ވިދާޅުވެވޭ ގޮތް ހެދީމާ އޭގެ ހިތި ނަތީޖާ މިހާރު ނުފެނޭބާ؟ އެކަހަލަ ރުގިއްޔާ ފިކުރުގެ މީހުން ކޮންޓްރޯލްކުރުމަށް މައުމޫން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކަށް ފާޑުކިޔައި ހެދީމާ ނިކުތް ނަތީޖާ ރަނގަޅުތާދޯ؟
ހާމިދު ޝާހިދު
25 November 2020
ވަރަށް ބަރާބަރު ކޮމެންޓެއް. ހަގީގަތުގައި މިގައުމުގެ ދީނީ އެއްބައިވަންތަކަން ނަގާލީ ރައީސް ނަޝީދު ވެރިކަމަށް އައިހިސާބުން. އޭނާ ދިޏީ މިނިވަންކަން ދިނުމުގެ ވިސްނުމުގައި ކުރި ކަންތައްތަކުގެ ތެރެއިން، ތިބުނާ ބާވަތުގެ ކަންކަން ފީސަބީލިއްލާހިއަށް ދޫކޮށްލީ. އެވަގުތު އެކަމުގެ ނާޖާއިޒް ފައިދާނެގީ، އޭރު އަދާލަތު ޕާޓީއާ ގުޅިގެން އުޅުނު ހަރުކަށި ފިކުރުގެ އިލްމުވެރިން. މިގައުމަށް ބޭނުންވަނީ ހަމަޖެހޭ އެއްބައިވަންތަ އިސްލާމް ދީނުގެ މެދުމިނުގެ ސިޔާސަތެއް.
ދަރަނި ދަންތުރަ
24 November 2020
ކޮބައިބާ ހުސްނު އަލްސުއޫދުގެ ގާނޫނީ ދިގުއަތް
ދަރަނި ދަންތުރަ
24 November 2020
މި ވެރިކަމަކީ މުސީބާތުން ފުރިގެންވާ ވެރިކަމެއް ، ވަރަށް ހިތާވެރި ހިތްދަތި ދުވަސްތަކެއް ...
ފޫހި
24 November 2020
ޔާމީން ވެރިކަމުގަ ހުރިނަމަ އެމްޑީޕީން ކީކޭބާ ގޮވާނީ.
ޙަބީބު
24 November 2020
ގޮވާނެ އަހަރެމެންގެ ވެރިކަމެއްގަ ހުރިހާ ގަލެއް ފުރޮޅާނަމޭ ޔާމީނުގެ އަތެއްވެޔޭ ހެކިމިހިރީއޭ ކޮބާ މަރުކޮމިޝަން މަރުވެފަ ނޫންބާ މިވަނީ
ގެދާނޯމޮސް
24 November 2020
ގޮތްނޭނގޭ މަރުތަކާއި ދިވެހިން ބުއްދިގޯސްވެ ދީނާދުރައް ދާމައްސަލަ ތަކަށް ދުވަހަކުވެސް ދެން މިރާއްޖޭއަކުން ހައްލެއް ނުލިބޭނެއެވެ. ހުރިހާ ކަމެއްވެސް ހުރީ ތިލަފަތުގެ ދެކޮޅަށް އެޅި ހަމަހަމަ ވެފައެވެ.
2021
24 November 2020
ގޮތްނޭނގޭ މަރުތަކުގެ އަ ހަރު 2020
އިބުނު ހަސަނު އިބުނު
24 November 2020
އެގެނީ މަރުވީ އިންސާނެއް ކަން. ސާބަސް ޚަބަރަށް