ޚަބަރު / ފޮޓޯގްރަފީ

ނައުޝަމްގެ ފޮޓޯތަކުން ލޯތްބާއި ހިތްދަތިކަމުގެ ވާހަކައެއް

ދެމަފިރިންގެ ލޯބި ދައްކުވައިދޭ، ނައުޝަމް ނަގާފައިވާ ފޮޓޯއެއް.

އުމުރުން ދުވަސްވީ ފިރިމީހާގެ އެއްވެސް ހަނދާނެއް ނެތެވެ. ވާހަކައެއް ނުދެއްކެ އެވެ. އެކަމަކު އެއްވެސް ޝަކުވާއެއް ނެތި، ފޫހިކަމެއް ނެތި، އަނބިމީހާ އޭނާއަށް ހިދުމަތްކޮށްދޭތަންވީ، ފޮޓޯގްރާފަރު ނައުޝަމް ވަހީދަށް ވަރަށް ހައިރާން ކުރަނިވި ކަމަކަށެވެ. އޭނާގެ ކެމެރާގައި ރައްކާކޮށް، ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ފޮޓޯތައް ގިނަ ބަޔަކު ޝެއާކުރީ ވެސް، އެ ލޯބީގެ މިސާލު ދައްކަމަކުންނެވެ.

"އެއީ މިހާތަނަށް ދިމާވި އެންމެ ލޯބި ދެމަފިރިން. އެ މީހުންގެ ފަރާތުން ފެނުނީ ހަމަ ޓްރޫލަވް،" ނައުޝަމް ބުންޏެވެ.

ލ. އަތޮޅުގައި، އުމުރުން ދުވަސްވީ މީހުންގެ ފޮޓޯ ނަގަމުން ގޮސް، ނައުޝަމްގެ ކެމެރާއަށް އެ މީހުން އެރީ، ފިރިހެން މީހާއަށް އޭނާގެ އަނބިމީހާ ކާންދޭން އިން މަންޒަރު ފެނިގެންނެވެ. އުމުރުން ދުވަސްވެ، ލޯބޯކޮށިވެފައި ވީ ނަމަވެސް އޭނާއަށް ފެނުނީ އިންތިހާ ދަރަޖައިގެ ލޯތްބާއި އޯގާތެރިކަމެވެ. އެ ދެމެފިރިންގެ ނަމާއި ރަށް، އެ މީހުންގެ އެދުމުގެ މަތިން ނައުޝާމް ސިއްރުކުރި ނަމަވެސް އެ މީހުންގެ ވާހަކަ އޭނާ ހިއްސާކުރީ ވަރަށް އާދަޔާހިލާފު ވާހަކައެއްގެ ގޮތުގަ އެވެ.

އެ ދެމަފިރިންގެ ކައިވެންޏަށް 50 އަހަރަށް ވުރެ ގިނަ ދުވަސްވީ އިރު، މިހާރު ފިރިހެން މީހާގެ އުމުރުން 95 އަހަރު ވެއްޖެ އެވެ. އަންހެން މީހާގެ އުމުރަކީ 64 އަހަރެވެ. އުމުރުގެ ވަރަށް ބޮޑު ތަފާތެކެވެ.

މީގެ ހަތް އަހަރު ކުރިން ފިރިހެން މީހާގެ ސިކުނޑިއަށް ލިބުނު ގެއްލުމުގައި ހަނދާންތައް ގެއްލިފައިވާއިރު މިހާރު ވާހަކަ ވެސް ނުދެއްކެ އެވެ. އެކަމަކު ކޮންމެ ދުވަހަކު ވެސް ފިރިމީހާގެ ކަންކަން، އެއްވެސް ފޫހިކަމެއް ނެތި ކޮށްދެނީ އޭނާގެ އަނބިމީހާ އެވެ.

Love story of Dhonmariyam and Beyya❤ "It all started about 50 years ago, When I met Abduh Rahmaan (Beyya) . It was my...

Posted by Nausham Photography on Thursday, January 7, 2021

"އޭނާއަށް ކާންދެނީ ވެސް އަހަރެން. ފެންވަރުވައި ސާފުކޮށްދެނީ ވެސް އަހަރެން،" ނައުޝަމް ގާތު، އަންހެން މީހާ ބުނެފައި ވެ އެވެ.

ކައިރީގައި ފިރިހެން މީހާ ބައިންދައިގެން، އޭނާގެ އަތުގައި ހިފާލައިގެން އިނދެ، އަންހެން މީހާ ލަވަ ކިޔައިދެ އެވެ. އެ ލަވަތަކުގައި ހުންނަނީ އެ މީހުންގެ ވާހަކަ އެވެ. އެންމެ ޒުވާން ދުވަސްވަރުގެ ލޯބީގެ ރީތި ވާހަކަ ތަކެވެ.

އަންހެން މީހާގެ އަތުން އޭނާގެ ފިރިމީހާއަށް ފެން ދެނީ: މިއީ މި ޒަމާނުގައި ނުފެންނަ ފަދަ ލޯތްބެއް ކަމަށް ފޮޓޯގްރާފަރު ބުނޭ

ނައުޝަމް ބުނި ގޮތުގައި ކެމެރާއަށް ނެގި މަންޒަރުތަކުން ވަރަށް ލޯބި ވާހަކައެއް ކިޔައިދިން ނަމަވެސް، އެ މީހުންގެ ހަޔާތުގެ ދަތުރު އެހާ އޮމާނެއް ނޫނެވެ. އެއީ އަންހެން މީހާގެ ފުރަތަމަ ކައިވެންޏަށް ވީ ނަމަވެސް، އޭގެ ކުރިން ފިރިހެން މީހާ ވަނީ، އަންހެން މީހާގެ ބަހުން ނަމަ "ފަންސާހަށް ވުރެ ގިނަ ކައިވެނިކޮށްފަ" އެވެ. އެކަމަކު ފިރިހެން މީހާގެ ކައިވެނިކުރުމުގެ "ކުޅިވަރު" ހުއްޓުނީ އަންހެން މީހާއާ ހަމައިން ކަމަށް އޭނާ ބުނެ އެވެ.

ޖެހޭ ކުދިކުދި މައްސަލަތަކުގައި އެ ދެމަފިރިން މީގެ ކުރިން ވަނީ ހަތް ފަހަރު ވަރިވެފަ އެވެ. އެކަމަކު ކޮންމެ ފަހަރަކު ވެސް އެ ދެމީހުން ގުޅުވަނީ، ހިތުގައި އޮތް ސާފު ލޯތްބާއި އިހުތިރާމް ކަމަށް، އަންހެން މީހާ ކިޔައިދިނެވެ.

އުމުރުން ދުވަސްވެ، ފިރިހެން މީހާގެ ހަނދާނުގެ ބައި ފޮހެވުނު ނަމަވެސް އަންހެން މީހާގެ ފަރާތުން ފެނުނީ ލޯތްބާއި ކެއްތެރިކަން ކަމަށް ނައުޝަމް ބުނޭ

އެ ދެމަފިރިންގެ ހަތް ކުދިން ދުނިޔޭގައި ތިބި އިރު، އެ ހުރިހާ ކުދިން ވެސް ދިރިއުޅެނީ އެ ރަށުގަ އެވެ. ބައެއް ކުދިން އެ ގޭގައި ވެސް އުޅެ އެވެ. އެކަމަކު، އަންހެން މީހާ، އޭނާގެ ފިރިމީހާގެ ކަންކަން ކުރުވަނީ ދަރިންނަށް އެކަމުގެ އުނދަގޫ ނުޖައްސަ އެވެ. އޭނާގެ މަގްސަދަކީ، ތެދުވެ އުޅެވޭހާ ހިނދަކު ފިރިމީހާއަށް ހިދުމަތް ކޮށްދިނުމެވެ.

"އޭނާއަކަށް މިހާރަކު ނޭނގޭ އަހަންނަކީ ކާކުކަމެއް. އަހަރުމެން އެކުގައި އުޅުން ދުވަސްތައް ހަނދާނެއް ނުވޭ. އެކަމަކު އަހަރެން އޭނާ ދެކެވާ ލޯތްބަށް އެއްވެސް ބަދަލެއް ނާދޭ،" އެ އަންހެން މީހާ ކިޔައިދިނެވެ.

ނައުޝަމް ނަގާފައިވާ ދެމަފިރިންގެ ފޮޓޯއެއް

ނައުޝަމް ބުނިގޮތުގައި އެ ގޭގައި އޭނާ ހޭދަކުރި ދެ ގަޑިއިރެއްހާއިރުގެ ތެރޭގައި އެ ދެމަފިރިންގެ ފަރާތުން ފެނުނީ އިންތިހާ ދަރަޖައިގެ ލޯތްބާއި އަޅާލުމެވެ. އެއީ، މި ޒަމާނުގައި، ވަރަށް އާދަޔާހިލާފު މަންޒަރެއް ކަމަށް އޭނާ ބުންޏެވެ.

7 ކޮމެންޓް, 188 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 20%
icon angry icon angry 7%
icon wow icon wow 1%
icon inlove icon inlove 12%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިވެހިދަރިން

09 January 2021

މާތް ﷲ އެދެމަފިރިންނަށް ހެޔޮރަޙުމަތް ލައްވާށި. އަދި ޢާޙީރަތުގައި އެކީގައިވާ ބައެއްކަމުގައި ލައްވާށި. ލިބިފައިވާ ދަރީން ނަކީ މުސްކުޅިވެފައިވާ މައިންބަފައިންނަށް ހެޔޮކޮށްހިތާ ރަޙުމްކުރާ ދަރިންތަކެއް ކަމުގައި ލައްވާށި. މައިންބަފައިންގެ ލޯބި ފެނި އެގޮތުގައިވާ ބައެއްކަމުގައި ލައްވާށި.... އާމީން

The name is already taken The name is available. Register?

ރީތި މޫސަ

08 January 2021

ދެމަފިރިކަމުގެ އިޚްލާސްތެރި ގުޅުމުގެ ލަމަސީލު މިސާލެއް ހެޔޮރަޙްމަތް ލައްވާށި އާމީން

The name is already taken The name is available. Register?

އަހުމަދު555

08 January 2021

ފެންކަޅި ވެއްޖެ ހުވާ! މަމީ މީހަކާ ނުވެސް އިންނަ މީހެއް އަދި.

The name is already taken The name is available. Register?

މުރާސިލް

08 January 2021

މި މިސާލުން މިސާލުނަގައިގެން ދިވެހި އަންހެން ކަނބަލުން އެމީހުންގެ ފިރިންނަށް ޚިދުމަތް ދޭނަމަ މި ޤައުމުގެ ފިރިން އުޅޭނީ ހާދަހާ އުފަލަކުންނެވެ.

The name is already taken The name is available. Register?

ރަށުމީހެއްމީ

09 January 2021

ހެޔޮދޯ 7 ފަހަރު ވަރިކުރިއަސް. ޙަމަޖެހޭ ވާހަކަދައްކަބަލަ

The name is already taken The name is available. Register?

ބިސްރާމް

08 January 2021

ޖަވާހިރެއް ފަދަ ކަނބަލެއް...ވާހަކަ ކިޔާލުމުން ލޮލުން ކަރުނަ ހިލިއްޖެ..ކަމަނާއަށް އުފާވެރި ދުވަސްތަކަކަށް އެދެން..

The name is already taken The name is available. Register?

ސާބަހޭ

08 January 2021

ޢެހެންވީމަ ކައިވެނި ކުރީ ޢަންހެން މީހާގެ އުމުރުން 14 އަހަރުގަ ފިރިހެންމީހާއަށް 45 އަހަރުގައިތާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454