ޑރ. އަލީ ލަތީފް: އޭނާގެ ލެބަކަށް އައިޖީއެމްއެޗް އިން ތަކެތިި ގެންދާ ކަމަށް ބުނާ ވާހަކަ އޭނާ ވަނީ ދޮގު ކުރައްވާފައި
28 ނޮވެމްބަރ 2020 - 14:26
ކޮވިޑް-19 އާ ގުޅިގެން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ އިސްވެރިޔާ ޑރ. އަލީ ލަތީފްގެ ހިއްސާ އޮންނަ ލެބޯޓްރީއަކަށް އައިިޖީއެމްއެޗްގެ ލެބޯޓްރީން ތަކެތި ގެންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭނާ ދޮގު ކުރައްވައިފި އެވެ.
އައިޖީއެމްއެޗްގެ ލެބޯޓްރީގައި ހުންނަ ތަކެތި އަލީ ލަތީފްގެ މަސްލަހަތު އޮންނަ ލެބޯޓްރީއަކަށް ގެންދާ ކަމަށް ބުނާ ލިޔުމެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި އައިޖީއެމްއެޗުން ގެންދާ ތަކެތި އަނބުރާ ރައްދު ކުރާއިރު އެހެން ބްރޭންޑްގެ އެއްޗެހި ރައްދުކުރާ ކަމަށް ސޯޝަލް މީޑިއާގައި ވަނީ ތުހުމަތުކޮށްފަ އެވެ. ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ލިޔުމެއްގައިވާ ގޮތުން އެ ތަކެތި ގެންދަނީ ހުޅުމާލޭގައި ހުންނަ އާރުއެމްއެލްއެސް ލެބޯޓްރީ ސާވިސްއަށެވެ. އެއީ އޭނާގެ ހިއްސާ އޮތް ލެބެއް ކަމަށް ވެސް ލިޔުމުގައި ބުނެފައި ވެ އެވެ.
އެކަމަކު އެކަން ދޮގުކުރައްވައި އަލީ ލަތީފް ވިދާޅުވީ އެތަނަކީ އޭނާގެ ހިއްސާއެއް އޮންނަ ތަނެއް ނޫން ކަމަށާއި އެތަނުގެ ވެރިންނާ އޭނާއާ އޮންނަ ރަހުމަތްތެރި ކަމެއް ފިޔަވައި، އިތުރު ގުޅުމެއް އޭނާއާ އެތަނާ ނޯންނާނެ ކަމަށެވެ. އަދި އެފަދަ ދޮގު ތުހުމަތުތަކެއް އަމާޒުކުރަނީ އޭނާ ހުންނެވި މަގާމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ އެއްވެސް ހިއްސާއެއް އޮންނަ ތަނެއް ނޫން އެއީ،" ލަތީފް ވިދާޅުވި އެވެ.
އާރުއެމްއެލްއެސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސައީދު ވެސް ވިދާޅުވީ އެ ލެބްގައި ލަތީފްގެ އެއްވެސް ހިއްސާއެއް ނޯންނާނެ ކަމަށާއި އަދި އައިޖީއެމްއެޗްގެ ލެބޯޓްރީން އެތަނަށް ތަކެތި ގެންދަނީ ލަތީފަށް އެނގިވަޑައިގެން ނޫން ކަމަށް ސައީދު ވިދާޅުވި އެވެ. އަދި އެގޮތަށް ތަކެތި ގެންދަނީ އޮންނަ އުސޫލުތަކުގެ ތެރެއިން ލިޔެ ކިޔުމުން ކަމަށާއި ގެންދާ ތަކެތި ނޫން އެހެން އެއްޗެއް އަނބުރާ ރައްދު ނުކުރާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"މިއީ އަޅުގަނޑާ އެހެން މީހަކާ ހިއްސާވެގެން ކުރާ ކަމެއް. އަލީ ލަތީފަށް އެނގިގެނެއް ވެސް ނޫން މި ތަކެތި ގެންދަނީ. އެއީ ސީދާ އަޅުގަނޑުގެ މޭޒުން ސިޓީ ފޮނުވައިގެން ކުރާ ކަމެއް. އަނެއްކާ އެ ހުރިހާ އެއްޗެއް ލިޔެކިޔުމުން ފެންނަން ހުންނާނެ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އަބަދުވެސް ވަސީލަތްތަކާއި މުވައްޒަފުން ބަދަލު ކުރާ ކަމަށާއި އެކަން ކުރަނީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި ކްލިނިކްތަކުން ވެސް ބައެއް ފަހަރު ހޮސްޕިޓަލްތަކަށް ތަކެތި ފޯރުކޮށްދޭ ކަމަށާއި އެއީ އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އޭޑީކޭއިން އަދި ޓްރީ ޓޮޕުން ވެސް ތަކެތި ގެންދަން. އަޅުގަނޑުމެން ވެސް ހުންނާނެ ބައެއް ތަންތަނަށް އެގޮތަށް އެއްޗެހިި ފޯރުކޮށް ދީފައި. އަދިި ގެންދާ ތަކެތި ހުންނާނެ އޮޑިޓެއް ކުރިޔަސް، ލިޔުމުން ފެންނާނެ ގޮތަށް. އަޅުގަނޑުމެން ވައްކަމެއް ކުރާ ނަމަ، ލިޔެކިޔުމަކުން ނޫން ދެއްތޯ އެކަން ކުރާނީ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔުބީ
30 November 2020
ލަޠީފް ތިވަރަށް އޮޅުވާލެވެން އޮތްކަމެއް ނޫނޭ ތިއީ، މައްކޫމެން ގެ އޮޑިޓަރުގެ ފުރަތަމަ މަރުހަލާ (ޑިއު ޑިލިޖެންސް) ހަދާލާ އިރަށް ލަޠީފް މެން ދާނީ ތި ހަދާ ދޮގުތައް ބަސްޓް ވެގެން. ދެން ކީކޭ ބުނާނީ ލަތީފް، ހިތައް އަރަނީ މެޑިކަލް ޑޮކްޓަރަކު ތިފަދަ ބޮޑު ދޮގު ހެދީމާ ކިހިނެތް ތޯވާނީ ، މެޑިކަލް ސާރވިސް ދިނުމުގަ ވިވަރު ގެ ބޮޑު ދޮގު ހަދަންޏާ ޕޭޝަންޓް އިންގެ ފުރާނައަށްވެސް ނުރައްކާ ނޫންތޯ؟
އެމްސް
30 November 2020
ޢަލީލަޠީފުގެ ޙިއްސާއެއް ޤާނޫނީގޮތުން ނެތުމީ އޭނާގެ އަތެއް ތިކަމުގަ އަދު ނެތުމެއް ނޫން/އޮތުމެއްވެސް ނޫން! ތިހާ ރައްޓެހި ބަޔެއް ތެރޭގަ ތިފަދަ ކަންކަން ނޭނގިއެއްވެސް ނުހިނގާނެ!
ތިންއަލީ
29 November 2020
މިއުޅެނީ ތަނަކަށް ހިރިނުލެވޭ ގޭގައިތިބޭ އުމުރުން ދުވަސްވީ މީހުންގެ ސާޕްޕަލެއް ތިނަނުން މީހަކު ގޮސްގެން ނަގާލެވެނެ ދުވަހެއް ނުފެނިގެން. އެކަމު އެއްބަޔަކު ބޭނުން ވީމައި، ކްލިނިކާއި ލެބޯޓަރީ ބޯޑު އަޅުވައިގެން އެތަނުން ކަމެއް ނުކުރެވުނަސް ސަރުކާރު ތަންތަނުން މިމީހުން ބޭނުންވާކަމެއްކުރެވޭ. އިންވެސްޓް ކުރާކަަށް ނުޖެހޭ.
ތުއްތޮންބެ
29 November 2020
މިސްކިތްހުޅުޖެހިމީވެސް ބުނޭމަށޭކިޔާހެއްޔޭ؟
އަޒީބެ
29 November 2020
ލަދެއްހުރިނަމަ ޓެކްޓީމްގެ ހެޑޭކިޔައިގެން އެތާ އިންނާކަށް ނުކެރޭނެ. ނިއުޅެމުން ތިދަނީ އަދި އެއްބައިކަން އެނގެންވާނެ. އަދި ވަރަށް ކަންކަން ފެންނާނެކަމަށް އުންމީދުކުރަން. ފޮރުވައިގެން ކުރާ ކަންކަން ބަލާނެބަޔަކު ތިބޭކަން ސޯސަލް މީޑޮޔާއިން މިހާރު ފެންނާނެ.
ސުވާލު
29 November 2020
ސަރުކާރުގެ ލެބޯޓްރީ ތަކާ ހަވާލުވެ ތިބިމީހުނާވެސް ސުވާލު ކުރަން އެބަޖެހެއެއްނު، މި އީ ހާދަ ބޮޑެތިކަންތަކޭ މިހިނގަނީ، ސުވާލު އުފެދޭ ކަންތައްތަކެއް މި އީ، ހީވަނީ އެއްމެން ވެގެން ކުރާކަންތައް ތަކެއްހެން މި އީ، އަނެއްކާ މީނަގެ ޕާލް ކޮލިނިކައް ހުރިހާ ހުއްދަ އެހާފަސޭހައިން ލިބެނީ ކީއްވެ، އައްޑޫ ގަ ހިންގާ އަމިއްކަ ހޮސްޕިޓަލަކައް މީގެ އެއްވެސް ހުއްދައެއް ނުދިން، ހުސް ކޮރޮޕްށަން ހިންގަނީ އެއްމެންވެގެން، ބަލިމީހަކައް ވާ ފައިދާ އެއްނެތް،
ދަތުރުދޯނިން
29 November 2020
ކަންކަން ޖެހޭނީ ބަލަން އަނެއްކާ ރަނގަޅު މާތް މީހުންގެ ބޮލުގައި ނުކުރާކަމެއް ކަމެއް އެޅުވުމަކީވެސް ގޯހެއް
ކޮވިޑް ހޮސްޕިޓަލް
29 November 2020
ވެންޓިލޭޓަރާއި އޮކްސިޖަނުން ވައްކަން ކުރި މީހުން މިހާރު ބްރޭކިން ނިއުސް އެއް ހަދާލީދޯ.. ވެކްސިން އިން ބޮޑު ވައްކަމެއް ކޮށްލަން ރާވަނީ.. އެހެންވެ މިދުވަސްވަރު މީހުންގެ ފޯކަސަ ގެއްލުވާލަން ކުރުވި ކަމަކަށް ތިވާނީ. އަޑީގަ ހުންނާނީ ބަނޑޮސް ރިސޯޓުން ވައްކަމުގެ ތަމްރީން ފުރިހަމަ ކުރައްވައިފައިވާ ބަންދު ސަލީމް.ވެރިކަމށް އައިރު ވައުދުވީ ވައްކަން ހުއްޓުވަން. ނަމަވެސް ވައްކަން ނޫންކަމެއް ގައުމަކު ނުހިނގާ. ނޫސްވެރިން މި ކަމުގައި ރައްޔިތުންނަށް ސިއްރު ހާމަކޮށްދެއްވާ
ޟަމީރު1
29 November 2020
މީނަ ވަގުތުން ޓެގުން ބޭރުކުރަން ޖެހޭ. ޢެއޮތީ ބޮޑު ދޮގެއް ހަދާފަ
މޮހައަ
29 November 2020
ތިއޮތީ މިހާރު ބޭނިފަ، ރަނގަޅަ ބާނުވާލާނެ، އަވަހަށް އަހަރުން މިނިވަން ކުރޭ! ...