ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އަހުމަދު ފަޒީލް: ފަޒީލްގެ މައްޗަށް ގިނަ ބަޔަކު ވަނީ ޖިންސީ ގޯނާގެ ތުހުމަތުކޮށްފައި--
20 އެޕްރީލް 2021 - 10:36
ޒުވާން އަންހެނުންނަށާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތާ އެކު ވަޒީފާ އިން ސަސްޕެންޑް ކުރި ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އަހުމަދު ފަޒީލާ ދެކޮޅަށް ހެކި ނެތުމުން ފުލުހުން މައްސަލަ ފައިލްކޮށްފި އެވެ.
ޖިންސީ ފުރައްސާރަކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެން ފަޒީލް، ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުން ސަސްޕެންޑްކޮށްފައި ހުންނަތާ ނުވަ މަސް ވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ފަޒީލްގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެން މައްސަލައިގެ ތަހުގީގު ނިންމައި، ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާތީ އެ މައްސަލަ ފައިލްކުރީ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އޭނާ އަދިވެސް މަސައްކަތަށް ނުނިކުންނަވަ އެވެ. އޭނާގެ ސަސްޕެންޝަން އުވާލިކަމެއް ނުވަތަ ނޫން ކަމެއް ވެސް ސާފެއް ނުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ސްލޮޓެއްގައި ފިޝަރީޒްގެ ސިޔާސީ މަގާމަކަށް އައްޔަންކޮށްފައިވާ ފަޒީލުގެ މައްޗަށް ވަނީ ކުދިންގެ ގަޔަށް އަތްލުމާއި ބަދުއަޚުލާގީ އަމަލުތައް ހިންގާ މަންޒަރާއި އޮރިޔާން ފޮޓޯ ފޮނުވުން ފަދަ ތުހުމަތުތައް ކޮށްފަ އެވެ.
އެކަމާ ގުޅިގެން އެމްއާރުއެމްގެ ހަރަކާތްތަކުން ވެސް އޭނާ އެކަހެރިކޮށް ޕާޓީން ވެސް މައްސަލަ ބަލަން ފެށި އެވެ.
ފަޒީލް ސަސްޕެންޑުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލަ ބަލައި ނިމެންދެން މަސައްކަތުން އެކަހެރިކުރުމަށް އެމްއާރުއެމް އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުހުމަތު
20 April 2021
ފަޒީލް ޖިންސީ ގޯނާގެ ތުހުމަތުން ސަލާމަތް ވެއްޖެ، އަމީނު ވެންޓިލޭޓަރ ފައިސާ ގެ ރިޝްވަތުން ސަލާމަތް ވެއްޖެ، ވައްކަން ކުރި ތުހުމަތުން ބަރީޔަ ނުވެވުނީ ޔާމީނަށް އެކަނި.
ޢިބޫ
20 April 2021
މިހާރު މިގައުމަށް ދިމާވާ ގޮތަކީ ހެކިނެތުން (އުންސުރު) ކުރިޔަށް ވުރެންވެސް ގޯސް.
ށަލޯ
20 April 2021
ފައިލް ކުރަން ހެކި ނުލިބުނު ސަބަބު އެގޭނެ ގޮތެއް ނެތްތަ
ފާހިރާ
20 April 2021
އަންހެނުންގެ ތި ފުރައްސާރައިން ފަޒީލް ސަލާމަތްވީތީ އުފާކުރަން ޖެހޭ
ފިރޯ
20 April 2021
ތިކަހަލަ މީހުންނަކަށް ނުވާނެ އެއްކަމެއްވެސް.
ލިމްޝާ
20 April 2021
ޖިނާއީ ދައުވާކުރެވޭ ވަރަށް ހެކި ނެތަސް، މަގާމުގައި ބަހައްޓާކަށް ނުޖެހޭނެ. މަގާމުގައި ނުބަހައްޓަން ފުދޭނެ މަދަނީ މިންގަނޑަށް ބަލާއިރު އޭނާ އެކަން ކުރިކަމަށް ފެންނަ ނަމަ. ނޫން ނަމަ އަނެއްކާވެސް އޭނާގެ އުނދަގޫ މިނިސްޓްރީގެ އަންހެންކުދިންނަށް ފޯރާނެ. މިހެން ބުންޏަސް އެނގޭ މި ގައުމުގައި ޖިންސީ ފުރައްސާރައަކީ މާ ބޮޑު ކަމެއް ނޫންކަން. ސިޔާސީ ގުޅުންތަކުގެ ތެރެއިންނާއި ކޮރަޕްޝަންގެ ތެރެއިން އެކަންވެސް ނުބެލޭނެ ކަން.
ހެކިވެރިޔާ
20 April 2021
ޓުވިޓަރުގަ ބަޔަކު ކަލޭތީ ޖިންސީ ފުރައްސާރަ ކުރާ މީހެކޭ ހެއްކެއް ނެތި ކިޔާ ގަތީމަ ކަލޭ ވަޒީފާއިން ވަކި ކުރަން އޯކޭތަ!؟ ހެކި ނެތި ބުނާ ބުނުމަކަށް ކަންކަން ނިންމަންޏާ ގައުމުގަ އެކަކުވެސް ވަޒީފާއަކު ނުތިބެވޭނެ.
އިސްތިއުފާދޭންވީއޭ
20 April 2021
ހެކި ނެތިގެން ޖިންސީ ގޯނާގެ ތުހުމަތުން ފަޒީލް ސަލާމަތްވެއްޖެއޭ ސަލާމަވްވީއެއް ނޫނޭ ރާވައިގެން ސަލާމަތް ކުރަނީއޭ އެމްޑީޕީގެ ވެރިކަމުގައި ދައުލަތުގެ ޚަޒާނާއިން ބޮޑެތި ވައްކަން ކުރާ ފެނަކައިގެ ބޮޑުން ވެސް ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އަޑީގައި އޮވެގެން ސަލާމަތް ކޮށްދެނީއޭ ހެކި ނައްތާލައިގެން މިސަރުކާރަކީ އެއީ ވަރަށް ކޮރަޕްޓް އަދި ރޭޕް ކޭސް ތައް ވަރަށް ބޮޑަށް ފޮރުވާ ސަރުކާރެކޭ މިސަރުކާރު ގަނޑުކޮށް އިސްތިއުފާ ދޭންވީއޭ ސަަރުކާރު އިސްތިއުފާ