ނެއްލައިދޫގައި ދިރިއުޅެމުން އަންނަ ޒާހިލް: އޭނާގެ ބައްޔަށް ފަރުވާ ހޯދަން ގިނަ އަދަދެއްގެ ފައިސާ ބޭނުންވޭ.
05 ނޮވެމްބަރ 2016 - 23:48
ގޮތް ނޭނގޭ ބަލިތަކެއްގެ ޝިކާރައަކަށް ވެފައިވާ އިބްރާހިމް ޒާހިލް އަށް އެހީތެރިވާން ކަޕްކޭކާއި ފޮނި ކާއެއްޗެހި ވިއްކައިގެން މިއަދު އެކަނި ވެސް ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޯދައި ދީފި އެވެ.
ކޭކު އަޅާ 80 ވަރަކަށް މީހުން ބައިވެރިވެގެން "ކޭކް ޑޯނާސް" އާއި ހެލްޕިން ހޭންޑް ޖަމިއްޔާ އިން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ކުރިއަށް ގެންދިޔަ އިވެންޓުން ޖުމްލަ 286،043ރ. ވަނީ ލިބިފަ އެވެ. ޒާހިލް އަށް ހާއްސަކޮށްގެން މިދިޔަ ހަފުތާގައި ކޭކު ޑޯނާސް އިން ކުރިއަށް ގެންދިޔަ ހަރަކާތުގައި ވެސް 97،000 އަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.
ކޭކު ޑޯނާސްގައި އިސްކޮށް ހަރަކާތްތެރިވާ އައިޝަތު ޝެރިން މިރޭ ބުނީ ކޭކާއި އެ ނޫން ވެސް ތަކެތި ވިއްކައިގެން މިއަދު ލިބުނު ފައިސާ ވެސް ހަރަކާތް ނިމުމާއެކު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. ޒާހިލް އަށް އެހީވާން މިއަދު ހެނދުނުން ފެށިގެން އެކި ސަރަހައްދުތަކުގައި ހަރަކާތްތަކެއް ހިންގީ މަދުވެގެން 200،000ރ. އަށް އަމާޒުކޮށްގެން ކަމަށް އޭނާ ބުންޏެވެ.
"އެކަމަކު ދީލަތި އެހީތަކުން އަޅުގަނޑުމެން އުއްމީދުކުރި ވަރަށް ވުރެ ވެސް މާ ރަނގަޅަށް ފައިސާ އެއްކުރެވުނު،" ޝެރީން ބުންޏެވެ.
ޒާހިލް އަށް އެހީވުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ، އޭނާ ބުނިގޮތުގައި، ވޮލަންޓިއަރުންގެ ގޮތުގައި ވެސް ހެޔޮއެދޭ ގިނަ ބައެއްގެ އެހީތެރިކަމާ އެކުގަ އެވެ. ކޭކް ޑޯނާސް އިން ނިންމާފައި ވަނީ ކޮންމެ މަހަކު ވެސް ކޮންމެވެސް އެކަކަށް އެހީތެރިވުމަށެވެ.
ހދ. ނެއްލައިދު އަށް އުފަން އުމުރުން 17 އަހަރުގެ އިބްރާހިމް ޒާހިލް ބަލިވެ އުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އެންމެ ކުޑައިރުއްސުރެ ހަމުގެ ބަލިތަކެއް ތަހައްމަލްކުރަމުން ދިޔަ ކުއްޖާ އަށް މިހާރު ވަނީ ގޮހޮރުގެ މައްސަލަ ވެސް ދިމާވެފަ އެވެ. އޭނާ އަށް ކާން ދެނީ، ހޮޅި ބޭނުންކޮށްގެންނެވެ. ކައިރި ގައުމަކުން ދާއިމީ ހައްލެއް ލިބެން ނެތުމުން ޒާހިލްގެ އާއިލާއިން މަސައްކަތްކުރަމުން އަންނަނީ ދުރު ހިސާބަކަށް ގޮސްގެން ނަމަވެސް ފަރުވާއެއް ހޯދުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހީވަމާ
07 November 2016
މައުލޫ ކަމަކު ނުދޭ... ހުސްއެކަނި ކަޕްކޭކެއްނޫން... ވ. ގިނަ ބާވަތްތަކުގެ ކުޅިހެދިކާ އާއި މަސްހުނިއާއި ރޮށި އަދި ބިރިޔާނި ފަދަ ތަކެތި ހެލްޕިންގހޭންޑުން ތައްޔާރުކުރި...
އިހްސާންތެރިވޭތަ؟
06 November 2016
އިހްސާންތެރިވޭ އަށް ދަންނަވަމެވެ. އަޅުގަނޑު އެހީވާން ބޭނުމެވެ. މިއުޅެނީ ރާއްޖޭތެރޭގައެވެ. ކުރެވޭނީ ޓްރާންސްފާރ އެވެ. އެކަމަކު ނޫހުގައި އޮތް ކޮމެންޓަކުން އެކައުންޓް ނަންބަރު ބަލަން ޖެހުމުން މިހުންނަނީ ޔަގީން ނުވެފައެވެ. އެފްބީ ޕޭޖެއް ފަދަ އެއްޗެއް އޮތްނަމަ ލިންކް ހިމެނުން ކީއްތޯއެވެ.
ހުސްނުވާ އާސަންދަ
06 November 2016
ހުސްނުވާ އާސަންދަ ކިޔަނީ ކީއްވެ ކަން މިހާރު އެނގިއްޖެ..އޭގެން ކުރެވޭ ފަރުވާއެއް ލިބޭ ބޭހެއްނޯވޭ...އެހެންވީމާ ކޮންްހުހެއްވާނީ...
އިހްސާންތެރިޔާ
06 November 2016
އެހީވާން ބޭނުން.. ޒާހިލްގެ ބެންކު އެކައުންޓެއް ގެ މައުލޫމާތު ލިބިދާނެތޯ؟
އިހްސާންތެރިވޭ
06 November 2016
ޒާހިލްއަށް އެހީވުމަށް ބޭނުންފުޅުވާ ބޭފުޅުން ޒާހިލްގެ ބައްޕަ މުހައްމަދު ރަޝީދުގެ މޯބައިލް ފޯނު ނަމްބަރަށް (7931608) ގުޅުއްވައިގެން ކުރިޔަށް ގެންދެވުމަށް އާއިލާއިން އެދެއެވެ. އަދި އެކައުންޓަށް އެހީގެ ގޮތުގައި ފައިސާ ޓްރާންސްފަރ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ޒާހިލްގެ މަންމަ ރަމްޒިއްޔާ ހާރޫންގެ ބީ.އެމް.އެލް އެކައުންޓަށް (7730000089085) ޓްރާންސްފަރ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ޖަމްޝީދު
06 November 2016
ޒާހިލްއަށް އެހީވުމުގަ ހަރަކާތްތެރިވާ ހުރިހާ ބޭފުޅުންނަށް ޝުކުރިއްޔާ. ގައުމުގެ ހާލަތަކީ އިހައްރޭވެސް މީހަކު "އަސްލެއް" ދައްކާލަން އެތައް މިލިޔަން ރުފިޔާ އުކާލިތަން ފެނިގެންގޮސްސި. އެހެނަސް އެތައް ބަޔަކު ތެޅިގެން މިއުޅެނީ ޒާހިލްއަށް މިލިޔަނެއް ހަމަނުކުރެވިގެން. ގައުމުގެ ފައިސާ ހަމަހަމަ އުސޫލަކުން އެންމެނަށް ބެހެމުންދާނަމަ މިހެނެއްނުވީސް. ހާލުގަ ޖެހިފަވާމީހުނަށް އެހީވުމުގަ ބައެއްފަހަރު އަހަރެމެނަށް ނޭނގިނަމަވެސް މީހާގެ ކުލަޔަށާ އުމުރަށް ނުވަތަ ސިފަަޔަށް ބެލޭފަހަރު މަދުންނަމަވެސް ފެނޭ މިކަންކަންވެސް އަޅުގަނޑުމެންގެ ތެރެއިން ފިލައިގެން ދާނެކަމަށް އުންމީދުކުރަން.
ފާތުން
06 November 2016
ކޭކް ޑޯނާސް، ﷲ ތިޔަމަސައްކަތުގައި ބަރަކާތްލައްވާ ހެޔޮ ޖަޒާ ދެއްވާށި.
ހަމަ ތެދެއް
06 November 2016
ހަމްދުލިއްލާހި. މިކަމުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ﷲ ތަޢާލާ ފާފަ ފުއްސަވާ ހެޔޮ ރަޙްްމަތް ލައްވާށި. އާމީން. ނިކަމެތިންނަށް އެހީވުމަށް ނުކުންނަން މިތިބީވެސް ހަމަ ނިކަމެތީން. މަޖްލިސް މެމްބަރުން ގަތުމަށް އަމިއްލަ ވިޔަފާރިވެރިންނާއި ސަރުކާރުން ބިލިޔަނުން ބިލިޔަނުން ޚަރަދުކޮށްލާއިރު މީހެއްގެ ފުރާނަޔަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އެފަރާތްތަށްވަނީ ފަޤީރުވެ ނިކަމެތިވެފައި. ﷲ ތަޢާލާ މިކުއްޖާ އާއި މިކުއްޖާގެ ކެތްތެރި މައިންބަފައިންނަށް ހެޔޮ ރަހްމަތް ލައްވާށި. އާމީން.
ނޭގޭ
06 November 2016
އަމިއްލަ ފަރުދުން މިކުއްްޖާއަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްްކުރާއިރު ނިކަމެތިންްނަށް އެހީވާންށޭ ކިޔާފަ ހަދާފަހުރި ޖަމްޢިއްޔާތައް ނިދާފަ.
ސައްދާމް
06 November 2016
ރައީސް އަބްދުﷲ ޔާމީނު ހުސްނުވާ އާސަންދަ އެއް ތައާރަފު ކުރި އަޑުއެހިން............... ޒާހިލް ދިވެހި ދަރިއަކަށް ނުވަނީތަ؟ އެކަމަކު އަސްލު ޖަލްސާ އޭކިޔާ ބޯގިނަކުރަން ފުލައިޓް ޗާޓަރު ކޮށް މިލިއަނުން ހަރަދު މި ކުރަނީ ކޮން ބައެއްގެ ފައިސާ ތަ؟
ނަންނަ
06 November 2016
ތި ރުފިޔާތައް ޑޮލަރަށް ހަދާދޭނެ ބަޔަކުވެސް ވާނެނަމަ ދޯ. ކިތަންމެ ގިނަ ރުފިޔާއެއް ހުއްޓަސް ޑޮލަރު ނެތިއްޔާ ކިހިނެތް ފުރާނީ؟ ޑޮލަރު އެހާބޮޑު އަގުގަ އެންމެންވެސް ވިއްކަނީ. ލިބުންވެސް ދަތި. މިކަމަށް ހައްލެއް ބޭނުން!