ޕީޕީއެމް، ރައީސް ޔާމީން ފެކްޝަނުން އިލެކްޝަންސް ކޮމިޝަނާ ފޯމުތަކެއް ހަވާލު ކުރަނީ. --ޓުވިޓާ ފޮޓޯ
16 ނޮވެމްބަރ 2016 - 11:44
ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މި ހަފުތާގައި ހުށަހެޅި މެމްބަޝިޕް ފޯމުތަކާ މެދު ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން ސުވާލު އުފައްދައިފި އެވެ.
ރައީސް ޔާމީންގެ ފެކްޝަނުން ވަނީ 1،800 ފޯމު އިލެކްޝަންސް އާ ހަވާލުކޮށްފަ އެވެ. މިއީ، ރައީސް ޔާމީން ޕީޕީއެމް ހިންގަން ފެށި ފަހުން، ލިބުނު 4،000 ފޯމުގެ ތެރެއިން ހުށަހެޅި އަދަދު ކަމަށް ވެސް އެ ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް ވަނީ ވިދާޅުވެފަ އެވެ.
#PPM has submitted 1800 forms today to EC out of 4000 received since HEPY began running the party. pic.twitter.com/HP7Lr9BR5H
— Sec General-PPM (@sgppmmv) November 13, 2016
ފޯމުތައް އީސީއާ ހަވާލުކޮށް ހަލީލް ކުރެއްވި ޓުވީޓެއް.
ނަމަވެސް މައުމޫން ފެކްޝަނުން ވަނީ މިކަން ދޮގުކޮށްފަ އެވެ.
އެ ފެކްޝަންގެ ޑެޕިއުޓީ ރެޖިސްޓްރާ ޝަހީދާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔާމީން ފެކްޝަނުން ޕީޕީއެމް އޮފީހުގައި ހުރި މުދާތައް ގެންދިޔައިރު އީސީ އަށް ފޮނުވަން 2،000 ފޯމު ތައްޔާރުކޮށްފައިވާނެ ކަމަށެވެ. އަދި އީސީން ރިޖެކްޓްކޮށްފައި ހުރި 3،000 ފޯމު ވެސް ރެޖިސްޓްރޭޝަން ޑިޕާޓްމެންޓްގައި ހުންނާނެ ކަމަށް ވިދާޅުވި އެވެ. އެ ފޯމުތައް ކޮބައިތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފަ އެވެ.
PPM ofihuge echehi gendhiyairu fraud kamah fahagakureve 5000+ form EC ah nufonuvahunane.Namaves miadhu eh formthaves Ec ah fonuvanekan yagyn
— Shaheedha (@Shahydha) November 16, 2016
ފޯމު ހުށަހެޅި ގޮތާ މެދު ފާޑުވިދާޅުވެ ޝަހީދާގެ ޓުވީޓެއް.
ފޯމުތަކާ މެދު މައުމޫން ފެކްޝަނުން ސުވާލު އުފެއްދި ނަމަވެސް ޔާމީން ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަލީލް ވިދާޅުވެފައި ވަނީ ރައީސް ޔާމީން ޕީޕީއެމް ހިންގަން ފެށިފަހުން އެކި ކަންކޮޅުތަކުން ޕާޓީއާ ގުޅޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އަދި ޕާޓީގެ ހަރަކާތްތައް އިތުރުވެ ހިންގުމަށް ވެސް ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމް ތެރޭގައި އުފެދުނު މައްސަލަތައް ކޯޓަށް ވެއްދުމުން، ޕާޓީގެ ހިންގުން ސިވިލް ކޯޓުން ވަނީ ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ. އެ ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ. އެކަމަކު މައުމޫން، ފެކްޝަނުން ބުނަމުން ދަނީ، ކޯޓުތަކުގެ އެ ނިންމުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންނި
16 November 2016
އަސްލުދޯ ޔާމީން ފެކްޝަނަކުން ނުޖެހޭ ޕީ ޕީ އެމްގެ އެއްވެސް ކަމަކާ ސުވާލު އުފައްދާ ޖަވާބުތައްޔާރުކޮށް ހަދާކަށް! އެމީހުން ޕީޕީ އެމްއަށް ވަންނަންޏާ ޖެހޭނީ އަލުން ފޯމް ފުރަން!
ސައްތާރު
16 November 2016
އަޅުގަނޑުމެން މިތިބީ ރައީސް މައުމޫނުގެ ނިންމެވުމަކަށް އިންތިޒާރުގައި. ޕީޕީއެމުން ވަކިވާންވީތޯ ނުވަތަ ނޫންތޯ. ރައީސް މައުމޫނަށް ތާއީދުކުރާ ބޭފުޅުން ޕީޕީއެމުން ވަކިވާން ވިދާޅުވެއްޖެނަމަ އަންގާލާނަން ޕީޕީއެމަށް މީހުން އިތުރުތޯ ވަނީ ނުވަތަ މަދުތޯވަނީ. ޑީއާރުޕީ އަށް ވީގޮތް ވެގެންދާނީ.
ހިނިއަންނާނެ ދޯދެން
16 November 2016
ފަހު ޕެރެގްރާފް! ހެހެހެހެ.. އަދިވެސް އެވާހަކަ އިވުނީމަ ހަމަ ހިނި އަންނަނީ! ޕާޓީ އެއްގެ ހިންގުން ކޯޓުން ވަކި މީހަކާ ހަވާލު ކުރީ އޯ! ޕާޓީގެ މެމްބަރުން ހެޔޮ ކޮންމެ މީހަކު ބޭނުމަސް.. ކޯޓުން ބޭނުންވާ މީހާ އާ އެޔޮތީ ޙަވާލު ކޮށްފަ.. މަނިކްފާނު ޕީޕީއެމް އާންމު މެމްބަރުން މެދުގަ ވޯޓެއް ނަގާބަލަ ގަދައްޔާ!!
އަލީ
16 November 2016
ދެން ޔާމީނު ފެކްޝަނަށް ފޯމް ނުލިބޭ ކަމަށް ވާނެ؟ ހަޖަމް ނުވީ ދޯ މިހުރިހާ ދުވަހު ޕާޓީ ނުހިންގާ ތިއްބާ ބަޔަކު އެމަސައްކަތް ފެށީމަ.
ފޫހި
16 November 2016
ކޮންމެ މީހަކު ވެސް ކުރަންވީ ކަމަކީ އެމީހެއްގެ ނަން އޮތީ ކޮން ސިޔާސީ ޕާޓީއެއްގައިތޯ ބަލާ ޗެކްކުރަން. ނޭންގިތިއްބާ ކޮންމެވެސް ޕާޓީއެއްގައި ނަންއޮވެދާނެ.
ދސދސ
16 November 2016
ކިއްކުރާ ފޯމެއްތަ ހުސްބުޅީގައި ގަންނަހެން 500 އާ އައިފޯނާ ތަށިމުއްޓާ ގޭ ކުލީގަ ގަނޭނު. ބޭކާރު ކަންތައް ނުކޮށްބަލަ.
އާދިލް
16 November 2016
މިފެންނަނީ ޔާމިންއަށް އޮތް ތާއިދު
އުމަރު
16 November 2016
ރައީީސް ޔާމީނު ހަވާލުވިފަހުން ދެން އިލެކްޝަނުން އަދަދު އިތުރުކުރާނެ އަދި އެއްލައްކަވެސް ހަމަކޮށްދޭނެ އެކަމަކު 2018 ގައި %5 ވެސް ނުލިބޭނެ، މައުމޫނު ފެކްޝަނުން އަޅާނުލައިތިބޭށެވެ.