ޚަބަރު / މެމްބަރު ހުސައިން ވަހީދު (ކޮމަންޑޫ)

މެމްބަރު ހުސައިން ވަހީދު ސިއްހީ ފަރުވާއެއްގައި

ކޮމަންޑޫ ދާއިރާގެ މެމްްބަރު ހުސައިން ވަހީދު ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަަަދައްކަވަނީ. އޭނާ ސަލާމުގައި ހުންނެވީ އާލާސްކަންފުޅާ އުޅުއްވާތީ

16 ފެބުރުއަރީ 2021 - 10:15

19 comments
sad icon 50%

ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ވަހީދު ސަލާމުގައި ހުންނަވާތާ ގިނަ ދުވަސްތަކެއް ވުމުން ސޯޝަަލް މީޑިއާގައި ބައެއް މީހުން ސުވާލުކޮށްފައި ވަނިކޮށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެއަށް ޖަވާބެއް ދެއްވައިފި އެވެ.

ޖަލްސާ ފައްޓަވަމުން އެ މަނިކުފާނު ވިދާޅުވީ ހުސައިން ވަހީދު ގެންދަވަނީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ކަމަށެވެ.

އެނގިފައިވާ ގޮތުގައި ހުސެން މިވަގުތު އޮންނެވީ ދުބާއީގެ ހޮސްޕިޓަލެއްގަ އެވެ. މައުލޫމާތު ހުރި ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ހާލުކޮޅު ސީރިއަސްވެގެން ދުބާއީއަށް ގެންދިޔަ އިރަށް ވުރެ މިހާރު ތަންކޮޅެއް ރަނގަޅެވެ. އެކަމަކު ހުސެއިންގެ އާއިލާއިން އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް އާންމެއް ނުކުރައްވަ އެވެ.

"ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އާލާސްކަންފުޅާ އުޅުއްވަނީ. އަދި ޑޮކްޓަރު ވެސް ލަފާ ދެއްވައި، ފަރުވާ ހޯއްދަވަމުން ގެންދެވީ،" ނަޝީދު ވިދާޅުވި އެވެ.

މާމިނގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ސަލާމުގައި ތިއްބަވާތާ ދިގު މުއްދަތެއް ވެއްޖެ އެވެ. ނަމަވެސް އެ ދެ ބޭފުޅުން ސަލާމުގައި ތިއްބެވި ސަބަބެއް އެ މަނިކުފާނު ވިދާޅެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަންނަވާ ސަބަބެއް އެ ދެ މެމްބަރުން ވެސް މަޖިލީހަކަށް ނާންގަވަ އެވެ.

"މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް، މިދިޔަ އަަހަރު އެކީގައި ހެން ސަލާމުގައި ހުންނެވީ. އަދިވެސް ސަލާމުގައި ހުންނެވީ،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އެ މަނިކުފާނު ވަޑައިގެންނެވި ފަހުން މެމްބަރުންގެ ހާޒިރީ ރަނގަޅުކުރެއް ވުމަށް ނަޝީދު ގެންދަވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވަމުންނެވެ.

19 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 50%
icon angry icon angry 30%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާލިކު

16 February 2021

ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ވަހީދު ފޯކައިދޫގައި ސަރުކާރުން ހިންގަމުންދިޔަ ތަރައްގީގެ ޕްރޮޖެކްޓަކެއް ކަންތަކާ އެރަށްުގައި ހުންނަވަނިކޮށް ބަލޮވެގެން އަވަހަށް މާލެއައިސް އޭޑީކޭއިން ހެދި ޓެސްޓުތަކުން ކެންސަރު ހުރިކަން އެނގިގެން ދުބާއީއަށް ގޮސް ހެދި ޓެސްޓުތަކުން އެނގުނީ ކެންސަރު ހުރީ އެންމެ ފަހުގެ ސްޓޭޖުގައި ކަން ވަރަށް އެކަމަކު ހިއްވަރު ދޫކޮށް ކީމޯއަވަހަށް ފެއްޓީ ﷲ ގެ ރަހުމަތާއި ހެޔޮއެދޭ މީހުންގެ ދުއާ އާއި އެކު މިވަގުތު ސްޓޭބަލް

The name is already taken The name is available. Register?

ބޮޑުމީހާ

16 February 2021

ދިވެހި ދައުލަތުން ވަކި މީހެއް ތަފާތުނުކޮށް ސިއްޚީ ހިދުމަތް ފޯރުކޮށްދޭން އެބަޖެހޭ. މަޖްލިސް މެމްބަރަކަށް، ގާޒީއަކަށް ވީމަ ދުނިޔޭގެ ކޮންމެ ތާކުން ހިދުމަތްލިބިފަ ރައްޔިތު މީހާ ސޯޝަލް މީޑިއާގައި ސަލާންޖެހުމަކީ ލަދުވެތިކަމެއް

The name is already taken The name is available. Register?

ދެރަ

16 February 2021

މިގައުމުގައި ޢަދުލުވެރިކަން ނެތުމުން ވާނެ ހުރިހާކަމެއް އެބަވޭ. މަޖިލީހުގެ މެމްބަރުން އަމިއްލައަށް މުސާރައާއި އިނާޔަތާއި އިމްތިޔާޒް ކަނޑައެޅުމަކީ މިހާރު ވެސް ކުށެއް. ޤާނޫނު އަސާސީ ބުނަނީ މެމްބަރުންގެ އަމިއްލަ މަސްލަހަތަށް އެއްވެސް ކަމެއް ކޮށްގެންނުވާނޭ. މުސާރައާއި އިނާޔަތާއި އިމްތިޔާޒް ކަނޑައެޅުމަށްވުރެ ބޮޑު އަމިއްލަ މަސްލަހަތެއް ނޯންނާނެ. މަޖިލީހަށް ކުރެވޭނެކަމަކީ ދެންއަންނަ ދައުރަކަށް މުސާރައާއި އިނާޔަތާއި އިމްތިޔާޒާއި ޗުއްޓީ ކަނޑައެޅޭނީ.

The name is already taken The name is available. Register?

ލޭކޮކާ

16 February 2021

އަވަސްޝިފާއަކަށް އެދެން. ސިވިލް ސަރވިސް އަދި ޕްރައިވެޓް ސެކްޓަރގައިވެސް ކޮންމެ ސަބަބަކާއިހުރެވިޔަސް ވަޒީފާއަށް ހާޒިރުނުވެވި މަސައކަތްނުކުރެވޭ ހާލަތުގައި ވަޒީފާއިން ވަކިވާންޖެހެނީ. މިމަޖިލީހަކީ ދުނިޔެ އުމުރަށް މުސާރަ ޔަގީންތަނެއް.

The name is already taken The name is available. Register?

ކެރެދި ބެއްޔާ

16 February 2021

ބެއްޔާ ގެ ގައުމުގައި މިކަން އޮންނަނީ ވިޔަފާރި ބޮޑުން ނަށް ފަސޭހަ ގޮތަކަށް! މިކަމަށް ތައުލީމެއް ތަރުބިއްޔަތެއް އަދި ތަމްރީނެއް ބޭނުމެއް ނުވޭ! އަދި މި ވަޒީފާ ގެ ލިބުމުގެ ފުރުސަތުވެސް ބޮޑީ ބެއްޔާގެ ގައުމުގެ މަހުޖަނުންނަށް. އަދި މިވަޒީފާ ލިބޭ ދުވަހު މަހުޖަނު ސަލާމް ހައްދާފަ ބޭރު ގައުމުތަކުގައި ނޫނީ އަމިއްލަ ގަޑުވަރުގައި މުސާރަނަންގަވައިގެން އަމިއްލަ ވިޔަފާރި ހިންގަން ތިބުމަކީމާބޮޑު ގޯހެއްނޫން . ޝުކުރިއްޔާ އެލެކޮސް

The name is already taken The name is available. Register?

ސިލީ

16 February 2021

އަލީވަހީދުމަތިން ހަނދާންނައްތާލާފަ ސަބަބު ނާންގާ 1 އަހަރު މަޖްލިހަށް ނުގޮސް ތިބި 2 މެމްބަރުންނާހެދި ދެން އެންމެން އުޅެންވީ.

The name is already taken The name is available. Register?

ކަޓޭ

16 February 2021

ގާސިމް ކަހަލަ ސައުދާގަރުން މަޖިލީހަށް ވަންނަނީ ކިއްކުރަންބާ؟ ކޮންމެސް ނާޖާއިޒު ފައިދާގަނޑެއް ހޯދަން ނޫން އެހެން އެއްވެސް މަގުސަދެއް އޮތްހެން ހިޔެއްނުވޭ. މަޖިލީހަށް ހާޒިރުނުވެ، މަހުން މަހަށް މުސާރަނަގާނަމަ އެވެވެނީ ކިހާބޮޑު ޚިޔާނާތެއް. ރައްޔިތުންގެ ފައިސާއިން މުސާރަ ނަގާނަމަ މަގާމުގެ ޒިންމާ އަދާކުރަންވެސް ޖެހޭނެ.

The name is already taken The name is available. Register?

ޖުލައި2021

16 February 2021

1 އަހަރުނައިސް ހުރެ ، މުސާރަ ހައްގެއްނުވާނެ، އަދި މިގޮނޑިތަށް ހުސްކޮށް އަލުން އިންތިޚާބު ބާއްވަށް ޖެހޭ،

The name is already taken The name is available. Register?

ރަންދެލި

16 February 2021

ނޫހުން މިޒާތުގެ ކަންކަން އެނގުމުން މިސްތަކުން ކެކި އަރައިގަނެއެވެ. މީ އާ ކަމެއް ނޫނެވެ. މި ގައުމުގަ ތަރުތީބު ކުރެވިފަ އޮތް ނިޒާމެވެ. މިސާލަކަށް ކަރަންޓު އުފައްދާ ކުންފުނީގަ ބޭނުންކުރާ އެއްވެސް ކަރަންޓަކަށް ބިލެއް އާދޭ ހެއްޔެވެ؟ އައުލާކަން ބޮޑީ އައުމަށް ވުރެ ނައުމެވެ. ކީއްވެތޯއެވެ؟ އެއީ އެ ކުންފުނިން އަމިއްލައަށް އުފައްދާ ކަރަންޓަށް އެތަނުން ފައިސާ ދޭންޖެހޭ ކަމަށް ޤަބޫލު ނުކުރުމެވެ. ފެން އުފައްދާ ކުންފުނީގެ ހާލަކަށް ވެސް މިހެން ވުން ގާތެވެ.

The name is already taken The name is available. Register?

ނުދާނެ

16 February 2021

މަޖްލިހަށް ނައިސް 1 އަހަރުވާއިރު މަޖްލިހުގެ އެއްވެސް މަސައްކަތެއް ކުރިތަ؟ ނުކޮށް ހަމަ މުސާރަ ނަގަނީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454