ކުރީގެ ސީޕީ ހުސައިން ވަހީދާ އެކު ޑީސީޕީ ސައުދީ: ކޯޓު އަމުރަށް އެދުނު އެދުން އަނބުރާ ގެންދިޔައީ ސައުދީ ކަމަށް މުހުތާޒް ވިދާޅުވި --ފޮޓޯ/ޕޮލިސް
03 ޖޫން 2016 - 03:07
ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން މިއަހަރުގެ ތެރޭގައި ކްރިމިނަލް ކޯޓުގައި ފުލުހުންގެ ފަރާތުން އެދުނު ކަމަށާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ އަށް އެކަން އެނގިވަޑައިގަންނަވާނެ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން މިރޭ އެ ކޯޓުގައި ވިދާޅުވެއްޖެ އެވެ.
އދ. މާމިގިލީ ކޯޓު ބޭނުންކޮށްގެން ކ. މާފުށީ ކޯޓުގެ ނަމުގައި ފޭކް ކޯޓު އަމުރެއް ހަދައި، ރައީސް ޔާމީން ހައްޔަރުކުރަން އުޅުނު ކަމަށް ބުނެ މުހުތާޒާއި މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް ނިހާނަށް ކުރާ ދައުވާގެ ޝަރީއަތުގައި، މުހުތާޒްގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުން ސައުދީ ހާޒިރު ކުރަން ކޯޓުގައި އެދުނަސް ސައުދީ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.
މުހުތާޒާ އެކު ކޯޓު އަމުރު ހޯދަން މާމިގިއްޔަށް ދިޔަ ފުލުހަކު ޝަރީއަތުގައި މިރޭ ސިއްރުން ހެކިބަސް ދެމުން ބުނީ މާމިގިއްޔަށް ދިޔަ ނަމަވެސް އެ އަމުރު އެ ރަށުން ލިބޭ ގޮތް ނުވި ކަމަށެވެ. އެކަމަކު މާލޭގެ ކޯޓަކުން އެފަދަ އަމުރެއް ލިބުނުކަން އޭނާ ފާހަގަކުރެއްވި އެވެ. އެއީ މާލޭގެ ކޮން ކޯޓެއްތޯ ގާޒީ އަބްދުލްބާރީ ޔޫސުފް ސުވާލު ކުރެއްވުމުން ފުލުސްމީހާ ބުނީ އެއީ ކޮން ކޯޓެއް ކަމެއް ނޭނގޭ ކަމަށެވެ.
މުހުތާޒް ވިދާޅުވީ ސައުދީ ހާޒިރުކުރަން އެދިވަޑައިގަތީ، އެ ހާދިސާ ހިނގި ދުވަސްވަރު ފުލުހުންގެ ފަރާތުން ވެސް ކްރިމިނަލް ކޯޓުގައި، ރައީސް ޔާމީން ހައްޔަރު ކުރުމުގެ އަމުރަކަށް އެދުނުކަން ސާބިތުކުރަން ކަމަށެވެ. އެގޮތަށް ފުލުހުން ކްރިމިނަލް ކޯޓުގައި އެދިފައި ވަނިކޮށް، އެ ހުށަހެޅުން އަނބުރާ ގެންދިޔައީ އޭރުގެ އިސްގާޒީ އަބްދުﷲ މުހައްމަދާ ވާހަކަ ދެއްކުމަށް ފަހު، ސައުދީ ކަމަށް މުހުތާޒް ވިދާޅުވި އެވެ.
މުހުތާޒާ އެކު ކޯޓު އަމުރު ހޯދަން މާމިގިއްޔަށް ދިޔަ ފުލުހަކު ޝަރީއަތުގައި މިރޭ ސިއްރުން ހެކިބަސް ދެމުން ބުނީ މާމިގިއްޔަށް ދިޔަ ނަމަވެސް އެ އަމުރު އެ ރަށުން ލިބޭ ގޮތް ނުވި ކަމަށެވެ. އެކަމަކު މާލޭގެ ކޯޓަކުން އެފަދަ އަމުރެއް ލިބުނުކަން އޭނާ ފާހަގަކުރެއްވި އެވެ. އެއީ މާލޭގެ ކޮން ކޯޓެއްތޯ ގާޒީ އަބްދުލްބާރީ ޔޫސުފް ސުވާލު ކުރެއްވުމުން ފުލުސްމީހާ ބުނީ އެއީ ކޮން ކޯޓެއް ކަމެއް ނޭނގޭ ކަމަށެވެ.
މާލޭގެ ކޯޓުތަކުގެ ތެރޭގައި ކްރިމިނަލް ކޯޓު ހިމެނޭތޯ ހެކިވެރިޔާ ކައިރިން ގާޒީ ބާރީ ސުވާލު ކުރެއްވުމުން އޭނާ ބުނީ "ކްރިމިނަލް ކޯޓު ވެސް ހިމެނޭނެ ދެއްތޯ؟،" މިހެންނެވެ. އޭނާ އެހެން ވިދާޅުވުމުން ބާޒީ ވިދާޅުވީ އެފަދަ ކަމެއްގެ މައުލޫމާތު ލިބިވަޑައިގެންގައި ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
03 June 2016
މިޝަރީޢަތް ބޮޑަށް ވައްތަރު މިވަނީ ޓެލެޑްރާމާ އަކާ
ާާާޣައްމާޒް
03 June 2016
މި ސަރުކާރުން ވެރިކަން ކުރަމުން ދާ ގޮތާމެދު ވިސްނާ ފާޑުކިޔަން ވީ ހަމަ އެކަނި އެމްޑިޕީ މީހުނެއްނޫން. އެއީ ކޮންމެ ރައްޔިތަކުވެސް ވިސްނަންޖެހޭކަމެއް. ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ ބާރު ކަނޑުވާލާ، އެކަކު ހިތު ހުރިހާ ކަމެއް ހިތުހުރިހާ ގޮތަކަށް ކުރަމުން ދާއިރު، އެކަން އެކުރަނީ ޤައުމަށް އެންމެ ފައިދާހުރި ގޮތައްތޯ ބަލާނެ އެއްވެސް މިނިވަން މުއައްސަސާއެއް ނެތްއިރު، ޤައުމުގެ ކަންތައްތައް ހިނގާ ގޮތާމެދު ރައްޔިތުން ނުވިސްނައިފިނަމަ އެކަމުގެ ގެއްލުން ޖީލްތަކަކަށް ދެމުގެން ދާނެ. ޤާނޫނު އަސާސީން ދައުލަތުގެ ތިންބާރު ( ރައްޔިތުންގެ މަޖިލިސް، ޖުޑިސަރީ، ސަރުކާރު.) ވަކިކޮއްފަ އޮތަސް، މިހާރު މިހުރިހާ ބާރެއްވެސް މިއޮތީ ސަރުކާރުގެ މުށުތެރޭގަ އެއީ އެކަން ވެގެން ވާނެގޮތެއް ނޫން. މިނިވަން މުއައްސަސާ ތައް ކަމުގައިވާ، ( އިލެކްޝަންސް ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަން، އޮޑިޓަރ ޖެނެރަލް، އެމް އެމް އޭ ގެ ގަވަރނަރ، އެންޓި ކޮރަޕްޝަން ކޮމިޝަން.) ފަދަ ތަންތަނުގެ މީހުނަށްވެސް ހީވަނީ ތިމަންމެން ކަން ކުރަން ޖެހޭނީ ސަރުކާރު ބޭނުންވާ ގޮތަކަށޭ. އެކަމަކު އެއީ އެކަން ވެގެންވާނެގޮތެއްނޫން. އެމީހުންގެ މަޝްއޫލިއްޔަތްތައް އެވަނީ ގާނޫނު އަސާސީން ނާއި ޤާނުނުތަކުން ވަރަށް ސާފުކޮށް ކަނޑައަޅާފަ. ދައުލަތުގެ ހަމައެކަނި ހުރި ހަރުމުދާ ކަމުގައިވާ ރާއްޖޭގެ ފަޅުރައްތަކާ، ފަޅުތަކާ، ވިލުތައް. އެއްވެސް އުސޫލެއްނެތި ބޭނުން މީހަކަށް، ބޭނުން އަގަކަށް، ބޭނުން މުއްދަތަކަށް، ވިއްކާ އެތަންތަނުން ލިބުނު ފައިސާ ވަކި ބައެއްގެ އެކައުންޓްތަކަށް ވަދެ ގެއްލޭއިރުވެސް މިކަމުގައި ސަރުކާރާ ދައުލަތުގެ އެންމެ އިސް ވެރިޔާގެ އެއްވެސް އިހުމާލެއް ހަމަ ނެތީހެއްޔެވެ.
ހޫނު ފެން
03 June 2016
ޔާމީނު ހައްޔަރު ކުރުމުގެ ކޯޓް އަމުރު ވެސް ނެރޭނީ އަލީ ހަމީދުގެ އެންގުމަކަށް ބާރީ ކަމަށް ވުން ވަރަށް ގާތެވެ. ބާރީގެ ލަދެއް ހުރި ނަމަ ބްރޯ އާއި މުހްތާޒް މުހްސިނުގެ ޝަރީއަތް މިގޮތަށް ކުރުން ޖެހިލުން ވީހެވެ.
ހަމްދީ
03 June 2016
ކެންގަރޫ ކޯޓް.