ޚަބަރު / ހިޔާ ފްލެޓްތައް

ހިޔާ ފްލެޓް ލިބުނު މީހުންނަށް އެ ތަންތަން ކުއްޔަކަށް ނުދެވޭނެ: މިނިސްޓަރު

އެޗްޑީސީގެ އެމްޑީ ވިދާޅުވީ ދިރިއުޅެން ހޯދާ ފްލެޓް ކުއްޔަށް ދީގެން އާމްދަނީ ހޯދާ ކަމުގެ ޝަކުވާ ނުރަސްމީކޮށް ލިބޭ ކަމަށާއި އެކަމަކު އެކަން ހުއްޓުވަން ހުރަސްތައް އެބަހުރި ކަމަށް.

ހިޔާ މަޝްރޫއުގެ ޓަވަރެއް: މި ޓަވަރުތަކުން ފްލެޓް ލިބޭ މީހުން އެތަންތަން ކުއްޔަށް ދޫކުރުމަކީ މަނާ ކަމެއް. -- އަހުމަދު އަވްޝަން އިލްޔާސް /މިހާރު

ސަރުކާރުތަކުން ކުރިއަށް ގެންގޮސްފައިވާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކެކޭ އެއްގޮތަށް ހިޔާ ފްލެޓް ކަށަވަރުވި މީހުންނަށް ވެސް އެތަނުގައި ދިރިނޫޅެ އެ ފްލެޓް ކުއްޔަށް ނުދެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ގުޅޭ ގޮތުން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް މުއައްސަސާތައް ހާޒިރުކޮށް މެމްބަރުން ކަންބޮޑުވުންފާޅުކުރެއްވި އެއް ކަމަކީ ހިޔާ ފްލެޓް ލިބުނު މީހުން ވެސް އެތަންތަން ކުއްޔަށް ދޫކުރުމެވެ.

އެ މަޝްރޫއުގައި 12 ކެޓަގަރީއަކަށް ފްލެޓް ދޫކުރިއިރު އޭގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ސިވިލް ސާވިސްގެ މުވައްޒަފުން ފަދަ މީހުން ހިމެނެ އެވެ. ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ޓަވަރުތަކުގައި ތޮއްޖެހިގެން އެތައް ބަޔަކު ދިރިއުޅެން ޖެހުމުން ނުކުމެދާނެ މައްސަލަތަކަށް ބަލައި، އެކަށީގެންވާ އާމްދަނީއެއް ލިބޭ މީހުން އެތަނުގައި ދިރިނޫޅުމުގެ ފުރުސަތު އެބައޮތެވެ.

މިފަދަ ހާލަތްތަކުގައި، އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މެމްބަރަކު ސުވާލު ކުރެއްވުމުން އަސްލަމް ވިދާޅުވީ މަޝްރޫއުތަކުން ފްލެޓްތައް ލިބޭ މީހުން އެތަން ކުއްޔަށް ދޫކުރުމަކީ މިހާރު ވެސް ހިނގަމުން އަންނަ ކަމެއް ކަމަށެވެ. އެކަމަކު އެއީ، އެނާ ވިދާޅުވި ގޮތުގައި މަނާ ކަމެކެވެ.

"ދިރިއުޅެން ހޯދާ ތަނެއްގައި ދިރިނޫޅެ ކުއްޔަށް ދިނުމަކީ މަނާ ކަމެއް،" އަސްލަމް ވިދާޅުވި އެވެ

އެކަން ސާބިތުވެއްޖެ ނަމަ ފްލެޓް އަތުލެވޭނެ ކަން އެއްބަސްވުންތަކުގައި އޮންނަ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެކަމަކު މިހާތަނަށް ވެސް އެ ކަންކަމަކީ ތަންފީޒުނުކުރޭ ކަމެއް ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް ވިދާޅުވި ގޮތުގައި ދިރިއުޅެން ހޯދާ ފްލެޓް އެހެން ފަރާތްތަކަށް ކުއްޔަށް ދީގެން އާމްދަނީ ހޯދާ ކަމުގެ ޝަކުވާ ނުރަސްމީކޮށް އެޗްޑީސީއަށް ލިބެ އެވެ. އެކަމަކު އެކަން ހުއްޓުވަން އޮންނަ ހުރަހަކީ، އެޗްޑީސީން ގޮސް ބަލާއިރު އެއްބަސް ނުވުމާއި ޝަކުވާ ކުރާ ފަރާތުން އެކަށީގެންވާ ހެކި ހުށަނޭޅުމެވެ.

ހިޔާ ފްލެޓްތައް ވެސް ދޫކުރާނީ، އޭނާ ވިދާޅުވި ގޮތުގައި، އެތަންތަނުގައި ދިރިނޫޅެ ކުއްޔަށް ދޫނުކުރެވޭ ގޮތަށެވެ. އެ ފްލެޓްތައް އަންނަ މަހު ހަވާލުކުރަން ނިންމާފައިވާއިރު ދިރިއުޅެން ފެށޭވަރުވާނެ ކަމަށް ލަފާކުރަނީ ތިން މަސް ފަހުންނެވެ. އެއީ ފިނިޝިންގެ މަސައްކަތްތައް ނިންމަން ޖެހެނީ ފްލެޓް ލިބޭ ފަރާތަކުން ކަަމަށްވާތީ އެވެ.

48 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 52%
icon sad icon sad 4%
icon angry icon angry 39%
icon wow icon wow 4%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙުސޭނުބެ

09 March 2021

ނިސްބަތުން މަދު ތަނެއް ނޫނީ ހުރިހާތަންތަން ވެސް ހުރީ ކުއްޔަށްދީފައި.

The name is already taken The name is available. Register?

ފުލެޓަ

07 March 2021

ކުއްޔަށްވެސް ދޭނެ. އެޗްޑީސީއަށް ކުރެވޭ އެއްކަމެއްވެސް ނެތް

The name is already taken The name is available. Register?

ކުރަފިދާދާ

05 March 2021

ރަށްފުށުންވެސް ގޯތި ދޫކުރަނީ ހިލޭ! އެއީ ދިރިއުޅުމަށް ޓަކައި! ނަމަވެސް އެތަންތަން ގެސްޓުހައުސް ހެދުމަށާއި އެހެނިހެން ބޭނުންތަކަށް ކުއްޔަށް ދުކުރެވޭ! ދަނީ ކުއްޔަށް ދޫކުރަމުން! ނަމަވެސް ފުލެޓަކީ އެމީހަކު ފައިސާ ދައްކައިގެން ދިރިއުޅުމަށް ޓަކައި ގަންނަތަންތަން! އެހެންވީމާ ކުއްޔަށް ނުދެވެންވީ އެއްވެސް ސަބަބެއް ނެތް! ހުއްޓުވަންޏާ ފުރަތަމަ ހުއްޓުވަން ޖެހޭނީ ފައިސާއަކާ ނުލައި ސީދާ ދިރިއުޅުމަށް ހޯދާ ބިންތައް ކުއްޔަށް ދޫކުރާ މައްސަަލަ!

The name is already taken The name is available. Register?

އިސްދޫ7654

05 March 2021

މިނިސްޓަރު ފެބްރުއަރީގައި ވިދާޅުވީ އައްނަމަހު ދޫކުރާވާހަކަ، އެހެންވީމާ، މިމަހު ފްލެޓްތައް ދޫކުރާނެކަމަށް ވިދާޅުވީ

The name is already taken The name is available. Register?

ޓެކްސް

05 March 2021

ޓެކްސް ފައިސާއިން އަޅާ ތަންތަން ލިބެންޖެހޭނީ ޓެކްސް ދައްކާ މީހުންނަށް. ތި ލިސްޓުގެ ތިބި މީހުންގެ އާމްދަނީއާ ދައުލަތަށް ދެއްކި ޓެކްސް ހާމަ ކުރޭ. މަސައްކަތްނުކޮށް މަސައްކަތް ކުރި މީހުންގެ ޓެކްސް ފައިސާ ކާލުން ހުއްޓާލާ! އެހެން ގައުމަތުގައިވެސް ޓެކްސް ނުދައްކާ މަސައްކަތް ނުކުރާ މީހުން ތިބެނީ މަގުމަތީގައި، ޓެކްސް ދައްކާ މީހުންގެ ފައިސާއިން އަޅާ ތަންތަނުގައެއް ނޫން

The name is already taken The name is available. Register?

ޢަޒްލާ ޢމީރު

05 March 2021

ފްލެޓް ބޭނުންވެގެން ފްލެޓް ދެނީ މާލޭގަ ދިރިއުޅޭ މީހުންނަށެވެ. ވީމާ މާލޭގަ ނޫޅޭ ބަޔަކަށް ފްލެޓް ދެވިގަ ހުރިނަމަ އެކަން ހައްލު ކޮށް ފޮލެޓް އަތުލާށެވެ. ޢަދި އެކަނިވެރި މައިންނަށް ފްލެޓް ދިންއިރު ފޯމު ލިއިރު އެކަނިވެރިވިޔަސް ފްލެޓް ލިބުނު އިރު މެރީކށްގެން އުޅެންޏާ ފްލެޓް އަތުލަންވާނެއެވެ މިހިރީ ހައްތާވެސް ފްލެޓް ކޮމެޓީގެ ދޯހަޅި ކަމެވެ. ތަނެއް ދޮރެއް ނުބަލާ ފްލެޓް ދިނީމަ ވާނެ ގޮތް މިފެންނަނީ

The name is already taken The name is available. Register?

ގަރާޖަކަށް 70 ވެހިކަލް

05 March 2021

ވަޒީރު އެވެ ތިޔަނޫން ވާހަކައެއް ދެއްކޭތޯ ބަލާށެވެ ލޯނުނަގައިގެން ބަނދެފަ ހުރި އުޅަނދު ފަހަރު ކުއްޔަށް އެބަ ދެވެއެވެ ބަންޑާރަ ގޯތި ކުއްޔަށް އެބަ ދެވެއެވެ ހިޔާ ފުލެޓު ނުނިންމާ ތޮށިގަނޑު އެކަނި ދީފަ ކުއްޔަށް ނުދެވޭނޭ ބުނީމަ ލަދުގަނެއެވެ އެއީ މާ މޮޅު ކަމެއް ނޫނެވެ ދުވަހަކުވެސް ނުވެސް ދެކޭފަދަ އަޑުވެސް ނާހާ ފަދަ ތަނތަނެއް ނޫނެވެ ޚިދުމަތް ކުރަން ލިބުނު ދަނޑިވަޅުގައި ބަރުލަމާނީ އޭކިޔާ ނިޒާމް ބަދަލް ކުރުން ހުއްޓާލާ ޚިދުމަތް ކުރެވޭތޯ ބަލާށެވެ

The name is already taken The name is available. Register?

ބްލެޑާ

05 March 2021

ހައްގުވާ މީހުނަށް ފްލެޓް ދިނީމަ ތިހެނެއް ކުއްޔަކަށް ނުދޭނެ.

The name is already taken The name is available. Register?

ސަކީނާއްތަ

05 March 2021

މަޖްލިހުން އިތުބާރުނެތްކަމުގެ ވޯޓް ނަގަންވީ ތި އަސްލަމުގެ. އެއްވެސް ކަމެއް ކުރެވޭ މީހެއްނޫން ބޮޑުއަނގައެއް.

The name is already taken The name is available. Register?

ދޮންއަލީ

05 March 2021

އެޗްޑީސީގެ އެމްޑީ ވިދާޅުވީ ދިރިއުޅެން ހޯދާ ފްލެޓް ކުއްޔަށް ދީގެން އާމްދަނީ ހޯދާ ކަމުގެ ޝަކުވާ ނުރަސްމީކޮށް ލިބޭ ކަމަށާއި އެކަމަކު އެކަން ހުއްޓުވަން ހުރަސްތައް އެބަހުރި ކަމަށް. ދެން ތިޔަ އެޗްޑީސީން ތިޔަ ފުލެޓް އަޅައިގެން ބޮޑުއަގުގައި ރައްޔިތުންނައް ތިޔަ ދެއްވަނީ ހިލޭތޯ އެޗްޑީސީންވެސް ރައްޔަތުންނައް ތިދެނީ ހަމަ ސަރުކާރައް އާމްދަނީ ހޯދަކައް ނޫންތޯ މުސްކުޅިން ބުނޭ ގުދޯގުދޯ ގޮވާވާހަކަ ހަމަ އެއްކަމެއްނުންތޯ ތިޔަ ކުރައްވަނީ ރައްރަށުގަ ހިލޭ ގޯތި ދޫކޮއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454